ބާ ކައުންސިލްގެ ރައީސް މައުމޫނާއި އެ ކައުންސިލްގެ ބައެއް މެމްބަރުން: ޕަބްލިކް ނޯޓަރީގެ ހުއްދައަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި -- ފޮޓޯ/މިހާރު
12 ޑިސެމްބަރ 2019 - 12:15
ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުސަތު ބާ ކައުންސިިލުން މިއަދު ހުޅުވާލައިފި އެވެ.
ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ވަކީލުން ރެގިއުލޭޓް ކުރުމަށް އުފެދިފައިވާ ބާ ކައުންސިލުން ކުރި ޓްވީޓެއްގައި ވަނީ ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ އަށް އެދުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި އޮންލައިންކޮށް އެކަމަށް އެދި ހުށަހެޅޭނެ ކަމަށެވެ.
@MvBarCouncil has commenced issuing permits to lawyers to act as Public Notaries. Qualified licensed lawyers may submit their Public Notary applications via the link below.
— Bar Council of the Maldives (@MvBarCouncil) December 12, 2019
Link ➡️https://t.co/R4bKiIKEYB
ބާ ކައުންސިލުން ކުރި ޓްވީޓް
ޕަބްލިކް ނޯޓަރީ އަކީ ގާނޫނީ ލިޔުންތަކުގައި ސޮއިކުރާ ފަރާތްތަކުގެ އައިޑެންޓިޓީ ބަލައި، ކަށަވަރު ކުރުމާ އެކު އެފަދަ ލިޔުންތަކުގައި ސޮއިކުރާ ފަރާތްތަކުން އެކަން ކުރަނީ އެ ލިޔުމެއްގައި ބުނާ އެއްޗެއް އެނގިގެން ކަށަވަރު ކުރުމާއި އެ ލިޔުމުގައި އެ މީހަކު ސޮއިކުރި ކަމަށް ހެކިވުމާއި އެފަދަ ލިޔުންތަކުގެ ސައްހަކަން ކަށަވަރުކޮށް ދިނުމެވެ.
ޕަބްލިކް ނޯޓަރީގެ ގަވާއިދު ބުނާގޮތުން އެކަމުގެ ހުއްދަ ދެވޭނީ ވަކީލު ކަމުގެ ހުއްދަ ލިބޭތާ ތިން އަހަރު ވުމުންނެވެ. އެ ހުއްދަ ދޭނީ ބާ ކައުންސިލުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވަކަރައް ޖަހާ
12 December 2019
ބޮޑު ގުޅަ