މެލޭޝިއާގައި މަރުވި މުހައްމަދު ޝިނާން ޔޫސުފް: އޭނާގެ ކަށު ނަމާދު މިރޭގެ އިޝާ ނަމާދަށް ފަހު ކުރާނެ
29 ޑިސެމްބަރ 2019 - 11:09
މެލޭޝިއާގައި މަރުވެފައި އޮއްވައި ފެނުނު ދިވެހި ފިރިހެން މީހާގެ ހަށިގަނޑު ރާއްޖެ ގެނެސްފި އެވެ.
ގ. މިއަލަނިއާގޭ މުހައްމަދު ޝިނާން ޔޫސުފް 44، ގެ މަރާ ގުޅޭ އެއްވެސް ތަފްސީލެއް ކަމާ ގުޅޭ ފަރާތްތަކުން އަދި ހާމައެއް ނުކުރެ އެވެ.
ޝިނާންގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ މިރޭގެ އިޝާ ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.
މަތީ ތައުލީމަށް ކިޔަވަން ގިނަ އަދަދެއްގެ ދިވެހިން ދާ މެލޭޝިއާގައި ގާތްގަނޑަކަށް 2،300 ދިވެހިން ދިރިއުޅެ އެވެ. މީގެ އިތުރުން، ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރު، ބޮޑު ޗުއްޓީ އަށް ވެސް ގިނަ ދިވެހިންތަކެއް އެ ގައުމަށް ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
29 December 2019
މީހުންނާއި ބެހޭގޮތުން ބަދުނާމްވާ ފަދަ ވާހަކަތަކެއް ހުއްޓަސް އެމީހަކު ނެތި ދިޔުމުން އެކަމުގެ ހިތާމަ މައިން ބަފައިން ގެ އިތުރުން ގާތްއެކުވެރިން ވެސްކުރާނެއެވެ. އަދި އާޚިރަތުގައި މީހަކާއިމެދު ހުރިގޮތެއް އެއްވެސް އިންސާނަކަށް ގޮތް ނިންމާކަށް ނޭންގޭނެއެވެ. މާތް ﷲ ޝިނާނުގެ ފުރާނަފުޅަށް ރަޙުމަތް ލެއްވުމަށް އެދެމެވެ.
ކޮބާތަ؟
29 December 2019
މމަރްހޫ މުގެ ފާފަ ފުއްސަވައި، ކަށްވަޅު ތަނަވަސް ކުރައްވައި، ސުވަރުގޭގެ ނިޢު މަތް މިންވަރު ކުރައްވާށި! އާ މީން މި ޙަބަރުގައި ބަދުނާ މު ވާގޮތަށް އެއްވެސް ވާހަކައެއް ނެތެވެ.