07 ނޮވެމްބަރ 2019 - 16:13
ބަންގްލަދޭޝްގައި ކިޔަވަން ހުއްޓައި މީގެ ދެ އަހަރު ކުރިން މަރުވި ދިވެހި މޮޑެލް، ރައުދާ އާތިފްގެ މަރުގެ މައްސަލާގެ ތަހުގީގަށް ފަހު ތަފްސީލީ ރިޕޯޓެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ފޮނުވައިފި އެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ އެ ކޮމިޝަނުން ތަހުގީގު ނިންމައި ރިޕޯޓް މިއަދު ރައީސަށް ފޮނުވާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
Raudha Athif maruvi massala commission in balai ninmumahfahu ekulavaali report Raeesul Jumhooriyya ge office ah miadhu fonuvaifi.
— Commission on Disappearances and Deaths (@DdcomMdv) November 7, 2019
ރައުދާ މަރުގެ ރިޕޯޓް ރައީސަށް ފޮނުއްވިކަން އިއުލާން ކުރުން--
ބަންގްލަދޭޝް ފުލުހުން ނިންމާފައިވަނީ ރައުދާ މަރުވީ އަމިއްލަ އަށް ކަމަށާއި އޭނާ އެކަންތައް ކުރީ ލޯބިވެރިޔާއާ ޖެހުނު މައްސަލަތަކަކާ ގުޅިގެން ކަމަށެވެ.
ފުލުހުން ބުނެފައިވަނީ ރައުދާ ދަންޖެހިގެން މަރުވީ އަމިއްލަ އަށް ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކާއިރު ރައުދާގެ ފޯނާއި ލެޕްޓޮޕުން އަދި އެހެން ގޮތްގޮތުން ލިބުނު މައުލޫމާތާ ހާދިސާ ހިނގައިދިޔަ ގޮތާ ދިމާވާ ކަމަށެވެ. ފުލުހުން ބުނީ ރައުދާ މަރުވީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދިވެއްސަކާ ޖެހުނު މައްސަލައެއްގައި ކަމަށެވެ. ރައުދާގެ ލޯބިވެރިޔާ އަކީ އިނގިރޭސި ވިލާތުގައި ކިޔަވަން ހުންނަ މީހެއް ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.
ވިލު ނޫކުލައިގެ ކަޅީގެ ސަބަބުން މަޝްހޫރުވެގެން ދިޔަ ރައުދާ ދަންޖެހި މަރުވެފައި ހުއްޓާ ފެނުނީ އޭނާ ބަންގްލާދޭޝްގައި ކިޔަވަން އުޅުނު ކޮލެޖްގެ ނިދާ ކޮޓަރި ތެރެއިންނެވެ. ރައުދާ މަރުވީ ދަންޖެހިގެން ކަމަށް އެންމެ ފުރަތަމަ ހެދި އޮޓޮޕްސީން ވެސް ދެއްކި އެވެ. ނަމަވެސް ރައުދާ އަމިއްލައަށް މަރު ނުވާނެ ކަމަށާއި ބަޔަކު އޭނާ މަރާލީ ކަމަށް ބުނެ އާއިލާއިން މައްސަލަ ހުށަހެޅުމުން ރައުދާގެ ހަށިގަނޑު ނަގައިގެން ދެ ވަނަ އޮޓޮޕްސީއެއް ވެސް ހެދި އެވެ.
އެކޮމިޝަނުން މިއަދު ވަނީ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝިމް އަލީ އަވަހަރާކޮށްލި މައްސަލައިގެ ތަފްސީލީ ރިޕޯޓެއް، ވެސް ރައީސަށް ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލްއަފީފު ދީދީ
07 November 2019
ލަސްނުކޮށް ޝަރީއަތަށް ފޮނުވާ ދެއްވާ.
ނެތް
08 November 2019
ރިޕޯޓު ފޮނުވިއެއް ކަމަކު ނޭނގޭ ޝަރީޢަތް ކުރެވޭވަރަށް ހެކި ހުރިކަމެއް ދޯ. ރާއްޖެއިން ބޭރުގައި ހިނގިކަމެއް. އެތާ ފުލުހުންގެ މާބޮޑު އެހީއެއް ނުލިބެންޔާ ހޯދޭނެ އެއްޗެއް މާބޮޑެއް ވާނެކަމެއް ނޭގެ. އުންމީދަކީ އަދަބު ލިބެންޖެހޭ މީހުނަށް ހައްޤު އަދަބުލިބުން
ފައިސަލްބޭ
08 November 2019
ޝަރީޢަތަށް ފޮނުވޭނީ ކުށްކުރި ފަރާތް ދުނިޔޭގަ ހުރި ނަމަތާ. މިރިޕޯޓުން ވެސް އަމިއްލަޔަށް މަރުވިކަމަށް ދައްކާނަމަ ދަޢުވާ ކުރާނީ ކާކަށް؟
އިންޓަލެކްޓު
07 November 2019
ރައްޔިތުން މަޖިލިސް ރައީސްއަށް ތި އަރުވަބަލަ އަވަހަށް. އޭރުން އަހަރުމެން ރައްޔިތުންނަށް ތީގައޮތް އެއްޗެއް އިގޭނީ.
ހިގޮ
07 November 2019
ފުރިހަމަ ޚަބަރެއް ހުރިހާ ވާހަކަތައް ހުރީ ހަވާލާދީ ލިޔެފަ ލިޔުންތެރިޔާގެ އަމިއްލަވާހަކައެއް ދެކޭ ގޮތް ނެތް ވީމާ ލިޔުންތެރިޔާ އާއިލާ އަށް އަނިޔާ ދޭކަމަކަށް ނުބެލެވޭ
ޢަލީ
07 November 2019
ޙުސްނުއްސުޢޫދަށް ސާބަސް.ތިކަން އެބަކުރެވޭ.ތީ ފިސާރި ފަހުލަވާނެއް
ޙަބަރު
07 November 2019
މީ ހަބަރެއްނޫން. އޭނާގެ ޒާތީ ވާހަކަ ހަބަރުގެ ގޮތުގައި ގެނައުމުގެ ބޭނުމެއްނެތް. މިގޮތަށް ހަބަރު ފެތުރުމަކީ ރައުދާގެ އާއިލާއަށް ދެވޭ ބޮޑު އަނިޔާއެއް.
ޖިމީ
07 November 2019
ޒާތީ ވާހަކައެއް ނެތް. އޮތީ މަރުގެ ތަހުގީގުތަކުން ކުރިން ހާމަވި ބައެއް ކަންކަން.