އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ތައުފީގު (ކ-2) ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ކާޑުގެ ބާވަތްތަކުން ސަބްސިޑީ ނިކަމެތިންނަށް އެކަނި މިހާރު ވަނީ ހާއްސަކޮށްފައި ކަމަށް ވިދާޅުވި.
29 ސެޕްޓެމްބަރ 2016 - 22:22
އަންނަ މަހުން ފެށިގެން ކާޑު ސަބްސިޑީ ނިކަމެތިންނަށް އެކަނި ދޭން ސަރުކާރުން ނިންމައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު "މިހާރު" އަށް މިރޭ ވިދާޅުވި ގޮތުގައި އަންނަ ހޮނިހިރުދުވަހުން ފެށިގެން ހަނޑޫ، ހަކުރު އަދި ފުށުން ސަބްސިޑީ ދޫކުރާނީ ނިކަމެތިންނަށް އެކަނި ކަމަށެވެ. އަދި އެކަން އެންސްޕާ މެދުވެރިވެގެން ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަލްނަރަބްލް މީހުން ބަލާފައި އެމީހުންނަށް ދެން ކާޑުގެ ބާވަތްތަކުން ސަބްސިޑީ ދޭނީ. ކާޑުގެ ބާވަތްތަކުން ސަބްސިޑީ ބޭނުންވާ މީހުންނަށް ކޮންމެ މަހަކަށް ބޭނުންވާ ވަރަށް ކޭޝް ޓްރާންސްފާއެއް އެކޮޅުން [އެންސްޕާ] އިން ހަދައިދޭނެ. އެކަން އެންސްޕާއިން ހަމަޖައްސައިދޭނެ،" ތައުފީގު ވިދާޅުވި އެވެ
އޭނާ ފާހަގަކުރެއްވި ގޮތުގައި ޓާގެޓެޑް ސަބްސިޑީ ކާޑުގެ ބާވަތްތަކަށް ކަނޑައެޅުމުން، އަގުތަކަށް ބަދަލު އަންނާނެ އެވެ. އެގޮތުން ހަނޑޫ ކިލޯއެއް ދެން ގަންނަން ލިބޭނީ 7.96ރ. އަށެވެ. މިހާތަނަށް ހަނޑޫ ކިލޯއެއް ވިއްކީ 3.98ރ. އަށެވެ. ހަކުރު ކިލޯއެއް އަށް ރުފިޔާ އަށް އަދި ފުށް ކިލޯއެއްގެ އަގު 5.96 އަށް އަރާނެ ކަމަށް ތައުފީގު ވިދާޅުވި އެވެ. ފުށް ކިލޯއެއް މިހާތަނަށް ވިއްކީ 2.96ރ. އަށެވެ. ހަކުރު ކިލޯއެއް ވިއްކީ ހަތަރު ރުފިޔާ އަށެވެ.
"އެކަމަކު ނިކަމެތިންނަށް ސަބްސިޑީ ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
އާދަމް ފާހަގަކުރެއްވި ގޮތުގައި މިހާރު ކާޑުގެ ބާވަތްތަކަށް އެންމެންނަށް ސަބްސިޑީ ދޭއިރު، އޭގެ ތެރެއިން 60 ޕަސެންޓް ބޭނުންކުރަނީ އެކި ބޭނުންތަކަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނެވެ. އަދި ކާޑު ސަބްސިޑީއަށް 300 މިލިއަން ރުފިޔާ ކޮންމެ މަހަކު ދައުލަތުގެ ބަޖެޓުން ހޭދަކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކާޑުގެ ސަބްސިޑީ ނިކަމެތިންނަށް ނުވަތަ ސަބްސިޑީ އެންމެ ބޭނުންވާ މީހުންނަށް ދޫކުރާ އުސޫލެއް އެންސްޕާއަކުން އަދި ހާމައެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން
02 October 2016
ގިނަ މީހުން ކަނީ މުއްސަދި މީހުން ކާ ބާސްމަތީ އޭ ބުނުމަކުން މައްސަލަ އެއް ނެތް. މައްސަލަ އަކީ އެބުނާ މުއްސަދި މީހުން ކާ ބާސްމަތީ އަގު ބޮޑު ނުކޮށް ފަގީރު މީހުން ކާ ހަޑޫ ކޮޅު އަގު ބޮޑު ކުރީމަ.
ފަސީހު
02 October 2016
ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ފަޤީރުން ކަނޑަ އެޅެނީ.. މީ ވަރަށް މުހިންމު ވަގުތެއް. އާންމުކޮށް މިބައިމީހުން އެނގެންވާނެ. މިހާރު ސަލާމް ޖަހައިގެން އެކި ފަރާތްތަކުން އެހީއަށް އެދޭމީހުންނަށް އެހީ ނުދެން އެގޭނެ ވަރަށް މުޖިންމު ލަމެއް މީ . ޢަވަސް ކުރޭ.
ނިކަމެތިވެއްޖެ
02 October 2016
މި ސަރުކާރު އައި ފަހުން އެންމެ ނިކަމެތި ކޮއްފި، ދެންނިކަމެތިންގެ ފަންތިކަނޑައަޅާ، މަޖިލީހުން އެބަޖެހޭ ހުރިހާ އެންމެން ވެސް ހުރިހާ އިނާޔަތެއް ކަނޑާލަން(ރައީސް ވެސް، ނައިބު ވެސް) ލިބޭ އުޖޫރައިން ކައިގެން ބޮއެގެން، އެހެން ހަރަދު ކޮއްގެން އުޅެންނިންމަން، މިހާރު މިކުރިކަމަށް ވުރެން ރަނގަޅުވާނެ އޭރުން ދައުލަތަށް، މުސާރަޔާ އިނާޔަތް ކޮންމެ މީހެއްގެ އިސްކޮޅުނުކައިމިހާރު،
ގެދާނޯމޮސް
02 October 2016
ފަގީރު މީހާގެ ގޯތިހުރިނަމަ މަހުކުލީގެ ގޮތުގައި ލިބޭވަރު ފޯމުގައި ޖަހާނީ އެބަޔަކަށް ކިހާ ތެދުވެރި ކޮށްތޯ ބެލޭނެ ތޯއެވެ. މާލޭގައި ގެދޮރު ހުރެއާމްދަނީ ލިބޭ ފަގީރު މީހާއައް މިސަބްސިޓީ ލިބޭނަމަ މިކަން ކަމާބެހޭ ފަރާތް ތަކުން ބަލަން ޖެހެއެވެ. ދެކޮޅު ނުޖެހެޔޭ ބުނާއިރު 20000 ހާސް ކުލީގެ ގޮތުގައި ލިބޭފަގީރު މީހާ ހުރީ ކޮންކުލައެއްގައި ތޯވެސް ބަލަން ވާނެއެވެ.
ހުސައިން
02 October 2016
ބަލަ 300 މިލިޔަން ހަރަދު ކުރަނީއޭ ބުނާއިރު ހީވަނީ އަމިއްލަ ޖީބުން އެއްޗެއް ގެއްލިގެން ބިރުހީވެގެން ބުނާހެން. އެއީ ރައްޔިތުންގެ ލާރި. ކާންބުއިމަކީ އިންސާނަކަށް ބޭނުންވާނެ އެންމެ މުހިއްމު ކަންކަން. އެކަމުގަ ރައްޔިތުންނަށް ބުރަ ޖައްސާފަ ހެޔޮ ބުރިޖު ބަލާތަންތަން ނޭޅިޔަސް. މިޔަށް އަހަރެން ކިޔަނީ އަނިޔާވެރިވުމޭ. ބޭކާރުވާހަކަ ގިނަކޮށްގެން މީހުން ހައްލަން ނޫޅޭ.
ހަސަނު
01 October 2016
ނިކަމެތިންނަކީ ކޮބާ؟ ޖީއެސްޓީ ކީއްވެޔޯ ނިކަމެތިން އަތުންވެސް، މުއްސަނދިން އަތުންވެސް ނަގަނީ؟؟؟؟
މަހުޖަނު
01 October 2016
ފަޤީރުންނޭ! މިޤައުމަކު ނެތޭ ފަޤީރެއް. އައި ފޯނު ވިއްކި ދުވަހު އޮތް ދިގު ކިޔު ދުށީމޯ ޔާމީނު ބުނީ. އެހެންވީމާ ފަޤީރުންނެއް ނެތޯ. އެކަމަކު އެތަނަށް ދިޔަ މީހުންނަށްވުރެން ނުދާ މީހުން ގިނަ ކަމެއް ޔާމީނަކަށް ނޭނގެޔޯ
ހަސަނު
01 October 2016
އެބަތިބި. ތިބީ ސަރުކާރުގެ މަތީ ވަޒީފާތަކުގަޔާ، މަޖިލީހުގަ. އެފަގީރުންނަށް ލިބޭ އެތިކޮޅު މަދުވެގެން އެއުޅެނީ.
ސޮއިލާ
01 October 2016
ދިވެހިރާއްޖޭގައި ދިރިއުޅޭ ގިނަ ފަގީރުންނަކީ ވަރަށް ލަދުގަންނަ ، ސަލާންޖަހަން ނުކެރޭ މީހުންނެވެ. މިހާރުވެސް ރަނގަޅަށް ދިރާސާއެއް ކޮށްގެން ބަލައިފިއްޔާ ގިނަޢަދަދެއްގެ ފަގީރުން ، އިސްލާމިކް މިނިސްޓްރީގައި ނުވަތަ ތިޔަ އެންސްޕާގައި ރަޖިސްޓަރީވެފައެއް ނުވާނެއެވެ. ފަގީރުންނޭ ، ނިކަމެތިންނޭ ކިޔައި އެމީހުން ބޭޒާރުކޮށް ފަޟީޙަތް ކުރުމަކީ އެމީހުން އެދޭކަމެއް ނޫނެވެ. އެހެންވެ އެމީހުން މަޑުމަޑުން ތިބެނީއެވެ.
ރައްޔިތެއް
02 October 2016
ރައްޔިތުން އޮރިޔާން ކުރަން އެއުޅެނީ،
ކުރާތި
01 October 2016
ޢަނގަ ގަދަނުކޮށް ތިބެބެއަ. ފަގީރުންވެސް ލިބޭވަރަކުން ކޭމަ ނިމުނީ. މަށަށް އޯކޭ މަގޭ ލައިފް ވ ސަޅި. ޢެހެންނޫނަސް ރަންރީދޫ ޓުވިޓަރޭމެން ކުރާނެކަމެއް ނެތް މިއަކު ހަމަ ޗޯބޭލިފަ ތިބޭ އަހަރުން ޕިންކީސް އެކަނި މިގައުމުގަ ބަނޑުފުރައިގެން ކާން ސަބްސިޑީ ދިނުން ހައްގީ. ސަބަބަކީ އަހަރުމެން ގެނައި ސަރުކާރު އޯވސަމް ކަމުން ސޯ ބީޓް އިޓް ބީޓް އިޓް އޯ އޫ ވާއުއޫ އޫ އާ
ރޮކް
01 October 2016
ކަލޯތީ ފަރަންޖީއެއްތަ؟
ޙަރަދު
30 September 2016
ޙަރަދު ކުޑަ ކުރަން ކުރަންވީ ކަންތައް. ސްކޫލްތަކުގެ ޓީޗަރުން އަންގަންވީ އޯވަރޓައިމް ހަދަން ކުދިން 3 ފަހަރު ސްކޫލަށް ނުދަމާ، މަޖްލިސް މެމްބަރުންގެ މުސާރަ ކުޑަ ކުރޭ، ޓީޗަރުން ބޭކާރު ޑިގްރީ ހަދަން ބޭރަށް ނުފޮނުވުން. އެޑިޔުކޭޝަން އިން މާސްޓާރސް ޕީއެޗްޑީއަކީ އެކައްޗެއް. މިސްކިތްތަކުގެ ކާޕެޓަށް ބާރުގަދަ ކެމިކަލް ޖަހާނެ ކަމެއް ނެތް. ޖަލުގެ ޙަރަދު ކުޑަ ކުރުމަށް އެމީހުން ލައްވާ މަސައްކަތް ކުރުވާ
ފުރަތަމަ
02 October 2016
ހުރިހާ ވެރިންގެ އިނާތޔަތް ކަނޑާލާ މުސާރަ އެކަނިދީ،