މަރުވެފައި އޮއްވާ ފިރިހެން މީހާ ފެނުނު ޓޮމާޓޯ ގޭގެ ސަރަހައްދަށް ބަޔަކު އެއްވެގެން: އެއީ ބަންގްލަދޭޝް ފިރިހެނެއް.--
11 ޑިސެމްބަރ 2019 - 18:06
މާލޭގެ އިމާރާތެއްގެ ޓެރަސްމަތީގައި މަރުވެފައި އޮއްވައި ފެނުނީ ބަންގްލަދޭޝްގެ މީހެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މއ. ޓޮމާޓޯގޭގެ ޓެރަސްމަތީގައި މަރުވެފައި އޮތް ފިރިހެނަކު ފެނިގެން ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ ހޯމަ ދުވަހުގެ ހެނދުނު 11:30 ހާއިރެވެ. އެތަނަށް ފުލުހުން ދިޔައިރު އޭނާގެ އަނގައިން ހުރީ ފޮނު އަރައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަރުވެފައި އޮއްވައި ފެނުނީ ބަންގްލަދޭޝް މީހެއްކަން ކަށަވަރުވިޔަސް އޭނާއާ ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބޭ ކަމަށެވެ. އެހެންވެ، އެ މީހާގެ މައުލޫމާތު ހޯދުމުގެ ކަންކަން ބަންގްލަދޭޝްގެ ކަމާ ގުޅޭ ފަރާތްތަކާ ގުޅިގެން ކުރިއަށް ދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ މީހާގެ ހަށިގަނޑު މިހާރު އޮތީ މޯޗަރީގަ އެވެ.
ތިން ބުރިއަށް ހަދާފައި ހުންނަ ޓޮމާޓޯގޭގެ ފުރަތަމަ ފަންގިފިލާ ހިންގަނީ ކެފޭ އެކެވެ. ދެ ވަނަ ފަންގިފިލާ ކުއްޔަށް ދޫކޮށްފައި ހުންނައިރު އެ ގޭގެ އާއިލާގެ މީހުން ދިރިއުޅެނީ ތިން ވަނަ ފަންގިފިލާގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާގާ
12 December 2019
ކޮން،އިރަކުންތޯ އޮފީސް، ތަކުގެ ޓެލެޑުތާމާ އޮތީ
މޮހަމަދުނަސީމް
12 December 2019
ގިނައީ އެމީހުން އެހެންވެސްވާނެ ފާހާނަ ތެރޭގަ ބަނގުރާވެސްކައްކަނީ ބޭރުމީހުންގެ މައްސަލަ ހައްލެނުވެ ސިފައިންނާ ފުލުހުން ބޭރުމީހުންގެ ކަންކަމުގައުޅެންޖެހެނީ ކޮބާތަ ފައްޔާޒު އިސްތިއުފާގެމަތިން ހަދާންކޮއްދެން
ސާދާސީދާ
11 December 2019
އެ ގޭގައި އުޅޭ މީހުންނާއި އިންޓަވިއުކުރަންޖެހޭ!