ކަނޑިމާ ރިސޯޓުގެ ޕޫލެއްގެ ތެރެއަށް ވެއްޓުނު ވެލާ.
18 އޮކްޓޯބަރ 2019 - 14:23
ދ. އަތޮޅުގައި އޮންނަ ކަނޑިމާ މޯލްޑިވްސް އަކީ ވެލާތަކަށް ވެސް މަގުބޫލު ރިސޯޓެކެވެ. އެ ރިސޯޓުން ބުނާ ގޮތުން ނަމަ ކޮން ދެ ހަފުތާއަކުން އެ ރިސޯޓުގެ ފުއްޓަރު ފަރާތުން ވެލާތައް ފެނެ އެވެ. އެއީ ފުއްޓަރު ފަރާތުގައި ބޮޑު ފަސްގަނޑެއް އޮތުމާއި ވެލާތަކަށް އެ ސަރަހައްދު ހިތްގައިމު ވީމަ އެވެ. އެކަމަކު، އާންމުންނަށް މީގެކުރިން ނުފެންނަ މަންޒަރެއް ސޯޝަލް މީޑިއާގައި މިހާރު ވަނީ ވައިރަލްވެފަ އެވެ.
ކަނޑިމާ މޯލްޑިވްސްގެ ފޭސްބުކް ޕޭޖްގައި މިދިޔަ ބުދަ ދުވަހު އާންމުކުރި ވީޑިއޯއެއްގައި ފެންނަނީ އެ ރިސޯޓުގެ އިރު ދެކުނު ފަރާތުގައި ހުންނަ ވިލާތަކުގެ ތެރެއިން ވިލާއެއްގެ ސްވިމިން ޕޫލް ތެރޭގައި ވެލައެއް އޮއްވަ އެވެ. އަދި ވަރަށް މަސައްކަތުން އެ ވެލާ ޕޫލުން ނަގައި މޫދަށް ދޫކޮށްލި މަންޒަރެވެ.
މިއީ ކަނޑިމާ ރިސޯޓުގެ ޓޫރިސްޓުންނާއި މުވައްޒަފުން އަލަށް ތަޖުރިބާކުރަން ޖެހުނު ކަމެކެވެ.
ރިސޯޓުގެ މެނޭޖަރު އަބްދުﷲ އަބޫބަކުރު "މިހާރު" އަށް ރޭ ވިދާޅުވީ ރިސޯޓަކީ އާންމުކޮށް ބޮޑެތި ވެލާ އަރާ ރަށެއް ކަމަށެވެ. އެކަމަކު، ރިސޯޓުގެ ބީޗު ވިލާތައް ހުންނަ އިރު ދެކުނު ފަރާތަކީ އާންމުކޮށް ވެލާ ފެންނަ ސަރަހައްދެއް ނޫން ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ.
ކަނޑިމާ ރިސޯޓުގެ ޕޫލެއް ތެރެއަށް ވެއްޓުނު ވެލާ މޫދަށް ފައިބަނީ. ---
އަބްދުﷲ ވިދާޅުވި ގޮތުގައި އެ ޕޫލަށް ވެލާ "އެރި" އޮތް ވަގުތަކީ ޓޫރިސްޓުންތަކެއް ވެސް އެ ވިލާގައި އުޅެމުން ދިޔަ ދުވަހެކެވެ. އެކަން ރިސޯޓުގެ ސަމާލުކަމަށް ގެނައީ އެމީހުން ކަމަށް އޭނާ ބުންޏެވެ. އޭނާ ވިދާޅުވި ގޮތުގައި ޕޫލުން ފެނުނު ވެލާގެ ދިގުމިނުގައި ހަތަރު ފޫޓު ބައި ހުންނާނެ އެވެ.
"އަޅުގަނޑުމެންނަށް އެ މައުލޫމާތު ލިބުމާ އެކީގައި ވަގުތުން އެޓެންޑްވިން،" އަބްދުﷲ ވިދާޅުވި އެވެ.
ވެލާ ޕޫލުން ނަގައި މޫދަށް ދޫކޮށްލުމުގެ މަސައްކަތުގައި އުޅުނީ އެ ރިސޯޓުގެ އެސިސްޓަންޓް ޓްރާންސްޕޯޓް މެނޭޖަރު އިބްރާހިމް އަލީ އެވެ. އޭނާގެ ހުޝިޔާރުކަމާއި ކުޅަދާނަކަމާ އެކީގައި ވެލަ އަށް އެއްވެސް ގެއްލުމެއް ނުދީ މޫދަށް ދޫކޮށްލި މަންޒަރު ވީޑިއޯ އިން ފެނެ އެވެ.
ވެލާ ސަލާމަތް ކުރުމަށް ފަހު ކަނޑިމާ މޯލްޑިވްސްގެ ފޭސްބުކް ޕޭޖްގައި ބުނެފައި ވަނީ ރާއްޖޭގައި އުޅޭ ވެލާތަކަށް ކަމޭހިތަން ޖެހޭ ކަމަށެވެ. ރާއްޖެ އަކީ އެސޮރުމެންގެ ވެސް "ގެ" ކަމަށާއި ރާއްޖެ އަންނަ މީހުން ވެލާތައް ދެކެން ބޭނުންވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ވެލާ، ކަހަނބަށް އެކި ގޮތް ގޮތުން ގެއްލުން ދިނުމުގެ އަމަލުތައް ރާއްޖޭގައި ދޭތެރެ ދޭތެރެއިން ހިނގަ އެވެ. އެންމެ ބޮޑު ގެއްލުމެއް ލިބެމުން ދަނީ ކަނޑަށް އުކާލާ އެކި ކުނިބުނީގެ ސަބަބުންނެވެ. އެކަންކަން ހުއްޓުވުމަށާއި ހާލުގައި ޖެހިފައިވާ ވެލާ ސަލާމަތް ކުރާ ވީޑިއޯތައް ދޭތެރެ ދޭތެރެއިން އާއްމުވެ އެވެ. އެއީ ގިނަ ބައެއްގެ ތައުރީފް ލިބޭ މަސައްކަތެކެވެ.
އެކަމަކު، މިފަހަރު އަދި މާ ތަފާތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޔާޒް
20 October 2019
ރަނގަޅު ގޮތަކީ ވެލާ ބީޗް ގައި ޕޫލް އެއް.
ހާސަރ
19 October 2019
ތިކަން ތިކުރީ ވަރަށްދެރަކޮށް ' ވެލަޔަކީ ވެސް މާތްﷲގެ ތަނަވަސް ރިޒްގު ތިހެން ހަދާކަށް ނުވާނެ ، މަނަމަ ތީތި ކާލާނީ ..........
ނީރާ
19 October 2019
ތިޔަ މެނޭޖަރ ޢބްދުﷲ އަކީވެސް ތިޔައީ ވަރަށް ގިނައިން ވެލާތެޔޮ ކުނޑި ކައި އުޅުނު މީހެއް. ވެލާ ނުހިފަަ ތެޔޮކުނޑި ކާނީ ކިހިނެއްބާ؟
ޝެލަރީ
19 October 2019
ވެލަ އަށް އެއްމެ ގެއްލުންލިބެނީ މޫދައް އަޅާ ކުނީގެ ސަބަބުންނޭބުނީމަ މަހަމަ ހައިރާންވެއްޖެ، ވެލާ މިޤައުމުން މަދުވަނީ އެ ހިފައިގެން ކާތީ، ވެލާ ހިފައިގެން ކައި ނުވިތާކައް ގޮނޑުދޮށައް އެސޮރުއަޅާބިސް ކޮޅުވެސް ކަލަނީ ކިހިނެއް ވާނީދެން؟
އެމް
18 October 2019
ޕޫލް ހުރީ ވެލާ ބިސްއަޅަން އަރާ ބީޗްގަ. ދެން ވެލަޔަކީ ވިހާ ތަނަކަށް ބިސްއަޅަން އާންމުކޮށް އަންނަ އެއްޗެއް.
ކަނޑިމަ މޯލްޑިވްސް
18 October 2019
ތިޔައީ 2018 މެއި 31 ވަނަ ދުވަހު ހިނގި ކަމެއް. އޭރު އިބްރާހީމް އަލީ އަކީ ފްލީޓްގެ ސްޕަވައިޒަރު.
ކަނޑިމަ ސްޓާފް
18 October 2019
އޭތި އޮތީ ހުސް ރޫމެއްގަ. ކޮން ދޮގެއް ހަދާކަށް. މިދިޔަ އަހަރު ވީ ކަމެއް ތީ.
ބޮބްބެ
18 October 2019
އެތަކެތި ދިރިއުޅޭ ރަށްރަށުގަ ރިސޯޓުހެދީމަވާނީ ޗާހެން
ލަދުހޔ
18 October 2019
ތީ ޒަމާނުއްސުރެ ވެލާ އަރާ ރަށެއް! އެއެއްޗެހި ބިސްއަޅާމުން ދިޔަ ރަށް އިސްތިއުމާރުކޮށް އަދި ފޭސްބުކްއަށް މާމޮޅުކަމެއް ކުރެވުނީކަމަށް އެބަލައެއްނު!
ހަޑިގިއްލާ
18 October 2019
ނަސީބު ތީ މިހާރު ރިސޯޓެއްކަންވެސް. ނޫންނަމަ އެސޮރު އިސްތިއުމާރުކޮށް ބަނޑުފަޅާ ތެޔޮކުނޑި ކޮޅުވެސް ހާނާލާނެ! އެސޮރުމެނަށް ހަމައެކަނި ހިމާޔަތެއް ލިބެނީ ރިސޯޓަކަށް އެރުނިއްޔާ.
ޢަބްދު
18 October 2019
ވެލާ ސަލާމަތް ކުރަން ކުރި މަސައްކަތައް ސާބަސް! ދެރަ މަންޒަރަކަށް ވީ އޭތީ ކޮއްޕާލުމުވް ވެއްޓުނު ތަންކޮޅު.. 5 ފަހަރު ވަރަކަށް ބެލިން، ހަމަ ކަޑަކޮށް ފެންނަނީ