ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ރައީސް މުއިއްޒު ބޭއްވެވި ބައްދަލުވުމުގައި އާންމުންގެ ސުވާލުތައް ރައީސް ނޯޓްކުރައްވަނީ .---ފޮޓޯ: ނިޝާން އަލީ | މިހާރު
17 ޑިސެމްބަރ 2025 - 12:32
މާލޭގެ އިހުތިސާސްގައި ބްރިޖަކުން ގުޅުވާލެވޭނެ ހުރިހާ ތަނެއް ހިމެނޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
މާލޭގެ ބިން ފުރުމުން ކައިރީގައި ހުރި ފަޅުތައް ހިއްކައިގެން މާލޭގެ ރައްޔިތުންނަށް ބަންޑާރަ ގޯތި ދޭތީ އާންމުންގެ މެދުގައި އެކަމަށް އޮތް ފާޑުކިޔުންތައް ވަރަށް ބޮޑެވެ. އެ ބަހުސްގެ ތެރެއިން ގިނަ ބަޔަކު އުފައްދާ އެއް ސުވާލަކީ މާލޭގެ އިހުތިސާސްގައި ނުހިމެނޭ ފަޅުތަކެއް ހިއްކައިގެން ގޯތި ދެނީ ކީއްވެގެން ހެއްޔެވެ؟
ރައީސް ޑރ. މުހައްމަދު މުއިއްޒު ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި އާންމުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އެހެންވީމަ، އުތުރު ތިލަފަޅު، ގިރާވަރުފަޅު، ގުޅިފަޅު، މި ހުރިހާ ތަނެއް މާލޭގެ އިހުތިސާސްގެ ތެރޭގައި ހިމެނިގެންދާ ހަމައަކުން އެކަން ކުރަން ވިސްނާފައި އޮތީ: ރައީސް
ރައީސް މުއިއްޒު ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަން އިމާދުއްދީން ސްކޫލުގެ ހޯލުގައި ރޭ ބޭއްވި ޖަލްސާގައި ވަނީ އެ މައުލޫއު އަށް ވެސް ވާހަކަފުޅު ދައްކަވައިފަ އެވެ. އެއީ ގިރާވަރު ފަޅާއި ގުޅިފަޅު ހިއްކުމުގެ މަޝްރޫއާ ގުޅުވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
"އިހުތިސާސްގެ ތެރޭގައި ހިމެނޭނެތޯ، ނޫންތޯ؟ އަޅުގަނޑުމެން މިހާރު ހަމަ ގާނޫނީ އިޖުރާއަތް އެ އޮތީ، އޭގެ ތެރެއިން ކަނޑައެޅިފައި. އިހުތިސާސްގެ ތެރޭގައި ބްރިޖަކުން މި ގުޅޭ، ގުޅުވާލެވޭ ގޮތަށް ހުރި ހުރިހާ ތަނެއް ހިމެނުން. އެއީ އަޅުގަނޑުމެން ވިސްނާފައި އޮތްގޮތް،" ރައީސް ވިދާޅުވި އެވެ.
"އެހެންވީމަ، އުތުރުތިލަފަޅާ ހަމަ އަށް، އުތުރު ތިލަފަޅު ވެސް އިރާދަކުރެއްވިއްޔާ ހިއްކަން ފަށަން މި އުޅެނީ. އެހެންވީމަ، އުތުރު ތިލަފަޅު، ގިރާވަރުފަޅު، ގުޅިފަޅު، މި ހުރިހާ ތަނެއް މާލޭގެ އިހުތިސާސްގެ ތެރޭގައި ހިމެނިގެންދާ ހަމައަކުން އެކަން ކުރަން ވިސްނާފައި އޮތީ."
ރައީސް ވިދާޅުވީ އެ ތަންތަނުން ބިމާއި ގެދޮރު ލިބެނީ މާލޭ ރަށްވެހިންނާއި މިތަނުގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ކަމަށް ވާތީ، އެ ތަންތަނުގައި "މާލޭ ވަންތަކަން" ހުންނަން ޖެހޭނެ ކަމަށެވެ. އަދި މި ސަރުކާރުގެ ބޮޑު މަޝްރޫއެއް ކަމަށްވާ ފުށިދިއްގަރުފަޅު ހިއްކައިގެން ހަދާ ރަސްމާލެއަކީ ވެސް އެ ވިސްނުމުގައި ކުރިއަށް ގެންދާ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި އެމަނިކުފާނާއި ބަންޑާރަނައިބު އަހްމަދު އުޝާމް ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ސިނަމާލެ ބްރިޖުން ގުޅުވާލީ 2018 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވަނީ މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވާލަން ބްރިޖެއް އެޅުމުގެ މަސައްކަތް 2022 ވަނަ އަހަރު ފަށައިފަ އެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ތިލަފުއްޓާއި ގިރާވަރުފަޅު އަދި އުތުރުތިލަފަޅު ގުޅުވާލަން ބްރިޖެއް އެޅުމަށް މަޝްވަރާތައް މިދިޔަ އަހަރު ފަށައިފަ އެވެ.
ސަރުކާރުން މިހާރު ވަނީ ހުޅުމާލެ 3 ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް އިތުރު ދެ ޑްރެޖަރު ގެނެސްފަ އެވެ. އެ މަސައްކަތް މި މަހު ނިންމައި އަންނަ މަހު ގިރާވަރު ފަޅު ހިއްކަން ފަށަން ވަނީ ތަވާލުކޮށްފަ އެވެ. އަދި ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ނިންމައި، އުތުރުތިލަފަޅު ހިއްކާނެ އެވެ. ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ސްޕީޑް ވެސް އަވަސްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން 15،000 ގޯތި ދޭން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން 10،000 ގޯއްޗަކީ މާލޭގެ ރަށްވެހިންނަށް ދޭ ގޯތިތަކެވެ. އަދި ބާކީ 5،000 ގޯތި ހާއްސަކުރަނީ މާލޭގައި ދިރިއުޅޭތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މީހުންނަށެވެ.
މާލެ ސަރަހައްދުގައި އިތުރު 7،500 ފްލެޓް އަޅަން ވެސް މި ސަރުކާރުން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހޮޓްކިންގ
17 December 2025
ރައީސް މުއިއްޒުގެ ސަރުކާރުން އެޅޭނެ ބުރިޖެއް ނޯންނާނެ. ދޮގުހަދަހަދާ ހުއްޓާ ވެރިކަން ބަދަލުވާނެ.
ޒައިކް23
17 December 2025
ޤާނޫނު އަސާސީގަ މާލެއަކީ ކޮބައިކަން ބުނެދީފަ އޮންނާނެ.. ރައީސްއަކަށްވެސް އެ ބަދަލު ކުރުމުގެ ބާރެއް ނޯންނާނެ ޤާނޫނު އަސާސީ އަށް ބަދަލު ނުގެންނަހާ ހިނދަކު..
ކަބެިހުއ1
17 December 2025
ރައީސް، ނައިބު ރައީސް، ވަޒީރުން، މަޖިލިސް މެންބަރުން، އަދި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ދޮގެއް ހަދައިފިނަމަ އަދި ދޮގުހެދިކަމަށް ޝަރުއީ ކޯޓަކުން ސާބިތު ވެއްޖެނަމަ މަރުގެ އަދަބު ދިނުމަށް ގޮވާލަން!
ސޮބީހާ
17 December 2025
އުރުރާ ދެކުނުން 4 ރަށެއް ތަރައްގީކުރަން ބާރު އެޅުމަށް އަތޮޅުތެރެ ތަމްސީލުކުރާ މެންބަރުންނަށް ގޮވާލަން, އެ ރައްރަށަކީ ހިއްކެން އޮތް ރައްރައްކަމުގަ ވާންޖެހޭ،، އެހެން އެކަންކޮށްފިނަމަ ކުލީގެ އަޅުން ނުތިބޭނެ، ކުދިއާބާދީތަކުން މީހުންނައް ގޯތިދެވެނިކޮށް ހިޖުރަކުރާނެ, މިހާރު މި ވާގޮތުން ބައިބޯކަމުން މާލެ މީހުނައްވެސްމާލޭގަ ވެސް ހަމަޖެހިގެން އުޅެވެން ނެތް,
އަފްރާސިޔާބު
17 December 2025
ހުވަދުއަތޮޅުގެ ދެބުރި އައްޑު އަތޮޅު ފޯއްމުލަކު މި 4 އަތޮޅުނޫނީ ދެންހުރި ތަންތަނަކީ ބްރިޖަކުން މާލެއާ ގުޅުވާލެވޭނެ ތަންތަން. އެހެންވީމާ އެހުރިހާ ތަނަކީ މާލެ ކަމަށާއި މާލޭގެ ވެރިއަކީ މަނިކުފާނު ކަމަށް އިއުލާން ކޮށްލީމާ ނިމުނީނުން.
ޢަހުމަދު އަތޮޅުތެރެ
17 December 2025
ޜައީސް ސޯލިހު، ރައީސް މުއިއްޒު މީ އެއްކަހަލަ ވިސްނުމިގެ މީހުން. ތަފާތުކުރުމާ ދަރަޖަކުރުން އޮތީ.. މަ ކުރިމަތިލައިފިއްޔާ ވޯޓުދޭނީ ރ. ޔާމިނަށް. މުޅި އުމރު މިތާ މިޢުޅެނީ.
ޢަހުމަދު އަތޮޅުތެރެ
17 December 2025
"ބާކީ 5،000 ގޯތި ހާއްސަކުރަނީ މާލޭގައި ދިރިއުޅޭތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މީހުންނަށެވެ." އަޅުގަނޑައް ހީވަނީ 3000 ގޯތިހެން ރާއްޖެތެރޭ މީހުންނައް ކަނޑެޅީ. ދަފުތަރު މީހުން އުނިކޮއްފަ 15 އަހަރު އުޅުނު ރާއްޖެތެރޭ މީހުން. ޢެހެން ރައްރަށޭ ކިޔާފަ ބާކީކޮއްލާ މެޖޯރިޓީ ދިވެހިން. ޢަހަރުން މީ ތިންވަނަ ދަރަޖަ މިތާ.
ޒައިކް23
17 December 2025
ރިޔާސީ އިންތިޚާބުގެ ވޯޓުގަ ކޮންމެ ދަރަޖައަކީވެސް އެއް ވޯޓު.. އިބޫވެސް ބޮނޑި ބޮއެފަ ފަހުވަގުތު އެކަން ރޭކާލީމަ ހުޅުވާލި ގޯތި ދޭން އެންމެންނަށް.. އެކަމު އޭރު މާލަސް ވެއްޖެ ބޮޑު ފަޅީގެ ރައްޔިތުންގެ ބޮޑު އަތްތިލައިން ޖެހި ތަފާލީގެ ބާރުން އެބޭ ވެއްޓިއްޖެ.. މިބޭއަށްވެސް އެ ފަހުވަގުތު ރޭކާލައިފިއްޔަ ނަތީޖާ ހިތިވާނެ..
ނަޒީރާ.
17 December 2025
މާސްކް އަޅަިއގެން މޫނު ފޮރުވައިގެން ތިބެ ފުލެޓް ނުލިބޭ ވާހަކަ އާއި ކުލި ނުދައްކާ އިރުވެސް ކުލި ކުޑަ ކުރާ ވާހަކަ ދައްކާ އިރު މޫނު ފޮރުވަނީ އިންސާނުންދެކެ ލަދުން. އެކަމަކު ދޮގު މައުލޫމާތު ދީގެން ވަގު ފުލެޓް ހޯދާއިރު ހެއްދެވި ފަރާތަށް ހުރިހާ ކަމެއް އިގޭނެކަން އެގިތިބޭ އިރުވެސް ބިރެއް ލަދެއް ނުގަނޭދޯ ؟
އޮނަރަބްލް އަފީފު ދީދީ
17 December 2025
ދައުލަތްދަރަނިކޮށް އެތައްބިލިޔަން ޑޮލަރުގެ ލޯނުނަގައިގެން ކ.އަތޮޅުން ހިއްކާފައިވާ ތިޔަބިންތައް "މަނިކުފާނުގެ ރަށުމީހުނަށް ބަހާލުމަށްޓަކާ" އެބިންތަކަކީ ކ.މާލޭގެ އިޙްތިސޯސް ތެރޭގައިހިމެނޭ ބިންތައްކަމަށް ކަޑައަޅުއްވަނީ ޒަމާނުއްސުރެން ދަމަހައްޓަމުން އަންނަ "އެއްރަށްދައުލަތް ސިޔާސަތު ކުރިއެރުވުމަށާއި، ތުރާކުނުން އައްޑުއަށް ހިމެނޭ ރަށްތަކުގެ ރައްޔިތުންގެ ނިމިދިޔަ 2 ޖީލު ތިރަށުމީހުންގެ އަޅުންނަށް ހެދިގޮތަށް، ކުލީ އަޅުވެތިކަން" ދާއިމަށް ދަމަހައްޓަންތޯ؟
އޮނަރަބްލް އަފީފު ދީދީ
17 December 2025
ޙަޤީގަތުގައި ކ.މާލޭމީހުނަށް ވުރެން (ބިންދިނުމުގައި ކ.މާލޭމީހުންކަމަށް ބަލާ އުސޫލުން ދަފުތަރު އަދި ޙިޖްރަކޮށް ތިރަށު ރަށްވެހިނަށްވެފައިވާ މީހުން ނުހިމަނާ) ކ.މާލެ، ކ.ވިލިގިލި، ކ.ހުޅުމާލެ، ކ.ތިލަފަޅު، ކ.ގުަޅިފަޅު އަދި ކ.އުތުރު ތިލަފަޅުން ދޫކޮށްފައިވާ ބަންޑާރަ ބިމާއި، ދައުލަތުގެ އެއްވެސްލިއުމަކުން "ވިޔައަކުރުން ފެންނާންނެތް" އެކަމަކު އޮތްކަމަށްބުނާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެޅި ފުލެޓްތަކުން ދޫކުރި އަދަދު ތިރަށުމީހުނަށްވުރެން ބޮޑުތަނުން އިތުރު.!!