ޮޮމާލޭގެ ޕާކިން ޒޯނެއް: ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮންނަ މ. ދަންޑަހެލުގޭ ބިމުގައި، ފައިސާ ދީގެން ޕާކް ކުރެވޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައި.
15 އޮކްޓޯބަރ 2019 - 19:21
ފައިސާ ދީގެން ޕާކު ކުރާ ގޮތަށް ހުޅުވައިލި ޕާކިން ޒޯނުގައި ހިމެނޭ ޖާގަތައް މާލޭ ސިޓީ ކައުންސިލުން މިއަދު ދޫކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮންނަ މ. ދަންޑަހެލުގޭ ބިމުގައި ޕާކިން ޒޯނެއް ހެދީ، ހަތަރު ފުރޮޅުލީ 40 އުޅަނދަށް ޕާކް ކުރެވޭ ގޮތަށެވެ. އެ ޖާގަތައް ހޯދުމަށް އެދި ހުށަހަޅަން މާލެ ސިޓީ ކައުންސިލުން ހުޅުވީ މިދިޔަ މަހުގެ 17 ގަ އެވެ. މުއްދަތު ހަމަވި އިރު 104 ފަރާތަކުން، އެ ޖާގަތަކަށް އެދި ހުށަހަޅާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
M.Dhandahelu geyga agu dheegen park kurumah edhi form hushahalhuvvaafaivaa faraaiythakuge medhu gai guruathu nagaa nanthah tharutheebukurun kurimathilehvi faraiythakuge haazirugai kuriah gendhevunu. pic.twitter.com/fYtKJQo3J3
— Male' City Council (@MaleCitymv) October 15, 2019
މާލެ ސިޓީ ކައުންސިލުން މިއަދު ކުރި ޓްވީޓެއް
އެ ޖާގަތަކަށް ހުށަހެޅި މީހުންގެ ތެރެއިން ޖާގަ ލިބުނު ފަރާތްތައް ހޮވީ، އިސްކަންދަރު ސްކޫލުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ގުރުއަތު ލައިގެނެވެ. އެ ޖާގަތައް އެ ފާރާތްތަކާ ވަރަށް އަވަހަށް ހަވާލުކުރާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
މި ޖާގަތަކުގައި ޕާކު ކުރާ މީހުން މަހު ފީ އެއް ދައްކަން ޖެހޭނެ އެވެ. ކާރު ނުވަތަ ވޭން ޕާކުކުރާ މީހުން މަހަކު 3،000ރ. ދައްކަން ޖެހޭ އިރު، 500-2500 ކޭޖީގެ ޕިކަޕު ޕާކު ކުރާ މީހުން ދައްކަން ހަމަޖައްސާފައި ވަނީ މަހަކު 3،500ރ. އެވެ. އެންމެ ބޮޑު އަގެއް ކަނޑައަޅާފައި ވަނީ 5000-2000 ކޭޖީގެ ޕިކަޕް ޕާކުކުރާ ފަރާތްތަކަށެވެ. އެ ޒޯންގައި އެ މީހުންނަށް ޕާކުކުރެވޭނީ މަހަކު 4،000ރ. ދައްކައިގެނެވެ.
މާލޭގައި ކުރިމަތިވެފައިވާ ޕާކު ކުރުމުގެ ދަތިކަން ހައްލުކުރަން ސިޓީ ކައުންސިލާއި ޓްރާންސްޕޯޓް މިނިސްޓްރީން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަކަރިއްޔާ
16 October 2019
އަދިވެސް އަޅުގަނޑު ބުނާނީ ތިޔައީ ވަރަށް ދެކޮޅު ނުޖެހޭ ގޮތެކޭ. ހުރިހާ އެންމެންނަށް ހުޅުވާލައިގެން ގަޑި އިރަކަށް ލާރި ނަގާގޮތް ހަދައިފިއްޔާ ހުރިހާ އެންމެންނަށް ފައިދާ ވާނެ.
ބޮޑުމީހާ
16 October 2019
ތި ރޭޓްތަކަކީ އާދައިގެ މީހަކަށް އެފޯރޑް ކުރެވޭނެ ރޭޓެއް ނޫން. ބޮޑެތި ޕާކިންގ ބިލްޑިންގްތައް ހަދައި އަލަށް ހަދާ އިމާރާތްތަކުގަ ގަރާޖް ހުންނަކަން ޔަގީންކުރޭ
ހޭބަލިމިތުރު
16 October 2019
4 ފުރޮޅުޅީ ވެހިކަލްއަކީ އާދައިގެމީހުންގެ ކެޓަގަރީއެއްނޫން، އަނެއްކާ ތިޔައީވެސް ދަރާވިކިގެންވެސް އެންމެފަހުގެ އައިފޯން ގެންގުޅޭ އާދައިގެ ކެޓަގަރީގެ ބޭފުޅެއްތޯ؟.
ޢާސީ
16 October 2019
ތިހުރިހާ ޕާކިންނެއވެސް އަނެއކާތިޔަދެނީ ރައްފުށުމީހުނައް މިދެންބޮޑުވަރު ކަމެއް...މިވެރިން މިކުރަނީކިއްތަ
ދޭސީ
16 October 2019
މާއަގުބޮޑު. ސިޓީ ކައުންސިލުން ބޮޑެތި ޕާކިންގް ބިލްޑިންގްތައް ހަދާފަ ސައިކަލާ ކާރާ އަދި އެހެން ވެހިކަލްތައްވެސް މަގުމަތިން ނަގަން ޖެހޭ. މި ޕާކިންގް ބިލްޑިންގ ތަކުގަ ގަޑިއަކަށް ވާވަރަށް ފައިސާ ނަގާނީ. އަދި ގޭ ދޮރުމަތީ ސައިކަލު ބެހެއްޓުމުގެ އާދަ ނައްތާލަން ޖެހޭ
ވޯލް
16 October 2019
ބަދަލު ދީފަ، މާލޭގައި ތިނަ ބޮޑެތި ގޯތި ތިބި މީހުން ހޯދައިގެން އެމީހުންގެ އަތުން 1 ގޯތި އަތުލާފަ ތިފަދަ ޕަބްލިކް އޭރިއާސް ހަދަންވީ. "އެމިނެންޓް ޑޮމައިން" ގެ ދަށުން އެކަން ކުރޭ އެހެން ޤައުމުތަކުގަިއވެސް، ރާއްޖޭގެ ޤާނޫނުގައި އެކަން ނެތިއްޔާ މަޖިލިސް މެދުވެރިކޮށް ޤާނޫނުތައް ބަދަލުކޮށްގެންވެސް މިކަން އެބަޖެހޭ ކުރަން.
ރަބަރު
15 October 2019
ކެރޭ ބަޔަކު ތިބިއްޔާ އެތެރެކުރުން އަހަރު ދެއަހަރަށް ބަންދުކޮށް އިންސްޓޯލްމަންޓަށް ވިއްކުނު ހުއްޓުވާބަލަ. ޖިފުޓިތައް ނަގާ ހުޅުމާލެއިން ބަދަލުދީ އެތަންތަނުގައި ޕާކިން އިމާރާތް އަޅާބަލަ.
ހިގޮ
15 October 2019
+އަހަރީފީ +ރޯޑްފީ+ޕާކިން ފީ އަދި ފެނޭ މަސްދުވަހަށް ވާވަރަށް ޕޮލިހުން ޖަހާ ސްޓިކަރ ވެސް ގަންނަން ދެންމިރާއްޖޭގަ ވިއްކާ ކޮންމެ ވެހިކަލެއްގެ ޑަބަލްކީ ޕޮލިހުންނަށް ލިބޭ ގޮތަށް ގާނޫނުވެސް ހަދަން އޭރަށް ތާ ފަސޭހައިން ޗެކްކޮށްލެވޭނީ
ސަމީމާ ޔަހުޔާ.
15 October 2019
މިހާރު އެބަ ރަގަޅަވޭ.