ލައިފްސްޓައިލް

ޕްލާސްޓިކް މަދުވާނީ އީ-ވޭސްޓް މަދުކޮށްގެން

16 އޮކްޓޯބަރ 2019 - 06:38

ޕްލާސްޓިކާ ދެކޮޅަށް ކުރާ މަސައްކަތްތައް ކާމިޔާބުވާނީ އިލެކްޓްރިކް ސާމާނު އުފައްދަން ބޭނުންކުރާ ޕްލާސްޓިކް ވެސް މަދުކޮށްގެން ކަމަށްވާތީ، އީ-ވޭސްޓް މަދުކުރަން އދ. ގެ ސަޕޯޓާ އެކު ހިންގާ ކެމްޕޭނަކުން ގޮވާލައިފި އެވެ.

ޔޫރަޕިއަން ކޮމިޝަނުން ފަންޑް ވެސްކޮށްގެން ޕޯސްޓް-ކޮންޒިއުމާ ހައި-ޓެކް ރިސައިކަލްޑް ޕޮލިމާޒް ފޮ އަ ސާކިއުލާ އިކޮނޮމީ (ޕޮލީސް) ގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕޭނުން ފާހަގަކޮށްފައިވާ ގޮތުގައި ދުނިޔޭގައި އަހަރެއްގެ މައްޗަށް އުފެދޭ ޕްލާސްޓިކް ކުނިބުނީގެ ތެރެއިން 20 ޕަސެންޓް ހިއްސާކުރަނީ އީ-ވެސްޓެވެ. އެއީ ގާތްގަނޑަކަށް 50 މިލިއަން ޓަނެވެ. އަދި އެ އަދަދު 2050 އާ ހަމައަށް އަންނަ އިރު 110 ޓަނަށް އިތުރުވާނެ ކަމަށް ބުންޏެވެ.

އެހެންވެ ކެމްޕޭނުގައި ވަނީ އީ-ވޭސްޓް މަދުކުރަން، ތަކެތި އުފައްދަން ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމާއި ރިސައިކަލް ކުރެވޭ ޕްލާސްޓިކް ބޭނުންކުރުމަށް ވެސް ގޮވާލައިފަ އެވެ. މީގެ އިތުރުން ކަސްޓަމަރުން ވެސް ވިޔަފާރިކުރާ އިރު، އީ-ވެސްޓަށް ސަމާލުކަން ދިނުމަށް އެދިފައިވެ އެވެ.

"އީ-ވޭސްޓް އަހަރުން އަހަރަށް ދަނީ އިތުރުވަމުން. މިކަމާ ދެކޮޅަށް މިހާރުން މިހާރަށް ފިޔަވަޅުތައް އަޅަން ނުފަށައިފި ނަމަ އީ-ވޭސްޓްގެ ނުރައްކާ ހީވެސް ނުކުރާ ވަރުގެ ބޮޑު މައްސަލައަކަށް ވެދާނެ،" ޔޫއެން ޔުނިވަސިޓީގެ ސަސްޓެއިނަބަލް ސައިކަލްސް ޕްރޮގްރާމްގެ ޑިރެކްޓަރު ރެޑިގާ ކިއޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިލެކްޓްރިކް ސާމާނު އުފައްދަން މިހާރު ގިނަ ކުންފުނިތަކުން ބޭނުންކުރާ ޕްލާސްޓިކަކީ ރިސައިކަލް ކުރެވޭ ކަހަލަ އެއްޗިއްސެއް ނޫނެވެ. އޭގެ ނަތީޖާއަކީ އެފަދަ ކުނިތައް ވެއްޓަށް ގެއްލުން ހުރި އެއްޗެހީގެ ގޮތުގައި ދިގު މުއްދަތަކަށް ހުރުމެވެ.

އީ-ވޭސްޓްގެ ނުރައްކާ އޮތް މިންވަރު ސިފަކޮށްދެއްވަމުން ރެޑިގާ ވިދާޅުވީ އެ ބާވަތުގެ ކުނި މިހާރު އުފެދޭ ނިސްބަތަށް ބަލާއިރު އީ-ވޭސްޓްގެ ކުނި ޓްރަކްތައް މިހާރު އިޓަލީގެ ރޯމުން ފެށިގެން ޖަރުމަންގެ ފްރެންކްފަޓާ ހަމައަށް އަތުރާލެވިދާނެ ކަމަށެވެ.

"އަނެއްކޮޅުން ޓެކްނޮލޮޖީ އަށް އަންނަ ކުރިއެރުންތަކާ އެކު މީހުން ބޭނުންކުރާ ޑިވައިސްތައް ބަދަލުކުރުން ވެސް މި ވަނީ ވަރަށް ބޮޑަށް އަވަސްވެފައި. މިއީ ހައްތަހާ ވެސް އީ-ވޭސްޓް އިތުރުވާން މަގުފަހިވާ ކަންކަން،" އޭނާ ވިދާޅުވި އެވެ. "މިއީ ހަމައެކަނި ވެއްޓަށް އޮތް ގެއްލުމެއް ނޫން. އިންސާނުންގެ ސިއްހަތަށް ވެސް އޮތް ނުރައްކަލެއް. މިސާލަކަށް ޕްލާސްޓިކްގައި ހިމެނޭ މާކިއުރީ ކަހަލަ ވިހަ ކެމިލްކަލްތަކަކީ އިންސާނުންގެ ސިއްހަތު ހަލާކުކޮށްލާނެ ކަމެއް."

ޕޮލީސްގެ ފަރާތުން ވާހަކަ ދެއްކި ވިއޮލެޓާ ނިކޮލޯވާ ބުނިގޮތުގައި އެންމެ މުހިއްމު އެއް ކަމަކީ ޕްލާސްޓިކަށް މީހުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމެވެ.

"މާނައަކީ ރިސައިކަލްކްރޭ ޕްލާސްޓިކަކީ ކޮބައިކަން އެބަޖެހޭ ގިނަ ބަޔަކަށް ކިޔައިދޭން. މި ކެމްޕޭނުގެ ތެރެއިން އަހަރެމެން ކުރާނެ މައިގަނޑު އެއް ކަމަކީ އެއީ،" އޭނާ ބީބީސީ އަށް ބުންޏެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454