ރުމޭނިއާގެ ބޭރުގައި، ކާގޯ ބޯޓު އަރިއަޅާލާފައި. --ފޮޓޯ:އައިއެސްޔޫ ކޮންސްޓަންޓާ
25 ނޮވެމްބަރ 2019 - 13:08
ބުކަރެސްޓް (ނޮވެމްބަރު 25) - ގާތްގަނޑަކަށް 14،000 ކަންބަޅިއާ އެކު ދަތުރުކުރި ބޮޑު ކާގޯ ބޯޓެއް ރުމޭނިއާގެ ބޭރުން ފެތިއްޖެ އެވެ.
ކްއީން ހިންޑް ކާގޯ ބޯޓު އަރިއަޅާލީ ބްލެކް ސީގެ މިޑިއާ ބަނދަރުން މިދިޔަ އާދިއްތަ ފުރި ފަހުންނެވެ. ބޯޓުގައި ތިބި 22 ފަޅުވެރިން ވަނީ ސަލާމަތްކޮށްފަ އެވެ. އެ އެންމެންނަކީ ވެސް ސީރިއާ މީހުންނެވެ. ބޯޓު ދަތުރު ކުރަން ހަމަޖެހިފައި ވަނީ ސައުދީ އަރަބިއާގެ ޖިއްދާއަށެވެ. މިޑިއާ ބަނދަރަށް ބޯޓު ދިޔައީ ލީބިއާގެ ވެރިރަށް ޓްރިޕޮލީންނެވެ.
ކަންބަޅިތައް ސަލާމަތް ކުރުމުގައި ވަނީ ރުމޭނިއާގެ ފުލުހުންނާއި ފަޔާފައިޓަރުން އަދި އެ ގައުމުގެ ކޯސްޓްގާޑުން އޮޕަރޭޝަނެއް ފަށައިފަ އެވެ.
ކަންބަޅިތައް ސަލާމަތް ކުރުމުގައި ރުމޭނިއާގެ ފުލުހުންނާއި ފަޔާފައިޓަރުން އަދި ކޯސްޓްގާޑުން ދަނީ ހަރަކާތްތެރިވަމުން. --ފޮޓޯ:އައިއެސްޔޫ ކޮންސްޓަންޓާ
"ވަރަށް މަދު ކަންބަޅިއެއް ސަލާމަތް ކުރެވުނީ. އެއީ ސަރަހައްދުގެ ފެންމަތީގައި ތިބި ކަންބަޅިތަކެއް،" ރުމޭނިއާގެ އިރުދެކުނުގެ ކަޅު ކަނޑުގެ އައްސޭރީގައި އޮންނަ ސިޓީއެއް ކަމަށްވާ ކޮންސްޓަންޓާގެ ތަރުޖަމާން އަނާ-މާރިއާ ސްޓޮއިކާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަނޑަށް ވެއްޓުނު އެއް ފަޅުވެރިއަކު ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުނު ކަމަށެވެ.
ކާގޯ ބޯޓު އަރިއަޅާލުމަށް ފަހު ފެތެން މެދުވެރި ސަބަބެއް ނޭނގެ އެވެ. ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ ކަންބަޅިތަކާއި ބޯޓު ސަލާމަތްކޮށް ނިމުމުން ތަހުގީގު ފަށާނެ ކަމަށެވެ.
މެރިން ޓްރެފިކް ވެބްސައިޓުގައިވާ ގޮތުން 1980 ވަނަ އަހަރު ބަނދެފައިވާ 85 މީޓަރު (278 ފޫޓު) ގެ ބޯޓުން 3،785 ޓަނުގެ ކާގޯ އުފުލެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުނޑު ހަސަނު
26 November 2019
މި ޚަބަރުގެ ސުރުޙީ ކަމަކު ނުދޭ 14،000 ކަންބަޅި އުފުލި ބޯޓެއްކަމަށް ލިޔުނީމަ ކަމަކު ނުދޭ، ދިވެހި ބަހުގެ ހަމައިން ނަމަ މިއީ ނިމިފައިވާ ކަމެއްކަން ދޭހަކޮށްދޭ، އެކަމަކު ހަޤީޤަތަކީ ބޯޓު އެދަނީ ކަންބަޅިތައް އުފުލަމުން
ފިލާވަޅު
25 November 2019
ކޮބާ އެނިމަލް ރައިޓްސް ޖަމާއަތްތައް، ލައިފްޖެކެޓް ނެތީމަ ކިހިނެއްވާނީ
ހަސަންކަލޯ
26 November 2019
ތިއީ ޖެއްސުމެއްތަ!
މޮހިތު
25 November 2019
ރަނގަޅައް ތިޔަވީ، އެހެން ނޫނީ ތިހުރިހާ ކަންބަޅިތަހެއް ސައުދީ މީހުން މަރާލާނެ!
އަލީީީީ
25 November 2019
ކަންބަޅި އެ ގެންދަނީ ވަރަށް އިހާނެތިކޮށް ދަމާފައި، އެއްވެސް ރަހުމެއް ނެތް ؟ މިއީ ބޮޑު މައްސަލައަކަށް ނުވީ ކީއްވެބާ ؟
ކަޅު ކަންބަޅި
25 November 2019
ސަލާމަތްވި ކަންބަޅި ތަށް ބުނާގޮތުގަ ކޯމަސް އައިނެއް ފެނިގެން ހުރިހާ ކަންބަޅިއެއް އެ ބަލަންވެގެން ބޯޓުގެ އެއްފަރާތަށް ދިއުމުގެ ސަބަބުން ބަރުވެގެން ބޯޓު އަރިއަޅާލީ. މިމައްސަލަ އިތުރަށް ބެލުމަށް މަރު ކޮމިޝަނާއި ޙަވާލުކުރަން ފެނޭ.
ކަޅުކަންބަޅީގެ ބަފާ
26 November 2019
އަޅެ ކަލޯ ކަންބަޅިޔާ، ޢަހުން ނިކަން އުފާކޮއްފިން ކަލޭ ސަލާމަތްވީތީ. ޢެކަމަކު ސަލާމަތްވި ގޮތައް ތިޔަ އައީ ނޫހައް ކޮމެންޓް ކުރަންދޯ؟ ފުލުސް އޮފީހައްގޮސް ތިޔަ މައުލޫމާތު ހިއްސާކޮއްބަލަ. ޙިއެއްނުވެ ފުލުހުން މި ކިޔާހެނެއް.
ެއިބޫ
26 November 2019
މަރު ކޮމިޝަނުގެވެރިޔާ އުޅެނީ ސްޕްރީމް ކޯޓާ ހަވާލުވާންވެގެން ހޭބޯނާރާ