24 ނޮވެމްބަރ 2019 - 15:49
އެންސިސް އިން ހުޅުމާލޭގައި ހުޅުވަން ތައްޔާރުވަމުން އަންނަ، ދަޅުގައި މަސް ބަންދުކުރާ ފެކްޓަރީން ވަޒީފާ އަށް އެދި 450 މީހަކު ކުރިމަތިލައިފި އެވެ.
އެންސިސް އިން ވަނީ އެ ކުންފުނީގެ އާ ފެކްޓަރީގައި މަސައްކަތްކުރާނެ މުވައްޒަފުން ހޯދަން އިއްޔެ އޯޕަން ޑޭއެއް ބާއްވައިފަ އެވެ. ހުޅުމާލޭގައި ބޭއްވި މި ހަރަކާތުގައި 700 އަށް ވުރެ ގިނަ މީހުން ވަނީ އެ ފެކްޓްރީ އަށް ޒިޔާރަތްކޮށްފަ އެވެ.
އެންސިސް އިން ވަނީ އޯޕަން ޑޭގައި ބައިވެރިވުމަށް ފެކްޓަރީ އަށް ޒިޔާރަތްކުރި މީހުންނަށް ފެކްޓަރީގެ އެތެރެ ބަލައިލުމުގެ ފުރުސަތު ވެސް ދީފަ އެވެ. އަދި އެކުންފުނީގެ ވަޒީފާތައް ހުޅުވާލާފައިވާ ދާއިރާތަކާއި ވަޒީފާތަކާ ގުޅޭ މައުލޫމާތު ވެސް މި ހަރަކާތުގެ ބައިވެރިންނަށް އެންސިސް އިން ވަނީ ދީފަ އެވެ.
ފެކްޓްރީން ވަޒީފާ ހޯދަން ބަޔަކު ރަޖިސްޓްރީ ކުރަނީ-- ފޮޓޯ: މިހާރު
އެންސިސްގެ ޑިރެކްޓަރު އަބްދުލް ވާހިދު ވިދާޅުވީ އެ ކުންފުނިން މުވައްޒަފުން ނަގާއިރު ހުޅުމާލޭގައި ދިރިއުޅޭ ދިވެހިންނަށް އިސްކަން ދޭނެ ކަމަށެވެ. އަދި ގޭގައި ތިބޭ އަންހެނުނނަށް ހަތަރު ގަޑިއިރު ފެކްޓްރީގައި މަސައްކަތް ކުރެވޭ ގޮތަށް ވަޒީފާތައް ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެންސިސްގެ އިއްޔެގެ ހަރަކާތުގައި ދިވެހިންގެ އިތުރުން ބިދޭސީން ވެސް ވަނީ ބައިވެރިވެފަ އެވެ.
"އަޅުގަނޑުމެން ގިނަ ވަޒީފާތައް މިވަނީ އަންހެން ބޭފުޅުންނަށް ހާއްސަކޮށްފައި. މީގެ ތެރޭގައި ގޭގައި ތިއްބަވާ ބޭފުޅުންނަށް ވަކި ވަގުތުކޮޅަކަށް ޝިފްޓް ޑިއުޓީ ގޮތަށް މަސައްކަތް ކުރެވޭނެ ވަޒީފާތައް ވެސް އެބަތިބި." ވާހިދު ވިދާޅުވި އެވެ.
އެންސިސް އިން 400 އަށް ވުރެ ގިނަ ވަޒީފާ އުފެއްދޭނެ ކަމަށް އެ ކުންފުނިން ބުނެފައި ވާއިރު މި ވަޒީފާތަކަށް މީހުން ހަމަނުވެއްޖެ ނަމަ ވަޒީފާތަކަށް އަލުން އިއުލާނުކުރާނެ އެވެ.
ހުޅުމާލޭގައި އެންސިސް އިން އަޅާފައިވާ ފެކްޓަރީ އަށް 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވެ އެވެ. މި ތަނުގައި މަސް ރައްކާކުރުމަށް 1،200 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމްކޮށްފައިވާއިރު މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށް 100 ޓަނުގެ އައިސް ޕްލާންޓެއް ވެސް ހުރެ އެވެ. މި ފެކްޓަރީން ދުވާލަކު 25 ޓަނުގެ މަސް ބަންދުކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
25 November 2019
ދިވެހިންތޯ ؟
މާއިން
25 November 2019
4 ގަޑިއިރު ސިފްޓު ޑިއުޓީގައި މިލިއަނެއް ދެވޭތޯ މުސާރައަށް.
ވޯލް
25 November 2019
މިވަރުވެސް މިފްކޯއަށް ނުވޭ، ދައުލަތުން ފައިސާ ދިނީމަ އެތަނުގެ އޭރަކު ތިބޭ ވެރިން ފައިދާ ނަހަމަގޮތުގައި ނަގައި އަމިއްލައަށް މުއްސަންދިވަނީ.
އަހުމަދު ޒ
24 November 2019
ތިތަނުގައި ދިވެހިން ލައިގެން މަސްބަންދެއް ނުކުރެވޭނެ، ދިވެހިން ނަށް ބޭނުންވާނީ ބޮޑުމުސާރަ އަދި ލުއި ވަޒީފާ (އަރަބިން ގޮތަށް)، ދުބާއީގައިވެސް 90% އަކީ ބޭރޫ މީހުން އަދި 10% އަކީ އަރަބިން، ގަުއުމުގެ އިގްތިސާދު 2 ގުނަ ބޮޑުކުރުމަށް ބޭރުމީހުން ދުބާއީ ގޮތަށް ގެނެސްގެން ވާނީ، އޒ
ރުޅި
25 November 2019
ދުބާއީގެ ރައްޔިތުން މުއްސައްޖެއްނޫން. ސަރުކާރަށް ފައިސާ ލިބޭތޯއްޗެ. އޭގެ ފައިދާ ރައްޔިތުންނަކަށްނުކުރޭ. ޚާންދާންގެ މީހުން އެ ފައިސާގައި އުދުހެނީ. އެއެއްމިއެއްނޭންގޭ. އެގޮތެއް ބޭނުމެއްނުވޭ. ދެން ބިދޭސީންެގެ ބަދަލުގައި ދިވެހިންނަށް ވަޒީފާދޭންވީ. ބިދޭސީން ވަޒީފާއަށްގެނަޔަސް މަގުމައްޗަށް ދޫކޮށްލައިގެން ނުވާނެ. އަދި ފިލައިގެން އަމިއްލަ އަށް ވިޔަފާރިކުރަން ފުރުޞަތު ދީގެންވެސްނުވާނެ.
އިސްލާހު
24 November 2019
އަމިއްލަ ކުންފުނިތަށް މެކުހަށް ޖަހާފައިވާއިރު ސަރުކާރު ކުންފުންޏަށް މިވަނީ ކީއްހެއްޔެެވެ؟؟؟؟؟؟ އަބަދު ގެއްލުން ވާވާހަކަ އެވެ.
ރައްޔިތު ބެއްޔާ
24 November 2019
މުސާރަ ކުޑަވަނީ ދިރި ހުރުމުގެ ޙަރަދު ބޮޑުކަމުން ނޫންތޯ ! ޙަރަދު ނުލިބޭ މަސަައްކަތް ކުރާނީ ކިހާ ދުވަހަކުބާ ! ދިވެހީން މަަސައްްކަތްނުކުރަނީ ކީ ނުން ! މި އިގްތިސާދުގައި ދިވެހިން ނަށް ޖާގަ ނެތީ !
އެންޑީ
24 November 2019
ދެދުވަހަކު ހުސް ދިވެހިން ތި ފެކްޓުރީގަ މަސައްކަތްކުރާތަން ފެނިދާނެ. ދެން އަނެއްކާވެސް ބިދޭސިންނަށް ތަންހަވާލުކޮއްފަ ގޮސްދާނެ.މުސާރަކުޑައޭ.ބުރައޭކިޔާފަ.
ކޮރަލް
24 November 2019
ސަރުކާރުން 40 އަހަރު މިކަން.ކުރި އިރު ކުރި އެރުމެއް ނުލިބި މަސް ބޭރައް ފޮނުވައިގެން ބަންދު ކުރަނީ އެވެ.
ގަނީ
24 November 2019
ވަަރަށް މުސާރަ ކުޑަވާނެ.
ބޮޑުމީހާ
24 November 2019
ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް މިކަމުން އިބްރަތެއް ލިބޭނެ ކަމަަށް އުއްމީދުކުރަން. ސިޔާސީ ފައިދާ ހޯދުން ހުއްޓާލާ ރައްޔިތުންގެ ފައިސާއިން ހަރުދަނާ މަސައްކަތެއް ކުރުމަށް ދިވެއްސެއްގެ ހައިސިއްޔަތުން އެދެން