ށ. ފުނަދޫ އެއާޕޯޓް އަޅަން ބިން ހިއްކުމުގެ މަސައްކަތް ކުރަނީ: އެ އެއާޕޯޓާއި އިތުރު ތިން އެއާޕޯޓެއް މި އަހަރު ހުޅުވާނެ. --ފައިލް ފޮޓޯ/މިހާރު
02 ޖެނުއަރީ 2020 - 12:26
މި އަހަރުގެ ތެރޭގައި ޑޮމެސްޓިކް ހަތަރު އެއާޕޯޓެއް ހުޅުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
ވީޓީވީ "ފަސްމަންޒަރު"ޕްރޮގްރާމްގައި ނަހުލާ ރޭ ވިދާޅުވީ ހއ. ހޯރަފުށި، ށ. ފުނަދޫ، ޅ. މަޑިވަރު އަދި ގދ. މާވާރުލު އެއާޕޯޓް މި އަހަރުގެ ތެރޭގައި ހުޅުވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި އަހަރު އެންމެ ފުރަތަމަ ހުޅުވާ ފުނަދޫ އެއާޕޯޓް މި މަހު ހުޅުވާނެ ކަމަށެވެ. މާވާރުލު އެއާޕޯޓް މާޗު މަހު، މަޑިވަރު އެއާޕޯޓް އޭޕްރީލް މަހު އަދި ހޯރަފުށީ އެއާޕޯޓް އޮގަސްޓް މަހު ހުޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރު ހުޅުވަން ކުރިން މަސައްކަތްކުރި އެއާޕޯޓްތައް ނުހުޅުވި ލަސްވި ސަބަބުތަކާ ބެހޭ ގޮތުން ނަހުލާ ވިދާޅުވީ ކަނޑައަޅާފައިވާ ވަރަށް ވުރެ ލަހުން ކޮންޓްރެކްޓަރުން މަސައްކަތް ކުރުމާއި ތަމްރީނު ވެފައިވާ މީހުން ހޯދުމުގައި ކުރިމަތިވި ގޮންޖެހުންތަކަކީ އެއާޕޯޓްތައް ހުޅުވުމުގައި ލަސްވި ސަބަބުތަކެއް ކަމަށެވެ.
"މަސައްކަތަށް އަންނަ ބަދަލުތަކާއި ހަވާލުކޮށްފައި އޮންނަ ކޮންޓްރެކްޓަރެއް މަސައްކަތް ލަސްވީމާ ނުވަތަ މަސައްކަތް ނުކުރާތީ. އަޅުގަނޑުމެން ކަނޑައަޅާފައި މި އޮންނަނީ މިސާލަކަށް ޑިސެމްބަރުގައި ހުޅުވަން، އެބޭފުޅުންގެ މައްސަލައަކާ ހެދި މަސަައްކަތް އެބަ ލަސްވޭ، އަޅުގަނޑުމެން މި ހުށަހަޅާ ޑޭޓަށް މަސައްކަތް ނުކުރެވިގެން އެބަދޭ،" އޭނާ ވިދާޅުވި އެވެ.
ޑޮމެސްޓިކް އެ ހަތަރު އެއާޕޯޓް ހުޅުވުމުގެ އިތުރުން، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ފުޅާ ދާއިރާއެއްގައި ބޭނުން ކުރެވޭ ތަނަކަށް ހެދުމަށް ޓަކައި އެތަނުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް މި އަހަރު ކުރަން ނިންމާފައިވާ ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތް ފެށޭނެ ސީދާ ތާރީހެއް އަދި ނޭނގެ އެވެ.
މި އަހަރު ހުޅުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެއާޕޯޓްތަކުގެ ތެރެއިން ފުނަދޫ، މާވާރުލު އަދި މަަޑިވަރު އެއާޕޯޓްގެ މަަަސަައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2018 ވަނަ އަހަރު އެވެ. ހޯރަފުށީ އެއާޕޯޓުގެ މަސަައްކަތް ފެެށީ މިދިޔަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓިނުބެ
02 January 2020
މާވާރުލު އެއަރޕޯޓަކީ ރައީސް ނަޝީދުގެ ވެރިކަމުގަ ހަވާލުކުރި ޕްރޮޖެކްޓެއް. މައުލޫމާތަށްޓަކައި ބުނެލީ.
އަބުލްބަރކާ
02 January 2020
2011 މާވާރުލު ހަވަލުކުރެވިފައިވަނީ އިންވެސްޓަރ ފައިނޭސް އުސޫލުން ރިސޯޓަކާ އެކު މިހާރުގެ ގައްދޫ ދާއިރާގެ މެމްބަރ އަހުމަދު ޒާހިރުގެ ހިއްސާވާ މޫވިންއިންޓަނޭޝަނަލް ކިޔާ ކުންފުންޔާ. ރައިސް ވަހީދު އަދި ރައީސްޔާމީން ވެރިކަމުގައި ވެސް އެއަރޕޯޓް ނިންމާލެވޭތޯ 2016ވަނަ ހިސާބުގަވެސް މަސައްކަތް ކުރެވުނު. 2018 އެޕްރީލް މަހުގަ އެމްޓީސީސީ ގެ ހަވާލް ކުރެވުނީ އޭގެ ފަހުގައި، ރަޢިސް މައުމޫން 2007ވަނަ އަހަރު ގައްދޫ ކައިރީގަ އެއަޕޯޓްމާވެއްދޫ ބިމެއް ހިއްކަން ފަށާފަ.
ބޮލުރޮދި
02 January 2020
ކަކުނިބޮލާ ބުނަން ރައީސް ޔާމީން ވަނީ އެތަންތަން ހަދަން ފެށުމުގެ ކުރިން ލާރި ހޯދާ އެދައްކާނެ ގޮތް ފުލޭންކޮށް ނިންމާފަ ފިނޭންސްއަށް ޖެހޭނެހާވެސް ކަމަކީ އެމަހަކު ދޭންވާވަރެއް ޓްރާންސްފާ ކޮށްލަން ..އެކަމަކު އެދެއްކޭނީ އެކަމަށް ބެހެއްޓި ލާރި ކޮޅު ބަދަލުުދީ ހުސްކޮށް ނުލާ ހުރިއްޔާ
އަބުލްބަރކާ
02 January 2020
ގދ ގަ މާވާރުލު، ގދ ފަރެސްާތޮޑާ، ގދ ކާޑެއްދޫ، 3 އެއަރޕޯޓު އެއްއަތޮޅެއްގަ. ގއ ކޫއްޑޫ އިންޓަނޭޝަނަލް ކޮށްލުން ރަގަނޅު ، ނޫނީ ދެކުނުން މާވާރުލު ނޫނީ ފަރެސްމާތޮޑާ އިންޓަނޭޝަނަލް ކޮށް. މިސަރައްހައްދުގައި . އިންޓަނޭޝަނަލް ޕޯޓް ޙިދުމަތައް ގދ ގަން (240 ހެކްޓަރ) ކަހަލަ ގުދުރަތީ ބިންބޮޑު ރައްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހޭ، މިގޮަތައް ތަރައްގީ ކުރެވިއްޖެޔާ ހުވަދު އަތޮޅުކީ ސަރަހައްދީ މެއިން ހަބެއް ގޮތުގައި ތަރައްގީ ކުރެވޭނެ އެއް އަތޮޅަށްވާނެ.
ތުއްތޮންބެ
02 January 2020
ޝުކުރިއްޔާ 21ވަނަގަރުނުގެ ދިވެހިންގެ ތަރައްގީގެ ބައްޕަ ސާހިބުލް ފަހާމާ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް. ބަލާއޭ ގައުމައް މެދުވެރިވީ ނުފޫޒާބާރާ ހިންގައިގެން އަދާވަތްތެރިވި މީހުންތާ ކުށެއްނެތި ޖަލުގާ ބަންދުކުރީ.
މަލިކުމުހަންމަދު
02 January 2020
މުޅިރާއްޖެ ވައިގެ ދަތުރުފަތުރު ނިޒާމަކުން ގުޅުވާލެވޭއިރު ހިދުމަތް ދޭށް މި އޮށްނަނި އެއްމެ ހައެއްކަ ބޯޓް. މިހާރުވެސް އަބަދު ބޯޓްތައް މި އޮށްނަނި ޑިލޭވެފަރ. ތި އެއާރފޯޓްތައް ހުޅުވެންވާއިރަށް މޯލިޑިވިއަންގެ ފުލީޓް ވަރުގަދަވާން ޖެހޭ. އެހެންނޫނީ ހޯރަފުށިން ފުރައިގެން ބިބީފަރުގަ 18ގަޑިން ދިއުމެކޭ ތަފާތެއް ނުވާނެ. މިބުނީ ޓުރާންސިޓްކޮށް އުތުރުގެ ހުރިހާ އެއާރފޯޓެއްގަ ޖަންސާފަ ދާވާހަކަ. މިހާރުވެސް މޯލިޑިވިއަނުން ހަދަނި އެހެން...
މޯޑް
02 January 2020
ހޯރަފުށީ އެއާރފޯޓް ވީހާވެސް އަވަހަކަށް އޮފަރރޭސަނަށް ގެނެސްދީބަލަ.
ނިރު
02 January 2020
އޭ380 މަރުކާގެ މަތިންދާ ބޯޓްތަށް ޖެއްސޭނެތަ؟؟؟
ކިއްލިބާޝާ
02 January 2020
320 އެއްވެސް ނުޖެއްސޭނެ.
ބޯބުރާންތި
02 January 2020
އޭ380 ކީއްކުރަން. އެންޓޮނޯވް225 ގެ 4 ބޯޓު އެއްފަހަރާ ވެސް ޖެއްސޭނެ.
އަހުމަދުއީސަބެ
02 January 2020
ކުދިންނޭހޭއަރާތި ކައުންސިލް ވޯޓައްޖަހާމަޅި ރ ޔާމީން ނަންވާނީ
ކޮތަނބިރި
02 January 2020
އާދެ ވިއްސަކަށް އެއާޕޯޓު ހުޅުވިގެންދާއިރު ހުރިހާ އެއާޕޯޓެއްގެވެސް މަންޒިލަކީ ކ.މާލެ، މަންޒިލަށް ފޯރުމާއިއެކީ އޮތީ މާލޭގެ މީހުންނަށް ކުލިދެއްކުން. މާލޭގެ ލޯކަލް ޓުއަރިޒަމަށް ހަދާ އެއާޕޯޓުތައް ތިޔާ ހައްތާވެސް.
ފުރޭތަ
02 January 2020
އަނެއްކާ މިޖެހުނީ ޝުކުރިއްޔާ ޔާ މީން ކިޔަން..ކިހާ ދެރަކަ މެއް..ޝުކުރިއްޔާ އިބޫ ކިޔާލާނެ ވަގުތެއްް ދީބަލަ...
ކަކުނިބޯ
02 January 2020
ކަލޭ ޝުކުރިއްޔާ ކިޔާނެ މީހަކަށް ކިޔާ ... މަށަށް ވެސް ޝުކުރު އަދާކުރެވިދާނެ. އިގޭހާވެސް އެއްޗަކީ 2018 ނޮވެ މްބަރ 11 ވަނަދުވަހުން ފެށިގެން މިޤައު މުގެ ޕްރޮޖެކްޓްތަށް ހިންގާ އެއަށް ފައިސާދައްކާނޭގޮތް ޕްލޭންކޮށް ދަރަންޔަށް ފައިސާ ހޯދު މާއި ދެއްކު މުގެ އިންތިޒާ މްހަ މަޖައްސަނީ ރައީސް ޔާ މިނު ގޮޅިޔަކުން ނޫންކަން