މޫވެން ޕިކްގެ އާ ރެސްޓޯރެންޓް: މިތަން ހުޅުވާފައިވަނީ ހެންވޭރު ދަނޑު ކައިރީގައި. --ފޮޓޯ: މޫވެން ޕިކް
11 ޑިސެމްބަރ 2019 - 20:44
އަބަދަށް ފެހިމަގުގައި ކުރިން ހުރި މޫވެންޕިކްގެ ރެސްޓޯރެންޓް މަޖީދީ މަގު ހެންވޭރު ދަނޑު ކައިރިއަށް ބަދަލުކޮށްފި އެވެ.
ތަފާތު ބާވަތްތަކުގެ އައިސްކްރީމް ވިއްކާ ރެސްޓޯރެންޓް ހުޅުވައިދިނީ ރާއްޖޭގެ އެންމެ މަގުބޫލު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަނގަޑޭ) އެވެ. މި ރަސްމިއްޔާތުގައި އެ ފިހާރައިގެ އިސް ފަރާތްތައް ވެސް ބައިވެރިވި އެވެ.
ދަނގަޑޭ މޫވެން ޕިކްގެ އާ އައުލެޓް ހުޅުއްވައިދެނީ-- ފޮޓޯ: މޫވެން ޕިކް
މޫވެންޕިކުގެ އައިސްކްރީމް އައުޓްލެޓްތައް ދުނިޔޭގެ 40 އަށްވުރެ ގިނަ ގައުމުގައި ހުންނައިރު މާލޭގައި ހުޅުވި އެ ބްރޭންޑުގެ އާ ރެސްޓޯރެންޓް ވަނީ މޫވެންޕިކުގެ އާ ޑިޒައިނަށް ބަދަލުކޮށްފަ އެވެ.
އާ ރެސްޓޯރެންޓާ އެކު އާ ފްލޭވާތަކުގެ އައިސްކްރީމް ވެސް ލިބޭނެ ކަމަށް މޫވެންޕިކުން ބުންޏެވެ.
މޫވެންޕިކުގެ އާ އައުޓްލެޓެއް ކްރޮސްރޯޑްސްގައި ވެސް ވަރަށް އަވަހަށް ހުޅުވަން ދަނީ މަސަައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅަބޭ
12 December 2019
އަނެއްކާވެސް ފަލަވާން ރަނުގެ ފުރުސަތެއް.
އަހްމަދު
12 December 2019
ސަޅި. އެކަމަކު ބަސްކިން ރޮބިންސް މަށަށް މާ މީރު.
މަބުނީ
12 December 2019
ތިތާނުގަ ނެތް ގޮނޑިއެއްވެސް. ޓޭކްއަވޭ ސްޓައިލްދޯ
ޖޮަބެ
12 December 2019
ހާދަ މީރޭ
ސާލިމް ބާޢި
11 December 2019
މިހާ މީރު އައިސްކްރީމް އެއް އަދިނުކަން ހަމަ ބެސްޓް