ބުޅާ: މާލެއިން ބުޅާ ގެއްލޭ މައްސަލަ ބަލައިދޭން ޕޮލިހުގައި ވަނީ އެދިފައި.
29 ޖޫން 2025 - 10:59
މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ވީނުވީއެއް ނޭނގި ގެއްލޭ މައްސަލަ ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން ފުލުހަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާފައި މިވަނީ، މާލޭގެ މަގުތަކުން ގިނަ އަދަދެއްގެ ބުޅާ ގެއްލުނަސް މަގުތަކުގައި ބުޅާ މަރުވެފައި ނުވަތަ މަރާލާފައި ހުއްޓާ ވެސް ނުފެންނަ ކަމަށް ބުނެ ބުޅަލުގެ ހާލަތު ބަލައި އެހީވާ ޖަމިއްޔާއެއް ކަމަށްވާ، ފީލައިން ވެލްފެއާ އިން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ.
މިނިސްޓްރީގެ މީޑިއާ އޮފިޝަލް، "މިހާރު" އަށް ވިދާޅުވި ގޮތުގައި އެކަން އެއްވެސް އިދާރާކުން ރަސްމީކޮށް މިނިސްޓްރީއަށް ހުށަހަޅާފައި ނެތެވެ.
އެކަމަކު މިނިސްޓްރީގެ ސަމާލުކަމަށް އެކަން އައިސްފައިވާތީ މިމަހުގެ 23 ގައި އެކަން ފުލުހަށް ރިޕޯޓުކޮށް މައްސަލަ ބަލައިދޭން އެދިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
ފީލައިން ވެލްފެއާގެ ފައުންޑަރު އަދި ރައީސް އަހުމަދު ވިޝަން، މިދިޔަ ހަފްތާގައި "މިހާރު" އަށް ބުނީ މާލޭގެ މަގުތަކުން ގިނަ އަދަދެއްގެ ބުޅާ ގެއްލެމުންދާ މައްސަލަ ފާހަަގަވީ މިދިޔަ މާޗު މަހުގެ ފަހުކޮޅު ކަމަށެވެ.
އޭނާ ބުނި ގޮތުގައި ބުޅަލަށް ބަޔަކު ގެއްލުން ދިނަސް ނުވަތަ ވިހައެއްދީފައި ހުއްޓަސް ނުވަތަ ބުޅާ ހޮޑުލާފައި ހުއްޓަސް އާންމުކޮށް ފެންނަން ހުންނާނެ އެވެ. އެކަމަކު މިފަހަރު ބުޅާތަކަށް ވާގޮތެއް ނޭނގި، ގެއްލެނީ ކަމަށް އޭނާ ބުންޏެވެ.
މާލޭގައި އެންމެ ގިނައިން ބުޅާ އުޅޭ މެރީ ބްރައުން ސަރަހައްދުގައި، ރޯދަ މަސް ނިމުނުއިރު 80-90 ބޮޑެތި ބުޅާ އުޅުނު ކަމަށް އޭނާ ބުންޏެވެ. އެކަމަކު މިހާރު އެތަނުގައި އުޅެނީ 15-18 އެއްހާ ބުޅާ ކަމަށްވެ އެވެ. ބުޅާތައް މަދުވި ފަހުން، ކުރިން ނާންނަ ބުޅާތަކެއް އެތަނަށްދާ ކަމަށާއި ކާންދޭ ގަޑިއާ ދިމާކޮށް ތިރީހަކަށް ބުޅޭ ގޮސް އުޅޭ ކަމަށް ވެސް އޭނާ ބުންޏެވެ.
އިންސްޓްރިއަލް ސަރަހައްދުގައި އުޅެނީ، ވިޝަން ބުނި ގޮތުގައި 15 ވަރަކަށް ބުޅަލެވެ. އަދި ސަލްމާން މިސްކިތް ކައިރީ މިހާރު އުޅޭނީ ދެތިން ބުޅަލެވެ.
ބުޅާ މަދުވާ މައްސަލަ ފާހަގަވާތީ، ބުޅަލަށް ކާން ދޭން ދާ ކުދިންނާ ވެސް ސުވާލުކޮށް، މާލޭގެ އެކި ސަރަަހައްދުތައް ވެސް އެ މީހުން ބަލާފައިވެ އެވެ. އެކަމަކު ބުޅާ މަރާލާފައި އޮއްވައި ވެސް ފެނިފައި ނުވާ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަކި
01 July 2025
* ބުޅާ މަދުވާ ސަބަބު ހޯދާލުން ރަނގަޅު. އެއްކަލަ ބައިގަނޑު އަނެއްކާވެސް ބުޅާމަސް އަހަރެމެންނަށް ކާން ދީފާނެ. * ފީލައިން ވެލްފެއާގެ ފައުންޑަރު އަހުމަދު ވިޝަން އެބުނާ ބުޅަލަށް ކާންދޭ ކުދިން ހޯދައި މަގުމައްޗާއި އާންމު ތަންތަނަށް ބުޅާކާނާ ނާޅައި އެމީހުނގެ ގެދޮރުގައި އެސޮރުމެންގެ ކޮއްތު ހަމަޖެއްސުމަށް އަންގަން ފެނެ.
ސަފިއްޔާ
30 June 2025
މާލޭގެ މަގުތަކަކީ ބައޮލޮޖިކަލް ހެޒަޑެއް. ބުޅަލުގެ ނަމުގައި ކޮތަރު ގުއި، ކުޅާއި ރޯގާ.
ާަހުއްބޮފޫތީ
29 June 2025
ދެން ބަލާލިޔަސް އޯކޭއެެއްނު މަދުވާ ސަބަބެއް. އޭގެން ހެދިކާ ނަހަދާކަންވެސް އެނގޭނީ އޭރުންތާ.
ލަސް
29 June 2025
މާ ބުޅާވެގެން ބުޅާގަނެގެން ގެންގުޅެފަ ދެތިން ބުޅާސެލްފީ ނަގާފަ ބުޅާ ދޫކޮށްލަނީ. މީހާރު އެބުޅާތައް ވިހާ ބުޅަލުގެ އާބާދީ ގިނަވެ ރައްޔިތުންނަށް ތުރާލަކަށް ވެއްޖެ. ސިއްހީ އެތަކެއް ނުރައްކަލަށް ރައްޔިތުން ހުށަހެޅިއްޖެ. އެހެންވީމަ ބުޅަލަކީ މިހާރު ނައްތާލަން ޖެހިފައިވާ ޕެސްޓެއް. ފެސިލިޓީ ހަދައިގެން މިލިއަނުން ޚަރަދުކުރާކަށް ނުޖެހޭ. އަދި ބުޅާ ދޫކޮށްލާ މީހުނަށް އިޖްތިމާއީ ދުއްޕާންކުރުމުގެ ދައުވާވެސް ކުރަންޖެހޭ.
މީދާ
29 June 2025
ބުޅާގެއްލޭ ވާހަކަ ދައްކާއިރުގަ ކޮބާތަ މާލޭގަ އުޅުނުހާ މީދާތަށް ގެއްލި މުޅިން ހުސްވެއްޖެ މީދަލަކާ ދިމާވި ދުވަހެއް ހަދާންވެސްނެތް، ބުޅާގުއި މަގުމަތީގަ ހުސްނުވޭ އޭތި އޮންނާނެ ބުޅާޖަމްއިއްޔާގަ ވަޒީފާ އަދާކުރަން ދިޔައީ.
ދަލޭކަ ދައިތަ
29 June 2025
ކީއްތަ ވާނީ ބުޅާ ގެއްލޭހެން ކުއްކުރާ މީހުންވެސް ގެއްލޭނެނަމަ. މަ ވ ލޯބިވާ ޖަނަވާރެއް ބުޅަލަކީ. ދެރައީ އޭގެ ނަޖިހުން ސަލާމަތްނުވެވޭވަރަށް މަގުމަތި ނަޖިސްވުން. ގެއްލި ހުސްވަންދެން ކެއްކޮށްބަލަ. އޭރަކަށްނު ބުޅާ ފެސިލިޓީއަށް ފަސޭހަވާނީ ބުޅާތަށް ބަލަހައްޓަން. މިހާރު އެފެސިލިޓީއެއް ހުރިކަން ގިނަ ބުޅަލަށްއޮތީ ނޭގިފަ.
ވާނެތަ؟
29 June 2025
ކޮންމެ ޑޮލަރެއް ފަހަތުގަ ޕޮލިހެއް ބެހެއްޓުން ކަހަލަ ކަމެއްނު؟
ރެހެންދި
29 June 2025
ގެއްލުނު ބުޅާތައް ތިބީ ބުޅާ ފެސިލިޓީގަ. ބާކީ ތިބި ބުޅާތަކުގެ ތެރެއިން ޝަރުތު ހަމަވާ ބުޅާތައް ވަރަށް އަވަހަށް ފެސިލިޓީއަށް ގެންދާނެ. ދުވަސްކޮޅަކުން، މިރަށުން އެއްވެސް ބުޅަލެއް ނުފެންނާނެ. ދެން ބުޅަލާހެދި ދީވާނާވެފައި ތިބި ހުރިހާ ކުދިންނަށް ފެސިލިޓީން ވަޒީފާ ހަމަ ޖެހޭނެ.
މުލޭ
29 June 2025
މަގުމަތިން ބުޅާ މަދުވާ މައްސަލަ ބެލުމުގެކުރިން މަގުމަތީގައި އުޅެންނުޖެހޭ ބުޅާތަކެއް މަގުތަކުގެ މަތީގިނަވި ސަބަބު ބެލުން މުހިންމު. ގަވާއިދާ ޚިލާފަށް މަގުމައްޗަށް ބުޅާދޫކުރި މީހުންވަނީ އެތައް ބައެއްގެ ޙައްގަށް އަރައިގެންފައި. މަގުތައް ފުރިފައި އޮތީ ބުޅަލުގެ ނަޖިހުން. އަނެއްކޮޅުން މަގުތަކަށް ކާންއަޅައިގެން އަނެއް ބަޔަކު މަގުތައް ނަޖިސްކުރަނީ. މިމީހުން ހޯދައި ފިޔަވަޅު އަޅަންވީ ފުރަތަމަ ކަމަކަށް.
ޕޫޕީ
29 June 2025
ބަނޑުހައިވެފަ ތިބީމަ ކާންދޭނެދޯ... ބުޅާތަކަށް ގޯނާކޮށް މަރަން އަންގަވާފަ އެއް ނޯވޭ، މީހުންނަށް ދަތިނުވާ ގޮތަށް އެތަކެތި ދިރިއުޅޭނެ ތަނެއް ހޯދަންޖެހެނީ
މަރިޔަމް ގީތާ.
29 June 2025
ވަރަށް ދެރަ ކަމެއް. މުޅި މާލެ ތެރެ މިހާރު އޮންނަނީ ބުޅާ ނަޖިސް ތެރަޕީގެ ވަހުން އެއްވަސް ވެފައި. މިނިސްޓްރީގައި އުލޭ މީހުންވެސް އެ މީހު ވަސް މިސްވެގެން އެއުލެނީ. ބައެއް މީހުން ނޯށްދަމާލަން ނުކުެރިގެން އުޅުނެއް ކަމަކު އެއީ ހަމަ ގައިގަ އުގުޅަންވެސް ރަނގަޅު މީރު ވަހެއް.
ހަންބެ
29 June 2025
ހޭލުންތެރިވެ ބަލަ،ދީނީ ފޮތްތައް ކިޔާބަލަ،ތަންދޮރު އޮޅުންފިލާތޯ