ތިނަދޫ އެސްޓީއޯ ފިހާރަ: އެ ފިހާރައިން ދެމުން އައި ގޭހުގެ ހިދުމަތް މިހާރު ވަނީ މޯލްޑިވް ގޭސްގެ އޭޖެންޓަކާ ހަވާލުކޮށްފައި--
03 ޑިސެމްބަރ 2019 - 10:02
އެސްޓީއޯ އިން ތިނަދޫގައި ދެމުން އައި ގޭހުގެ ހިދުމަތް މޯލްޑިވްސް ގޭސްގެ އެޖެންޓަކާ ހަވާލުކޮށްފި އެވެ.
އިއްޔެ އެސްޓީއޯ އިން ކޮށްފައިވާ އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން އެ ރަށުގައި ގޭހުގެ ހިދުމަތް ފޯރުކޮށްދޭނީ ވެލްކޯ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކަމަށެވެ. އެ ކުންފުނި މޯލްޑިވް ގޭހުގެ އޭޖެންޓެއްގެ ގޮތުގައި ކަނޑައަޅައި ލިޔުން ހަވާލުކޮށްފައިވަނީ އިއްޔެ ކަމަށް ވެލްކޯ އިން ބުންޏެވެ.
ވެލްކޯ އިން ބުނީ އެ ކުންފުނީގެ ދަށަށް ގޭހުގެ ހިދުމަތް ބަދަލުވި ނަމަވެސް އެސްޓީއޯ އިން ގޭސް ވިއްކަމުން އައި އަގަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި އެސްޓީއޯ އިން ދެމުން އައި ޑެލިވަރީގެ ހިދުމަތް ވެސް އެ ކުންފުނިން ދެމުން އަންނާނެ ކަމަށް ބުންޏެވެ.
މޯލްޑިވް ގޭހުން ބުނީ ތިނަދޫގައި ގޭސް ވިއްކުން އޭޖެންޓަކާ ހަވާލުކުރީ އެހެން ރަށްރަށުގައި ވެސް އެގޮތަށް ކަންތައް ކުރާތީ ކަމަަށެވެ. އަދި މީގެ ސަބަބުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އިތުރު ފަސޭހަތަކެއް ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މޯލްޑިވް ގޭހުން އަންނަނީ އެ ކުންފުނި އުފެދުނީއްސުރެ އެޖެންޓުން މެދުވެރިކޮށް ރަށްރަށަށް ގޭހުގެ ހިދުމަތް ދެމުންނެވެ. މިހާރު ވެސް އެ ކުންފުނީގެ 120 އެޖެންޓުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިދުމަތް ދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިސްތު
04 December 2019
ކޮބާ ބީލަން. ތިކަހަލަ ކަމެއް ނުކުރެވޭނެ ބީލަމުގެ އުސޫލުން އިއުލާނުކޮށްްގެން ދެފުށް ފެންނަ ގޮތަކަށް ނޫންގޮތަކަށް. މައުމޫނު ވެސް ހަލާކުވީ ކައިރީގެން ގުޅުނުމީހުންގެ ސަބަބުން. އިބޫ އެބަަޖެހޭ ވަރަށް ހަރުކަށިވާން މިކަމުގައި ޖަރީމާ ހިންގީމަ ބަދުނާމު ވާނީ ރައީސް
އެޑްމުންޑޯ
03 December 2019
އެހެންވީމާތާ 350 ރ އަށް ގޭސްފުޅިއެއް މިގަންނަން ޖެހެނީ މިއަތޮޅުން