ވިޔަފާރި / ތެޔޮ

80 މިލިއަން ޑޮލަރުގެ ތެޔޮ އެސްޓީއޯ އިން އެމްއޭސީއެލަށް ފޯރުކޮށްދެނީ

އެސްޓީއޯ އިން 2،000 މެޓްރިކް ޓަނުގެ ތެޔޮ އެމްއޭސީއެލަށް ފޯރުކޮށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު. އެސްޓީއޯ އިން ތެޔޮ ފޯރުކޮށްދޭނީ އެއް އަހަރު ވަންދެން. --މިހާރު ފޮޓޯ: ނިޝާން އަލީ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ގާތްގަނޑަކަށް 80 މިލިއަން ޑޮލަރުގެ ތެޔޮ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ފޯރުކޮށްދިނުމަށް މިއަދު އެއްބަސްވެއްޖެ އެވެ.

އެސްޓީއޯގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ. އެމްއޭސީއެލް އިން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ.

ތެޔޮ ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމުގައި އެސްޓީއޯ އާއި އެމްއޭސީއެލް އިން މިއަދު ސޮއިކުރަނީ. --މިހާރު ފޮޓޯ: ނިޝާން އަލީ

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އެސްޓީއޯގެ އެމްޑީ ޝަހީރު ވިދާޅުވީ މިދިޔަ އަހަރެކޭ އެއްގޮތަށް، ކުރިއަށް އޮތް އެއް އަހަރަށް ގާތްގަނޑަކަށް 2000 މެޓްރިކް ޓަނުގެ ތެޔޮ އެމްއޭސީއެލް އަށް ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ. އަދި މިފަދަ އެއްބަސްވުމެއް ގާއިމު ކުރުމާ ގުޅިގެން އޭނާ ވަނީ އެމްއޭސީއެލަށް ޝުކުރު ދަންނަވައިފަ އެވެ.

އަޅުގަނޑު ގަބޫލުކުރަން ފާއިތުވެދިޔަ އަހަރު ވެސް އެމްއޭސީއެލަށް ބޭނުންވާ ތެޔޮ، އެމްއޭސީއެލް އެންމެ ހިތްހަމަޖެހޭ ގޮތަށް ސަޕްލައިކޮށް ދެވުނު ކަމަށް. --ޝަހީރު

އެސްޓީއޯގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ އެމްޑީ ޝަހީރު ވާހަކަ ދައްކަވަނީ: އެއްބަސްވި މުއްދަތަށް ތެޔޮ ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވި. --މިހާރު ފޮޓޯ: ނިޝާން އަލީ

ޝާހިރު ވިދާޅުވި ގޮތުގައި އެމްއޭސީއެލް އިން ބޭނުންވާ ގޮތަށް، މި ހިދުމަތް މެދުކެނޑުމެއް ނެތި ފޯރުކޮށްދެވޭތޯ އެސްޓީއޯ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އެއްބަސްވުމުގެ ދަށުން އެމްއޭސީއެލް އަށް ބޭނުންވާ މުއްދަތަށް ތެޔޮ ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ އެމްޑީ އާދިލް ވިދާޅުވީ އެއްބަސްވުމުގެ ދަށުން އެސްޓީއޯ އިން ފޯރުކޮށްދޭނީ ޖެޓް ފިއުލް އާއި ޑީސަލް ކަމަށެވެ. އަދި އެސްޓީއޯއާ އެކު އެއްބަސްވީ ވަކި މިންގަނޑުތަކެއްގައި ރާއްޖެއަށް ތެޔޮ ގެންނަން ޖެހޭތީ އާއި ތެޔޮ ފޯރުކޮށް ދިނުމުގައި އެއްވެސް ދައްޗެއް ކުރިމަތި ނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެމްޑީ އާދިލް ވާހަކަ ދައްކަވަނީ. ތެޔޮ ފޯރުކޮށް ދިނުމުގައި އެސްޓީއޯއަށް އިތުބާރު ކުރެވޭ ކަމަށް އޭނާ ވިދާޅުވި. --މިހާރު ފޮޓޯ: ނިޝާން އަލީ

"ޖެޓް ފިއުލް ގެންނަން މި ޖެހެނީ ވަކި މިންގަނޑެއްގެ ދަށުން. މަތިންދާ ބޯޓަށް އަޅައި ތެޔޮ އެހެން ތެލާ ތަފާތު ވާނެ. އަޅުގަނޑުމެން ބޭނުންވާ ކަންކަމަށް ފެތޭ ގޮތަށް އެއްވެސް މައްސަލައެއް ނުޖެހި (އެސްޓީއޯ) އިން ސަޕްލައި ކުރާތީ. [އެއްބަސްވުން ގާއިމުކުރީ]" އާދިލް ވިދާޅުވި އެވެ.

އާދިލް ވިދާޅުވި ގޮތުގައި ގިނަ އަދަދެއްގެ ތެޔޮ ރާއްޖޭން ބޭރުން ގެނެވޭނީ ޕްލޭނެއްގެ ދަށުން މަސައްކަތް ކުރެވޭތީ އެވެ. އަދި މައްސަލައެއް ނުޖެހި އެސްޓީއޯ އަށް މިކަން ކުރެވޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

0 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 58%
icon sad icon sad 26%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454