24 އޮކްޓޯބަރ 2019 - 06:12
މާސްގައި އޭލިއަނުން އެބަ އުޅެ އެވެ. އިންސާނުންނަށް ނުފެންނަނީ އެވެ. އެސްޓްރޮބަޔޮލިޖިސްޓުންނަށް ގަބޫލުކުރެވޭ ގޮތުގައި، އިންސާނުންނަށް ވުރެ، އޭލިއަނުންގެ ވިސްނުން ތޫނެވެ.
އިންސާނީ ދަރިފަސްކޮޅު މާސްގައި އާބާދުކުރެވިދާނެ ކަމަށް ގަބޫލުކުރާ އެސްޓްރޮބަޔޮލޮޖިސްޓުން ދެކޭ ގޮތުގައި، އިންސާނުން ފުރަތަމަ އުޅުނީ މާސްގަ އެވެ. ނަމަވެސް، ދިމާވި ހާދިސާއެއްގައި، މާސް އަށް ވެއްޓުނު އެތިގަނޑެއްގެ ސަބަބުން، ބިމުން ބޮޑު ބައެއް ގޮވައި، މާސްގައި އުޅުނުހައި ބަޔަކު، ޖައްވުގެ ތެރެ އަށް ބުރައިގެން ދިޔައީ އެވެ. އިންސާނުންނަށް ދުނިޔެ އަށް އާދެވުނީ ބުރައިގެން ދިޔަ ގާތަކުގެ މަތީގައި ދަތުރުކޮށްފަ އެވެ.
މާސްގައި އިންސާނުން އުޅުނު ކަމަށް އެއް ބަޔަކު ގަބޫލުކުރާއިރު، މާސްގައި ދުވަހަކު ވެސް އިންސާނުން އުޅެފައި ނުވާ ކަމަށް ވެސް ބަޔަކު ބުނެ އެވެ. އަދި މިހާރު ބުނަނީ، މާސް އަކީ އިންސާނީ ދަރިފަސްކޮޅަށް ރަހުމަތްތެރި ބިމަކަށް ދުވަހަކު ވެސް ނުވާނެ ކަމަށެވެ.
މާސްގައި ދިރުމުގެ ނިޝާން މިހާރު ވެސް ހުރި ކަމަށް، އެސްޓްރޮބަޔޮލޮޖިސްޓުންގެ ތެރެއިން ބަޔަކު ގަބޫލުކުރެ އެވެ. މާސްގެ ބިމުގައި ފެން ހިނގާފައި ހުރި ނިޝާންތައް ވެސް ހުރި ކަމަށް ބުނެވެ އެވެ. މާސްގައި ދިރުން ހުރި ނަމަ ހުރީ ބިމު އަޑީގައި ކަމަށް ވެސް އެބަ ބުނެ އެވެ. މިއީ މާސް އިން ފެނިފައި ހުރި މަންޒަރުތައް ސައިންސްވެރިންނަށް ތަރުޖަމާކުރެވޭ ގޮތެވެ.
މާސްގައި އިންސާނުން އުޅުނު ނަމަ އަދި މާސްގައި އޭލިއަނުން މިހާރު ވެސް އުޅޭ ނަމަ، މިކަން ތަރުޖަމާކުރެވޭނެ ގޮތަކީ މި އެވެ؛
އޭލިއަނުން ޖައްވު ތެރޭގައި ދަތުރުކޮށް އުޅުމުގެ ތެރޭގައި، މާސްގައި އިންސާނުން އުޅޭކަން ފާހަގަކުރެވުނީ އެވެ. އަދި މާސް އަކީ އޭލިއަނުންނަށް ވެސް ކަމުދާ ބިމަކަށް ވާތީ، މާސް ހިސޯރުކުރާނެ ގޮތެއް ސައްލާކޮށް ނިންމީ އެވެ. އަދި މާސް އަށް އެތިގަނޑެއް ވައްޓާލައި، މުޅި އާބާދީ ޖައްވުގެ ތެރެ އަށް ބުރުވާލި އެވެ.
އޭލިއަނުންނަކީ އިންސާނުންނަށް ވުރެ ތޫނުފިލި ބައެއް ކަމަށް ގަބޫލުކުރެވޭ ބަޔަކު، މާސްގައި އޭލިއަނުން ވަޒަންވެރިވި ގޮތް ކިޔައިދޭނީ މި ގޮތަށެވެ. އެކަމަކު މިއީ އެއްވެސް އަސާސެއް ދެެއްކެން އޮތް ކަމެއް ނޫނެވެ. ހުސް ފުލޯކެވެ. ހަދަހަދައިގެން ދައްކާ ވާހަކަ އެވެ. އޭލިއަނުންނަކީ އެއްވެސް ތަނެއްގައި އުޅޭ ބައެއްކަން ސާބިތުކޮށްދެވޭނެ ގޮތެއް ނެތެވެ. އެކަމަކު އިންސާނުންގެ ވަޒަނަކީ ބިމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާޒިމްބެ
26 October 2019
ސައިންސްވެރިންނަށް، ޖިންނިންވާނީ އޭލިއަނުންނަށް! އިސްލާމް ދީނުގެ ވިސްނުމުގައިހުރެ، ފުންކޮށް ވިސްނައިލެވިއްޖެއްޔާ، މިކިޔާ އެއްޗެއް ފަހުމު ވެދާނެ! ވަޙިކުރައްވައިފައިވަނީ، އިންސާނުންނާއި ޖިންނީން ހެއްދެވީ ތިމަންﷲ އަށް އަޅުކަންކުރާށޭ! މުހައްމަދު ރަސޫލާ ފޮނުއްވީ ޢާލަމްތަކަށް ރަޙުމަތަކަށޭ! އުފައްދަންވީ ސުވާލަކީ ޢާލަމް ތަކަކީ ކޮބައިތޯ؟ އިންސިން ބިމިގައި މި ޢާލަމުގައި އުޅޭއިރު، ޖިންނިން އުޅެނީ ކޮން ޢާލަމެއްގައިތޯ؟
ދެން
24 October 2019
އިންސާނުންނަކީ މާސްއިން އައި ބަޔަކަށް ވަންޔާ ދެން އިންސާނުންނަކީ އޭލިއަނުން. އަދި ވިސްނުންތޫނު ފިލި މީހުން. ބައެއް ސައިންސްވެރިން ހިސާބަށްވުރެއް މޮޔައީ.
ޙޯމް
24 October 2019
ޝައްކު އުފެއްދުންނޫން ކޮންކަމެއްތޯ..
ބަނިއާދަން
24 October 2019
ޔޫރަޕު މީހުން ކިޔާހެން "އޭލިއަނުން" ކިޔުމުގެ ބަދަލުގައި "ޖިންނިން" ކިޔާބަލަ. ވިސްނައިގަންނަން ވަރަށް ފަސޭހަވާނެ. ޖިންނީންނަކީ ﷲ ހައްދަވާފައިވާ މަޚުލޫޤެއް. ޤުރުއާނަށް އީމާންވާ މީހަކުނަމަ ޖިންނީން އުޅޭކަން ޔަގީންކުރާނެ. ޖިންނީންނަކީ ބިމާއި އެހެން ޕުލަނެޓުތަކުގައި ވެސް އުޅޭނެ ބައެއް. އެއީ އޭގެ އަސްލު ސިފއިގައި ފެންނާނެ ބައެއްވެސް ނޫން
މޯޑުސް
24 October 2019
މާސްއިން ވެއްޓުނު ބަޔެއް ނޫން އިންސާނުންނަކީ. އިންސާނުން އުފެދުމުގެ ފުރަތަމަ އަސްލަކީ ބެކްޓީރިޔާ، ބެކްޓީރިޔާ އުފެދުނީ ފެނުގައި، އެއިރު ދުނިޔޭގައި އޮކްސިޖަން އެއް ނުހުރޭ، ސައިނޯ ބެކްޓީރިޔާ ފުރަތަމަ ޖައްވަށް އޮކްސިޖަން ދޫކުރަނ ފެށީ.
މަރިއްކޮ
24 October 2019
މޯޑުސް. ތިޔަބޭފުޅާ ގުރުއާނުގެ ތަރުޖަމާ ވިދާޅުވާން ފެނޭ. އަދި އެކިބަސްބަހުން ޤުރުއާންގެ ތަފްސީރުވެސް އެބަހުރި. ތިޔަކަހަލަ ދެއުޅިއެއްނުވާ ކޮމެންޓް ލިޔުއްވުމުގެ ކުރިން ގުރުއާން ތަރުޖަމާ ބެއްލެވުން އެދެން ތިޔަ ބޭފުޅާއަށް، ﷲގެ ހެޔޮ ރަހުމަތް ލައްވާށި. އާމީން
ޙެދާ
24 October 2019
މީ އަސްލު މޯޑިސްއެށް...
މިޓުޒާ
25 October 2019
ފެނުގަ އޮކްސިޖަން އެއް ނުހުރޭ؟ ދެން ފެން އުފެދުނީ ކިހިނަކުން ނޯ؟
އަފީ
25 October 2019
މީނަ އެތާ ހުރިބާ.. ?..
ޒާން
26 October 2019
ތެދު ވާހަކައެއް. އިވޮލިއުޝަން ގެ ހެކިތަޢް މިހާރުވެސް ފެންނަން އެބަހުރި. ބަޓް ދިސް ސޮސައިޓީ އިޒް ނޮޓް ރެޑީ ފޯރ ދެޓް ކޮްންވަރޒޭޝަން.
ނިރު
24 October 2019
ޤުއުރުއާނުގަ އެއޮތީ ވަރަށް ތަފްސީލްކޮށް އިންސާނުން އުފެދުކުގޮތް ބަޔާން ކޮއްދެއްވާފަ.
ޢެޑްމުންޑޯ
24 October 2019
އިންސާނުން އުޅުމައްޓަކާ ﷲ އުފައްދަވާފައިވަނީ މިބިން ، ފުރަތަމަ އުފެއްދެވި އިންސާނާ ފޮނުއްވާ ބިމުގައި އިންސާނީ ދަރިފަސްކޮޅު ގާއިމް ކުރެއްވިގޮތް އެއޮތީ ކީރިތި ގުރުއާނުގައި ﷲ ވަހީކުރައްވާފައި ، ކޮންބޭކާރު ލިއުންތަކެއްލިޔާކަށް