މާފަރު އެއާޕޯޓު--ފޮޓޯ:އާކައިވް
28 ނޮވެމްބަރ 2019 - 15:20
ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ދަތުރުތައް އަންނަ އާދިއްތަ ދުވަހު ފަށާއިރު، އެއްކޮޅު ޓިކެޓެއްގެ އަގަކީ 750ރ. ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ހަމަޖައްސައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހެދުމަށް ސިންގަޕޫރުގެ ޓަފް ކުންފުންޏާ ހަވާލު ކުރީ ޑިސެމްބަރު 24، 2017 ގަ އެވެ.
މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހެދުމަށް ބޭނުންވާ ހުރިހާ ހަރަދެއް އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން ކުރާއިރު، އެއާޕޯޓަށް 60 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ.
މި އެއާޕޯޓަށް ޓެސްޓް ފްލައިޓުތައް ޖެއްސީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. އޭގެ ފަހުން، އެކި ފަހަރު މަތިން އެއާޕޯޓުގެ މަސައްކަތް ކުރުމަށް ކަނޑައެޅި މުއްދަތު އިތުރު ކޮށްފައިވެ އެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމާ އެކު އިންޓަނޭޝަނަލް ދަތުރުތައް ވެސް އެ އެއާޕޯޓަށް ފަށާނެ އެވެ. މިއީ އޭ320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރަށް ވެސް ޖެއްސޭ ފެންވަރުގެ އެއާޕޯޓެވެ.
މޯލްޑިވިއަންގެ ފޭސްބުކް ޕޯސްޓް
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ާަަދަރި
29 November 2019
ޜިބަންކަޑާ ސަރުކާރު
ކައްކާ
28 November 2019
"މާފަރު އެއާޕޯޓުގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ 750ރ. ކަމަށް ހަމަޖައްސައިފި". އެއީ މާފަރު އެއާޕޯޓު އުތުރުކޮޅުތަ ދެކުނުކޮޅުތަ؟
ރަށު މީހެއް ..
29 November 2019
ވެލާނާ އެއާޕޯޓުން މާފަރަށް 750ރ މާފަރުން ވެލާނާ އެެއާޕޯޓައް 750ރ
ނަށީދޫނި
28 November 2019
ށުކްރިއްޔާ ރައީސް ޔާމިން
ރަދީފް
28 November 2019
ސާބަހޭ ރައީސް ޔާމީން.މަރުހަބާ އެމްޑީޕީ ސަރުކާރު.މަރުހަބާ ނޫނު އަތޮޅުގެ ހުރިހާ ރައްޔަތުން.
ކައްލަބް
02 December 2019
ޔާމީނުގެ ޖީބުން ހަރަދުކޮށްފަ ހެދި ތަނެއްތަ؟
ނިޔާމް
28 November 2019
750 ގަ ގޮއްސަ 2000 ރުފިޔާ ލޯންޗު ނަގައިގެން ރަށަށް ދެވޭނީ..
ސަންފައްތަ
28 November 2019
އެއަރޕޯޓް ފެރީގެ ޚިދުމަތް ފައްޓަވާ. އޭރުން ކުޑަޚަރަދަކުން ތިދަތުރު ކުރެވޭނެ. ސަރުކާރުން މިކަން ނުކުރާނަމަ އަމިއްލަ ފަރާތަކުންވެސް ކުރެވިދާނެ. ކައިރިކައިރީގަ އޮންނަ ކޮންމެ ދެރަށަކަށް ނުވަތަ ތިންރަށަކަށް ފެރީއެއް ހަމަޖެއްސިދާނެ.
ނިބިހޫރު
29 November 2019
އަތޮޅު ފެރީ އޮންނާނެ އަގުވެސް ހެޔޮވާނެ.