ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް)ގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ރަޝީދާއި އެކުންފުނީގެ ޗެއާމަން ސައުދުﷲ އަހުމަދު އެސްއޯއީ ކޮމިޓީއަށް މައުލޫމާތު ދެއްވަނީ. ފައިލް ފޮޓޯ/މިހާރު
27 ނޮވެމްބަރ 2019 - 16:33
ތިލަފުށީގެ މަގުތައް މަރާމާތުކޮށް ބަލަހައްޓަން ބޭނުންވާ ވެހިކަލްތައް ގެންނަން ބަޔަކާ ހަވާލުކުރުމުގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަންް (އޭސީސީ)ގެ ރުހުން ހޯދަން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އިން އެކަން ކޮމިޝަނަށް ހުށަ ހަޅައިފި އެވެ.
ތލަފުށްޓާއި ގުޅިފަޅު ބަލަހައްޓާ ޖީއެމްއައިޒެޑްއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު (އިބޫ) ވިދާޅުވީ ވެހިކަލްތައްް ގެންނަން ބަޔަކާ ހަވާލުކުރުމުގެ ކުރިން އޭސީސީގެ ބަހެއް ހޯދަން ނިންމީ ކުރީގެ ތަޖުރިބާ ތަކުރާރު ވިޔަ ނުދިމުމަށް ކަމަށެވެ. އޭނާ އެ އިޝާރާތް ކުރެއްވީ ކެމިކަލް ގުދަންތައް އަޅަން ބަޔަކާ ހަވާލުކުރި އިރު ކުންފުނީގެ ބޯޑާއި މެނޭޖްމެންޓާ ދެމެދު ޚިޔާލު ތަފާތުވުން އުފެދި އޭސީސީ އަށް ހުށަހެޅި މައްސަލަތަކަށެވެ.
ތިލަފުށި
"ކުރިން ކުރިއަށް ގެންދިޔަ މަސަައްކަތްތައް ވެސް އޭސީސީން ފަހުން ވަނީ ރަނގަޅު ކަމަށް ބުނެފައި. އެކަމަކު މެނޭޖްްމަންޓުން ބޭނުމެއް ނުވޭ އެއްވެސް މައްސަލައަކަށް ޖާގަ ދޭކަށް. އެެހެންވެ، އޭސީސީގެ ކޮމެންޓް މި ހޯދަނީ،" އޭނާ ވިދާޅުވި އެވެ.
ތިލަފުށީގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް ހޯދަން އުޅެނީ ދެ ޑަމްޕް ޓްރަކާއި އެކްސްކަވޭޓަރަކާއި ލޯޑަރެކެވެ. އެ ތަކެތި ގެންނަން އިންޑިއާގެ ކުންފުންޏަކާއި ލަންކާގެ ދެ ކުންފުންޏަކުން ވަަނީ ޕްރޮޕޯސަލް ހުށަަހަޅައިފަ އެވެ. އަދި ބިޑްތައް ވަނީ އިވެލުއޭޓްވެސް ކޮށްފަ އެވެ. އެންމެ ކުޑަކޮށް ބިޑް ހުށަހެޅި ފަރާތުން ހުށަހަޅާފައިވާ އަގަކީ އިބޫ ވިދާޅުވި ގޮތުގައި. 8.9 މިލިޔަން ރުފިޔާ އެވެ.
އިބޫ ވިދާޅުވީ ތިލަފުށީގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަކީ އުނދަގޫ މަަސައްކަތެއް ކަމަށާއި ވިއްސާރަ ދުވަސް ވަރު އެކަން އިތުރަށް އުނދަގޫވާ ކަމަށެވެ. އެ މަސައްކަތް ކުރިން ކުރަމުން އަންނަނީ ވެހިކަލްތައް ކުއްޔަށް ހިފައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވެހިކަލްތަކުގެ ކުއްޔަށް ކުރިން ހަރަދުވޭ މަހަކު 1.5 މިލިޔަން ރުފިޔާއާ 2.2 މިލިޔަން ރުފިޔާއާ ދެމެދުގެ މިންވަރެއް،" އިބޫ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޮޓް އަ ނިއުސް
28 November 2019
މި އިބޫ އަކީ އެމްޓީސީސީ ހިޔާ މަޝްރޫއު ހިންގާ މީހުނަށް ޕޭމަންޓް ހޯދަށް އެމްޓީސީސީ ތެރޭ އަބަދު އުޅޭމީހެއް. އިންޓިގްރިޓީ މައްސަލަ ހުރިމީހުން ދުރުކޮށް ރަގަޅު މީހުން ހިންގަން ކުންފުނިތަކަށް ލުމަކީ ބުއްދިވެރިކަމެއް.
ޝެލަރީ
28 November 2019
އިބޫ ދެއިރު ދެދަޅައަށް ލަންކާއައް ބިޒްނަސް ކުލާހުގާ މިދަނީ މިކަމައްތޯ؟
އުމަރުބެ
28 November 2019
މިއީ އަދި އަހަރުމެން އަޑުނައަހާ ކަމެއް، ޕްރޮޖެކްޓެއް އިއުލާންކުރުމުގެ ކުރިން އޭސީސީއަށް، އޭސީސީން ނުވަންނާނެގޮތަކަށް ހަމަ ޕްރޮޖެކްޓެއް ރާވާލަން ނެއެނގެނީތަ؟
ކަ މަކުނުދޭ
27 November 2019
ޥަރަށް ދެރަ. ކުންފުންޔަށް ރަގަޅަށް ބިޑެެއް އިވޭލްވޭޓްނުކުރެވޭކަ މީ އެ މް ޑީ ގެ ފެންވަރު ނެތްކަން. ކޮރަޕްޝަން މެކްހަށް..
ފަރީދާ
27 November 2019
އޭ ސީ ސީ އަށް ތި މައްސަލަ ފޮނުއްވެވީ ކަންތައްތަކެއް ގޯހުން މެނޭޖް މަންޓްއިން ކޮށްފައިވާތީ ކަން ޔަގީން. ޝައްކު އުފެދޭކަންކަން ހިނގާތީ ތާ. ޢަސްލު އިޚްލާސްތެރި ކަ މެއްނެތް މެނޭޖް މަންޓްގަ.
ހައް މާދު..
27 November 2019
ދައުލަތުގެ މުދާ ހަވާލުކުރެވިފަ މިއޮތީ ވައްކަން ކުރާ މެޝިނަކާއި.. އެޝީން ހިންގާފަ ހުންނައިރު އަބަދު ވައްކަ މުގަ އެން މެން ތިބޭނީ.. މިކަން ހުއްޓޭނީ ވައްކަން ކުރަ މުން ކުރަ މުން ގޮސް ދައުލަތް އެއްކޮއް ހުސްވެ ޚަލާސްވީ މަ.. މި މީހުން ދެކޭގޮތުގަ ދައުލަތުގެ މުދަލެއް ހުހެއް ނުވާނެ. ދިވެހީން ވިހާ އިރު މައި މީހާގެ ބަނޑުން ވައްކަންނުކުރާކަންވެސް ނަސީބު.
އަހުމަދުބޭ
27 November 2019
އިބޫ ދޭބަލަ ޗައިނާ އަށް ތިޔަށް ވުރެ މާ އަގުހެޔޮކޮށް ލިބޭނެ، ތިޔަ އިންޑިޔާ ކުންފުންޏާ ލަންކާ ކުންފުނިންވެސް ތިޔަ އެއްޗެތި ގެންނާނީ ހަމަ ލަންކާއިން، މަ ތިޔަތަކެތި ޗައިނާއިން ގެނެސްދީފަނަން ބުރޭންޑް ނިއު (XCMG) އިން 4.50 މިލިއަން އަށް، މިއީ ޗައިނާގައި އެންމެ ވަރުގަދަ ތިފަދަ ވެހިކަލް އުފައްދާ ކުންފުނި، ސުޕެއާރ ފަސޭހައިން ލިބޭނެ،
ދަތްނެތްކުއްޖާ
27 November 2019
ތި ޑީލަކީ މިހާރުވެސް ނިމިފައިވަ ޑީލެއްކަން ޔަޤީން. އޭސީސީ ވެސް މިހިރަ މިހިރަ ކަންކަމުގައި ވަރަށް ގާތުން ބަލާނެ ކަމަށް އުއްމީދު ކުރަނމު. މީގެ އިތުރުން މި އެމް ޑީ ގެ މައްޗަށް މިހާ ބޮޑެތި ތުހުމަތު ތަކެއް ކުރަމުން ދާއިރުވެސް މިކަލޭގެ ބަދަލު ނުކޮއް މިބަހައްޓަނީ ދަޢުލަތުގެ ބޮޑަކަށް ބައި އެލެނީބާ!
ސަގޫލް
27 November 2019
ޖީއެމްއައިޒެޑުގައި މިހާރު ސިސްސައިގެންދާވަރުގެ ބޮޑެތި ކަރަޕްޝަން އެބަހުރި. މިއީ މި ވާ ވަރަކީ..
ސާހު
27 November 2019
މި ޕްރޮޖެކްޓް ލިބޭނީ ލަންކާގެ ސެނޮކަށް. ވަރަށް ސަލާން.