ހައްގުތައް ދޭން ގޮވާލައި ރިސޯޓް މުވައްޒަފުންތަކެއް ފިނޮޅެއްގައި ޝުއޫރު ފާޅުކުރަނީ--
29 ޑިސެމްބަރ 2019 - 13:40
ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ އެންމެ ބޮޑު ޝަކުވާ އަކީ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުން ލަސްވުން ކަމަށް ޓޫރިޒަމް އެޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން މިއަދު ބުނެފި އެވެ.
އެ ޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާހިރު (މާއްޓެ) "މިހާރު" އަށް ވިދާޅުވީ ރިސޯޓްތަކުގެ މުވައްޒަފުންގެ ގިނަ ކަންބޮޑުވުންތަކެއް އަދިވެސް އެބަހުރި ކަމަށެވެ. އޭގެ ތެރެއިން ސާވިސް ޗާޖު ދޭނެ މިންވަރެއް ކަނޑަނޭޅުމަކީ ވެސް މައްސަލައެއް ކަމަށާއި އެކަމަކު އެންމެ ބޮޑު ކަންބޮޑުވުމަކީ، މިނިމަމް ވޭޖް ހަމަނުޖެހި ދިގުލުން ކަމަށް އޭނާ ވިދާޅުވި އެވެ.
މާއްޓެ ވިދާޅުވި ގޮތުގައި މިނިމަމް ވޭޖް ކަނޑައަޅަން މުވައްޒަފުން ބޭނުންވަނީ، މަހަކު ލިބޭ އާމްދަނީ ދުރާލައި ޔަގީންވާނެތީ އެވެ.
"ސާވިސް ޗާޖަކީ އެ ފަހަރެއްގެ އޮކިއުޕެންސީ އަށް ބަލާފައި ތަފާތު ވާނެ އެއްޗެއް. އެހެންކަމުން އެހާ ބޮޑަށް އެއަށް ޑިޕެންޑެއް ނުވާނެ މުވައްޒަފުން. ޑިޕެންޑް މި ވަނީ ލިބޭ މުސާރަ އަށް،" މާއްޓެ ވިދާޅުވި އެވެ.
"މިނިމަމް ވޭޖުގެ ސަބަބުން މުސާރަ ބޮޑުވާނެ ކަމަށް މުވައްޒަފުން އުއްމީދު ކުރަނީ."
މިނިމަމް ވޭޖާ އެކު ސާވިސް ޗާޖު ދޭނެ ނިސްބަތެއް ވެސް ކަނޑައަޅަން ރިސޯޓްތަކުގެ މުވައްޒަފުން ބޭނުންވެ އެވެ. މިހާރު އެކި ރިސޯޓްތަކުން ސާވިސް ޗާޖަށް ދެނީ އެކި ވަރެވެ. ބައެއް ރިސޯޓްތަކުން ސާވިސް ޗާޖަށް ލިބޭ ހުރިހާ އާމްދަނީއެއް މުވައްޒަފުންނަށް ހަމަހަމަށް ބަހާލަނީ އެވެ. އަނެއް ބައި ރިސޯޓްތަކުން، މުވައްޒަފުންގެ ބައެއް ކަންކަމަށް ވަކި ޕަސެންޓެއް ނަގާފައި، އަނެއް ބައި ބަހާލަނީ އެވެ.
ރިސޯޓްތަކުގެ ސާވިސް ޗާޖާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެއްކެވި ވާހަކަތަކަކާ ގުޅިގެން ގުޅިގެން އޭނާ އަށް ފާޑުކިއުން އަމާޒުވި އެވެ. މިދިޔަ ހަފްތާގައި ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "މިހާރު" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން، އަލީ ވިދާޅުވީ ރިސޯޓުތަކުގައި ސާވިސް ޗާޖު ދޭ މިންވަރާއި ދިވެހި މުވައްޒަފުންނަށް ތިބޭ މިންވަރު ރަނގަޅު ކަމަށެވެ.
މިނިސްޓަރުގެ އެ ޖަވާބު، ރިސޯޓްތަކުގެ މުވައްޒަފުންނަށް ބަލައެއް ނުގަނެވުނެވެ. ބައެއް މީހުން އޭނާގެ އިސްތިއުފާ އަށް ވެސް ގޮވި އެވެ. އަދި މަގާމުން އޭނާ ދުރުކޮށްދޭން އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިސޯޓްތަކުގެ ބައެއް މުވައްޒަފުން ޕެޓިޝަނެއް ހުށަހަޅަން ވެސް ވަނީ ނިންމައިފަ އެވެ.
އަލީ ވަހީދުގެ އިސްތިއުފާއަށް ގޮވާލާ ރިސޯޓެއްގެ މުވައްޒަފަކު އަޑު އުފުލަނީ-- ފޮޓޯ: ފޭސްބުކް
ޓީމުން ބުނާ ގޮތުގައި ރިސޯޓުތަކުގައި ދިމާވާ ކަންތައްތަކުގެ ޝަކުވާ ޓޫރިޒަމް މިނިސްޓްރީއަށް ހުށަހެޅި ނަމަވެސް އަމަލީ އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. އެގޮތުން، ރިސޯޓު މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކުރަން ޖަމިއްޔާތައް ހަދައިގެން ނުހިންގޭނެ ކަމަށް ބުނެ މެނޭޖްމަންޓުތަކަށް އަންގާ ކަމަށް މާއްޓެ ވިދާޅުވި އެވެ.
"މިނިސްޓްރީން އެބަ އެންކަރޭޖް ކުރޭ ޔޫނިއަންތައް ނުހިންގޭނެއޭ ބުނެ. މިކަމާ ގުޅޭ ގޮތުން އަޅުގަނޑުމެން ވާނީ މިނިސްޓްރީއަށް ސިޓީއެއް ވެސް ފޮނުވާފައި. އަދިވެސް އޭގެ ޖަވާބެއް ނުލިބޭ،" މާއްޓެ ވިދާޅުވި އެވެ.
ސާވިސް ޗާޖާ ގުޅޭ ގޮތުން ދެއްކެވި ވާހަކައިގެ މަފްހޫމް ނުވަތަ ނެގުނު މާނައެއްގެ ސަބަބުން އެއްވެސް މީހެއްގެ ހިތުގައި ނުތަނަވަސް ކަމެއް އުފެދިފައިވާ ނަމަ އެ ވާހަކަތަކަށް މިނިސްޓަރު އަަލީ ވަހީދު ވަނީ މާފަށް ވެސް އެދިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޓްކިންގ
30 December 2019
ޓީމް ތީ އަމިއްލައަށް މަޝްހޫރުވާން އުޅޭ ބައެއް. އިއްޔެވެސް ހައްގުން ކަމަކާއި ނުލައި މުވައްޒަފަކު އެ ވަކިކުރީ ރިސޯޓުން. ކޮބާ ތިޔަ ޓީމުން އެފަދަ މީހުންގެ ހައްގުގައި ރާވާލި އެއްވެސް އިހްތިޖާޖެއް.
ކޮއެފުޅު
01 January 2020
ކޮންމެހެން އަހުތިޖާޖެއް ކުރާކަށް ނުޖެހޭ ޓީމުން ކުރަނޖެހޭ ކަންމެއް ވިއްޔާ ދަނީ ކޮށްދެމުން
ހައްސާ222
30 December 2019
ކިތަންމެ ޝަކުވާ އެއް ކުރިއަސް މަހުޖަނުން އެދޭގޮތަށް ނޫނީ މިސަރުކާރުން އެއްކަމެއްވެސް ނުކުރާނެ. އެޖެންޑާ 19 ގަ ލިޔެފަ އޮތީ ރިސޯރޓް މުވައްޒަފުންނަށް 10،000 ރުފިޔާ ކަނދަ އަޅަން. އެކަމަކު މިހާރު އެ އަދަދު މަހުޖަނުން ބޭޏުންވާ ގޮތަށް 8،000 ރުފިޔާ އަށް ބަދަލުކުރަނީ.
ބަނާނާ
29 December 2019
އެންޑީޕީ ވެރިކަ މުގައި ޝަކުވާއެއް ނޯންނާނެ. ކަރަންޓް ކެޑުނީމަވެސް އުނދަގުލެއް ނުވޭ. ބިލް ބޮޑުވީމަވެސް އޯކޭ. ތިންބާރު އެއްވީ މަވެސް އޯކޭ.
ކޮސްބެ
30 December 2019
މާލޭގަ ފެން ބޮޑުވީމަވެސް އޯކޭ
ރަބަރު
29 December 2019
މުޒާހަރާ ކުރާކުދިންނަށް. ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް ވޭތުވެދިޔަ ދެތިން ގަރުނުންފެށިގެން، ސަރުކާރު ހޮވުމާއި ގާނޫނު ހެދުމާއި ގާނޫނު ތަންފީޛު ކުރުމުގެ އަޑީގައި ތިބެނީ ވިޔަފާރިވެރިން. ޚާއްސަކޮށް މިގައުމު މިއަދު މިވަނީ ވިޔަވާރިވެރިންގެ އަތްދަށުވެފަ. ވަރަށް އުނދަގޫ ކަމެއް. އެކަމަކު މުސްތަހީލެއްނޫން.
ހިހިސެން
29 December 2019
މި ސަރުކާރު ވުޖޫދައް އަންނަންވެގެން އަދި އޭގެފަހުގަ ރމ އިންތިހާބާދިމާކޮއް މުއައްޒަފުންގެ ހައްގޭ ދިވެހިންގެ ވަޒީފާތަކޭ ކިޔާ ރިސޯޓުތަކައް އަރާ ދެތިން ތަނެއްބެލި. ނަންކިޔާފަ ޢޭރު ބުނި އެއްބައި ރިސޯޓުތަކުގަ ދިވެހިން ވަޒީފާގަތިބި އަދަދަކީ އުމުރުން ދޮށީ ދެމީހުނާ ތާޅަފިއްޔެކޭ. މިއަދު ވެސް އެރިސޯޓުތައް އެހިންގަނީ ހަމައެހެން ވީ ކަމެއްނެތް އެތަނުން ސަރވިސްޗާޖައް ދެނީ 11 ޑޮލަރު. މިހާރު ކައުންސިލް އިންތިހާބު ބޯމަތިވީމަ މިބުނަނީ ހައްލުކުރާނަމޭ އިތުބާރޭ ވޯޓޭ؟
ހިހިސެން
29 December 2019
ސަރވިސްޗާޖްދޭން ވީ ގޮތުގެ ގަވައިދުވެސް މިސަރުކާރު އައިފަހުން ގެއްލުނީތަ؟ އެ ގަވައިދުގަ އޮންނާނެ، ސަރވިސް ޗާޖު ނަގާނަމަ، ސަރވިސް ޗާޖު ގޮތުގަ ނެގޭ އަދަދުގެ %99. ހުރިހާ މުއައްޒަފުންނަށް ހަމަޔައް ބަހާ ގަވައިދުން ދޭންޖެހޭނެ ކަމައް. ރޯދަމަހުގެ އެލަވަންސް ރޯދަމަސް ފެށުމުގެ ކުރިން ރޯދަވެރިންނައް ދޭންޖެހޭނެ ކަމައް. މިލިޔަނުން ޓެކްސްދައްކަން އޮތްއިރު އެނުދައްކާ މީރާގެބޯޑު ބަދަލުކޮއް ފިނޭންސް މިނިސްޓަރު ހިއްޕުޅާނުވާމީހުން ފަހާދުވީމަ ކަންތައް ހައްލެއްނުވާނެ
އަލީ އަލީ
29 December 2019
ރިސޯޓް ތަކުގައި މަސައްކަތް ކުރާ ކުދިންނަށް ހައްގު މިންވަރެއްނޫން މިއީކީ! އެކަމަކު ކީއްކުރާނީ ހަމަ ހެދިހާ ގޮތެއް ހަދައިގެން ތިބުން ނޫން ގޮތެއް ނެތއް އެކުދިނަނށް! ކިތައްމެ ޖެއްސުމެއް ކުރިޔަށް އެކުދިން ވޯޓް އަޅާނީ އެމްޑީޕީއަށް!
މިއަދު
29 December 2019
ކުދިންނޭ އުފާކުރޭ މިއަދު މިގައުމުގައި ވޯޓެއްނެގިޔަސް ރިސޯޓްތަކުގެ %80 ނަގާނީ އެމްޑީޕީއިން އެހެންވީމަ އެއްވެސް ޗާޖެއް ނުދިނަސް ފަނގަނު މަތީ ނިދާފައި ގަސްހޭޅީގައި ތިބެ ކާންވިއަސް އެމްޑީޕީ ވެރިކަމުގައިއޮތީމަ އޯކޭނޫން
ޔަމާން
29 December 2019
ރިސޯޓު އޯނަރުންނާއި ރިސޯޓުތަކުން ބައިއެޅޭ މީހުން މަޖިލީހާއި ސަރުކާރުތެރެއަށް ވަންނަނީ ބާރުފޯރުވަން...މިލިއަނުން ޑޮލަރލިބޭ މީހުން މަޖިލީހުގެ މުސާރައަށް ބަލައިގެން އެތަނަށް ނުވަންނާނެ...މުވައްޒަފުންނަށް ހައްގުމިންވަރު ހޯދަދޭން އުޅެފިނަމަ ހުރަސް އަޅާނެ..ޖީބަށް ވަންނަ ބައި މަދުވާނެތީ..
ރޫމްބޯއި
29 December 2019
ސާރވިސްދެނީ ހީވާގި މުވައްޒަފުން..ސަރވިސް ޗާޖްއަށް ލިބޭ ފައިސާތެރެއިން މުވައްޒަފުންނަށް ބަހަނީ މަދު މިންވަރެއް..މީ މައްސަަލައަކީ...ސްޓާފުންނަށް އިނގޭ ރިސޯޓްތަކުގައި ގެސްޓްން ތިބޭ މިންވަރު..އެކަމު ސާރވިސްޗާޖް ބަަހަންވީމަ އެކިކަންކަމަށް ބައިއަޅާ ސްޓާފުންނަށް ދެނީ ހައްގު މިންވަރެއްނޫން...