01 ޑިސެމްބަރ 2019 - 07:50
ދެހާސް ފަނަރައިގައި ރިލީޒްކުރި ހޮލީވުޑްގެ ފިލްމު "ދަ ގާލް އޮން ދަ ޓްރޭން" އަސްލަކަށް ބަލައިގެން ހަދާފައިވާ ހިންދީ ފިލްމު އަންނަ އަހަރުގެ މެއި 8 ގައި ރިލީޒްކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
އަދިވެސް ނަން އިއުލާންނުކުރާ މި ފިލްމުގައި އޮރިޖިނަލް ފިލްމުގައި އެމިލީ ބްލަންޓް ކުޅުނު ރޯލުން ފެނިގެންދާނީ ޕަރިތީނީ ޗޯޕްޅާ އެވެ. މި ފިލްމުގެ ޝޫޓިން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ނިންމާލާފައިވާ އިރު، ޕަރިނީތީ ބުނެފައި ވަނީ މިއީ އޭނާގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ އުނދަގޫ ރޯލް ކަމަށެވެ.
ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަދިތީ ރާއޯ ހަދައިރީ އާއި ކިރްތީ ކުލްހާރީގެ އިތުރުން އަވިނާޝް ތިވާރީ ހިމެނެ އެވެ.
The Hindi Adaptation of #TheGirlOnTheTrain will hit screens on 8th May 2020. Starring @ParineetiChopra, the film is directed by @ribhudasgupta and produced by #RelianceEntertainment.@Shibasishsarkar @aditiraohydari @IamKirtiKulhari @avinashtiw85 @amblin pic.twitter.com/AN2oNjk8Jo
— Reliance Entertainment (@RelianceEnt) November 29, 2019
ރިލައިންސް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކޮށްފައިވާ ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ރިބޫ ދާސްގުޕްތާ އެވެ.
ކުރީގެ މަޝްހޫރު ބަތަލާ ޕަދުމިނީ ކޯލަޕޫރީގެ ފިރިހެން ދަރިފުޅު ޕްރިޔާންކް ޝަރުމާ އާއި އެކްޓަރު ރަވީ ކިޝަންގެ އަންހެން ދަރިފުޅު ރިވާ ކިޝަން ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ސަބް ކުޝަލް މަންގަލް" ގެ ޓްރެއިލާ އަންގާރަ ދުވަހު ބެލުންތެރިންނަށް ދޫކޮށްލަން ނިންމައިފި އެވެ.
The one who wins this khel will be crowned with the sehra!
— Komal Nahta (@KomalNahta) November 29, 2019
Await the #SabKushalMangalTrailer, launches on 3rd December@PriyaankkSharma @itsrivakishan #NitinManmohan @prachinm #AkshayeKhanna #KaranVishwanathKashyap @satishkaushik2 @OneUpEntertain @ZeeMusicCompany pic.twitter.com/hemqZzRqqJ
އަކްޝަޔޭ ކަންނާ ވެސް މުހިއްމު ރޯލަކުން ފެނިގެންދާ މި ފިލްމުގެ ޝޫޓިން ނިންމާލައި، ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތައް ކުރަމުން އަންނަ އިރު، ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ މަހުގެ 3 ވަނަ ދުވަހު އެވެ.
"ސަބް ކުޝަލް މަންގަލް" ޑައިރެކްޓްކޮށްފައި ވަނީ އަލަށް ޑައިރެކްޝަނަށް ނުކުތް ކަރަން ވިޝްވަނާތު ކެޝަޕެވެ.
ދަރިފުޅު ޕްރިޔާންކް ބޮލީވުޑަށް ތައާރަފުވާ އިރު، ޕަދުމިނީ ވެސް ގިނަ ދުވަސްތަކެއް ފަހުން އަލުން ސްކްރީނަށް އަންނަ "ޕާނިޕަތު" މި މަހުގެ 6 ގައި ސިނަމާތަކަށް އަންނާނެ އެވެ.
އަންހެނުންގެ ރައްކާތެރިކަމާ ބެހޭ ގޮތުން ހަދާފައިވާ ފިލްމެއްގައި ކަރަން ޖޯހަރު ހިއްސާވެއްޖެ އެވެ.
What is that one talent that girls in our country need to have? I am proud to join hands with @weareyuvaa @stc_india @mipalkar for 'Girls Got Talent', a film about girl safety that you MUST see! https://t.co/OWWMTl4WIt @aliaa08 @akshaykumar @juniorbachchan #LightUpHerLife
— Karan Johar (@karanjohar) November 29, 2019
ޔޫޓިއުބްގައި އާންމުކޮށްފައިވާ ދެ މިނިޓްގެ "ގާލްސް ގޮޓް ޓެލެންޓް" ގައި ކަރަން ހިއްސާވަނީ ނެރޭޓާއެއްގެ ގޮތުގަ އެވެ. އަދި ފިލްމުގެ މަންޒަރުތަކުން ފެންނަނީ މިތިލާ ޕަލްކަރެވެ.
"ގާލްސް ގޮޓް ޓެލެންޓް" ޑައިރެކްޓްކޮށްފައި ވަނީ ގެބްރިއެލް ގޮޑެރާއޯ އެވެ. ސްކްރީންޕްލޭ ލިޔުނީ ގަރީމާ އޮބްރާ އެވެ.
ޓްވިޓާގައި ފިލްމު ހިއްސާކުރަމުން ކަރަން ބުނީ މި ފިލްމުގައި ބައިވެރިވުމަކީ އޭނާ އަށް ލިބުނު ޝަރަފެއް ކަމަށެވެ.
ކުރީގެ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގެ ޕްރޭނާގެ ރޯލް ކުޅެގެން މަޝްހޫރުވި ބަތަލާ ޝްވޭތާ ތިވާރީގެ އަލަތު ވެބް ސީރީޒް "ހަމް ތުމް އެންޑް ދެމް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
Jab zindagi ne diya inhe dusra mauka, kya maar paayenge Shiva aur Yudi pyaar ka chauka?
— ALTBalaji (@altbalaji) November 29, 2019
Ek aisi love story jiska hero aur villain hai unki family, jinhe commitment karna aata hai par nibhaana nahi.
Dekhiye #HumTumAndThem on 6th Dec https://t.co/0uZHb1VDVn @ektaravikapoor
އެކްތާ ކަޕޫރްގެ އޯލްޓް ބަލާޖީން ހަދާފައިވާ މި ވެބް ސީރީޒަކީ ބޮޑެތި ދަރިންތަކެއް ތިބި އެކަނިވެރި މަޔަކާއި އޭނާގެ ލޯބިވެރިޔާ އާއި ދަރިންގެ ވާހަކަ ކިޔައިދޭނެ އަސަރު ގަދަ ސިލްސިލާއަކަށް ވާނެ އެވެ.
ޝްވޭތާއާ އެކު "ހަމް ތުމް އެންޑް ދެމް" ގެ ބަތަލުގެ ރޯލުން ފެނިގެންދާނީ ބޮލީވުޑްގެ ފިލްމުތަކުގެ ސަޕޯޓިން ރޯލްތަކުން ވެސް ފެންނަ އަކްޝޭ އޮބެރޯއީ އެވެ. މީތި ސްޓްރީމްކުރަން ފަށާނީ މި މަހުގެ 6 ގަ އެވެ.
ޝްވޭތާ މުހިއްމު ރޯލެއް ކުޅެމުން އަންނަ ސިލްސިލާއެއް ސޮނީ ޓީވީން ވެސް މިހާރު ދައްކަ އެވެ. އެއީ "މޭރޭ ޑޭޑް ކީ ދުލްހަން" އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy