ކާޑުގެ ބާވަތްތަކުގެ ސަބްސިޑީ ފޯމް ބަލައިގަތުމުގެ މަސައްކަތް މިއަދު ހުޅުމާލޭ ފެރީ ޓާމިނަލްގައި ކުރިއަށް ދަނީ -- ފޮޓޯ: މިހާރު
03 އޮކްޓޯބަރ 2016 - 10:55
ކާޑުގެ ސަބްސިޑީއަށް އެދޭ ފޯމު، މާލޭގެ ހަތަރު ސަރަހައްދަކުން ބަލައިގަންނަން މިއަދު ފަށައިފި އެވެ.
މިދިޔަ ހޮނިހިރުދުވަހުން ފެށިގެން ކާޑު ސަބްސިޑީ ހަމައެކަނި ފަގީރުންންނަށް ދޭ ގޮތަށް ނިންމުމާ ގުޅިގެން، އެކަމަށް އެދޭ ފޯމު ބަލައިގަންނަނީ އެންސްޕާގެ އިތުރުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި މާލޭގައި ހުންނަ ހުޅުމާލެ އަދި ވިލިމާލެ ފެެރީ ޓާމިނަލުގެ ބޭރުގައި ބަހައްޓާފައިވާ މޭޒަކުންނެވެ.
ކާޑު ސަބްސިޑީ ފޯމު ބަލައިގަތުމާ ގުޅޭ ގޮތުން، އެންސްޕާގެ ބަހެއް އަދި ނުލިބެ އެވެ.
ކާޑުގެ ބާވަތްތަކުގެ ސަބްސިޑީ ފޯމް ބަލައިގަތުމުގެ މަސައްކަތް މިއަދު ހުޅުމާލޭ ފެރީ ޓާމިނަލްގައި ކުރިއަށް ދަނީ -- ފޮޓޯ: މިހާރު
އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލް އިއްޔެ ވިދާޅުވީ ކާޑުގެ ސަބްސިޑީ ދިނުމުގައި، ލިބޭ އާމްދަނީ އަށާއި ގެއެއްގައި މީހުން ތިބޭ އަދަދާއި އާއްމު ދިރިއުޅުމުގެ ހާލަތަށް ބަލާނެ ކަމަށެވެ. އަދި އެކަންކަން، ފަގީރުންނަށް ސަބްސިޑީ ދިނުމަށް ދޫކުރާ ފޯމުގައި ހިމަނާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގެއެއްގައި މީހުން ބޭނުން ކުރާ ކޮޓަރީގެ އަދަދާއި ދިރިއުޅޭ އާއިލާގެ އަދަދާއި އެ މީހުންގެ އަދަދާއި އުމުރުން 18 އަހަރުން ދަށުގެ ކުދިންނާއެކު ދިރިއުޅެނީ ކިތައް މައިންތޯ އާއި ދިރިއުޅޭ ތަނުގެ ބޮޑުމިން ފޯމުގައި ހިމަނަން ޖެހެ އެވެ. އަދި ގޭގައި ބޭނުން ކުރާ ދޮންނަ މެޝިނާއި ރޭޑިއޯ އާއި އައިސްއަލަމާރި އާއި ރައިސް ކުކާ އާއި ކޮމްޕިއުޓަރު ފަދަ އިލެކްޓްރޯނިކް ސާމާނު ހުރޭތޯ ބަލަ އެވެ. ސަރުކާރުން ކަނޑައަޅާ ފަގީރު ގޭބިސީއަކަށް މަހަކު ގިނަވަގެން ދޭން ނިންމާފައިވާ 240ރ.ގެ ސަބްސިޑީ އެކެވެ.
ސަރުކާރުން ކާޑަށް ދޭ ސަބްސިޑީ ކަނޑާލައި ހަމަ އެކަނި ފަގީރުންނަށް ދޭ އެއްޗެއްގެ ގޮތުގައި ހަމަޖެއްސުމާ އެކު ކާޑުގެ ބާވަތްތަކުން އަގުވަނީ ބޮޑުވެފަ އެވެ. އެގޮތުން މާލޭގައި ހަނޑޫ ކިލޯއެއް ދެން ގަންނަން ލިބޭނީ 7.96ރ. އަށެވެ. މިހާތަނަށް ހަނޑޫ ކިލޯއެއް ވިއްކީ 3.98ރ. އަށެވެ. ހަކުރު ކިލޯއެއް އަށް ރުފިޔާ އަށް އަދި ފުށް ކިލޯއެއްގެ އަގު 5.96 އަށް ވަނީ އަރާފަ އެވެ. ފުށް ކިލޯއެއް މިހާތަނަށް ވިއްކީ 2.96ރ. އަށެވެ. ހަކުރު ކިލޯއެއް ވިއްކީ ހަތަރު ރުފިޔާ އަށެވެ.
މިއީ ހަމައެކަނި މާލޭގައި ކާޑު ވިއްކާ އަގެވެ. ރަށްރަށުގައި މި އަގު އަދި މިއަށް ވުރެ ބޮޑު ވާނެ އެވެ. ސަރުކާރުގެ އާ ކޮންޓްރޯލް އަގު އިކޮނޮމިކް މިނިސްޓްރީން ވަނީ މިދިޔަ ހުކުރުދުވަހު އިއުލާންކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒެޑްސް
04 October 2016
ދެން ދޯ ވޯޓު ވިއްކަންވީ. ކުރިން 500 ރުފިޔާ އަށް ވިއްކި ވޯޓް މިހާރު ލިބޭނެ 240 ރުފިޔާ އަށް. އަދި ކިރިޔާ ލާރީގެ ހަމަ އަހގު ފެންނަން ފެށީ
ލޮލް
03 October 2016
މިހާރު އެންމެނަށް ވިސްނެންޖެހޭނެ ވޯޓި ވިއްކީމަ ވާނެ ގޮތް
ަޮއޮފްކޯޒް
03 October 2016
ޕޮސިބުލް އައްބުނެލަން އޮތީ ވަގުންނައްހީވާނެ ދެންތިބޭނީވިސްވަގުންނޭ
ޢަލީޝާކިރު
03 October 2016
ޢަދިވެސް މުސްކުޅިންނައް ފައިސާބަހާ ގިނައިންބަހާ ވެގެންއުޅޭގޮތަކީ މުސްކުޅިން ދެކެ ބިރުން ވެވުނު ވައުދެއް ފުއްދާލީ އަހަރުމެން މަސްދުވަހު ގުލާނު ކުރީމަ ލިބެނީ 4100 ރުފިޔާ އިތުރުގަޑި ލައިގެން 5300 ވީމާ ކޮބައިތޯ އިންސާފަކީ ނަސީދު އެފައިސާ ދެމުން ދިޔައީ ބަޖެޓައް ދެމިއޮވެވޭ ވަރައް ޔާމިނު އިތުރައް ދައުލަތައް ފައިސާ ބޭނުން ނަމަ ހިންގުމުގެ ނިޒާމު ބަދަލުކުރަންޖެހޭ އާބާދީ އެއްފަސް ކުރަންވީ އެއީ ކާޑާ ނުކުޅުނަސް ފައިސާ އިތުރު ކުރުމައް
ދޮޅުގަޑި ބައި
03 October 2016
ތި ސަބްސިޑީ ލިބުން ހައްގުވާ މީހުންތިބީ ހަމަ އެކަނި މާލޭގަތަ؟ ރާއްޖެތެރޭ ރައްރަށުގަ ތިބި ރައްޔިތުންނަށް ސަބްސިޑީ ފޯމް ފުރުމުގެ ފުރުސަތެއްނެތްތަ؟
އިކޮނޮމިސްޓް
03 October 2016
ފޯމް ދޫކޮށް ނިމޭއިރު ކުރިން ސަބްސިޑީގެ ގޮތުގައި ދިން ވަރަށްވުރެ ގިނައިން ދޭން ނުޖެހޭނެބާ؟
ދޮން އާމިރު
03 October 2016
ތިފެންނަ ބޭފުޅާގެ ޝަރުތުހަމަވޭތޯ....ބޫޓަކަށް އަރާފަހުރީ.
ސައްތާރު /މހއ
03 October 2016
ބާސް މަތީ ހަކުރާ ، ބާސްމަތީ ފުއް ތިޔަ ފޯމް ފުރީމާލިބޭތަ. އެތަކެތި ލިބެންޏާ މަވެސް ފުރާފާނަން....
ގގ
03 October 2016
މާލޭގެ 4 އަވަށަށް ސަބުސިޑީ ދެނީ!
މުގާބެ
03 October 2016
މިއުޅެނީ އަދި ހުސްނުވާ އާސަންދައިން ޑޮކްޓަރައް ނުދެއްކިގެން ބަލާބަލަ 2 އޯގަސްޓް 2014 ގަ ހެދި އެޕޮއިންޓްމަން މެމޯހެދީ 3 ސެޕްޓަންބާރ 2014 ގަ އަދި ޑޮކްޓަރ ބަލަންނުފަޝާ މިގޮތަށް ދައްކަން ޖެހުނީމަ އާސަންދަ ހުސްނުވާނެތާދޯ ދެން މީއަދި މެމޯހެދިފަހުން ވީދުވަސް. ދެން ކަލޭމެން ބުނާނެ ތީނުވާނޭ ތެދަކަށް. މިއޮތީ މެމޯނަންބާރ 3125972، ޔޫސާ ނަމްބާރ 236589. މިއަދާހަމައަށްވެސް ޑޮކްޓަރަށް ދެއްކޭގޮތް ނުވޭ އެކަމަކު މިއޮތީ މެމޯވެސް ހަދާފަ. މިހާރު 2 މަސްވީ. ދެން ސާކަލުގަ އިސްޓިކާޖަހާގެންވެސް ތިޔަށްވުރެ ގިނަފައިސާ ސަރުކާރަށްލިބޭ ނޫންތޯ 240ރ ދޭގޮތަށް ތިހެދީ!!