އަމީނީމަގުގައި ހުންނަ ސްޓެލްކޯގެ މައި އޮފީސް އިމާރާތް: މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން ވަނީ ފިއުލް ސާޗާޖު ނަގަން ނިންމާފައި.
28 ސެޕްޓެމްބަރ 2016 - 13:47
ކަރަންޓު ޔުނިޓަކުން ހަތަރު ލާރި ފިއުލް ސާޗާޖުގެ ގޮތުގައި މިމަހުން ފެށިގެން ނަގަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ނިންމައިފި އެވެ.
މިއީ މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ކަރަންޓުގެ އަގަށް ބަދަލު ގެނައި ފަހުން ފިއުލް ސާޗާޖު ކަރަންޓް ބިލުގައި ހިމަނާ ފުރަތަމަ ފަހަރެވެ. މި ޗާޖު ހިމަނަން ފަށާނީ މިމަހުގެ 19 ވަނަ ދުވަހުން ފެށިގެންނެވެ.
ކަރަންޓުގެ ހިދުމަތް ދޭ ސަރުކާރުންގެ ކުންފުނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން ޑީސަލް ލީޓަރެއް ގަންނަން ލިބޭ އަގު ވަނީ 8.12ރ. އަށް ބޮޑުވެފަ އެވެ.
ސްޓެލްކޯއަށް ޑީސަލް ގަންނަން ލިބޭ އަގު ލީޓަރެއް 8ރ. އަށް ވުރެ ބޮޑުވާނަމަ އިތުރުވާ ކޮންމެ 10 ލާރިއަކަށް ތިން ލާރި ފިއުލް ސާޗާޖުގެ ގޮތުގައި ނެގުމުގެ ހުއްދަ މޯލްޑިވްސް އެނާޖީ އޮތޯރިޓީން ވަނީ ދީފަ އެވެ.
STELCO .::. Fuel Surcharge
State Electric Company Limited
ސްޓެލްކޯއިން ގަންނަ ތެލުގެ އަގަށް އަންނަ ބަދަލުގެ ތަފުސީލްތައް.
އެ ކުންފުންޏަށް މިއަހަރުގެ ފެބްރުއަރީ މަހު ޑީސަލް ލީޓަރެއް ގަންނަން ލިބުނީ 7.05ރ. އަށެވެ. އެކަމަކު އެޕްރީލް މަހު މި އަގު ވަނީ 7.50ރ. އަށް ބޮޑުވެފަ އެވެ. އަދި އޭގެ ފަހުން ޖޫން މަހު ތެޔޮ ލީޓަރެއްގެ އަގު 7.97ރ. އަށް ބޮޑުވެފައިވެ އެވެ.
މި އުސޫލުން ފިއުލް ސާޗާޖް ނަގާ ނަމަ، މިހާރު 1،000ރ. އަރާ ބިލަކަށް ގާތްގަނޑަކަށް 33ރ. އިތުރުވާނެ އެވެ.
މިދިޔަ ޖެނުއަރީ މަހު އާއްމުން ބޭނުންކުރާ ކަރަންޓްގެ އަގުތަކަށް ގެނައި ބަދަލާ ގުޅިގެން ކަރަންޓް ބިލުގެ ބޮޑުވާ ކަމުގެ ޝަކުވާ ގިނަ ބަޔަކުކޮށްފައިވެ އެވެ. އަދި އޭގެ ފަހުން 500 ޔުނިޓުން ފެށިގެން ދަށުގެ ޔުނިޓްތަކުގެ އަގު ހެޔޮކޮށްފައިވެ އެވެ. އަދި އެއާއެކު ވެސް ކަރަންޓް ބިލު ބޮޑުވާތީ އެ ޓެރިފް ރޭޓްތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް މިއަހަރުގެ ކުރީކޮޅު ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވެ އެވެ. ނަމަވެސް ކަރަންޓުގެ އަގަށް އޭގެ ފަހުން އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާ
29 September 2016
މިދޭތެރޭން ކަރަންޓް ބިލުގަ ޖޫރިމަނާއޭކިޔާފަ އިން އަދަދެއްޖަހާރަ... ގުޅާފަ ޖޫރިމަނާއެއް ނުއިންނާނެޔޭ ބުނީމަ ބޫނީ އާނެތޯ ޖުރިމަނާއެއް.... އެއީ އޮޅުމަކޯ.... ކީކޭބުނާނީ.... މިގޮތަށް ކިތައްގެެެއިން އޮޅިގެން ޖޫރިމަނާ ދެއްކިފަ ހުންނާނެ... އާއްމުކޮށް ޖުމުލަ އިންނަވަރެއްއެކަނި ގިނަ މީހުން ބަލާނީ...
ޕިންކޭ
29 September 2016
މި ލެވުނު ވޯޓަކުން ހަނާވެ ނިމިއްޖެ. -/500 ދީފަ ޒިންދަގީ ދޮވެލައިފި.
އަހުމަދު
29 September 2016
ރައްޔިތުން ފެލާލާ. ބޮޑުންގެ ޖީބު ފުރާލާ. ފާޑު ފާޑުގެ ޓެކްސް ތައް ނަގާ ކިޔައްތަ ތިޔަކުރަނީ
ނަސީދު
29 September 2016
ޢެކޮނުމިސްޓް ކޮބާ ؟ ފަސް އަހަރު ކުދަކުއްޖަކައްވެސް މިގޮތައް ގައުމް ހިންގަން އެގޭނެ ރައްއިތުންގެ ދިޔަފެލާއިގެން
Sanam
29 September 2016
ޢިންތިހާބު ކައިރިވާ ވަރަކަށް ހެޔޮފުޅުކަމުން ކަނޑުއްވައި ދެއްވަން އިތުރު ކުރާ އެއްޗެއް. ތިކަން ތިގޮތަށް ކުރިކމެއް އަދި އެނގިނުލައްވާނެ. މިއަންނަ އަހަރު ތިޔަކަން އެނގިލޢްވާއިރަށް ކަނޑުއްވާނެ. :ޕ
ފުޅިބައްތި
29 September 2016
މަދުވި ޑޮލަރު ހަމަކުރަން އަނެއްކާވެސް އިތުރު އެތައް % އެއް މިއީ ކިހާ ރަނގަޅު ފޯމިއުލާއެއް ތޯ ހެއު މެނޭޖްމަންޓް އެބަ ދައްކާ އުދަރެހުން
ވައިޓުހައުސް
29 September 2016
އަޅެ ކުންފުންޏައް ފައިދާނުވަނީތަފަހެ..
ސަޅިބެ
29 September 2016
ދިވެހިންނަކީ ވަރަށް އަވަހަށް ހަނދާން ނެތޭ ބައެއްވީމަ މަވެސް މީ ދިވެއްސަކަށްވާތީ މިހާރަކު ހަނދާނެއްނެތް، މިވާހަކައެއް. "ޓެރިފް ރޭޓްތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް މިއަހަރުގެ ކުރީކޮޅު ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވެ އެވެ. ނަމަވެސް ކަރަންޓުގެ އަގަށް އޭގެ ފަހުން އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ."
އެއްކަލަ
29 September 2016
ނިމާލް ނަގާ އެއްލާލފަ ސަރީފު ގޮސް ފުރަތަމަވެސް އަގާ ކުޅެން ތިފެށީ
ވާނުވާ
29 September 2016
ޗަކޮއެ ބަލައިގެން ވާހަކަ ދައްކާ!! މީ ސުޓެލްކޯ! އެއީ ފެނަކަ!!
މަރިޔަންފުޅު
28 September 2016
އެމީހުން ބޭނުން ގޮތެއް ހަދާނީ. ރައްޔިތުންގެ ބާރު ކެނޑި ބިކަ ވފައިވާ ޤައުމެއް.