ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ރާއްޖޭގައި ހުންނަ އދ. އޮފީހުގެ ކުރިމަތީގައި ބޭއްވި މުޒާހަރާ-- ފޮޓޯ: ޕީއެންސީ
10 ޑިސެމްބަރ 2019 - 15:20
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި، ރާއްޖޭގައި ހުންނަ އދ. ގެ އޮފީސް ކުރިމަތީ މިއަދު މުޒާހަރާކޮށްފި އެވެ.
ބޮޑުތަކުރުފާނު މަގުގައި ހުންނަ އދ. ގެ އޮފީސް ކުރިމަތީ މިއަދު މެންދުރު މުޒާހަރާކުރި މީހުން ތިބީ ކަޅު ފޮތިކޮޅަކުން ކަނުބަނދެގެންނެވެ. ޔާމީނަކީ ކުށްވެރިއެއް ނޫން ކަމަށާއި ޝަރުއީ ދާއިރާއަށާއި ފުލުހުންގެ މުއައްސަސާ އަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް އިނގިރޭސި ބަހުން ލިޔެފައިވާ ބޯޑުތަކެއް ވެސް އެ މީހުން ގެންގުޅުނެވެ.
އެއްވި މީހުން ކުޑަ އިރުކޮޅެއްގެ ތެރޭ އެތަނުން ވަނީ ގޮސްފަ އެވެ.
ޕީޕީއެމްގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު، "މިހާރު" އަށް ވިދާޅުވީ އެއީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅުވައިގެން، ކަންބޮޑުވުންތައް އދ. އާ ހިއްސާ ކުރުމަށް ބޭއްވި އެއްވުމެއް ކަމަށެވެ.
"ރައީސް ޔާމީނަށް އިންސާނީ ހައްގުތައް ކަށަވަރުވެފައިވޭތޯ ޔަގީންކުރަން އަޅުގަނޑުމެން ބޭނުންވޭ. އިންސާފު ލިބެން ބޭނުންވޭ. އެކަން އަޑު އިއްވުމަށް ބޭއްވި އެއްވުމެއް މިއީ،" ހީނާ ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ރާއްޖޭގައި ހުންނަ އދ. އޮފީހުގެ ކުރިމަތީގައި ބޭއްވި މުޒާހަރާ-- ފޮޓޯ: ޕީއެންސީ
ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ގެންދަނީ ސިލްސިލާ އެއްވުންތަކެއް މާލޭގައި ބާއްވަމުންނެވެ. ޕީޕީއެމް/ޕީއެންސީ އޮފީސް ކުރިމަތީ ކޮންމެ ރެއަކު ބާއްވާ އެ އެއްވުންތައް ބައެއް ރޭރޭ ފުލުހުން ރޫޅާލަ އެވެ. އޭގެ ތެރެއިން ބައެއް މީހުން ހައްޔަރުވެސް ކުރެ އެވެ. ނަމަވެސް މާގިނައިރުތަކެއް ނުވެ ދޫކޮށްލަ އެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެމަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކޮށް އޭގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވި މައްސަލައިގަ އެވެ. މި ދައުވާގައި، ފަސް އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ވަނީ ޖޫރިމަނާކޮށްފަ އެވެ. ޔާމީންގެ މައްޗަށް އިއްވި ހުކުމް، ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފްކޮށްފަ އެވެ. އެކަމަކު، އަދި ހައި ކޯޓުގައި އިސްތިއުނާފުގެ އަޑުއެހުންތަކެއް ނުފަށަ އެވެ. ޔާމީނަށް ކުރި ހުކުމް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ގަބޫލެއް ނުކުރެ އެވެ. އިދިކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި އެއީ އިންސާފުން ބޭރުން، ސިޔާސީ މަގްސަދެއްގައި ކުރި ހުކުމެކެވެ. އެހެންވެ، އެ ހުކުމް ބާތިލްކޮށް، ޔާމީން ވަގުތުން މިނިވަން ކުރަން ޖެހޭނެ ކަމަށް އިދިކޮޅުން ދެކެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރަބޯގައިދީޔާމނު
11 December 2019
ހާދަ ގިނަ ބަޔެކޭ ގައިމު ފަސްހާހަކަށްވުރެ މަދެއް ނުވާނެ
ޔާސްމީން
11 December 2019
ދުނިޔެއަކީ ކޮބައިކަން އަދިވެސް މިމީހުންނަށް ނުވިސްނޭ.
ގުދޯ ބުރޯ
11 December 2019
ގުދޯ ގުދޯ
މަކަރޭ
11 December 2019
ހެހެހެ
ކަދުރޭ22
11 December 2019
ކެމްޕެއިންލާރި ކެމްޕެއިން ނިމުނުއިރުވެސް އެކައުންޓްގައި ބެ ހެއްޓިގޮތަށް މިކަމަށްވެސް ތަންތަނުން ފައިސާ ނަގާފަ އެކައުންޓްގައިބަ ހައްޓާނީ.
ޓިނު
11 December 2019
ތިހެން ނުކުންނަ 50 ވަރަކަށް މީހުންނަކަށް ތިކަމެއްނުވާނެ ؟ މާލޭގައި އުޅޭ ބަންގާޅީންކޮޅެއް ފައިސާ ދީގެން ނަމަވެސް ހޯދަބަލަ
1234
11 December 2019
އެމީހުން ކުއްލިއަކަށް ތިތަންތަން ގަބޫލުކުރީތަ ؟
ގަޓް ބްރޯ
11 December 2019
ރައީސް ޔާމީންގެ މަގްބޫލުކަން ކުޑަވެފަވާ މިންވަރު ދުނިޔެއަށދައްކަން މިހާވަރަށް މިމީހުން މަސައްކަތް މިކުރަނީ ބަޔަކު ފައިސާދީގެންބާއޭ ހިތަށްއަރާ!
މުބީނު މާރނީ
11 December 2019
ފ އަތޮޅު ވިއްކާލަން އުޅުނު ކަން އ.ދ އަށް އިނގޭ. ޗައިނާ އާއި ގުޅިގެން ދުނިޔެ އާއި މި ރީޖަން ފަސާދަ ކުރަން އުޅުނު ކަން އ.ދ އަށް އިނގޭ.
ޖިނާޙް
10 December 2019
އދ އޮފީސް އިންނަނީ މިހާރު ސައުދީގަބާ؟