ޚަބަރު / ޓެރަރިޒަމް

ހަނގުރާމައާ ގުޅިގެން 134 ދިވެއްސަކު ތުރުކީގެ ބްލެކްލިސްޓްގައި އެބައޮތް: އަލްޖަޒީރާ

ސީރިއާގައި ކުރިއަށްދާ ހަނގުރާމައިގައި ދިވެހިންތަކެއް ހަތިޔާރުތަކެއް ހިފައިގެން: ތުރުކީ ސަރުކާރުން 134 ދިވެއްސަކު ބްލެކް ލިސްޓް ކޮށްފައިވާ ކަމަށް އަލްޖަޒީރާއިން ބުނޭ

ސީރިއާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން 134 ދިވެއްސަކު ތުރުކީ ސަރުކާރުން ބްލެކް ލިސްޓް ކޮށްފައިވާ އަލްޖަޒީރާ އިން ބުނެފި އެވެ.

ސީރިއާގައި ހިނގަމުންދާ ހަނގުރާމާގައި ބައެއް ދިވެހިން ބައިވެރިވަމުން ދާއިރު، ބައެއް ދިވެހިން މިހާރު ވަނީ ހަނގުރާމަ ކުރަނިކޮށް މަރުވެފަ އެވެ. އާންމު ގޮތެއްގައި އެފަދަ ދިވެހިން ސީރިއާއަށް އެތެރެވަނީ ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރު ހުރަސްކޮށެވެ.

ރާއްޖޭގައި ދީނީ ހައްދުފަހަނައަޅައި ދިއުން އޮތް މިންވަރާ ބެހޭގޮތުން އަލްޖަޒީރާ އިން ރޭ ނެރުނު ޑޮކިއުމެންޓްރީގައި ބުނާގޮތުން ސީރިއާގައި ހަނގުރާމަ ހިނގާ ސަރަހައްދުތަކަށް ދާން އުޅުނު ކަމަށް ތުހުމަތު ކުރެވޭ 25 އަށް ވުރެ ގިނަ ދިވެހިން ޑީޕޯޓް ކޮށްފައިވާ ކަމަށް ތުރުކީ ސަރުކާރުގެ އޮފިޝަލުން ބުނެ އެވެ. އަދި 134 ދިވެއްސަކު ތުރުކީ ސަރުކާރުގެ ބްލެކް ލިސްޓްގައި އެބައޮތް ކަމަށް ވެސް އެ ޑޮކިއުމެންޓްރީގައި ބުންޏެވެ.

ހަނގުރާމައަށް ދިޔަ ކަމަށް ބުނެ ބައެއް ދިވެހިންގެ މައްޗަށް މީގެކުރިން ރާއްޖޭގެ ކޯޓުތަކުގައި ދައުވާ ވެސް ކުރި އެވެ. އެކަމަކު މިހާތަނަށް އެފަދަ އެއްވެސް ދައުވާއެއް ސާބިތެއް ނުވެ އެވެ.

ސީރިއާގެ ހަނގުރާމައާ ގުޅިގެން ބައެއް ދިވެހިން ބްލެކް ލިސްޓް ކުރިއިރު، ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވަނީ ސީރިއާގެ ހުރިހާ ސަރަހައްދުތަކަކީ ވެސް ހަނގުރާމަވެރި ސަރަހައްދުތަކެއް ކަމަށް ކަނޑައަޅުއްވައިފަ އެވެ. އެހެންވެ، ސަރުކާރުގެ ހުއްދަ ނެތި ސީރިއާގެ އެއްވެސް ތަނަކަށް ދަތުރުކުރުން ދިވެހިންނަށް މިހާރު މަނާވާނެ އެވެ.

ޓެރަރިޒަމްގެ ގާނޫނަށް ދާދިފަހުން ގެނައި އިސްލާހު އޮތްގޮތުން ހަނގުރާމާގައި ބައިވެރި ނުވިޔަސް، ހަނގުރާމަވެރި ސަރަހައްދަކަށް ސަރުކާރުގެ ހުއްދަ ނެތިހިނގައްޖެ ނަމަ، ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށް ލެވޭނެ އެވެ.

19 ކޮމެންޓް, 50 ރިއެކްޝަންސް

icon happy icon happy 46%
icon sad icon sad 16%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖިންނިއާދަނު

03 November 2019

އަހަރުމެންވެސް ލިސްޓުހަދާނީ ތިޔަކަމަކީ ދުނިޔެއައް އަލައްދިމާވެގެން އުޅޭކަމެއްނޫން މާކަންތައް ބޮޑުނުކުރޭ އެންމެނައްވެސް އެނގޭދިވެހިން ހަނގުރާމަޔައްދާކަން ނޫސްތަކުގަ ފަލަސުރުހީގަލިޔެ ތިކަންޕުރޮމޯޓުނުކުރޭ އޭރުން ލިސްޓުދިގުވާނީ

The name is already taken The name is available. Register?

ސައި

02 November 2019

ތު ންތު ން މަތި ންކިޔާއަޑުއިވޭ ހަ ނގުރާމައަށް މީހު ން ފޮ ނުވަ ނީ ސަލަފުޖަމިއްޔާއި ން ނޭ ސަރުކާރު ން އެބަޖެހޭ ރައްޔިތު ން ނަށް ހަގީގަތް ހާމަ ކޮއްދޭ ން

The name is already taken The name is available. Register?

ހޯދާމީހާ

03 November 2019

ނޭފަތު ކަންފަތުން ކިޔާއަޑުއިވޭ ކެނެރީގެއިންނޭ ފޮނުވަނީ

The name is already taken The name is available. Register?

1234

02 November 2019

ތިތަންތަނަށް މީހުންފޮނުވާ ފަރާތްތަށް ހައްޔަރުކޮށް ބަލަ

The name is already taken The name is available. Register?

ކިޔުންތެރި

01 November 2019

މިގައުމަށް ދިވެހިންފޮނުވާ އެޖެންޓުންގެ ނަންތައް ހާމަކުރޭ އެންމެންނަށް އެނގޭ ބޮޑުސިއްރެއް

The name is already taken The name is available. Register?

ޒީރޯ

01 November 2019

ބޭންއެންޑީއެން އުވާލާ!

The name is already taken The name is available. Register?

ސަލަފީ

01 November 2019

ބޭން ސަލަފް

The name is already taken The name is available. Register?

ޚކނބ

02 November 2019

ބޭން ޢެސް އެސް

The name is already taken The name is available. Register?

ކޮތަރު

01 November 2019

ސީރިޔާއަށް މީހުންފޮނުވާ އެޖެންޓުންތަށް މިހާރުން މިހާރަށް ހައްޔަރުލުރަންޖެހޭ.

The name is already taken The name is available. Register?

އިލްމާނީ އައްޕަ

01 November 2019

ލިސްޓް ކޮބާ؟ މިރާއްޖެއިން މަދުވި މީހުން ސާފުވާނީ އޭރިން..ރިޒޯޓް އަށް ޗުއްޓީ ދަތުރި ދީގެން ޖަޒީރާ އިން ނެރޭ ރިޕޯޓަށް އިތުބާރެއް ނުކުރެވޭ. ކުއްލިއަކަށް މިރިޕޯޓް ނެރެން ޖެހުނު ސަބާބެއް ވެސް ބުނެދޭން ޖެހޭނެއެވެ.

The name is already taken The name is available. Register?

އުމަރޭ

02 November 2019

މިޔަކީ އިއްޔެ މެންދުރު ހެދި ރިޕޯޓެއްނޫން. އޭގަހުރި މަންޒަރުތަކާ، އޭގަ ގެނެސްދީމަ އިންޓަވިއުތަކުންވެސް އެކަން އެނގޭނެ. ޢުމަރު ނަސީރު ކައިރީ އަހާބަލަ ކޮންއިރަކުތޯ އިންޓަވިއުކުރި

The name is already taken The name is available. Register?

އައްޒާމް

01 November 2019

ތި 134 މީހުންނާ އެމީހުންގެ ތިމާގެ މީހުންނަށްވެސް ރާއްޖެ ނޭރޭގޮތްހަދަންޖެހޭ. ކެންސަރެއް ފެތުރުމުގެ ކުރިން ކެންސަރު ކަޑާނަގަންޖެހޭ!

The name is already taken The name is available. Register?

އަލީ!

01 November 2019

މިކަހަލަ އެއްޗެެއް ނެރެލާއިރަށް އެމީހުން ގޮވަނީ އެމްޑީއެން އުޥާލާށޭކިޔާފަ!

The name is already taken The name is available. Register?

ބަބުރޭ

01 November 2019

ހަމައިގަތޯ؟ އެމްޑީއެން އުވާލަން ގޮވަނީ އެކްސްޓްރީމިސްޓުންގެ ލިސްޓެއްނެރެގެންތޯ؟. އެމްޑީއެން އުވާލަން ގޮވަނީ ﷲއަށާ އެކަލާންގެ ރަސޫލާއައް ފުރައްސާރަކުރީމަ. ސީރިޔާއައް ހަނގުރާމައައް ދިވެހިންފޮނުވާކަން އެއީ މާކުރިންވެސް އެގޭކަމެއް. ދެބޯގެރިދުއްވަން ނޫޅޭ. މިހާރު މިކަހަލަ އެއްޗެހި މި ލިޔަނީ ދެބޯގެރި ދުއްވުމުގެ ބޭނުމުގަ. ދެބޯގެރިދުއްވުން ނޫންކަމެއް މިސަރުކާރައް ކުރެވޭތަ. 31 ބިލިއަން ދުމައް ދިޔައީ ކުރެވުނުކަމަކީ ރަސްރަނި ބަގީޗާގެނަން ބަދަލުކުރުން.

The name is already taken The name is available. Register?

ސަމްތިންގ

02 November 2019

ކަލެއައް ކިޔަން އިނގެނީ ރުފިޔާ ރުފިޔާދޯ.ރުފިޔާއާހެދީ ބޫތު ކައިފަ ތިހުން ނަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454