އެކުވެނި ސްޓޭޑިއަމް ގައި ބޭއްވި ބޭއްވި ހަރަކާތެއްގެ ތެރެއިން.-- މިހާރު: ހުސެއިން ވަހީދު
10 ނޮވެމްބަރ 2019 - 19:19
މާލޭގެ އެކުވެނި ޓްރެކް ދަނޑު ބޭނުންކުރުމުގައި ސަމާލުވުމަށް ފުލުހުންގެ އިދާރާ އިން ފުލުހުންނާއި އެ މީހުންގެ އާއިލާތަކަށް އިލްތިމާސް ކޮށްފި އެވެ.
ފުލުހުންގެ އެކި ޑިޕާޓްމަންޓުތަކާއި ޔުނިޓުތަކުގެ ވެރިންނަށް ފޮނުވި ސިޓީއެއްގައި ބުނީ، ޓްރެކް ދަނޑަކީ ގިނަ އަދަދެއްގެ ފުލުހުންނާއި އެ މީހުންގެ އާއިލާ މެމްބަރުން ކަސްރަތުކުރަން ކޮންމެ ދުވަހަކު ވެސް ބޭނުންކުރާ ތަނަކަށް ވާއިރު، އެތަނުގައި މީހުން ނޫޅޭ ވަގުތުތަކުގައި ބުޅާ ފަދަ އެއްޗެހި ވަދެ ބޮޑުކަމުދާ ކަމަށެވެ.
އެ ސިޓީގައި ވަނީ ބުޅަލުގެ ނަޖިހުން ކުރިމަތިވާ ސިއްހީ މައުލޫމާތުތައް ވެސް ހިމަނައިފަ އެވެ. އެގޮތުން، ބުޅަލުގެ ނަޖިހުން އުފެދޭ ފަންޏެއްގެ ސަބަބުން އިންސާނުންގެ ހަންގަނޑަށް އަސަރުކޮށް ބަލިޖެހޭ ކަމަށާއި އެ ބަލި ޖެހުމުން ގައިގެ ދެހަން ދޭތެރެ އަށް ފަނީގެ އަސަރުކޮށް ކުދި ބިހިތަކެއް ނަގައި، އެ ތަންތަން ރަތްވެ ހިރުވާ ކަމަށް، މިދިޔަ ބުދަ ދުވަހު ފޮނުވި ސިޓީގައި ވެ އެވެ.
"ވީމާ ކުޅިވަރު އެކުވެނި ޓްރެކް ދަނޑުގެ ވިނަގަނޑު ބޭނުންކުރުމުގައި ސަމާލުކަން ދެއްވާ، ވިނަގަނޑު މަތީގައި އޮށޯވެ އޮތުމަށް މެޓް ފަދަ ތަކެތި ބޭނުންކުރުމަށް ކުޅިވަރު އެކުވެނި ޓްރެކް ދަނޑު ބޭނުންކުރާ ފަރާތްތަކަށް އަންގަވައި ދެއްވާ މިކަން މުވައްޒަފުންގެ ސަމާލުކަމަށްޓަކައި ދަންނަވައި ދެއްވުން އެދި ދެންނެވީމެވެ،" ސިޓީގައި ބުންޏެވެ.
ޓްރެކް ދަނޑު ބޭނުންކުރާ ފުލުހުންނާއި އެ މީހުންގެ އާއިލާގެ މެމްބަރުންގެ ސަމާލު ކަމަށް މި މައްސަލަ ގެނައި ނަމަވެސް އާންމު ސިއްހަތުގެ ގޮތުން ރައްކާތެރިވުމަށް ކަމާ ގުޅޭ އިދާރާ އިން އާންމުކޮށް އެދުނު ކަމެއް ނޭނގެ އެވެ.
ދުވުމާއި ކަސްރަތުކުރުމުގެ އިތުރުން ގްރޫޕު ހަދައިގެން ކުޅިވަރުގެ އެކި ކޭމްޕުތައް ވެސް އެކުވެނި ދަނޑުގައި ފުލުހުންގެ އިތުރުން އެތައް ބަޔަކު ބާއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މީަޖސ
12 November 2019
ބުޅާތައް ހިފާފަ އޭގެ ހިމާޔަތައް ގޮވާ މީހުން ކައިރި ބުނޭ ބަލާ އަންނާށެ ހިމާޔަތް ކުރަން. ފަރުދީ ޒިންމާ ނަގަންޖެހޭނެ ދޮ ކޮންމެ މީހެއްވެސް. ދެން އެމީހުން އެގެންދާ ބުޅަލެއް މަގުމަތީގަ ހަވާލުވާނެ މީހެއް ނެތިގެން އުލެންޏާ އެގެންގުޅޭ މީހަކަށް އަދަބު ދީ
ރެޓޭގެ ފްރެންޑް
11 November 2019
އަދި ރާއްޖޭގެ ތަރުކާރީ، މޭވާ ރިހާކުރުގެ ވާހަކަޔާ، އިންޑިޔާއިން ތަރުކާރީ އާ މޭވާ ލަކުޑި ބޯޓުގައި ގެންނައިރު، ތަރުކާރީއާ މޭވާތަކުގެ މަތީގައި ބައިތިއްބާފާ ތިބޭ ދިރޭ ބާކަރީގެ ނަޖިސް އަޑިއަށް ފޭދުނީމާ އެ އެއްޗެތި އަހަރުމެންނަށް ކާންދޭ ވާހަކަވެސް އިތުރުކޮށްލާ ބަލަ!
ޙސފރ
11 November 2019
ސައިނައިޑް ކޮޅެއް ލިބޭނެ ތަނެއް އެގޭ ތައް . ބުޅާ ތަކައް ކާންދޭން ނުކުންނަން ވެއްޖެ
ނަޝާް
11 November 2019
ހިތާމައިގެ ކޮޅެއްވެސް ނެތް. މިކަން މިހެންވާނެކަން އެނގޭތީ އާންމުންގެ ތެރެއިން ބައިވަރު ބައިނަލްއަގްވާމީ ބައިވަރު ޖަމިއްޔާތަކުން ބުޅާމަދުކުރަން ހިލޭސާބަހަށް ކަންކަންކުރަން އަންނަން އެދުނީ. ކިހާ އާދޭހެއް ކިހާވުޒާރާއަކަށް ކުރެވިއްޖެ؟ ކިތައް އަހަރުވެއްޖެ؟ ހަމަ ގާނުނެއްނެތީމަޔޯ؟ ހެޔޮވިސްނުންކޮބާ؟ ޖަނަވާރުންވެސް ވަންނާނެ ތަނެއްއޮތްނަމަ ވަނިސް. އުނދަގުލެއްނުކުރާނެ. ލަދެއްނުގަނޭތޯ ސިޔާސީވެރިން؟ ތިބޭފުޅުން ގައުމުގަ އުޅޭ އިންސާނުންވެސް ޖަނަވާރުންގެ ހާލު؟
މަޝާރު
11 November 2019
ކޮންމެ ބޭފުޅަކުވެސް ރުޅިދުރުވެފަ އެއްޗެހި ދަންނަވާއިރު ވިސްނާލައްވާ، މިކަންކުރަން އަމިއްލަ ޚަރަދުގައި ބޭރު ޔޫރަޕުގައުމުތަކުން އަންނަން ތިބި ޖަމިއްޔާތައް އަދި ދިވެހި ފަރުދުންވެސް ބައިވަރު. ހުއްދަ ލިބިގެންތާ ކަމެއްކުރެވޭނީ. ކޮންމެ ފަހަރަކުވެސް މިނިސްޓްރީތަކުން ބުނާނެ ގާނޫނެއްނެތޭ މިތާގައި މިކަން ކުރާކަށް. ދެން؟ މާތްކަލާނގެ ދެެއްވި ސިކުނޑިޔޯ؟ މިހިސާބަށް ނުދިޔައިސް އެހީވެދޭން ތިބޭމީހުންނަށް ހުއްދަދިންނަމަ. އެކަމު މިގައުމުގަ ހެޔޮކަމެއް ކުރަންތަ؟ ނޯވޭ
އަޝްރަފް
11 November 2019
ކޮބާ ރަސްފަންނުގަ އުޅޭ ބުޅާތައް. ކުދިން ގޮވައިގެން ގޮސް އެތަނުގެ ވެލިގަނޑަށް ދޫކޮށްލެވެން ނޯވޭ ބުޅަލުގެ އުނދަގުލާހެދި. މިކަމަށް ވަރަށް އަވަސް ހައްލެއް ބޭނުންވޭ.
އެނގޭ
11 November 2019
މިހާރު ސޯޝަލް މީޑިޔާއިން ބުޅާތަކުގެ ހައްގުތަކުގެ ވާހަަކަ މުޅިންދައްކަނީ. ބަލަ އިންސާނުންނަށްވުރެން ބުޅާ ގިނަވީމަ ދެން އެތާގެ މެޖޯރިޓީ އާބާދީ ވާނީ ބުޅަލަށް. އެކމކު ބުޅަލުގެ ނަޖިހަށްވުރެން ސްޓޭޑިޔަމަށް ކުޅުތަޅާ ބަންގާޅީންގެފުށުން އޮތް ސިއްޙީ ނުރައްކާވެސް ކުޑައެއްނުވާނެ ދޯ. މިއިން މީހެއްގެ ހުރި ބައްޔެއް ނެތްބައްޔެއްވެސް ނޭގޭނެވިއްޔަ. މިހެން ބުނާއިރަށް ބަންގާޅީންދެކެ ހެސް ގަނެފައިތިބޭ ދިވެހިން ރުޅިއަންނާނެ. އެކަމަކު ހަގީގަތަކީ ވަގަށް އުޅޭ ބަންގާޅީން
އަލިފުތު
11 November 2019
ބުޅާމަދުކުރުމުގެ ކެންޕޭނެތް ފަށަންވީނު
ކުރިން ހެދިގޮތަށް
11 November 2019
އެއީ ރައީސް މައު މޫންގެ ވެރިކަ މުގެ ކުރީކޮޅެވެ. އަހަރެން ކުޑައިރެވެ. އޭރު މާލޭގަ ބުޅާތައް ގިނަވެގަތީ މައި، ސިފައިން ނިކު މެ ވައްތަރެއްގެ ބަޑިއެއްޖަހާ ބުޅާތައް މަރާފައި ގޯންޏަކަށް އަޅައިގެން ގެންދާތަން ދުށީ މެވެ. އޭރުން ކުދިއަނިޔާ ނުވެ، އެއްބުރުން މަރުވާނެ އެވެ. ތިކަ މުގެ ހައްލަކީ އޭރު ހެދިގޮތަށް މަގުމަތީ ބުޅާ މެރު މެވެ. މަދު ބަޔަކު ގޮވާ އެއްޗަކަށްވުރެ، ގިނަބައެއްގެ އެދު މާއި، ޞިއްޙަތަށް އިސްކަންދޭން ޖެހެއެވެ.
އަައސ
11 November 2019
ސިފައިންނާ ފުލުހުން ނެރެގެން ބުޅާ ތައް ގެންގޮސް ފަޅު ރަށަކަށް ލާން ވީނު.. ވަރަށް އުނދަގޫވޭ،