ވިޔަފާރި / ސައިކަލް

ކިންގްސްޓަންއިން ގަންނަ ސައިކަލާއެކު "އައްޑަނަ"އެއް!

ދެމީހަކު ސައިކަލު ތަޅުދަނޑި ބަދަލު ކުރަނީ--

08 ޑިސެމްބަރ 2019 - 11:01

2 comments

އެތައްހާސް ރުފިޔާއެއް ދެއްކުމަށް ފަހު ސައިކަލެއް ގަނެ، ދަރިއެއް ފަދައިން ލޯބިން ގެންގުޅެނިކޮށް ދުވަސްކޮޅެއްގެ ތެރޭގައި ސައިކަލު ވަގަށް ނެގުން، ނުވަތަ އެކްސިޑެންޓެއްވެ ހަލާކުވުން ފަދަ ހިތާމަވެރި ހާދިސާތައް ދިމާވާލެއް މަދެއް ނޫނެވެ. ސައިކަލަށް ގޮތެއް ވުމަކީ އެދޭނެ ކަމެއް ނޫނެވެ. ބައެއްފަހަރު އިންސްޓޯލްމަންޓަށް ނަގާ ސައިކަލު ފައިސާ ދައްކާ ނުނިމެނީސް ވަގަށް ނެގުން ފަދަ ކަންކަން ދިމާވެފައި އެބަހުއްޓެވެ. ކިންގްސްޓަންއިން މިވަނީ ކަސްޓަމަރުންނަށް މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފަ އެވެ.

ކިންގްސްޓަންއިން ފަށާފައިވާ "ކިންގްސްޓަން ޝީލްޑް" ޕްރޮމޯޝަންގެ ދަށުން ހަގީގަތުގައި ވެސް ސައިކަލާ އެކު ސައިކަލް ހިމާޔަތްކުރުމަށް އިތުރު އަގެއް ނެގުމަކާއި ނުލާ ކަސްޓަމަރަށް "ޝީލްޑެއް"ގެ ގޮތުގައި ދެނީ ހާއްސަ އިންޝުއަރެންސް ޕެކޭޖެކެވެ. އެގޮތުން، ކިންގްސްޓަންއިން އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް ގަންނަ ކޮންމެ ސައިކަލަކާއެކު އެއްއަހަރު ދުވަހުގެ ކޮމްޕްރިހެންސިވް އިންޝުއަރެންސް ލިބޭނެ އެވެ. މިއީ ވައްކަމާއި، އަލިފާނުގެ ހާދިސާތަކާއި އެނޫންވެސް ގޮތްގޮތުން ސައިކަލަށް ލިބޭ ގެއްލުން ކަވަރު ކޮށްދޭ ޚާއްސަ އިންޝުއަރެންސް ޕެކޭޖެކެވެ.

ސައިކަލެއް ނަގާއިރު ވަރަށް ގިނަ ގޮތްގޮތަށް ވިސްނަންޖެހެ އެވެ. ގާނޫނީ ގޮތުން ކޮންމެ ސައިކަލެއް ވެސް މިހާރު ހުންނަަން ޖެހޭނީ ތާޑްޕާޓީ އިންޝުއަރެންސް ކޮށްފަ އެވެ. މި އިންޝުރެންސްގެ ޕްރިމިއަމް ކޮންމެ އަހަރަކު ދެއްކުމަށްފަހު، އިތުރު ކޮމްޕްރިހެންސިވް އިންޝުއަރެންސެއް ނަގަން ބޭނުންވި ނަމަވެސް މާލީގޮތުން އިތުރު ބުރައެއް އުފުލަން ޖެހޭތީ ވަރަށް މަދު ފަރާތެއް މެނުވީ ކޮމްޕްރިހެންސިވް އިންޝުއަރެންސެއް ނުނަގަ އެވެ. އެހެންކަމުން، ކިންގްސްޓަންގެ ޕްރޮމޯޝަންގެ ދަށުން ސައިކަލް ނެގުމަކީ ކަސްޓަމަރުންނަށް ހާއްސަ ރައްކާތެރިކަމެއް އިހުސާސްކުރެވޭނެ ކަމެއްކަން ޔަގީނެވެ.

ސޯޝަލް މީޑިއާ އަށް ބަލާލި ނަމަވެސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ސައިކަލެއް ވަގަށް ނަގައިގެން ނުވަތަ ސައިކަލަކަށް ގަސްތުގައި ގެއްލުމެއް ދީގެން އެ ވާހަކަތައް ޖަހާފައި އޮވެ އެވެ. ނަމަވެސް ކޮމްޕްރިހެންސިވް އިންޝުއަރެންސް ހައްދާފައި ހުންނަ މީހުން އެކަމާ ކަންބޮޑުވާކަށް ނުޖެހޭނެ އެވެ. ސައިކަލު ވަގަށް ނަގައިފި ނަމަ، ފުލުހުންގެ ރިޕޯޓާއެކު އެކަން އިންޝުއަރެންސް އެޖެންސީ އަށް އެންގުމުން ހަމަޖެހިފައި އޮންނަ އުސޫލުގެ ދަށުން ބަދަލު ލިބޭނެ އެވެ.

ކިންގްސްޓަން އިން ދޭ އިންޝުރެންސްއަކީ އެކި ހާދިސާތަކުން ސައިކަލް ސަލާމަތް ކޮށްދޭ އިންޝުރެންސެއް--

ކޮމްޕްރިހެންސިވް އިންޝުއަރެންސްގެ ދަށުން އަކްސިޑެންޓެއްގައި ސައިކަލަށް ލިބޭ ގެއްލުން ވެސް ފޫބައްދައިދޭނެ އެވެ. ބައެއްފަހަރު އެކްސިޑެންޓެއްގައި ސައިކަލަށް ލިބޭ ބޮޑެތި ގެއްލުމުގެ ބަދަލު ދޭން ޖެހެނީ އަމިއްލައަށެވެ. އެ ސައިކަލުގެ މަރާމާތަށް އެތައް ހާސް ރުފިޔާއެއް ހަރަދު ކުރަން ޖެހެ އެވެ. ނަމަވެސް ކޮމްޕްރިހެންސިވް އިންޝުއަރެންސްގެ ދަށުން އެކްސިޑެންޓުގެ ބަދަލު ލިބޭނެ އެވެ. މިފަދަ ހާލަތެއްގައި ސައިކަލު މަރާމާތުކުރުމަށް ޖީބަށް ކުރާ ބާރު ކުޑަވެގެންދާނެ އެވެ. އަދި ގުދުރަތީ ކާރިސާ އަކުން ސައިކަލަށް ލިބޭ ގެއްލުމުގެ ބަދަލު ވެސް ހަމަޖެހިފައި އޮންނަ އުސޫލުގެ ދަށުން މި އިންޝުއަރެންސްގެ ދަށުން ލިބޭނެ އެވެ.

ކިންގްސްޓްންގެ މި ޕްރޮމޯޝަނަކީ އެ ކުންފުނީގެ ކޭޝް ކަސްޓަމަރުންނާއި ކްރެޑިޓް ކަސްޓަމަރުންނަށް ވެސް ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. އެހެންކަމުން، އެމް.އައި.ބީއާއި، އެމްއެފްއެލްސީ އަދި ބީއެމްއެލްގެ ކްރެޑިޓް ސްކީމްތައް ބޭނުންކޮށްގެން އެ ފިހާރައިން ސައިކަލު ނަގާ ކަސްޓަމަރުންނަށް ވެސް މި އިންޝުއަރެންސް ލިބޭނެ އެވެ. މިއީ ކަސްޓަމަރުންނަށް ސައިކަލާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ފިލުވައިދިނުމުގެ ގޮތުން ކިންގްސްޓަންއިން ފެށި ޕްރޮމޯޝަނެކެވެ.

ކިންގްސްޓަންއިން އެ ކުންފުނިން ގަންނަ ސައިކަލުތަކާ އެކު އެއްއަހަރު ދުވަހުގެ ވޮރެންޓީ ވެސް ލިބޭނެ އެވެ. މީގެ އިތުރުން ހެޔޮ އަގުގައި އެ ކުންފުނީގެ ސާވިސް ސެންޓަރުން ހިދުމަތް ވެސް ލިބޭނެ އެވެ. މިފަދަ އެކި ހިދުމަތްތަކާ އެކު ކިންގްސްޓަންއިން ވަނީ ރާއްޖޭގެ ސައިކަލް ވިޔަފާރީގައި ހަރަކާތްތެރިވާން ފެށިތާ މިވީ ކުޑަ ކުޑަދުވަސްކޮޅުގެ ތެރޭގައި ގިނަ ކަސްޓަމަރުންގެ އިތުބާރު ހޯދައިފަ އެވެ.

2 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 90%
icon sad icon sad 0%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަބޫ

23 January 2020

ސައިކަލު ވަގައްނަގަނީ ވިއްކާތަނުން. ޑަބަލް ތަޅުދަނޑި ހައްދާފަ ބާއްވައިގެން ނަގަނީ. ނަގާފަ ސްޕެއާ ގޮތުގަ ވިއްކާލަނީ. މިހީ ބޮޑު ސިއްރެއް

The name is already taken The name is available. Register?

ޙާޝް

18 December 2019

އަގުތަށް ވަރަށް ބޮޑު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454