އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ: އެމަނިކުފާނުގެ ސެކިއުރިޓީ އާއި އިނާޔަތްތައް ކަނޑާލާފައި ނުވާނެ ކަމަށް ޑީޖޭއޭ އިން ބުނޭ.---ފޮޓޯ: ނިޝާން އަލީ/މިހާރު
14 ނޮވެމްބަރ 2019 - 22:41
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަށް އެމްއެންޑީއެފުން ދޭ ސެކިއުރިޓީގެ އިތުރުން އިނާޔަތްތައް ކަނޑާލާފައި ނުވާނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިރޭ ބުނެފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ބެލި ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމައި، އުއްތަމަ ފަނޑިޔާރު ސަސްޕެންޑްކޮށް، އެމަނިކުފާނު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވައިފަ އެވެ. އަދި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވެސް ވަނީ ސަރުކާރު ބޭނުންވާ ގޮތަށް އަޣުލަބިއްޔަތުން ކަންކަން ފާސްކުރުމުގެ ބާރު އޮތް ޖޭއެސްސީގެ ނިންމުން ރަނގަޅު ކަމަށް މިއަދު ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ފޮނުވައިފަ އެވެ.
ޑީޖޭއޭ އިން މިރޭ ކުރި ޓްވީޓެއްގައި ވަނީ އުއްތަމަ ފަނޑިޔާރަށް ފޯރުކޮށް ދެމުން އަންނަ ސެކިއުރިޓީ އާއި އިނާޔަތްތައް މެދުކަނޑާލި ކަމަށް ބުނެ ދައްކަމުން ދަނީ ހަގީގަތާ ޚިލާފް ވާހަކަތަކެއް ކަމަށެވެ. ޑީޖޭއޭ އިން ބުނިގޮތުގައި، އެމަނިކުފާނަށް ދައުލަތުން ފޯރުކޮށްދޭ އެ ޚިދުމަތްތައް މިހާރު ވެސް ދެ އެވެ.
އުއްތަމަ ފަނޑިޔާރަށް ދައުލަތުން ފޯރުކޮށްދެމުންދާ ސެކިއުރިޓީ އަދި ޢިނާޔަތްތައް މެދުކަނޑައިލައިފައިވާ ކަމަށް ދެކެވެމުންދާ ވާހަކަ ތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް.
— Maldives Judiciary (@judiciarymv) November 14, 2019
އުއްތަމަ ފަނޑިޔާރުގެ ސެކިއުރިޓީ އަދި އެހެނިހެން ޢިނާޔަތްތައް ދައުލަތުން ފޯރުކޮށްދެމުންދާ ވާހަކަ ދަންނަވަން.
ޑީޖޭއޭގެ ޓްވީޓް
ދައުލަތުގެ ނިޝާން ޖެހި ކާރު ކޮޅަކާ އެކު އެމްއެންޑީއެފްގެ ސެކިއުރިޓީ އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވަ އެވެ.
އުއްތަމަ ފަނޑިޔާރު ސަސްޕެންޑް ކުރިޔަސް، އެމަނިކުފާނު މިރޭ ނެރުއްވި ބަޔާނެއްގައި ވަނީ ޖޭއެސްސީން އެ ފިޔަވަޅު އެޅީ ގާނޫނާ ޚިލާފަށް ކަމަށާއި އެހެންވެ، އެ ސަސްޕެންޝަން ބަލައިނުގަންނަވާނެ ކަމަށެވެ.
އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ވެސް ސަސްޕެންޑްކޮށް، މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް އޮތީ ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ހުސްބައި
15 November 2019
އަހަރުމެން ދެކުނިން ފުލުހުން ނާއި ސިފައިން ސީޔާސީ އަނދަވަޅަށް ވައްޓާލި މަންޒަރުވެސް. ބަގާވާތް ނުހިގީސް އެމީހުން ލައްވާ ޤާނޫނު މުގުރަން ބަޔަކު ނެތް ނަމަ. މިހާރު ޑީޖޭއޭ ވެސް ފެންނަނީ އަނދަވަޅުގަ ވެއްޓިގެން ނޭވާކުރުވެގެން ހިތުހުރި ގޮތެއް ހަދާތަން. އިއްތިފާގެއްބާ ނަޝީދު ދެފަހަރުވެސް މިކަމުގައި ހިމެނޭތީ. ފުރަތަމަ ރައީސް އަކަށް... މިހާރު މެމްބަރެއް.... ހިތާމައަކީ އަދުގެ ގިނަ ޒުވާނުން ބޭނުން ވަނީ އެޑެރަނަލިން ހައި ކޮށްލަން އަނިޔާވެރިކަން.
ހުސެންް
15 November 2019
މަށައައް ވެސް ސެކިއުރިޓީ ދެންވާނެ...
ހޮޅިކަލޯ
15 November 2019
އާނ އަދި މަޑު ކޮށްގެން އަހަރެމެން މި ތިބީ. ހޯމަ ދުވަހަށް ފަހު ތިކަމާ އުޅޭނީ.
ވަޑްޔައްތޮކިނަބާ
15 November 2019
މުއިއްޒޫ ހޮޅިވާހަކަ ނުދައްކާށެވެ. ޖުޑިޝަލް ސަރވިސް ކޮމިޝަނަކީ ސަރުކާރު ބޭނުންވާގޮތަކަށް ކަންކުރަން އޮތްތަނެއްނޫނެވެ. އެކޮމިޝަނުން ކަންތައްކުރާނީ ޤާނޫނުގައި ބުނާގޮތަށެވެ.
ވަގު ކަދުރު
15 November 2019
މަޤާމުގެ ހަތްސިއްޔަތުން ދެންވަވާ ހިދުމަތެއް މަޤާމު ގެންލުނީމާ ދީގެނެންނުވާނެ އެހުރީ ސަސްބެންޑުކޮށްފަ މިހާރުވެސް އޭރުވެސް ދަންކާވާހަކައިން މީހާގެ މަކަރުވެރިކަށް އެނގޭނެ.
ސިމްޕަލް
14 November 2019
ސަސްޕެންޑްކޮށްފައި ހުރި ފަޑިޔާރަކު ފަޑިޔާރުގެ ނަމުގައި ބަޔާން ނެރެފިނަމަ އަނެއްކާ އެމައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ސުލޫކީ މައްސަލައެއްގޮތަށް ނުބަލާނެބާ؟
ކޮތަރު
14 November 2019
މިދެންކިހާ ބޮޑުވެއްޖެކަމެއް. ފުރާޅުން ޓިނު ނުނަގާވޭތޯ މިއުޅެނީ..
ޠާނު
14 November 2019
ނުވާނެ