މަރުކަޒީ ބޭންކުގެ މައި އިދާރާ: ދައުލަތުގެ ހަރަދުތައް ދަނީ މައްޗަށް
19 ނޮވެމްބަރ 2019 - 14:48
މިދިޔަ ފަސް މަހު ދައުލަތުގެ ރިޒާވް ދަށަށް ގޮސް، ރިޒާވުގައި ހުރި މިންވަރު 530.8 މިލިއަން ޑޮލަރަށް ވެއްޓިއްޖެ އެވެ.
މަރުކަޒީ ބޭންކް، މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އޭޕްރީލް މަހުން ފެށިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރިޒާވް ދިޔައީ ދަށްވަމުންނެވެ.
މިދިޔަ އޭޕްރީލް މަހު ރިޒާވް ހުރީ 778 މިލިއަން ޑޮލަރުގަ އެވެ. އެހެންކަމުން މިދިޔަ ފަސް މަހު ތެރޭ ގާތްގަނޑަކަށް 250 މިލިއަން ޑޮލަރު ރިޒާވުން ވަނީ ދަށްވެފަ އެވެ. ސެޕްޓެމްބަރު މަހު ވެސް އޭގެ ކުރީ މަހަށް ވުރެ 80 މިލިއަން ޑޮލަރު ރިޒާވުން މަދުވެފައި ވެ އެވެ. އެއީ ގާތްގަނޑަކަށް 13 ޕަސެންޓްގެ ދަށްވުމެކެވެ.
މިއަހަރު ރިޒާވް އެންމެ ބޮޑަށް އުފުލިފައިވަނީ ފެބްރުއަރީ މަހު އެވެ. މި އަހަރުގެ ފެބްރުއަރީ މަހު ރިޒާވް 938 މިލިއަން ޑޮލަރަށް އެރި އިރު މާޗް މަހު ރިޒާވް ވަނީ 776 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ. އެއީ ގާތްގަނަޑަކަށް 170 މިލިއަން ރުފިޔާގެ ވެއްޓުމެކެވެ.
ދައުލަތުގެ ރިޒާވް ދަށްވި އިރު ޔޫޒަބަލް ރިޒާވް ވެސް މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ދަށްވެފަ އެވެ. އެގޮތުން ޔޫޒަބަލް ރިޒާވު މިހާރު ހުރީ 204 މިލިއަން ޑޮލަރުގަ އެވެ.
ރިޒާވް އިތުރު ކުރުމަށްޓަކައި އެންމެ ރަނގަޅު ގޮތަކީ ލިބޭ އާމްދަނީން މިންވަރެއް ރައްކާކުރުމެވެ. ގައުމަށް ވަންނަ ބޭރު ފައިސާ އަށް ވުރެ ގައުމުން ބޭރުވާ ބޭރު ފައިސާ ގިނަވާ ނަމަ ދުވަހެއް ދުވަހަކަށް ރިޒާވް ދާނީ ދަށްވަމުންނެވެ. ދެމެހެއްޓެނިވި ގޮތެއްގައި ގައުމު ތަރައްގީ ކުރުމަށްޓަކައި ރިޒާވް ބޮޑު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ދައުލަތުގެ ރިޒާވް ބޮޑު ކުރުމަށްޓަކައި މި ސަރުކާރުން ވަނީ އިންޑިޔާގެ މަރުކަޒީ ބޭންކުން ކުރިން ހޯދަމުން އައި 200 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް، 400 މިލިއަން ޑޮލަރަށް އިތުރުކޮށްފަ އެވެ. ކަރެންސީ ސްވޮޕްގެ ތެރެއިން ހޯދާފައިވާ އަކީ އަނބުރާ ދައްކަން ޖެހޭ ފައިސާ ކަމުން ރިޒާވް ބޮޑުކުރުމަށްޓަކައި މިއީ ވަގުތީ ހައްލެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯލްޑިވިއަން
20 November 2019
ވެރިކަމަށް ކުފޫހަމަ ނުވާބަޔަކު ވެރިކަމަށް އައިމަ ވާނެގޮތް މިހާރު ތިޔަފެންނަނީއެވެ. ގަވަރު ނަރަކަށް ލާފައިހުރި އަލީ ހާޝިމަށް ދިވެހިބަހުން ރަނގަޅަށް ވާހަދައްކާލަންވެސް ނޭގޭކަމަށް ސްޓާފުންކައިރީގައި އެއްބަސްވިއެވެ. ޔާމީން ކިތައްމެކެޔަސް ޤައުމުގެ ރިޒާމްބޮޑުކޮސްދީފައި އަދި ނުވިތާކަސް ތަރައްޤިވެސް ކޮށްދީފަ އެފޭބީ.
ޙަމްދޫން
20 November 2019
ރިޒާވް ބޭނުން ކޮށްގެން ކޮން މެ މަހަކު މުސާރަ ދެނީ އެހެންވެ އެ މް އެ މް އޭ ގެ ގަވަރުނަރު ބޭރު ނުކުރެވިގެން އުޅުނީ. ވެރިން އެންގީ މަ އެކަން ކުރާ އެ މް އެ މް އޭ ގެ މުއައްޒަފެއް މިއީ ވަރަށް ސަލާ މް
ޜަންނަމާރި
19 November 2019
ޢޯކޭއޭ، ނަންވާނީ ރައީސްޔާމީން ވިޔާ
އަލީ ރާޖާ
19 November 2019
ރާޓީވީން އޭ ޕްލަސް ދީގެން ރިޕޯޓެއް ހަދަން ފެނޭ މިކަމަށް
އަލީ ރާޖާ
19 November 2019
ދޮންކަލޯ ސާލިހޫ އެކޮއެ ކޯއްޗެއް ތިޔަ ހާވަނީ
އަލީ ރާޖާ
19 November 2019
މާދަމާ ރޭ މިކަމަށް އިލްޔާސް ލައްވާ ދަރުހެއް ދޭނެ. މިއީ އިސްލާމްދީނުގަ މިކަން އޮންނަ ގޮތޭ ކިޔާފަ
އަލީ ރާޖާ
19 November 2019
ހަގީގީ ވަގުން ފެނޭބާ ދިވެހި ކޮހުންނަށް. ވެދުމާއި ސަލާމް.
ައަލްފާ ސިއެރާ
19 November 2019
ރަނގަޅު މާލިމީއެއް ލައިގެން ނޫނީ އެއްވެސް އޮޑިއެއް މިހާތަނަ ކު ދުވެފަނެތް.
އަލީ ރާޖާ
19 November 2019
ސަތޭކައެއް ނޫން ދުއިސައްތަ ފަންސާސް ދޭން ފެނޭ ސާލިހުގެ ސަރުކާރަށް ފެންފޮދަކާ ނުލައި މާލިއްޔާ ދޮވެލުމުގެ ރޮނގުން
ސަސި
19 November 2019
ރޮޒެއިނާބުނީ އަދަދުތައް މައްޗަށްދިޔަ ވާހަކަ.