27 ނޮވެމްބަރ 2019 - 16:15
ދީބާޖާ އަށް ބަދަލު ދިނުމުގެ މައްސަލާގައި ސެޓްލްމެންޓް ކޮމިޓީގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތު ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ މިއަދު ކުރައްވައިފި އެވެ.
މިއަދު މަޖިލީހުގައި ކުރިއަށްދިޔަ މާލިއްޔަތު ކޮމިޓީގައި ޔައުގޫބު ވިދާޅުވީ، ދީބާޖާގެ މައްސަލައާ ގުޅިގެން ބަޔަކު މީހުން ކޮމިޓީ މެންބަރުންނަށް ވެސް ރިޝްވަތު ހުށަހެޅި ކަމަށާއި މި މައްސަލައިގައި ވެސް އަދި އެހެން މައްސަލަތަކުގައި ވެސް ސެލްޓްމަންޓް ކޮމިޓީ އަށް ވެސް ރިޝްވަތު ހުށައަޅާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. އިއްޔެ ވެސް ޓްރާންސްޕޯޓް މިނިސްޓްރީން އަވަސް އަރުވާލައިގެން ލިޔުންތަކެއް ހޯއްދެވުމަށް ބަންޑާރަނައިބު އޮފީހުން މަސައްކަތް ކުރެއްވި ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.
ޔައުގޫބު މިހެން ވިދާޅުވުމުން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވަނީ ސެޓްލްމެންޓް ކޮމިޓީގެ މެންބަރުން ފައިސާގައި ޖެހުނު ކަމުގެ ތުހުމަތު ރައްޔިތުންގެ ކުރިމަތީގައި ވިދާޅުވާތީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ. އަދި މިއީ މި ކޮމިޓީގެ މަގްސަދުތޯ މުގައްރިރު އަރިހުން އޭނާ ސުވާލުކުރެއްވި އެވެ.
މިކަމާ ގުޅިގެން ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވަނީ ކޮމިޓީގެ މައުލޫއާ އެއްގޮތަށް ސުވާލުތައް ބައްޓަންކުރުމަށް މެންބަރުގެ އަރިހުން އެދިވަޑައިގެންފަ އެވެ.
ޔައުގޫބު ވަނީ މިކަމުގައި އަމަލުކުރާ ގޮތް ކުއްލިއަކަށް ބަދަލުވީ ކީއްވެގެންތޯ ސުވާލު ކުރައްވާފަ އެވެ. ޖަވާބުގައި ރިފްއަތު ވަނީ އޭނާގެ ވިސްނުން ބަދަލުވި ގޮތް ކިތަންމެ ވަރަކަށް ކިޔައިދެއްވި ނަމަވެސް އެކަން މެންބަރު ޔައުގޫބު ގަބޫލުނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރިފްއަތު ވިދާޅުވީ، ޓްރާންސްޕޯޓު މިނިސްޓްރީން ލިޔުންތަކެއް ހޯދީ ރާއްޖޭގެ ސިވިލް ކޯޓުގައި މި މައްސަލައިގެ ތަންފީޒީ މަރުހަލާ ކުރިއަށްދާތީ ކަމަށެވެ.
"އަޅުގަނޑުމެންނަށް ކޯޓުން އަންގަވާފައި އޮތީ އިއްޔެ މި މައްސަލައިގެ ދެ ފަރާތުން އެއްބަސްވާ ލިޔެކިޔުންތައް ހުށަހަޅަން. އެހެންވީމަ ކޯޓުގެ އެދުމާ އެއްގޮތަށް އަޅުގަނޑުމެން މި މަސައްކަތް ކުރީ ރައީސުލްޖުމްހޫރިއްޔާ ވަކި ގޮތެއް ކަނޑައަޅާފައި އެންގީމަ،" އޭނާ ވިދާޅުވި އެވެ.
ރިފްއަތު ވިދާޅުވީ، މިކަންކަން ކުރުމަށްޓަކައި އޮންނަ އުސޫލުގެ ތެރެއިން ކަމާ ގުޅޭ މިނިސްޓްރީތަކުން ހޯދަންޖެހޭ ލިޔެކިޔުން ހޯއްދަވަމުން ގެންދަވާ ކަމަށެވެ. ޔައުގޫބުގެ ތުހުމަތުތަކަށް އިޝާރާތް ކުރައްވާ އޭނާ ވިދާޅުވީ، ތުހުމަތުތަކެއް ކުރައްވާ އިރު ދިބާޖާގެ މައްސަލައިގެ ތަންފީޒީ މައްސަލައެއް ސިވިލް ކޯޓުގައި ކުރިއަށްދާކަން މެންބަރު ޔައުގޫބު ބައްލަވާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މައްޗަށް ތިގޮތަށް ތުހުމަތު ކުރެއްވީ އެއްވެސް އަސާސެއްގެ މައްޗަކަށް ނޫން. ޝައްކާ ވަހުމްގެ މައްޗަށް ތި ތުހުމަތު ކުރައްވަނީ. އެއީކީ ރަނގަޅު ގޮތެއް ނޫން މެންބަރު ޔައުގޫބަށް އަޅުގަނޑުމެންނާ މެދު ތުހުމަތެއް ކުރެވެން އޮތިއްޔާ މޯލްޑިވްސް ޕޮލިސް ސާވިސަށް ހުށަހަޅުއްވައިގެން އެކަން ކުރިއަށް ގެންދަވާ،" ރިފްއަތު ވިދާޅުވި އެވެ.
ސެޓްލްމެންޓް ކޮމިޓީގައި ބަންޑާރަ ނައިބުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ރައީސް އޮފީހުގެ ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް، އަހުމަދު އަބްދުﷲ އަފީފު ހިމެނިވަޑައިގަންނަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަދުރޭ2
28 November 2019
ހައްގުން ލިބެން ޖެހޭ ބަދަލެއް ނޫންވީ މާ ހުރިހާ ގޭ މެއްވެސް ކުޅޭނެ. ބައި ނުލިބޭތީ ޔައުގޫބުވެސް އަގަތަޅަނީ..
އިހުސާނާ
28 November 2019
ތި ސެޓްލްމަންޓް ކޮމިޓީގެ އަބްދުއްﷲ ސާހިދެއް ނުހިމެނޭތަ؟ އަޑު އިވޭ ގޮތުން ސެޓްލްމަންޓު ކޮމެޓީ ގަ ތިބެނީ އަމީރާ، ރިއްފަތާ، ފައްޔާޒު އިސްމާއިލާ އޭނަގެ ބޭބެގެ ޅިޔަނު އަހުމަދު އަބްދުއްﷲ އަފީފާ، އަދި އަބްދުﷲ ސާހިދު ކަމަށް ވަނީ! ކީކޭ ދެން ބުނާނީ!
މުސްލިހު
28 November 2019
ކީއްވެ ކުރިން ހާމަނުކުރީ. ކީއްވެ ނޫސްވެރިން މިސުވާލު ނުއުފެއްދީ. ރިޝްވަތު ހުށަހެޅި ނަމަ، އެވާހަކަ ކުރިއާލައި ބުނަންޖެހޭނީ ހަމައެކަނި ފަނޑިޔާރުންނެއް ނޫން.
ޒައިކް
28 November 2019
ޔައުޤޫބު ތިކަހަލަ މެންބަރުން މަދުވާނެ.. އަމިއްލަ ޕާޓީއަކަސް ބަލާނެކަމެއް ނެތް ތުހުމަތެއް ކުރެވެންޏާ ސުވާލުކޮށް އެކަން ސާފުކުރަންވާނެ މީހަކު ރުޅިއައިސްފާނެތީ ބިރުން ނޫޅޭތި.. ހަޤީޤީ ޒީރޯ ޓޮލަރެންސް ޤަވޫލުކުރަނީ ތިކަހަލަ މަދު މެންބަރަކު
ބުއްޅަބޭ
28 November 2019
ގިނަ މެ މްބަރުންނަށް އޮތީ ބައިއަޅާފަ. ޔައުގޫބަށް މަދުވީ ތޯ؟
ގާދިރު
28 November 2019
ރައްޔަތުން ކަނދުބޯ ހެދިފަ ގޭގަ. ސަރުކާރު ހަޒާނާ ހުސްކުރު މުގަ އަވަދިނެތި.. ރައްޔަތުންނައް 32 ބިލިއަން ބަޖެޓް ކަރުދާހުގަ. ސަރުކާރު ޕާރޓީ ކުދިންނައް ބަޖެޓް ބެހު މުގަ އަވަދިނެތި..
ކިނބޫގެދަތްޕިލާ
28 November 2019
ރިސްވަތުގައި ނުހިފާނެކަން ޔަގީނެއްނުކުރެވޭނެ މިހާރަކު. މިގައުމުގައި ކަންކަންދިޔަގޮތަށް ބަލާއިރު ބޮޑުފަނޑިޔާރުންފެށިގެން ގޯތިކަންމުޑި ކަށަވަރުކުރާމީހާޔާ ހިސާބަށް މިބަލި ވަނީ ފެތުރިފަ. ރަގަޅަށް ބަލާސާފުކޮށް ކުރަންޖެހޭ. ރިސްވަތުދިންމީހާވެސް ދޭން އުޅުނުމީހާއަށް ވެސް ހަޔާތުގައި ދެން މިކަހަލަ ކަމަކަށް އަރައިގަންނަން ބިރުހީވާވަރުގެ އަދަބެއް ދޭންޖެހޭ. އެހެންނޫނީ އެބަޔަކު އުޅޭނެގޮަތަކަށް ދޫކޮށްލާ. ގަނޫނެއް ގަވާއިދެއް ސަރުކާރެއް އޮތުމުގެ ބޭނުމެއްނެތް.
މަރިޔަންމާ1
28 November 2019
ކޮބާ ވާމިލިއަން ގެ ބަދަލާ އެމްޓީސީސީ ގެ ބަދަލު، ކުރި މީހުން ހަލާކު، ރަށްތަށް ބަހާފަ ލާރި$ ⚖️⚖️⚖️⚖️⚖️ ސާބަސް ވާމިލިއަން ⚖️
އަބުރޭ
27 November 2019
ބަންޑާރަނަެިބުގެ އަރިހުގަ ތީބްދީނުން ވަކީލު ކުޑީ ކައިރި ތިކަބް ހިނގާފިޔަގޮތުފެ މައުލޫމާތު އަހާލުން ރަނގަޅުވެދާނެ. ދީބާޖާއާ އޮތީ ކިހާވަރެއްގެ ގުޡލުމެއްތޯ.
؟؟؟؟؟؟
27 November 2019
ކޮބާ ތުހުމަތު ކުރީމާ ހަޖަމުނުވިދޯ ކަލޭމެން ކިތައްމީހުނަށް ތުހުމަތު ކުރަނީ . ޜަގަޅު ޔައުޤޫބް ރައްޔިތުންގެ އެއްމެލާރިއެއްގަވެސް ޖެހުނަނުދޭތި. ޢަހަރުމެން ބޭނުންވަނީ ތިކަހަލަ ކެރޭމީހުން މަޖިލިސްގަ ތިބެން
މައިމޭން
27 November 2019
ޔައުގޫބް މައިމޭން. ބެސްޓު
ހޭކެނޑޭ
27 November 2019
ޤައުމުގެ ރައްޔިތުންގެ އިއްޒަތްތެރި ރައީސެވެ. މިހިރަ މިހިރަ ގިނަ ގުނަ ކޮމެންޓް ތައް ބަލާ ވިދާލުމަށްފަހު ލައިކް ނުވަތަ ޑިސްލައިކް ކޮމެންޓް ތައް އަމިއްލަ ސިނކުޑިން ގުނާ ވިސްނުމަށްފަހު ރައްޔިތުން މިކަމުގައި ތިބިގޮތް މަނިކުފާނަށް އެނގުމުން މިކަމާއި މެދު އަދިވެސް ފުންކޮއް ވިސްނުމަށްފަހު މިކަމަށް ރައްޔިތުންނަށް ޤަބޫލު ކުރެވޭނެ ފަދަ ގޮތަކަށް މި މައްސަލަ ހައްލުކޮއްދެއްވުން އެދި ވަރަށް އާދޭހާއި އެކު ރައްޔިތެއްގެ ޙައިސިއްޔަތުން މަނިކުފާނަށް ދަންނަވަމެވެ.