އުޅަނދުތަކެއް ބްރިޖާ ދިމާލަށް ދަތުރުކުރަނީ: އުޅަނދުތަކުގެ ސްޕީޑާއި ނަމްބަރު ޕްލޭޓް އޮޓަމެޓިކުން ދެނެގަނެވޭ ފަދަ ކެމެރާތައް ހަރުކުރަން ފުލުހުން ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
27 ޑިސެމްބަރ 2019 - 14:52
ބްރިޖުން ދަތުރުކުރާ އުޅަނދުތަކުގެ ސްޕީޑާއި އުޅަނދުތަކުގެ ނަމްބަރު ޕްލޭޓް އޮޓަމެޓިކުން ދެނެގަނެވޭ ފަދަ ކެމެރާ ހަރުކުރުމަށް ތައްޔާރު ވަމުންދާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖާއި ހުޅުލެ އާއި ހުޅުމާލެއާ ދެމެދު ހަދާފައިވާ ހައިވޭގައި ފުލުހުން ވަނީ ކެމެރާތައް ހަރުކޮށްފަ އެވެ.
ހަމީދު ކުރެއްވި ޓްވީޓެއްގައިވަނީ ކެމެރާތައް މިހާރު ބޭނުން ކުރަން ފަށާފައިވާ ކަމަށާއި އަދި ކުރިއަށް އުޅަނދުތައް ދަތުރުކުރާ ސްޕީޑާއި އޮޓަމެޓިކުން އުޅަނދުތަކުގެ ނަމްބަރު ޕްލޭޓް ދެނެގަނެވޭ ފަދަ ކެމެރާތައް ހަރު ކުރުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ. އަދި އެކަމަށް މަސައްކަތްކުރާ ޓީމަށް ޝުކުރު އަދާކުރާ ކަމަށް ވެސް އެ ޓްވީޓްގައިވެ އެވެ.
CCTV surveillance cameras on the Sina-Male’ bridge & highway installed & in operation now. Preparations underway to install speed detection cameras, that includes automatic number plate recognition functionality. Kudos to our hardworking tech team. 👏🏽#RoadSafety #PublicProtection pic.twitter.com/kyAvhx72jP
— Mohamed Hameed (@M_Hameedh) December 27, 2019
ހަމީދުގެ ޓްވީޓް
ބްރިޖާއި ހައިވޭގައި ކެމެރާތައް ހަރު ކުރިއިރު، މީގެކުރިން ނުރައްކާތެރި އެތައް އެކްސިޑެންޓެއް ބްރިޖާއި ހައިވޭގައި ހިނގާފައިވެ އެވެ. އެކްސިޑެންޓްތަކުގައި ލިބޭ އަނިޔާތައް ކުޑަ ކުރަން ހެލްމެޓް އެޅުން ވެސް އޮތީ މަޖުބޫރުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިޒާރު
29 December 2019
އަދި މާއަވަހެއްނޫންތަ. މަށަށް ފެންނަނީ ޖީލެއް ހަލާކުވެ ނިމެންދެން އަދި މަޑުކޮށްލަން.
ޢަބްދުﷲނާފިޒް
28 December 2019
ވަރަށް ރަނގަޅު ކަމެއް، އަދި ވެހިކަލް ތަކުގަ ހުންނަ ނަންބަރު ޕްލޭޓްތައް ހުރިހާ ވެހިކަލެއްގަވެސް އެއްމިންގަނޑަކަށް އެއްފޮންޓަކުން ހުރުންވެސް މަޖުބޫރުކުރަންވީ، މިތާނޫނީ ދުނިޔޭގެ އެއްވެސް ޤައުމެއްގަ އެމީހަކު ބޭނުންހާ ގޮތަކަށް ނަންބަރު ޕްލޭޓްގަ ނަންބަރު ޖަހައިގެން ދުއްވޭ ޤައުމެއް ނޯވެ، ޑޮމައިންއެއް ވިއަސް ނަންބަރު ޑޮމައިންވާން ޖެހޭނީ، ދެން އޭގަ ހިމެނޭ އެހެނިހެން އަކުރުތައް ހަމަޔަށް ހުންނަން ޖެހޭނެ.
ނައުބެ
28 December 2019
ނަންބަރު ޕްލޭޓެ ނޭގިގެނޭ ފިޔަވަޅު ނޭޅެނީ ބުނިނަމަ ކުޑައެއް ހިފައިގެން އަހަރެން އެތާ ހުރެގެންވެސް ތިކަން ކޮށްދިނީސް.
ދެކޮޅު
28 December 2019
ބުރިޖުގަ އިންނަނީ ދެކޮޅުން ލިމިޓު ދީފައި. އެހެންވީމާ މިނަށްވުރެ މަޑުން ދުއްވާ މީހުނަށްވެސް ފިޔަވަޅު އެޅެންޖެހޭނެ. އަދި ޗައްޕޫ ޗިއްޕޫ ޗުއްޕޫ ހެދިގެން ފައްޗަކަށް ދުއްވާ މީހުނާމެދުވެސް. އެމީހުނާ ހުރެ އޯވަޓޭކް ކުރަންޖެހިގެން ލިމިޓުގަ ދުއްވާ މީހުނަށްވެސް ނުރައްކާވަނީ
ޑާޑާ
28 December 2019
އެހެންތަވަނީ!؟ 50 ކިލޯމީޓަރު ބޯޑުގަ ޖަހާފަ ހުރެއްޖެއްޔާ ދެން ހަމަ ކޮންމެހެންވެސް 50 ކިލޯމީޓަރަށް ދުއްވަން ޖެހޭނެ އުތަ، އެޔަށްވުރެ އެންމެ ތަންފުކެއްވެސް ދަށްވެގެން ނުވާނެ، ދެން ވަރިހަމަ އަރައިގެންގޮސް ސަތޭކަޔަށް އެރިޔަސް އުތަ!؟
ޢަބްދު
28 December 2019
ރަނގަޅު ކަމެއް! ސްޕީޑް ރާޑާރ ސިސްޓަމަކީ ލިމިޓަށްވުރެ ބާރަށް ދުއްވާ މީހުން ވަރަށް ސާފުކޮށް ދެނެގަނެވޭ އެއްޗެއް! އިންސާފުވެރިކަމާއެކު ލިމިޓުން ބޭރުވާ ކޮންމެ މީހަކަށްވެސް އަދަބު ލިބެންވާނެ. އޭރުން ތީގެ ހަގީގީ ފައިދާ ލިބޭނީ
އުސްމާނުބެ
28 December 2019
ބޮޑު ހަރަދުކޮއްފާ ވެސް ކެމެރާ ހަރުކުރުން ރަގާޅު، އެކަމަކު ކިތައް މީހުންނައް ބާ ފިޔަވަޅު އަޅަން ކެރޭނީ.
މުހައްމަދު ނަސީރު
28 December 2019
ތީ ޕޮލިހުން އެކަނި ކުރިކަމެއްނޫން ކޮބާ އުގޭލަށްދޭންވާ ކުރެޑިޓް؟ މީ އުކުޅަސް ޓެކް ފެއާގަ ޕޮލިހުން ޑެމޯ ދެއްކި އެއްޗެއް
ކާފަބޭ2019
28 December 2019
ޕޮލިހުންކައިރީގަތިއްބާ ބޫންބޫންއަޅުވާފަ ކޮތަޅުކޯޓު ލައިގެންވެސްދަނީ އެ މީހުންހުއްޓުވައިފިއްޔާ އެހުއްޓުވިމީހަކަށް ދެނީއިންޒާރު ފިޔަވަޅުއެޅެންޖެހެނީ ވަކިބަޔަކަށްވީ މަ ދެންއެބުނާއެއްޗެއްގިނަވޭ
ސަލާހު
28 December 2019
ފަސޭހަމެއް ބޮޑުހަރަދާނުލައި ކުރެވޭނެކަމެއް އެކަމަކު އިލާސްތެރި ކަމެއްނެތީމަ ނުކުރަނީ! ރާއްޖެއައް އެއްޗެތި އެތެރެކުރެވޭނީ 50 ކމ ވުރެމަތި ނުދުިވާގޮތައް ހަދައިގެން ކަމައް ފާސްކުރޭ
ސަޅި
27 December 2019
އަޅެ މިއުޅެނީ ދަނެނުގަނެވިގެންހޭ؟؟ ފުލުހުބް ފިޔަވަޅުއެޅުމުފަ ނުކުޅެދުން މައްސަލަތަކީ... ފުލުހުން ގަރުދަނާވުމުން އެ ނިމުނީ.
އުސްމާނުބެ
28 December 2019
ކޮންކަމެއް ވާނީ، ޓްރެފިކް ބަލަހައްޓަން ތިބޭ މީހުން އަވި ގަދަވަންޔާ ތިބޭނީ ކައިގެން ބޮއެގެން އެމީހުންގެ ހެޑް ކޯޓާސްގަ، ގިނަ ފަހަރު ނިކުތަސް ދެމީހުން ތިބިއްޔާ ތިބޭނީ ހިޔާގަޑުގަ އޮލަވާހަކައިގަ،.... މަގުމަތީގަ ބާރުދެއްކޭ މީހާ ބާރުދައްކާފަ މަގުހިފައިގެން ދުއްވަންވީ ބޭނުން ގޮތަކައް، ދިވެހިން ވިޔަސް ބަންގާޅިން ވިޔަސް