އެމްއާރުއެމްގެ ރަޖިސްޓްރީ ހަވާލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެ ކޮމިޝަންގެ ރައީސް ޝަރީފް ވާހަކަދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
25 ނޮވެމްބަރ 2019 - 15:38
ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕާޓީތަކަށް ލިބޭ ވޯޓުގެ އަދަދަށް ބަލައި ފައިސާ ދިނުމާ ގުޅޭ އިިސްލާހަށް ހިޔާލު ހުށަހަޅަން ސިޔާސީ ޕާޓީތަކަށް ފޮނުވައިފި އެވެ.
މޯލްޑިވްސް ރިފޯމް މޯލްޑިވްސް (އެމްއާރުއެމް) ރަޖިސްޓްރީކޮށްދިން ކަމުގެ ލިޔުން ހަވާލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަަވަމުން، އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ޕާޓީތަކަށް ދައުލަތުން އެހީދޭއިރު، ހަމައެކަނި މެމްބަޝިޕަށް ބެލުމުގެ ބަދަލުގައި އެހެން ގޮތްތަކެއް ވެސް ހަމަޖައްސާނެ ކަމަށެވެ.
އެކަމަށް ހިޔާލު ހޯދަން ޕާޓީތަކަށް ފޮނުވާފައިވާއިރު، އެ އިސްލާހު މަޖިލީހަށް ހުށަހަޅަން ވަރަށް އަވަހަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ފޮނުވާނެ އެވެ.
އީސީން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި މެމްބަރުންގެ އަދަދު ކިތަންމެ މަދަސް އިދާރީ ހިންގުމަށް ދައުލަތުން ފައިސާގެ ވަކި މިންވަރެއް ދޭނެ އެވެ.
ދައުލަތުން މިހާރު ފައިސާ ދެނީ، ކުރިއަށް އޮތް އަހަރުގެ ބަޖެޓް ފާސްކުރުމާ ހަމައަށް 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.
އެ ކޮމިޝަންގެ ދަފްތަރަށް ބަލާއިރު އެ އަދަދަށް މެމްބަރުން ހަމަވާނީ އެންމެ ތިން ޕާޓީއެކެވެ. އެއީ އެމްޑީޕީ އާއި ޕީޕީއެމްގެ އިތުރުން ޖުމްހޫރީ ޕާޓީ އެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ އޮޑިޓް ރިޕޯޓު ހުށަހެޅުމާ ގުޅޭގޮތުން ވެސް ބަދަލުތަކެއް ގެންނަން ހުށަހަޅާފައިވާނެ ކަމަށެވެ.
އޮޑިިޓް ރިޕޯޓާއި މާލީ ބަޔާން މިހާރު ހުށަހަޅަމުން އަންނަނީ އީސީއަށް ނަމަވެސް އިސްލާހު ގެންނަން ހުށަހަޅާފައިވަނީ އޮޑިޓް އޮފީހަށް ރިޕޯޓު ފޮނުވުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
26 November 2019
މިގައުމުގަ އޮތީ ސިޔާސީ ޕާޓީތައް އެކަނިތަ! އުމުރު ދުވަހު ކުލި ދައްކައިގެން އަހަރުމެން މިއުޅެނީ. މިކަމުން ސަލާމަތްވާނީ ކޮންއިރަކު؟ ކޮބާތަ ފްލެޓް ކޮމިޓީގެ ހަބަރު. އެމީހުންނަށް ދިން މުސާރައިން ފްލެޓް އެޅިނަމަ 20 ވަރަކަށް އާއިލާއަށް ފްލެޓް ލިބިފަ ހުންނާނީ މިހާރު
ދަގަނޑުދަހަނާ
26 November 2019
އަސްލު އަޅުގަނޑަށް ފެންނަނީ ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި ވޯޓު ދޭވަރަށް ބިނާކޮށް ތިޔަ ސަކަރާތެއް ޖަހަން.
އަހްމަދު111
25 November 2019
ކުޑަ ޕާޓީއެއް ގާނޫނީ ވެރިކަމާ ފުސްތޫރު ދަމަހައްޓާ ރައްޔިތުންގެ ސަޕޯޓް ލިބި ހަރުދަނާކަމާއެކު ކުރިއަރަން ސީރިއަސް ނަމަ އެފުރުސޮތު އޮތުން ވާދަވެރި ނިޒާމަކަށް ބޭނުން. އެކަމަށްޓަކާ 3ހާސް ހަމަވާ ކޮންމެ ޕާޓީއަކަށްވެސް އިދާރީޚަރަދުން ބައެއް ދިނުން ރަނގަޅު. އަދި އަދި އޭގެ 1/3 ތިއްބަސް ޕާޓީ އޮތުން (ބަސްބުނުން) މިނިވަންކަން ނުނެގުން. މީ ނުފޫޒުއޮތް ޕާޓީތަކުން މަރްހަބާ ކިޔާނެ ކަމެއް ނޫން.
އިބިރިހިންބެއްޔާ
25 November 2019
ބަލަ "ރައްޔިތުންގެ" މަޖިލިސް ޕާޓީތަކުގެ މިލްކަކަށް ހަދާދޭންތޯ ތިއުޅުއްވަނީ؟ ކޮބާ ރައްޔިތުންގެ ޙައްޤު؟ މަގޭ ހިތަށް އަރާ އެކިޔާ "ތްރީލައިންވިޕު" ދިވެހި ރާއްޖޭގައި މިއޮންނަ "ރައްޔިތުންގެ" މަޖިލިސް މެމްބަރުންނަށް ކުރިމަތިކުރާ މަޖުބޫރުގެ މައްސަލަ ތިޔަ އެލެކްޝަން ކަމިޝާނާއި އެޓަނީ ޖެނެރަލް ބައްލަވާނީ ކޮންދުވަހަކުން ބާވައޭ.
އޮނަރަބްލް އަފީފު ދީދީ
25 November 2019
ސިޓީ ކައުންސިލް މޭޔަރަކީ 5 މިލިޔަން ކަމަށް އަދި ކޮންމެ މަޖިލިސް މެންބަރަކީ 1 މިލިޔަންކަމަށާއި ކޮންމެ ކައުންސިލަކަރީ 1 ލައްކަ ކަމުގައި ބަލާ އަންހެނުންގެ ކޮމަޓީއަށް އިންތިޙާބުކުރާ ކޮންމެ މީހަކަށް 50 ހާސް ރުފިޔާގެ ނިސްބަތުން ފައިސާ އެލޮކޭޓްކޮށް ޕާޓީތަކުން ހޯދާ މިދެންނެވި އިންތިޙާބުތަކުގެ ނިސްބަތުން ޕާޓީއަށް ފައިސާދިނުމަކީ އެންމެ ރަނގަޅު އަދި ރައްޔިތުން ބޭނުންވާގޮތް ކަމުގައި ބުނެވިދާނެ.
ބަބުރަންޖީ ހާޖީ
25 November 2019
އެއްވެސްކަމެއް ނުކޮށް ތިބޭ ޕާޓީތައް އުވާލަންވެސްޖެހޭ. މިސާލަކަށް އަދީބު ޕާޓީ.
ގުޑުގުޑާ
25 November 2019
ތިމީހުއް ކޭތަޕާޓީއެއްހެދިނަމަދޯ
އޮނަރަބްލް އަފީފު ދީދީ
25 November 2019
އެންމެރަގަޅުގޮތަކީ ޕާޓީއަކަށް ދައުލަތުންދޭފައިސާގެއެހީގެއެންމެމަތީއަދަދަކީ 1 ބިލިޔަންކަމަށާއި މިދެންނެވި 1 ބިލިޔަން ސިޓީމޭޔަރުންނަށާއި، މަޖިލިސްމެންބަރުންނާއި އަތޮޅުކައުންސިލަރުންނާއި ރަށުކައުންސިލާއި އަންހެނުންގެކޮމަޓީ އަދި ކުރިޔަށްއޮތްތަނުގައި ސަރަހައްދުތަކުގައި ޤަވަރުނަރުންއިންތިޙާބުކުރާނަމަ ޤަވަރުނަރުހިމެނޭގޮތުން ދަރަޖަކޮށް އެންމެންގެމައްޗަށްބަހާލާ މިމަޤާމްތަކަށް އިންތިޙާބުކުރެވޭމީހާ ނިސްބަތްވާޕާޓީއަކަށް އެއަދަދުންފައިސާދޫކުރުންކަމަށްދެކެން.
އަހްމަދު111
25 November 2019
މާތްކަލާކޮ! ރައްޔިތުންގެ ބަޖެޓްގެ ތިކާ ބޮޑުބައެއް ދޭންވީ؟ ތިޔައީ އެޑިޔުކޭޝަން ކަހަލަ ސެކްޓަރއެއްތަ؟ ބަޖެޓްގެ 0.3 % ޕާޓީތަކަށް ދައުލަތުން ދޭން ރަނގަޅު 0.5 % ވެސް ގިނަ.
ހިޔާ
25 November 2019
ތިކަމަށް ޚިޔާލު ހޯދަންވީ ރައްޔިތުންގެ ފަރާތުން. ގޮނޑި ނުލިބޭނެ ޕާޓީތަކުން ތިކަމާއި ދެކޮޅުވާނެ.
ފުންއަސަރު
25 November 2019
ބޮޑެތިބޭބޭފުޅުންގެ ކުދިޕާޓީ ހުންނަންޔާ ވާނީ މިހެން. ދެން އެބޭބޭފުޅުންނަށް ކަމެއް ކޮށްދޭން ޖެހެންޏާ މިނޫންގޮތެއްވެސް ނެތެއްނު. ހަމަގައިމޭ ބައެއް ބޭބޭފުޅުންނަށް މިހާރުގެ ގަވާއިދުގެ ދަށުން 10000 ހަމަކޮށް ނުލެވޭނެކަން. އިތުރު ފައިސާގެ އިނާޔަތް ދިނުމުގާ ގޮތްތަކެއް ހޯދަންޖެހޭ. މިހާރު ކުރެވެމުން މިދަނީ އެމަސައްކަތް!