އަލަށް ހަދާ ކާގޯ ޓާމިނަލުން ތިން ގުނައަށް ކާގޯ ހޭންޑްލިން ކެޕޭސިޓީ އިތުރު ކުރެވޭނެ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
25 ޑިސެމްބަރ 2019 - 21:31
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެއް ދުވަސް ތެރޭގައި 329 ޓަނުގެ ކާގޯ ހެންޑުލްކޮށްފި އެވެ.
ވެލާނާ އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ބުނީ މިިދޔަ އާދިއްތަ ދުވަހު އެ ކުންފުނިން ހޭންޑުލް ކުރި ކާގޯގެ މިންވަރު ރެކޯޑު އަދަދަކަށް އަރާފައިވާ ކަމަށެވެ. ކާގޯ ހޭންޑްލިންނަށް އެންމެ ބާރު ބޮޑު ވަނީ ހޮނިހިރާއި އާދިއްތަ އާއި އަންގާރައިގެ އިތުރުން ބުދަ ދުވަހު އެވެ. ބޯޓުތަކުން ބާލާ ކާގޯ އިތުުރުވުމުގެ ސަބަބުން އެތަނުގެ ކާގޯ ސާވިސްގެ ކެޕޭސިޓީ އަށް ވުރެ އިތުރަށް ހިދުމަތްދޭން ވަނީ މަޖުބޫރުވެފަ އެވެ.
އެމްއޭސީއެލް ކާގޯ ސާވިސްގެ މި ވަގުތުގެ ކެޕޭސިޓީއަކީ ދުވާލެއްގެ މައްޗަށް 150 ޓަނެވެ. އެހެން ނަމަވެސް އެއަށްވުރެ އިތުރަށް އެއް ދުވަސްތެރޭ ކާގޯ ހެންޑުލްކޮށްފައި ވަނީ މިދުވަސްވަރު ދުވާލެއްގެ މައްޗަށް އަންނަ ކާގޯ ވަރަށް ބޮޑުތަނުން އިތުރުވުމުގެ ސަބަބުންނެވެ.
އެމްއޭސީއެލްގެ ކާގޯ ސާވިސް އިން ކާގޯ ހިދުމަތް ދެމުން އަންނަތާ 45 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު އެއީ މިހާރު ޖާގައިގެ ގޮތުން ކުޑަ ފެސިލިޓީއެކެވެ. އެކަމަށް ހައްލެއް ހޯދުމަށް އާ ކާގޯ ޓާމިނަލެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކާގޯ ރައްކާކުރާ އާ ޓާމިނަލްގައި އެކްސްޕޯޓް ޓާމިނަލަކާއި އިމްޕޯޓް ޓާމިނަލެއްގެ އިތުރުން ޕެރިޝަބަލް ސާމާނު ބެހެއްޓުމަށް ހާއްސަ ބައެއް ހުންނާނެ އެވެ. ގާތްގަނޑަކަށް 11،000 އަކަ މީޓަރުގެ މި އާ ކާގޯ ޓާމިނަލަކީ، މިހާރު އެއާޕޯޓުގައި ހުރި ކާގޯ ޓާމިނަލަށް ވުރެ ތިން ގުނަ ބޮޑު ތަނެކެވެ. އާ ކާގޯ ޓާމިނަލް ހުޅުވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު ފަހުކޮޅު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
26 December 2019
އައްޑޫމީހުން ބުނެއުޅޭ "އެމީހެއްގެ ރޮނޑެއްގައި ހަންދަމާނެގޮތް އިގޭނީ އެމީހަކަށޭ" އެގޮތަށް ތިކަންތައްތައްވެސް ހަމަޖެހިފައިތިއޮތީ. # މުގުރަމުން ތިގެންދާ ރިކޯޑްތައް މުގުރަނީ އައިކާއޯ އަދި އަޔާޓާ ލިސްޓްގައި އެންމެފުރަތަމަ ލިސްޓްކުރެވުނު ރާއްޖޭގެ އެއަރޕޯޓާއި ހަނިމާދޫ އެއަރޕޯޓަށް ދަތިކުރުމުގެ ފިޔަވަޅުއަޅައިގެންތިބެ. # އޭގެ އިތުރުން ރިކޯޑް ހެދުމާއި ހިޒުމަތް މެޝާރކުރުމާއި ހިސާބު ހެދުމާއި ރިޕޯޓް ނެރުމާއި ތިހުރިހާ ކަމަކީވެސް އެއްވަޔަކު ކުރާކަންކަން.
ތުއްތޮންބެ
26 December 2019
އަހަރެމެންނައްތީ ގަނޑުގަދަމާލި ރޮނގެއްހެންވެސް ހީނުވޭ.
2ގޔހ
26 December 2019
އިއްޔެރޭ ގެނައި ކަރުދާސް ފޮށިތައް ގުދަނުން ނެރުނުއިރުވެސް ހުރީ ތެމިފައި..ދެން މި މައްސަލަ ހުށައަޅައިގެން އަހަރެމެން ކާރގީ ނުނެރި ތިބެންވީ... މީސްމީހުންގެ މުދަލަށް އެއްވެސް ބެލުމެއްނެތް... މީވެސް ރިކޯރޑެއް.. ޚިދުމަތް އުޅެނީ ފިނިހަކަ ސްޕީޑްގަ.. ކޮރަޕްޝަން ކަތުރުފަނި ސްޕީޑްގަ.. ޝުކުރިއްޔާ ކިޔާފަ އަތްޖަހާ ވަރެއް ނޫން.. ވެރިން އަދި މުޅި ސިސްޓަމް ބަދަލުކުރަން ޖެހިފައި..
ޑީޑީ
25 December 2019
ޝުކުރިއްޔާ ރައިސް ޔާމީން
ސުއްބޫހުން
25 December 2019
45 އަހަރު ފަހުން ވެސް ތިންގުނަ. އެހެންވީރު ކުރިން ތިކަން ކުރި މީހުން ހާދަ ދުރަކަށް ވިސްނާފަ އޭ އޮތީ.
ކަކުނިބޯ
25 December 2019
ކާގޯ ހެންޑްލްކުރު މޯ ބޯހަލާކު ފްލައިޓްގަ ހުންނަ ކޮންޓރނަރުތަށް ގެނެސް ގުދަނަށްހުސްކޮށްލެވުނީ މާ މިކިޔަނީ ކާގޯހެންޑްލްއޭ. މުދާނެރޭބަޔަކަށް ވެހިކަލްއެއް ނުލިބޭނެ އެ މްސީއެލް ގާޑިޔާގަޑެއް ނުހުންނާނެ މުދާނެރޭ ގުރޫޕް މޮނޮޕޮލީކޮށްގެން އުޅޭ އެ މީހުންގެ އަ މިއްލައެއްޗެހިހުންނާނީ އެކަ މު މީހުން ގާޑިޔާވެއްދުންވެސް މަނަޔޯލަ. 1ޖަހާއިރު އަންނަފްލައިޓް މުދާ 6ޖަހާއިރުވެސް ކޫލްރޫމަށް ނުވެއްދޭ މިތަކެތިން ކިލޯއަކަށް ޖީއެސްޓީއާއި އެކު4ރުފިޔާނަގާ.
އަދާލަތު 1
25 December 2019
ފަރުދުން ގެންނަ އެންމެ ޕެކޭޖެއް ނެރެންވެސް މަދުވެގެން 7 ގަޑިއިރު ހޭދަކުރަން ޖެހޭ އެއާޕޯޓުގައި. މިވަގުތު ކާގޯ ކްލިއަރަންސް އަކީ ރިޝްވަތައް މަގުފަހިވާގޮތަށް އޮތް ހިތްދަތި ހިދުމަތެއް. ރައްޔިތުން ގަނަތަޅުވާ ތަނެއް. ހަތް ހާއްޔަށް ދުއްވާ އެތައް ގޮތަކުން ވަގުތު ބޭކާރުކުރާ ތަނެއް. ފޮށި ބޭރުން ބަލާފަ ތަތްގަނޑެއް ޖަހަން 3 ގަޑިއިރު. އަނެއްކާ ރިލީސް ސޮޔެއް ކުރަން އަނެއް 3 ގަޑިއިރު. ގެންނަ މުދާ ގިނަވިޔަސް ކްލިޔަރކޮށް ނިމޭއިރު މީހާ މޮޔަވާ ހިސާބުގަ. ލަދުވެތި.