28 ނޮވެމްބަރ 2019 - 11:11
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މިއަދު ކުރާ ހުކުމަކީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ބިރުދައްކައިގެން ކުރާ ހުކުމަކަށް ވެއްޖެ ނަމަ އެ ހުކުމް ބަލައި ނުގަންނާނެ ކަމަށް، ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ރޭ ވިދާޅުވެއްޖެ އެވެ.
އެކަމަކު އޭނާ ވިދާޅުވީ ޖަލު ހުކުމުން ޔާމީން ސަލާމަތް ވެވަޑައިގަންނަވާނެ ކަމަށެވެ.
ޕީޕީއެމް އޮފީސް ކުރިމަތީގައި ރޭ ބޭއްވި އެއްވުމެއްގައި ޝިޔާމް ވިދާޅުވީ އިންތިޒާރު ކުރައްވަނީ ހުކުމުން ޔާމީން މައުސޫމް ވާނެ ކަމަށެވެ. މަނީ ލޯންޑަރިންގެ ދައުވާ ޔާމީންގެ މައްޗަށް ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޖިނާއީ އިޖުރާއަތުގެ ގާނޫނު ބައްލަވާ. ރައީސް ޔާމީންގެ މައްޗަށް އުފުލިގެން އުޅޭ ދައުވާއަކީ ސައްހަ ދައުވާއެއް ނޫން ކަމާއި މި ދައުވާގެ ޝަރީއަތް ކުރިއަށްދަނީ ރަނގަޅަށް ނޫން ކަން އެ ގާނޫނުތަކުން އަޅުގަނޑުމެންނަށް އެބަ އެނގޭ،" ޔާމީން ވެސް ބައިވެރިވެވަޑައިގެންނެވި އެއްވުމުގައި ޝިޔާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ޔަގީންވާ ކަމަކީ ރައީސް ޔާމީން ކޯޓު ރޫމުން ނުކުމެވަޑައިގަންނަވާނީ މައުސޫމުކޮށް ކަން."
އޭނާ ވިދާޅުވި ގޮތުގައި ޔާމީންގެ ޝަރީއަތް ލައިވްކޮށް ކުރިއަށް ގެންދިޔައިރު ދިވެހިން ދިޔައީ އެކަންކަން ބަލަމުންނެވެ. އެހެންކަމުން ހުކުމުން ސަލާމަތްވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އެބަ އޮތް ކަމަށް ވިދާޅުވި އެވެ.
"ރައީސް ޔާމީންގެ މައްޗަށް ސާބިތު ކުރެވޭނެ އެއްވެސް ކަމެއް މި ދައުވާގައި ޝަރީއަތުގެ މަޖިލީހުގައި ހިނގަމުންދާއިރު ނެތް،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރުގެ ސަރުކާރުން އަމަލު ކުރަނީ ގާނޫނު އަސާސީއާ ހިލާފަށެވެ. އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި ނެރޭ ހުކުމް ދިވެހި ރައްޔިތުން ގަބޫލުނުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ރައީސް ޔާމީނަށް ދެރަ ގޮތެއް ވާން ކްރިމިނަލް ކޯޓުން ނެރޭ ހުކުމެއް ދިވެހި ރައްޔިތުން ގަބޫލެއް ނުކުރާނެ. އަޅުގަނޑުމެންނަކީ މިއަދު އިދިކޮޅުގައި އޮތް ހަމައެކަނި ޕާޓީ،" ޝިޔާމް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީޒާން
29 November 2019
މީނަ ހުކުމް ބަލއިނުގަތީމަ ހުރިހާ ދެވެހިރައްޔިތުން ތިބެނީ ހުމާ..ހެހެ..މީދެން ކާކުތަ..މަރުކޮސްތެޔޮ ބޮލަށް އެޅުނީމާ މޮޔަވެސްގޮވާނެ..މަމެން ހައިރާނެއްނުވޭ...ތެޔޮތާހަކަށް ހިކަންޖެއް ވެއްޓިގެންއުޅޭހެން ނޫލެބަލަ.. މަމެން އަންނަނީ އަމަށަކު ހިންޔެއްނޫން.
ހައިވް
29 November 2019
ތިކަހަލަ ވާހަކަ އެއް މިރާއްޖޭ މީހަކުވެސް ބޭރު ދުނިޔޭގެ މީހަކުވެސް ބުނާތީ އަޑެއްނާހަން ކަލޯ! މީގެ ކުރިން ކަލޭމެން ތިބުނާގޮތަށް ސިޔާސީ ލީޑަރުން ތަކަކަށް ޚާއްސަކޮށް ރައީސް ނަޝީދު އަށް ތިބުނާ ހުކުމް ކުރީމަ ތީގެން މީހަކަށް ދުނިޔޭގެ ޤަޢުމަކަށްވެސް އަރާނުލެވުނު ހަނދާން އެބަހުރިތޯ؟ކަލޯ މިފަހަރު މެމްބަރަކަށް ހޮވިފަހުއްޓަކަސް ތީކީ ދިވެހިރައްޔިތަކު ދަންނަ މީހެއްނުން!މޮޔަ ގޮވައިގެން މަޝްހޫރުވާންނޫޅޭ!އަދި ދާދި އަވަހަށް ކަލޭވެސް އިންސާފާ އަރާހަމަކުރަންޖެހޭނެ!
ނީރާ
29 November 2019
ރައްޔިތުންނަށް ބިރުދައްކާފަ ކުރާ ވައްކަންތައްވެސް ރައްޔިތުން ބަލައެއް ނުގަންނާނެ. އެކަން މިއަދު ތިޔަ ޝިޔާމަށް ވަރަށް ރަނގަޅަށް އެނގޭނެ
ހަނުހުންނަ މީހާ1
28 November 2019
ފާހަގަކުރެވުނު ނުކުތާތަކުން ހުކުމްކުރީ ބިރުފަހަނައަޅާ ގޮސްގެންހެން ހީވަނީ.
ބުރޭ
28 November 2019
ތިމާމެންނަށް އުޅެވުނުގޮތް ހިތައްއަރާ މިއަދު ދެރަވޭ ދޯ؟ ރޮވޭ ދޯ؟ މިއަދު ހިތައްއަރާނެ މާތްރަސްކަލާންގެ ދެކެދެނެވޮޑިގެންވާކަން ތިމާމެންނަށް ބާރެއްލިބުނެއްކަމަކު ހިތުހުރި ގޮތަކަށޤ އުޅޭކަށްނުވާނެކަން.
ޖީލޫ
28 November 2019
ސާބަހޭ ޝިޔާމް. ތިކުރައްވާ މަސައްކަތައް އައްސަރިބަހާ ސާބަސް ދެން.
ތޮށަލިތަކުރު
28 November 2019
ބަލައި ނުގަތަސް ގަތަސް ހުކުމް ތަންފީޒްކުރަންޏާ އޯކޭ.
ޙާމިދު މުހައްމަދު
28 November 2019
ޔާމީނަށް ޝަރީއަތުން ކުރާހުކުމް ނައިފަރު ސިޔާމު ބަލައިނުގަތިއްޔާ ކޮންކަމެއްވާނީ؟ މާބޮޑުމީހަކަށްވެގެން މީކާކު؟
މީމް
28 November 2019
ޝަރުއީ ކޯޓުތަކުގެ އަގު ވައްޓާލަން ޕީޕީއެމުން ކުރާ މަސައްކަތް ހުއްޓާލާ
ޒިނާން
28 November 2019
ވަގުން ބިރުގަންނާނެ ވަގަށް ނެގި އެއްޗެއް ހޯދުމަށްކުރާ ހުކުމް ދެކެ