ޚަބަރު / ކުޑަކުދިންގެ ހައްގުތައް

އާފިޔާގެ ވާހަކަ އަނެއްކާވެސް ބަދަލުވެއްޖެ، މިހާރު ވަކީލަކު ބޭނުމެއް ނޫން

އާފިޔާ އޭނާގެ ދަރިފުޅު އިބްތިހާލް އުރައިގެން: އިބްތިހާލް މަރާލި މައްސަަލާގައި އާފިޔާގެ މައްޗަށް ދެ ދައުވާއެއް ދައުލަތުން ކުރޭ -- ފޮޓޯ/ސޯޝަލް މީޑިއާ

ވ. ރަކީދޫގައި ބޮޑެތި އަނިޔާތަކެއް ދީ، ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރާލި މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ ވާހަކަ އަނެއްކާވެސް ކޯޓުގައި ބަދަލުވެ، ވަކީލަކާ ނުލައި މައްސަލަ ކުރިއަށް ގެންދަން ބޭނުންވާ ކަމަށް މިއަދު ބުނެފި އެވެ.

ގައިގައި ތަޅައި އަނިޔާކޮށް 2015 ވަނަ އަހަރުގެ ޖެނުއަރީ މަހު އިބްތިހާލް މަރާލި މައްސަލާގައި އާފިޔާގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކުރެ އެވެ. އެއީ ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އާއި އިބްތިހާލް މަރާލުމުގެ ކުރިން ވެސް އެކިފަހަރު މަތިން އޭނާއަށް އަނިޔާ ކޮށްފައިވާތީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާ ހަވާލާދީ އޭރު އަމަލުކުރި ގާނޫނުލް އުގޫބާތުގެ ދަށުން ކުރާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ. އެ ދެ ދައުވާ އަށް ވެސް ކުރިން އިއުތިރާފްވުމަށް ފަހު، ފަހުން އޭނާ އޮތީ ދައުވާއަށް އިންކާރުކޮށްފަ އެވެ.

އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއާ ގުޅިގެން މިދިޔަ މަހު ބޭއްވި އަޑުއެހުމުގައި އާފިޔާ އޮތީ ދައުވާއަށް އިންކާރުކޮށް، ވަކީލަކު ހަމަޖައްސަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެކަމަކު މިހާތަނަށް ވަކީލަކު ހަމަޖެހިފައެއް ނުވެ އެވެ.

އާފިޔާގެ މައްޗަށް ކުރާ ދެ ދައުވާ އެއްކޮށް ކުރިއަށް ގެންދަން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އާފިޔާގެ ވަކީލަކު ނެތުމުން އެކަމާ ގުޅިގެން ގާޒީ ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ އާފިޔާ އަށް ދައުލަތުގެ ޚަރަދުގައި ވަކީލަކު ހަމަޖައްސައި ދިނުމަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމުގެ ފުރުސަތު ކަރެކްޝަނަލް ސާވިސް އިން އާފިޔާ އަށް ފަހިކޮށް ދިން ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ވަކީލެއްގެ ފުރުސަތަށް އެދިފައި ވަނިކޮށް، އެ ފުރުސަތު ނުދީ މައްސަލަ ކުރިއަށް ގެންދިއުމަކީ ދިފާއުވުމުގެ ހައްގު އާފިޔާ އަށް ގެއްލިގެންދާނެ ކަމެއްކަން ދައުލަތުން ފާހަގަކުރި އެވެ.

އެ ދެ މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ވިދާޅުވީ ވަކީލަކު އައްޔަން ކުރަން ދެވޭނެ މުއްދަތުތައް ގާނޫނުގައި އެބައޮތް ކަމަށާއި އެ މުއްދަތު ހަމަވާއިރު ވެސް ވަކީލަކު ހަމަނުޖެހިގެން މައްސަލަ ކުރިއަށް ނުގެންދެވޭ ނަމަ، މައްސަލަ ލަސްވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެކަމާ ގުޅިގެން އާފިޔާއާ ސުވާލު ކުރުމުން އޭނާ ބުނިިގޮތުގައި ވަކީލަކު ހަމަޖައްސަން ބޭނުންވާ ލިޔުމެއް ކަރެކްޝަންސް އިން އޭނާ އަށް ދީފައެއް ނުވެ އެވެ. އަދި މިހާރު ވަކީލަކު ހަމަޖައްސަން ބޭނުންނުވާ ކަމަށް ވެސް އާފިޔާ ބުންޏެވެ.

ވަކީލެއްގެ ހައްގު ދޫކޮށްލަން ބޭނުންވާ ކަމަށް އާފިޔާ މިހާރު އަނެއްކާވެސް ބުނާތީ ދައުލަތުން އޭނާއާ ބައެއް ސުވާލުތައް އަމާޒުކުރި އެވެ. އެގޮތުން، ދިިފާއީ ވަކީލެއްގެ ހައްގު ދޫކޮށްލަނީ އެއްވެސް މަޖުބޫރު ކަމެއް ނެތިތޯ އާއި އޭގެ ނަތީޖާ އަކީ ކޮބައިކަން އާފިޔާއަށް އެނގޭތޯ ދައުލަތުގެ ވަކީލުން ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި އާފިޔާ ބޮލުގެ އިޝާރާތުން އާނއެކޭ ބުންޏެވެ.

އެހެންވެ، މައްސަލަ ކުރިއަށް ގެންދަން ނިންމިޔަސް، ގާޒީ ސަމީރު ވިދާޅުވި ގޮތުގައި މައްސަލައިގެ ހުކުމް ކުރުމާ ހަމައަށް ވެސް ކޮންމެ ވަގުތަކު ވެސް ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު އާފިޔާ އަށް އޮންނާނެ އެވެ.

އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އޮތީ އިބްތިދާއީ މަރުހަލާގައި ކަމަށްވާތީ އެ މައްސަލައާ ގުޅިގެން ދައުލަތުން ހުށަހަޅާ ހެކިތައް މިއަދު ހާމަކުރި އެވެ. އެ މައްސަލާގައި ދައުލަތުން ނުވަ ހެއްކެއް ހުށަހެޅި އެވެ. އެއީ އާފިޔާ ތަހުގީގަށް ދިން އިއުތިރާފް ބަޔާނާއި އާފިޔާގެ ފިރިމީހާ އިބްރާހިމް ޝަފީގްގެ އިތުރުން ރަކީދޫގެ ބައެއް މީހުންގެ އިތުރުން އިބްތިހާލް ބެއްލެވި ތިން ޑޮކްޓަރަކާއި އިބްތިހާލަށް ލިބުނު އަނިޔާތައް ފެނުނު ފުލުހެކެވެ.

އެ ހެކިތަކަށް ބައްލަވައި، ގާޒީ ވަނީ މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމަވައި، ޝަރީއަތް ފައްޓަވައިފަ އެވެ. އަދި ޝަރީއަތުގެ މަރުހަލާގައި އަލުން އެ ދައުވާ އިއްވުމަށް ފަހު ދައުވާއާ ގުޅިގެން އާފިޔާއާ ގާޒީ ސުވާލު ކުރެއްވި އެވެ.

އެކަމަކު އެ ސުވާލަށް އާފިޔާ ސާފު ޖަވާބެއް ނުދެ އެވެ.

"އިންކާރެއް ނޫން، އެކަމަކު އަޅުގަނޑު އަތުން އަނިޔާއެއް ނުވާނެ،" ކަރެކްޝަންސްގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރު ކޮށްފައި އިން އާފިޔާ ބުންޏެވެ.

ދައުވާއަށް އިންކާރު ނުކުރާ ކަމަށް ބުންޏަސް، ދައުވާގައި ހިމެނޭ ކަންކަން ނުކުރާ ކަމަށް އާފިޔާ ބުނާތީ ގާޒީ ނިންމެވީ އޭނާ ދައުވާއަށް އިންކާރުކުރީ ކަމަށެވެ.

ދައުލަތަށް ހެކި ހުށަހަޅަން ފުރުސަތު ދިނުމަށް ފަހު، ދިފާއުގައި އާފިޔާ ހުށަހަޅާނެ ހެއްކެއް އެބައޮތްތޯ ގާޒީ ސުވާލު ކުރެއްވުމުން އާފިޔާ ހުށަހެޅީ އޭނާގެ ފިރިމީހާ އިބްރާހިމް ޝަފީގްގެ ނަމެވެ.

ފިރިމީހާގެ ނަން ހުށަހަޅަނީ އާފިޔާ ކޮން ކަމެއް ސާބިތުކުރަންތޯ ދައުލަތުން ސުވާލު ކުރުމުން އާފިޔާ ހަމައެކަނި ބުނީ "އިބްތިހާލްގެ ވާހަކަ" ދައްކަން ކަމަށެވެ. ސާބިތު ކޮށްދޭން ބޭނުންވަނީ އިބްތިހާލްގެ ކޮން ކަމެއްތޯ ދައުލަތުން އަނެއްކާވެސް ސުވާލު ކުރި އެވެ. އެކަމަކު އާފިޔާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ.

ގަސްދުގައި ކުއްޖަކު މެރިކަމުގެ ދައުވާގެ އިބްތިދާއީ މަރުހަލާ ނިންމައި، ޝަރީއަތުގެ މަރުހަލާ ކުރިން އޮތީ ފަށައިފަ އެވެ. އެ މައްސަލާގައި ހަތަރު ހެކިވެރިއެއްގެ ހެކިބަސް ވެސް ކުރިން އޮތީ ނަގައިފަ އެވެ.

ދެ ދައުވާގައި ވެސް ހިމެނެނީ އެއް ހެކިތަކެއް ކަމަށްވާތީ އެ ދެ މައްސަލަ ވެސް ދެން ކުރިއަށް ގެންދާނީ އެއްކޮށެވެ. ދެން އޮންނާނީ ހެކިބަސް ނެގުމުގެ މަރުހަލާ ކަމަށްވާތީ، ދައުލަތުން ހުށަހެޅި ހެކިން މިހާރު ތިބި ތަނެއް ބެލުމަށް ފަހު އެކަން ކޯޓާ ހިއްސާކުރަން ގާޒީ ދައުލަތަށް އެންގެވި އެވެ.

އެ ދެ މައްސަލާގައި ހެކިބަސް ނެގުމަށްޓަކައި މިމަހުގެ 30 ވަނަ ދުވަހު އަޑުއެހުމެއް ބާއްވާނެ ކަން މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ އިއުލާން ކުރެއްވި އެވެ.

އިބްތިހާލް މެރިކަމުގެ ދައުވާ އާއި އަނިޔާކުރި ކަމަށް ބުނެ ކުރާ ދައުވާގައި ވެސް އާފިޔާގެ ވާހަކަ އެކިފަހަރު މަތިން ކޯޓުގައި ބަދަލުކުރި އެވެ. އިބްތިހާލް މަރާލި ކަމަށް އެއްބަސްވެ، އެކަން ކުރި ގޮތް ކޯޓުގައި ކުރިން އާފިޔާ ކިޔައި ދިނަސް، އެކަމަށް ފަހު އޭނާ އިންކާރުކުރި އެވެ. އަދި އިބްތިހާލަށް އެކިފަހަރު މަތިން އަނިޔާކުރި ކަމަށް އެއްބަސްވުމަށް ފަހު ވެސް އެކަމަށް ފަހުން އިންކާރު ކުރި އެވެ.

8 ކޮމެންޓް, 40 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 73%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލުބްލާ

13 October 2019

މީދެން ކިހާ ދެރަ ކަމެއް؟ އެކި ފަހަރު ކޯޓުގަ އެކިގޮތްގޮތަށް ވާހަކަ ދައްކާއިރު ވެސް ދޮގު ހަދާކަން އެބަ އެނގެއެއްނު؟ އިބްތިހާލު ފަކީރު މަރުވެއްޖެ. ގާތިލު ކޯޓުރޫމުގަ ޑްރާމާ ކުޅުމުގަ. މިކަން ނިންމަން އުޅޭ.

The name is already taken The name is available. Register?

ދައްސޫރަ

13 October 2019

އާފިޔާއަށް ތިދެނީ ހާދަބޮޑު އަނީޔާއެއް އާފިޔާ ދޫކޮއްލާ އިބްތިހާލް މަރާލީ އާފިޔާ ނަ މަ މާތްﷲ އާފިޔާއަށް އެކަ މުގެ. އަޒާބް ދެއްވާނެ

The name is already taken The name is available. Register?

ގޯސް

13 October 2019

މިހެންވަނީ ޝަރީއަތްލަސްވެ ކަންކަމުގެ މުވާލާތްކެޑޭހާ ދުވަސްވާތީ. ޢަދުލުއިންސާފަކީ ނެތްއެއްޗެއް.

The name is already taken The name is available. Register?

އާފިޔާ

13 October 2019

މީނާ އެ ކުއްޖާއަސް އެހާ އަނިޔާވެރި ވެފައި ވާއިރު، އެކުއްޖާ ގޮވައިގެން މާ ހެވިފައި އިންނަ ފޮޓޯއެއް ނޫސްވެރިން އަބަދު މި ޖަހަނީ ކޮން ކަމަކާބާ؟

The name is already taken The name is available. Register?

މުށި

13 October 2019

އެކަކުވެސް އާފިޔާގާތު އަހައިފިތަ އޭނަޔަށް ކުރީ ކޮން އަނިޔާއެއްތޯ އާއި އެކަން ކުރީ ކޮންބައެއްކަމުގެ ވާހަކަ ކިޔާދީފާނަންތޯ. އަދި ޖަލާ ސުވާލު ކޮށްލަން ބޭނުން އާފިޔާއަށް ނަފްސާނީ އެއްވެސް ފަރުވާއެއްދޭތޯ.

The name is already taken The name is available. Register?

ޝިޔާމް

13 October 2019

ދެން ތިހެން ތަޅުވަމުން ތަޅުވަމުން ގޮސް އެންމެ ފަހުން ތިޔަ މައްސަލަ އޮއްބާލާނެ.

The name is already taken The name is available. Register?

ފުންއަސަރު

13 October 2019

ވަރަށް ދެރަކޮށް ތިދަނީ. ޝަރީއަތުގެ މަޖްލީހެއްގާ އެކިފަހަރު އެކިގޮތަށް ބަސް ބުނަމުން ދާނަމަ، ދެން ކަންތައް ކުރަން ޖެހެނީ ކިހިނެތްކަން ނޭނގުނަސް، އެނގޭހާވެސް އެއްޗަކީ ކުރިން އާފިޔާ ހުރިހާ ކަމަކަށް އެއްބަސްވެފާ، ވަކީލެއްގެ ބަސް އަޑުއެހުމަށްފަހު އޭނާގެ ބަސްމަގު އެފުށްމިފުށަށްޖެހި ބަދަލުވިކަން. އެކަމަކު ހިތާމަކުރެވެނީ އާފިޔާއަށް ނަސޭހަތްދިން ވަކީލުގެ މިއަދުގެ ހާލަތު ފެނިފާ. ހަގިގަތުގާވެސް މަރުނުވަނީސް ވަޅެއްނުލާނެ، އެނގިހުރެއެއް!

The name is already taken The name is available. Register?

ބަބުރަންޖީ ހާޖީ

13 October 2019

މީވެސް ދުވާލަކު ގޮތަކަށް ބަދަލުވާ މައްސަލައެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454