މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި އުޅޭ ބުޅަލެއް: އެ ސަރަހައްދާއި މުޅި މާލެއިން ވެސް ބުޅާތައް ކުއްލިއަކަށް މަދުވެފައިވާ ކަމަށް ޖަމިއްޔާއަކުން ވަނީ ބުނެފައި. -- ފޮޓޯ: ނިޝާން އަލީ/މިހާރު
26 ޖޫން 2025 - 14:28
މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ގެއްލެމުންދާ ކަމަށް، ބުޅަލުގެ ހާލަތު ބަލައި އެހީވާ ޖަމިއްޔާއަކުން ބުނެފި އެވެ.
ފީލައިން ވެލްފެއާގެ ފައުންޑަރު އަދި ރައީސް އަހުމަދު ވިޝަން، "މިހާރު" އަށް ބުނީ މާލޭގެ މަގުތަކުން ގިނަ އަދަދެއްގެ ބުޅާ ގެއްލެމުންދާ ކަމަށާއި އެކަމަކު މަގުތަކުގައި ބުޅާ މަރުވެފައި ނުވަތަ މަރާލާފައި ހުއްޓާ ވެސް ނުފެންނަ ކަމަށެވެ.
އޭނާ ބުނި ގޮތުގައި ބުޅަލަށް ބަޔަކު ގެއްލުން ދިނަސް ނުވަތަ ވިހައެއްދީފައި ހުއްޓަސް ނުވަތަ ބުޅާ ހޮޑުލާފައި ހުއްޓަސް އާންމުކޮށް ފެންނަން ހުންނާނެ އެވެ. އެކަމަކު މިފަހަރު ބުޅާތަކަށް ވާގޮތެއް ނޭނގި، ގެއްލެނީ ކަމަށް އޭނާ ބުންޏެވެ.
"ހަމަ ގެއްލެނީ. މަރުވެފައި، މަރާލާފައި ހުއްޓާ ވެސް ނުފެނޭ. އެކަހަލަ އެއްވެސް ސައިނެއް ނެތް،" އޭނާ ބުންޏެވެ.
ވިޝަން ބުނި ގޮތުގައި ބުޅާތައް މަދުވާން ފެށީ މިދިޔަ މާޗު މަހުގެ ފަހުކޮޅުން ފެށިގެންނެވެ.
މާލޭގައި އެންމެ ގިނައިން ބުޅާ އުޅޭ މެރީ ބްރައުން ސަރަހައްދުގައި، ރޯދަ މަސް ނިމުނުއިރު 80-90 ބޮޑެތި ބުޅާ އުޅުނު ކަމަށް އޭނާ ބުންޏެވެ. އެކަމަކު މިހާރު އެތަނުގައި އުޅެނީ 15-18 އެއްހާ ބުޅާ ކަމަށްވެ އެވެ. ބުޅާތައް މަދުވި ފަހުން، ކުރިން ނާންނަ ބުޅާތަކެއް އެތަނަށްދާ ކަމަށާއި ކާންދޭ ގަޑިއާ ދިމާކޮށް ތިރީހަކަށް ބުޅޭ ގޮސް އުޅޭ ކަމަށް ވެސް އޭނާ ބުންޏެވެ.
އިންސްޓްރިއަލް ސަރަހައްދުގައި އުޅެނީ، ވިޝަން ބުނި ގޮތުގައި 15 ވަރަކަށް ބުޅަލެވެ. އަދި ސަލްމާން މިސްކިތް ކައިރީ މިހާރު އުޅޭނީ ދެތިން ބުޅަލެވެ.
ބުޅާ މަދުވާ މައްސަލަ ފާހަގަވާތީ، ބުޅަލަށް ކާން ދޭން ދާ ކުދިންނާ ވެސް ސުވާލުކޮށްފައިވާ ކަމަށާއި އެ މީހުންނަށް ވެސް ބުޅާ މަދުވާކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ބުންޏެވެ. އެހެންވެ، ބުޅަލެއް މަރުވެފައި އޮތްތޯ ބަލަން ބޭރު ތޮށިމަތިން ގާތަކުގެ ތެރެ ވެސް އެ ޖަމިއްޔާގެ މެންބަރުން ވަނީ ބަލައިފަ އެވެ. އެކަމަކު ވިޝަން ބުނި ގޮތުގައި އެތަނާއި އެ ސަރަހައްދުގެ މޫދުން ވެސް މަރުވެފައި އޮއްވައި ބުޅަލެއް ނުފެނެ އެވެ.
"ބައެއް މީހުން ބުނި ބަޖިޔާ ގާތައް ދިމާ ބެލިންހޭ އެތަނުން ވަސް ދުވައޭ. އެހެން ބުނީމާ ހުރިހާ ދިމާލެއް އެއްކޮށް، ހުރިހާ ދޭތެރެތައް ވެސް އެއްކޮށް ޗެކްކޮށްގެން ވެސް ފެނިފައެއް ނުވޭ."
އޭނާ ބުނި ގޮތުގައި ތިލަފުށީގެ ބައެއް ތަންތަން ވެސް ވަނީ ބަލައިފަ އެވެ.
މާލޭގެ އިތުރުން ހުޅުމާލެއިން ވެސް ބުޅާ މިހާރު މަދުވަމުންދާ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ބުޅާ ގެއްލޭ ސަބަބެއް ވެސް ބުނަން ނޭނގޭ ކަމަށެވެ. އެއީ ބުޅާ ނަޖިހުގެ މައްސަލާގައި ހައްލު ހޯދަން ސިޓީ ކައުންސިލުން މަސައްކަތް ފެށި ފަހުން ދިމާވާ ކަމަކަށް ނުވަތަ ބުޅާ ފެސިލިޓީގެ ހަރަދު ކުޑަކުރަން ކޮށްގެން އުޅޭ ކަމަކަށް ވެސް ވެދާނެ ކަމަށް ބައެއް މީހުން ބުނާ ކަމަށް ވިޝަން ބުންޏެވެ.
"ދެން އެކަމަކު އެއްވެސް ބަޔަކު އެއްވެސް ހެއްކެއް ނެތި އެ ވާހަކަ ދައްކާތީ އަޅުގަނޑުމެންގެ ސައިޑުން އެއްވެސް ބަޔަކަށް ތުހުމަތެއް ނުކުރާނަން."
އޭނާ ބުނީ ބުޅާ މަދުވާ މައްސަލާގައި ސޯޝަލް މީޑިއާގައި ޕޯސްޓުކުރާތާ ވެސް މިހާރު ތިން ހަފްތާ ވެއްޖެ ކަމަށާއި އެކަމަކު ރަސްމީކޮށް އެކަން އެއްވެސް އިދާރާއަކުން ބަލަމުންދާކަން އަދި އެނގިފައި ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޥަރަހ
27 June 2025
ވަރަށް އުފާވެރި ހަބަރެއް. ބުޅަލާ ހެދި މިހާރު ދިރިއުޅެން ދަތި ވެއްޖެ.
އައިސަ
27 June 2025
ބުޅަލުގެ ހާލުބަލާ އެހީވާ ޖަމިއްޔާ ކީއްވެތޯ މަގުމަތީގައި ހުއްނަ ބުޅާ ގުއި ސާފު ނުކުރަނީ؟ ބޭއިޙްތިޔާރުން އެބުޅާތަކަށް ނަފްރަތު ކުރެވޭ. ހިތައްއަރާ މިބުޅާތައް މިނޫންތަންތަނަށް ގުއި ލާނަމައޭ.. ވާރޭކޮޅެއް ވެހިލާފިއްޔާ އެ ބުޅާ ގުއިތަކާހުރެ ކުޑަކުއްޖެއް ގޮވައިގެން މަގު ތަކުގައު ހިނގަން ދަތި. ދެރަ މައްސަލައެކޭ. ކޮބާތޯ މަގުމަތީގަ ހިނގާ މީހުންގެ ހާލު ބަލާލާނެ ޖަމިއްޔާ؟ ޢެމީހުންގެ ސިއްޙަތު މުހިންމެއް ނޫން ކަންނޭނގެ. ތި ބުޅާތައް މަދުވާތީ ވަރަށް އުފާވޭ ހަމަ.
އައިސަގެ މަންމަ
27 June 2025
މާލޭގެ މަގުމައްޗަށާއި ގޭ ދޮރު ކުރިމައްޗަށް ދުފާފަ ކުޅުޖަހާ ބައިވަރުގަނޑު ތައްދެކެ ރުޅިއެއް ނާދޭތަ؟ އެބައިވަރު ގަނޑު މަދުވެއްޖެއްޔާވެސް އުފާވާނެތަ؟ މަގުމަތީގަ ހިނގާ މީހުންގެ ހާލުބަލަން ޖަމްއިއްޔާއެއް ހަދަންޖެހޭތަ؟ ބޮލުގަ އިންނަނީ ޖަދަލުކުރާ ނާށިގަނޑެއް އެކަނިތަ؟ އެއްވެސް ކަހަލަ ލޮގިކެއްނެތި ޖަދަލުކުރާނީ ގަމާރުން. އެހެންވީމަ ތިކަންތައް ރަނގަޅުކޮށްބަލަ މަގުމަތީގަ ނުހިނގަ. އެކަން ރަނގަޅުކޮށްފައެއްނު ހިނގަންވާނީ. ސަލާމް
މައްކޫ
27 June 2025
އަންހެނުން ދަރިން ހޯދާ ދަރިން ބެލުން މާރަގަޅެއް ނޫންތަ؟ ވަޒީފާ އަދާކޮށްފަ ދަރިން ބެލުމުގެ ބަދަލުގައި ބުޅާ ގެންގުޅޭ އަންހްނުން އިންތިހާއަށް ގިނަވެއްޖެ. ހުރިހާ ވެސް މައްސަލައަކީ އަންހެނުން ފެމިލީ ވެލިއުޒަށްވުރެ ފެމިނިޒަމްގެ އިލިއުޝަންއެއްގައި ޖެހުން.
މީދާ ކޮއި
27 June 2025
އަހަރެމެން ދުށިން ކުޑައިރު މީހުން ބުޅާ އޮޅުކޮއްގެން ކާންދީގެން ގެންގުޅޭ މަންޒަރު. އޭރުގަ އޮޅު ބުޅާގެ ޑިއުޓީ އަކީ މީދާ ހިފާ ދިނިން. ކޮންމެ މީދަލަކައް މަސް ބުރި ވަރެއް ވެރިމީހާ ބުޅަލައް ކާންދޭނެ. ސީލަނީވެސް ވަޅު ކޮނެގެން. މިހާރު މުލިން ބަދަލް ވެއްޖެ.
ބިމުގެ ޚަލީފާ އިންސާނާ
27 June 2025
މާލޭ ސިޓީ ކައުންސިލްގެ ކެމެރާތައް ބެލީމަ ބުޅާ މަދުވާ ސަބަބު އެނގިދާނެ.
އަހައްމަދޫ
27 June 2025
ހަމަ ނަސީބެއް ކުރީ ދުވަހު ސައިކަލް މަޑިވެސް ހަލާކުކޮށްލައިފަ. ހުރީ ވަކިއަޅާފަ، ދެން ކާންދޭމީހުން ވަރަށް ފޯރިހުންނާނެ ކާން އަޅަން. ނަޖިސްތައް ސާފުކުރާކަށް ނާދޭ
ދިވެހިންގެ ވިސްނުން
27 June 2025
ދިވެހިންގެ ވިސްނުން މިހުންނަނީ ޔަހޫދީ އިސްރާއީލާ އެއްފަދަ ގޮތަކަށް!
ޕަރުލަމާނުން
27 June 2025
އުފާހުއްޓޭ އުފާހުއްޓޭ. ހުސްކޮށްލާ ށޭ. ތާހިރުކޮށްލާށެ. ނޫހުގަ ޖަހައިގެން ބިރުގަންނާނެ ބަޔަކު މި 5 އަހަރަކު ނެތޭ. މީ އެންދީޕ އެއްނޫނޭ. ނޫހުގަޖަހާއިރަށް ސޯޓަށް ސީލާކަށް
ބުޅާގޯނި
27 June 2025
ރާއްޖޭގައި ހާއްސަކޮށް. މާލެ ހުޅުމާލެ އަދި ވިލިމާލޭގައި އުޅެނީ ބުޅާތޯ ނުވަތަ ރޫހާނީީ ބުޅާތޯ ދެނެގަތުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަން ވާނުވާއެއް ނޭނގި ގެއްލެނީ އިންސާނުން ދިރޭ މަހުލޫގުން ދެކެ ރުޅި އައިސް އިހާނާތްތެރިކޮށް ހިތާ އަނިޔާދޭތީ އެއީވެސް ﷲ ހެއްދެވި މަހުލޫގެ އިންސާނުންގެ ނުބައި އަމަލުތަކުގެ ސަބަބުން ބުޅާތައް ރައްކާތެރިކަން ދެއްވެވީ ކަންނޭނގެ ﷲ ސުބްހާނަހޫ ވަތައާލާ ﷲ އެއްވެސް މަހުލޫގަކަށް ދެރަ ގޮތްތަކެއް މެދުވެރި ނުކުރައްވައެވެ އާމީން
ބަބޫ
27 June 2025
ފެސިލިޓީއެއް ހެދިކަން ތި ޖަމްއިއްޔާއަށް އިނގޭބާ؟ އެތަނަށް ގެނދަނީ ކަމަށް ވެދާނެއްނު. މާލެ ތެރެއިން ބުޅާ މަދުވުމަކީ 1990 ހެ އަހަރުތެރޭގައި މީދާގެ އުނދަގޫ ޖެހުނުހެން ޖެހިދާނެ ކަމެއް. ބުޅާ އާލާކޮށް ދިރުވަންވީ.