ވިޔަފާރި / ގްރީން ޓެކްސް

ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގަން ފަށައިފި

ދިއްފުށީގައި ހުރި ގެސްޓްހައުސްއެއް: މިރޭ 12:00ން ފެށިގެން ގެސްޓް ހައުސްތަކުން ވެސް ގްރީން ޓެކްސް ދައްކަން ފަށަން ޖެހޭ.-- ފޮޓޯ: ބުކިން.ކޮމް

ރާއްޖޭގައި ހިންގާ ގެސްޓް ހައުސްތަކުން މިރޭ 12:00 ން ފެށިގެން ބޮލަކަށް ދުވާލަކު ތިން ޑޮލަރުގެ މަގުން ގްރީން ޓެކްސް ނަގަން ފަށައިފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން ބުނިގޮތުގައި، މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހު ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުގެ ދަށުން މިރޭ 12:00ގެ ފަހުން ގެސްޓް ހައުސްތަކުގައި މަޑުކުރާ ކޮންމެ ޓޫރިސްޓެއްގެ އަތުން ދުވާލަކަށް ތިން ޑޮލަރު ނަގަން ޖެހޭނެ އެވެ.

މިދިޔަ ނޮވެމްބަރު މަހު ތައާރަފްކުރި ގްރީން ޓެކްސް މިހާތަނަށް ނަގަނީ ރިސޯޓުތަކާއި ހޮޓާތަކުގެ އިތުރަށް ސަފާރީތަކުގައި ތިބޭ ބޭރުގެ ޓޫރިސްޓުންގެ އަތުންނެވެ. ދިވެހިންނާއި ރެޒިޑެންޓް ވިސާގައި ރާއްޖޭގައި ތިބޭ ބޭރު މީހުން ފިޔަވައި އެހެން ބިދޭސީންގެ އަތުން ދުވާލަކަށް ހަ ޑޮލަރުގެ މަގުން ނަގާ މި ޓެކްސް ގެސްޓްހައުސްތަކަކުން ނުނަގަ އެވެ.

މީރާއިން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ގްރީން ޓެކްސް މަހުން މަހަށް ދައްކަން ޖެހޭނެ ކަމަށެވެ. އަދި ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން އެ ފައިސާ އެ އޮތޯރިޓީއަށް ދައްކަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އެހެން ކަމުން މިރެއިން ފެށިގެން ގެސްޓް ހައުސްތަކުން ނަގާ ގްރީން ޓެކްސްގެ ފައިސާ ދައްކަން ޖެހޭނީ ނޮވެމްބަރު 28 ވަނަ ދުވަހުގެ ކުރިންނެވެ.

މީރާގެ މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އޮގަސްޓު މަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި 27 މިލިއަން ޑޮލަރު (414.4 މިލިއަން ރުފިޔާ) ލިބިފައިވެ އެވެ.

8 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 6%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

GAN Island

01 October 2016

މިއީ ޓްއަރިޒަމް ގެ ވިޔަފާރީގެ ނަފާގައި ދިވެހި ރައްޔިތުންގެ ތެރެއިން ނިކަމެތިން ގެ ބައިވެރިވުން ނައްތާލުމަށް މި ސަރުކާރުން ރާވައިގެން ކުރެއްވެވި މަސައްކަތުގެ ތެރެއިން ގެސްޓް ހައުސް ވިޔަފާރި ހުއްޓުވާލުމަށް ޕީޕީއެމްގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހަސަން މަނިކު މަޖިލީހަށް ހުށަހަޅުއްވާ ޕީޕީއެމްގެ މެންބަރުންގެ ފުރިހަމަ ތާއީދާއި އެކު ފާސްކުރެއްވެވި ޤާނޫނެއް. އަދި މިއީ ''ކޮންމެހެން ކުރާންޖެހޭ ކަމެއް'' ކަމަށް ޔާމީން އަބުދުލް ޤައްޔޫމް ގެ އަރިސް ބޭފުޅެއްކަމުގައިވާ ޓްއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވަނީ ވިދާޅުވެފައި. https://mihaaru.com/news/1827 https://mihaaru.com/news/2258

The name is already taken The name is available. Register?

I'm

01 October 2016

މުއްސަދިންގެ އަތުން ޓެކްސް ނގަންޖެހޭ ދިރިއުޅުމަށް ދޫކުރާ ގޯތިތަކުން ފައިދާހޯދާއިރު އެއީ ހުރިހާ ރައްޔިތުންގެ މިލްކަކަށޤވާތީީ އެފަދަ ތަންތަނުން ދައުލަތަށް ޓެކްސް ދައްކަން ޖެހޭނެ

The name is already taken The name is available. Register?

އިންސައިޑަރ

01 October 2016

ރަނގަޅު. ހަމަ ތިކަންވެސް ކުރަންޖެހޭ.

The name is already taken The name is available. Register?

އަނދޮޅު

01 October 2016

ބޭރު މީހާ ގަންނަ ކާއެއްޗެހީގެ ސަބްސިޑި އެމީހާ ބޭރައް ފޮނުވާ ފައިސާ އިން ދަމައިގެންފަ ނިކަމެތި ދިވެހި މީހާ ކާން ގަންނަ އެތިކޮޅު %100 އަގުބޮޑު ކުރާކަށް ނުޖެހޭ...

The name is already taken The name is available. Register?

ބަލާތި

01 October 2016

ގެސްޓް ހައުސް ތަކުން ގްރީން ޓެކްސް ނަގަން ފަށާއިރު ސަފާރީ ތަކުން ވެސް ގްރީން ޓެކްސް ނަގަން ޖެހޭނެއެވެ. އެއީ ކުރަން ޖެހޭނެ ކަމެކެވެ. އަދި މީގެ އިތުރުން އާސަންދައިން ކުރަން ޖެހޭ ޚަރަދު ތައް ކުޑަ ކުރުމަށް ޓަކައި މާލެ ސަރަހައްދުގައި އެބަޖެހޭ ސިންގަޕޫރުގެ ޖެނެރަލް ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން ޖޮއިންޓް ވެންޗަރ އުސޫލުން އެތަން ހިންގަން ފަށަން. އެއިރުން ދެން މިކަން ކަން ހަމައަކަށް އެޅިގެން ދާނީ.

The name is already taken The name is available. Register?

އުމަރު

01 October 2016

މިދުވަސްކޮޅު ވަރަށްގިނަ ކަންތަށްތަކެއް ރައްޔިތުންނަށް އިތުރަށް ތަކްލީފަކަށްވެއްޖެ، ކުޑަދުވަސްކޮޅެއްގެ ތެރޭގައި ރައްޔިތުންގެ ޖީބަށް އިތުރު ބުރައެއް، ގްރީންޓެކުސް ނަގައިގެން ގްރީންކުރެވޭތޯ؟ ހަޑޫހަކުރުފުށް 100 ޕަސެންޓަށް އިތުރުކުރުމުން އަދި ބިދޭސީންގެ އަތުން 3 ޕަސެންޓް ނެގީމާ ކޮންކަމެއްތޯ ފަސޭހަވީ؟ ސަރުކާރުގެ ހަރަދުކުޑަކުރަން ކުރެވުނީ ކޮން މަސައްކަތެއްތޯ؟ ބޮޑެތި މަޝްރޫއު ހިންގަންފެށީ ފައިސާނެތީސް، މިހާރު ފައިސާހުސްވީމާ ދެން ވިސްނީ ދިވެހިންގެ ނިކަމެތިންގެ ޖީބް ހުސްކޮށްލަން، އެޖީބަށް އަތްބާނަން، މިނޫންކަމެއް ކުރަން ހަމަ ރައީސް ޔާމީނުގެ ކެބިނެޓަށް ނުވިސްނެނީތޯ؟

The name is already taken The name is available. Register?

އަލި ކޮއި ނ. ވެލިދޫ

01 October 2016

ގެސްޓުހައުސް ވިއަފާރި އިދަޖައްސަން އުޅެނީ ތަންކޮޅެއް އާދާގެ މީހަޔައްވެސް ފައިދާއެއްލިބޭ ވިއަފާރިއަކައް ވާތި، ރައްޔިތުން ނިކަމެތި ކުރުމުގެ ޕުލޭނުގެ ދަށުން

The name is already taken The name is available. Register?

އަހުމް ވެސް ގޮތްހުސްވެފާ

01 October 2016

ރައްޔިތުން ބުރަމަސައްކަތުން ހޯދާ ހައްގު ލާރިކޮޅު ނަގައިގެންވެސް ރައްޔިތުންނަށް ކޮއްދެވޭކަމެއް ނެތް. ތަންތަނައް ދަރާވިކިގެން ނޫނީ މަހުމުސާރައިން ދެކޮޅު ނުޖެއްސޭ. ނިކަމެތިންނަކީ މިގައުމުގައި ވާ އަދި ނުވާ އެއްޗެއް. ވެރިމީހާ ދުވާލު ދެދަޅަޔައް ކާ ބޭހެއްހެން ސިންގަޕޫރައް ވަދައިގަންނަވަން ޖެހިފަ. މިއީ އަޅެފަހެ ހެޔޮވެރިކަމެކޯ. ރައްޔިތުމީހާގެ ހާލައިގެން އުޅޭ ހަމައެކަކުވެސް ނެތް. އަޖައިބު އަންތަރީސް ނުވާނެތަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454