މާލޭގައި ބޭއްވި ނައިޓް މާކެޓެއްގައި ބަޔަކު ވިޔަފާރި ކުރަނީ-- ފޮޓޯ: މިހާރު
18 ޑިސެމްބަރ 2019 - 11:04
ބޮޑު ޗުއްޓީއާ ދިމާކޮށް ރަސްފަންނުގައި ބާއްވާ "މާލެ ސިޓީ ބޮޑު ޗުއްޓީ ނައިޓް މާކެޓް"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ސްކައި ލައިޓް އެޑްވަޓައިޒިން އިން ބާއްވާ މި ނައިޓް މާކެޓް އޮންނާނީ ޖެނުއަރީ 3-10 އަށެވެ.
ރަސްފަންނު ސަރަހައްދުގައި ބާއްވާ މި ނައިޓް މާކެޓޫގައި 230 ސްޓޯލް ބެހެއްޓުމަށް ވަނީ ނިންމައިފަ އެވެ. މި ސްޓޯލްތަކުގެ އިތުރުން ކުޅިވަރު ސްޓޯލްތަކާއި ފުޑް ސްޓޯލްތައް ވެސް މި ނައިޓް މާކެޓުގައި ހުންނާނެ އެވެ. މި ސްޓޯލްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ސްޓޯލަށް އެދި ހުށަހަޅާ ތަރުތީބުންނެވެ.
މިއަދު 12:00 އިން ފެށިގެން މި ނައިޓް މާކެޓުގެ ސްޓޯލްތައް ދޫކުރަން ހަމަޖެހިފައިވާއިރު މާދަމާއިން ފެށިގެން ހެނދުނު 9:30އިން ރޭގަނޑު 9:30އަށް ސްކައި ލައިޓް ސޭލްސް އޮފީހުން ސްޓޯލްތައް ދޫކުރާނެ ކަމަށް އެތަނުން ބުނެ އެވެ.
ސްކައި ލައިޓުން ބުނީ މި ނައިޓް މާކެޓް ވެގެންދާނީ މާލޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މަޖާ ނައިޓް މާކެޓަށް ކަމަށެވެ. މި ނައިޓް މާކެޓް ކުރިއަށްދާނީ އާ އަހަރާ ގުޅުވައިގެން ފެސްޓިވަލެއްގެ ގޮތުގަ އެވެ. ނައިޓް މާކެޓް ކުރިއަށްދާ ދުވަސްތަކުގައި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ކުޑަކުދިންނާ ގުޅޭ ތަފާތު ކުޅިވަރުތައް އެ ސަރަހައްދުގައި ކުރިއަށްދާނެ ކަމަށް ސްކައި ލައިޓުން ބުންޏެވެ.
މީގެ އިތުރުން މި ނައިޓް މާކެޓަށް ޒިޔާރަތް ކުރާ މީހުންނަށް ހާއްސަކޮށްގެން ލަކީ ޑްރޯތައް ވެސް ނަގަން ހަމަޖެހިފައިވެ އެވެ. މި ލަކީ ޑްރޯތަކުގައި ހޮވާލެވޭ މީހުންނަށް ގިނަ އަދަދެއްގެ އަގުހުރި އިނާމްތަކެއް ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީމަށޭ
19 December 2019
ގުޅޭނެ ނަމްބަރެއް ނުވަތަ ވަންނާނެ ސައިޓް އެޑްރެސް ނަމަވެސް ދީބަލަ، ތިތަނުން މޭޒެއްލިބޭތޯ
ޢެބަެ
19 December 2019
ޢަލަީރަމީޒަކީރޯނުއެދުރެއް
ޟަން
18 December 2019
ކޮބާ މިތަނަކީ؟ ގުޅޭ ނަންބަރެއް ނެއްތައް؟
ދެރަ
18 December 2019
މިއީވިޔަފާރިވެރިންނަށް ކުރާ ބޮޑުޖެއްސުމެއް. ބޮޑުކުލިދީގެން ފިހާރަހިންގާ މީހުން މުޅިން އިދަޖެހިއްޖެ. ކުދިވިޔަފާރިތައް މަރުވެއްޖެ. ޖީއެސްޓީ އަކީވެސް އިންސާފުންނަގާއެއްޗެެއްނޫން.
ޖަނާ
18 December 2019
ސްކައި ލައިޓް އެޑްވަޓައިޒިން އާ ގުޅޭނެ ނަން ބަރެއް ލިބިދާނެތަ.
ތައާރަޒު
18 December 2019
ތިއީ ވަރަށް ވިޔާނުދާކޮށް ކޮންމެ ބަޔަކު ކުރިއަސް ކުރާކަމެއް މާލޭގެ މަގުތަކުގައި ހިނގާފައި ދާއިރު ހީވަނީ ނައިޓް މާކެޓެއްގައި އުޅެވޭހެން ދެން އަންހެން ބޭކަލުން ގައިގާ އުނގުޅުމަށް ތިތަނަށް ގިނައިން ދާނީ ބަންގާޅި ފިރިހެން ސޮރުމެން އެސޮރުމެން ދަނީ ކޮންމެހެން އެއްޗެއް ގަންނާކަށް ނޫން......