އިންޑިއާ އިން ރާއްޖެ އަށް ވަޒަން ހަދިޔާ ކުރުމުގެ ރަސްމިއްޔާތުގައި އެ ގައުމުގެ ނޭވީގެ އޮފިސަރަކު ވާހަކަ ދައްކަނީ.
05 ނޮވެމްބަރ 2019 - 19:52
ދިވެހި ސިފައިންގެ ބޭނުމަށް، އިންޑިއާ އިން ގިނަ އަދަދެއްގެ ވަޒަން ހަދިޔާކޮށްފި އެވެ.
އިންޑިއަން ނޭވީގެ އެންމެ ބޮޑު ކޯސްޓްގާޑު އުޅަނދުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަޒަންތަކާ ހަވާލުވެ ވަޑައިގެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ. އިންޑިއާ ސިފައިންގެ ފަރާތުން ވަޒަންތައް ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ.
އިންޑިއާއިން ހަދިޔާ ކުރި ވަޒަންތަކާ، މިނިސްޓަރު މާރިޔާ (ކ) ހަވާލުވެ ވަޑައިގަންނަވަނީ
އިންޑިއާ އިން ވަނީ ދިވެހި ސިފައިންގެ ތަމްރީނު މަރުކަޒުގެ މަސައްކަތް ނިންމަން ވެސް ބޮޑު އެހީއެއް ދީފަ އެވެ. ޅ. މާފިލާފުށީގައި ގާއިމް ކޮށްފައިވާ، ތަމްރީން މަރުކަޒުގެ މަސައްކަތްތައް ނިންމަން އެ ގައުމުން އެއް މިލިއަން ޑޮލަރުގެ އެހީ ދީފައިވާ އިރު، އެއީ ތިން ފިޔަވައްސަކަށް ބަހާލައިގެން ހަދާ ތަނެކެވެ.
އިންޑިއާގެ ޗީފް ޖެނެރަލް ބިޕިން ރާވަތު މިދިޔަ މަހު ރާއްޖެ ވަޑައިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލު ކުރައްވާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަސްވެރިޔާ
06 November 2019
އައްޑޫ ހިތަދޫއިން މޭލެއްހާތަން އެތައްޔާރުވަނީ ތިޔަ ވަޒަން ބަލަހައްޓަން ތިބޭމީހުންގެ ގެސްޓްހައުސް އަޅަން.
ދިރޭ މިތުރާ
06 November 2019
އޯ ވަޒަން... އޯ ވަޒަން ންންންންން.. އެންމެނަށް އުފާދޭ
ޙާރޫ
06 November 2019
ދަބަރު ޖަހާފައި ހުރި ވަޒަން ދިނީ
ޝޮކްތެރަޕީ
06 November 2019
މަކަރުވެރިންގެ އަވައިގަ ޖެހި ދިވެހިންގެ މިނިވަންކަން އޮޔާދަނީ.
ދޮން ބަބުރު ސޮރު
06 November 2019
ވެރިކަން ބަދަލުވާ އިރަށް ތިޔަ މާކުރީގެ މުސްކުޅި ވަޒަން ކޮޅު އަނބުރާ ހޯދަން ގޮސް ރައީސް އޮފީހުން ނުނުކުންނާނެ.
ދޭސީ
06 November 2019
ބޭކާރު ކަންތައް އިންޑިޔާއިން ކޮށްދޭނީ. ކަމަކަށްވާ ކަހަލަ ކަމެއްވިއްޔާ ބޮޑު ލޯނެއް ބޮލުގަ އަޅުވާނީ
ތުނިޔަ
06 November 2019
ތިވަޒަންތަށް ބަލަހައްޓަން ކިތަންމީހުން ތިބޭގޮތަށް ޝަރުތުކުރިބާ؟