"ޓެނެޓް" ގެ ޕޯސްޓަރެއް.
21 ޑިސެމްބަރ 2019 - 08:37
އަންނަ އަހަރު ސިނަމާތަކަށް އަންނާނެ ހޮލީވުޑްގެ އެންމެ ވަރުގަދަ އެއް ފިލްމު ކަމަށްވާ ކްރިސްޓޮފާ ނޯލަންގެ އާ ފިލްމު "ޓެނެޓް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
ވަރުގަދަ ކާސްޓެއް ވެސް ހިމެނޭ ފިލްމަކީ އެކްޝަން ތުރިލާއެކެވެ.
ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި "ޓެނެޓް" ވެގެން ދާނީ ނޯލަން 2010 ގައި ލިއޮނާޑޯ ޑި ކެޕްރިއޯއާ އެކު ގެނެސްދިން ސައިންސް ފިކްޝަން އެކްޝަން ފިލްމު އަދި ހަތަރު އޮސްކާ އެވޯޑް ހޯދި "އިންސެޕްޝަން" ޒާތުގެ ފިލްމަކަށެވެ. މިއީ ބެލުންތެރިންގެ ސިކުނޑިއާ ވަރަށް ބޮޑަށް ކުޅެލި ފިލްމެކެވެ.
A film by Christopher Nolan. #TENET – in theaters July 17. See the trailer in theaters for #MaximumEffect. pic.twitter.com/U6nKmA55fT
— TENET (@TENETFilm) December 19, 2019
އެ ފިލްމުގެ ރަހަތަކާ އެކު "ޓެނެޓް" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖުލައި 17 ގަ އެވެ.
ޖުމްލަ 225 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ މި ފިލްމުގެ މައިގަނޑު ކާސްޓުންނަކީ ރޮބަޓް ޕެޓިންސަން، ޖޯން ޑޭވިޑް ވޮޝިންޓަން، އެލިޒަބަތު ޑެބީކީ، އާރޯން-ޓޭލާ ޖޯންސަން، މައިކަލް ކެއިން، ކެނެތު ބްރަނާ ޑެންޒެލް ސުމިތު، މާޓިން ޑޮނޯވެން އަދި ބޮލީވުޑްގެ ބަތަލާ ޑިމްޕަލް ކަޕާޑިއާ އެވެ.
ނޯލަން އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2017 ގެ ހަނގުރާމަ ފިލްމު "ޑަންކާކް" އެވެ. އެ ފިލްމަކީ އޮސްކާ އެވޯޑްސްގެ 8 ކެޓަގަރީއަކުން ނޮމިނޭޓްވެ، ތިން އެވޯޑެއް ގެންދިޔަ ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy