ގިނަ އަދަދެއްގެ ޖެޓްތަކެއް އެއާޕޯޓުގައި ޕާކުކޮށްފައި
07 ޖެނުއަރީ 2020 - 15:04
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެއް ދުވަސް ތެރޭ އެންމެ ގިނަ އަދަދަކަށް ބޯޓު ޖެއްސި އަދި ފުރުމުގެ އާ ރެކޯޑެއް އާދީއްތަދުވަހު ގާއިމުވެފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އާންމުކޮށްފައިވާ ގޮތުގައި މިިދިޔަ އާދިއްތަ ދުވަހު، އެ އެއާޕޯޓުން ފުރި އަދި ޖެއްސި އަދަދު 252 އަށް އަރަ އެވެ. އެންމެ ފަހުން ރެކޯޑު ހެދި ދުވަސް ކަމަށްވާ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެއާޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓްގެ އަދަދު އުޅެނީ 239 ގަ އެވެ.
މިދިޔަ އާދިއްތަ ދުވަހަކީ ސީޕްލޭންގެ ދަތުރުތަކުގެ ވެސް ރެކޯޑު އަދަދެކެވެ. އެގޮތުން ސީ ޕްލޭންގެ 559 މޫވްމަންޓް ރެކޯޑް ކުރެވިފައިވެ އެވެ. ސީ ޕްލޭން ދަތުރުތަކާ އެކު މިދިޔަ އާދިއްތަ ދުވަހުގެ ޕްލައިޓް މޫވްމެންޓްތަކުގެ އަދަދު 811 އަށް އަރަ އެވެ. މިއީ މިއަހަރުގެ ފުރަތަމަ ރެކޯޑު ނަމަވެސް މިިދިޔަ އަހަރު ވެސް އެއާޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓްގެ ރެކޯޑް ތިން ފަހަރަށް ބަދަލުވި އެވެ. ކޮންމެ އަހަރެއްގެ ވެސް ޕީކް ސީޒަންގައި އެއާޕޯޓުގެ ރަންވޭ މޫވްމެންޓް އިތުރުވެގެންދެ އެވެ.
އެމްއޭސީއެލުން ވަނީ މި ދުވަސްވަރު ދަތުރުކުރާ ފަރާތްތަކުން ވީހާ ވެސް އަވަހަކަށް ޗެކިން ކޮށް ނިންމުމަށް އަވަހަށް އެއާޕޯޓަށް ދާން އިލްތިމާސްކޮށްފަ އެވެ. އެމްއޭސީއެލުން ބުނީ އެއާޕޯޓު މެނޭޖު ކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށާއި، އެންމެ ބިޒީ ދަނޑިވަޅުތަކުގައި ވެސް އެކަންކަމަށް އޮންނަ އިސްކަން ބޮޑު ކަމަށެވެ.
The safety of our airlines has always been our utmost priority. While thanking our staff & stakeholders we are pleased to announce that on 05-01-2020, we had a new traffic record @VelanaAirport
— MACL (@MACLmedia) January 6, 2020
252 Runway movements & 559 Seaplane movements
Totalling to a record 811 movements. pic.twitter.com/9gCUF34iV2
އާދިއްތަ ދުވަހަކީ، އެންމެ ގިނަ އަދަދަކަށް އެއާޕޯޓުގެ މަސައްކަތްތައް ހިނގާ ދުވަހެވެ. އެގޮތުން ހަފްތާގެ އެހެން ދުވަސްތަކާ އަޅާ ބަލާއިރު ފްލައިޓް ޖައްސައި، ފްލައިޓް ފުރާ ވަރު ވަރަށް ބޮޑަށް އިތުރުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަބަރު
08 January 2020
ތިތަނަށް އަންނަ ކޮންމެ މީހަކީ ރިކޯޑުގެ ފޮނިރަހަ ލިބޭނެ މީހެއް. ތިތާގެ ހާލަތާމެދު ލަދުގަނޭ. ހީވެސް ނުކުރެވޭވަރުގެ ދަތިތަކާ ކުރިމަތިލާންޖެހޭ. ކޮންމެފަދަ ގުރުބާނީއެއްވެގެންވެސް ތިތާގައި އާ ޓާމިނަލެއް އަޅަންވެއްޖެ. ހުރިހާކަމަކަށްވުރެބޮޑަށް އިސްކަންދީގެން ވަރަށް އަވަހަށް ޓާރިނަލް މަސައްކަތް ފުރިހަމަކުރަންވެއްޖެ.
ކައުންސެލަރު
08 January 2020
ޝުކުރިއްޔާ ރައީސް ޔާމީން. މިފެންނަނީ ރައީސް ޔާމީންގެ ދުރުވިސްނުންފުޅު ހުރި ހިސާބު، އަދި ޤައުމަށް ހެޔޮއެދިވެޑައިގެންނެވިވަރު. ފޮޓޯއިން ތިޔަފެންނަ އިރުމަތީ އޭޕްރަން އަށް ވިސްނިޔަސް އެއާޕޯރޓްގައި އެޅުއްވި ރަންވޭއަށް ވިސްނިޔަސް އެކަންއެނގޭނެ. އާރަންވޭ ބޭނުންކުރަން ފެށުމުން ފްލައިޓް މޫވްމަންޓް ގުނާނީ ހާހުން އިރާދަކުރެއްވިއްޔާ. ރައީސް ޔާމީންއަށް ފަށްފަށުން ޝުކުރިއްޔާ.!
ޝޮކްތެރަޕީ
08 January 2020
ޖީއެމްއާރު ބޭރު ނުކުރިނަމަ. މި ހުރިހާ ލަރިއެއް ވަންނަނީ އިންޑިޔާއަ. ރައިސް ޔާމިންގެ ދުރުވިސްނުން ވަރައް ބަރާބަރު.
ފެނިއަތުންހިފާފަ
07 January 2020
ފަތުރުވެރިންނާއި ފްލައިޓް ރެކޯރޑް އަދަދަކަށް އެކަމަކު ޚިދުމަތާއި ފެންވަރު ބަލައިގަނެވޭވަރަށް ކައިރިވެސް ނުކުރޭ. ލިބޭއެއްޗަކާއި އަޅާބަލާއިރު އެއްވެސް ކުރިއެރުމެއް ނުލިބޭތަނެއް މިނޫނިއްޔާ ނުދެކެން. މަނުބުނަން ކައިފަ ބާކީނުވަނީޔެކޭ...
ގިޔާސް
08 January 2020
ތީ އެޔެއްވެސް މިއަދުވެސް ތިކަން އޮތްގޮތް...................
ޕަވިއަނި
07 January 2020
ހައިރާން ވެއްޖައީމް ބަލަ އެކިޔަނީ އެތާ މުވައްޒަފުންގެ ވާހަކަ އެމީހުން ހިދުމަތް ދެވިފަވާ މަތިންދާ ބޯޓު ފަހަރުގެ ވާހަކަ ބޯޑު މެމްބަރުންގެ ވާހަކައެއް ނޫން ނިކަން ހޭ އަރާ ބަލަ މޮޔަނުގޮވާ. ތިޔަ ބޯޑެއް އޮތަސް ނެތަސް ވާކަމެއް ހަރާމް މެނޭޖަރެއް ހުއްޓަސް ނެތަސް ކުރަން ޖެހޭ ކަމެއް ބަލަ މުވައްޒަފުން ކުރި ވާހަކަ. ކޮންމެ ކަމަކައް ސިޔާސީ ދެ އިރު ކާ ބޭހެއް ހެން އެބަ ގޮވާ.
އޮނަރަބްލް އަފީފު ދީދީ
07 January 2020
ދައުލަތުން 3 ބިލިޔަނަށްވުރެންގިނަ ޑޮލަރުގެ ދަރަނި ނަގައިގެން ހަދާފައިވާ ތިޔަ އެއަރޕޯޓް ހިންގާ ކުންފުނީގައިތިބީ އެއް އާއިލާއަކަށް ނިސްނަތްބާ މާލޭގެ މަހުޖަނުންތަކެއް. # އެމީހުންގެބާރާއިނުފޫޒުން ހަނިމާދޫ އަދި ގޭންއެއަރޕޯޓް އޮތީ ނުކުޅެދޭހާލަތަށްވައްޓާފައި. މިހާރުނިކުމެއެތިބީ މަކަރާޖަހައިގެން ކުޑަކުޑަފީއެއްކުންފުންޏަށްދީފައި ތިތަނުގެ ސީޕްލޭންޓާމިނަލް ބަނޑުއަޅާންވެގެން. މިހެންއޮތްތަނެއްގައި ރިކޯޑް މަތިމައްޗަށްހެދިޔަސް ދިވެހިންނަށް އޮތީ ކޮން އުފަލެއް؟!
ޢަބްދުﷲނާފިޒް
08 January 2020
އޮނަރަބްލް އަފީފު ދީދީ، މަބުނީ ކޮބާ "ސޭވިސްޗާޖު" ކަންތައް ހަމަޔަކަށް އެޅިއްޖެތަ.........
އެންދެރި
07 January 2020
ހުރިހާ ފައިދާ އެއްނަގަނީ ސިޔާސީ ބޮޑުން ނެވެ. މުސާރަ ވެސް 1 ލައްކަ އަށް ބޮޑު ކޮށްލަފާނެ އެވެ.
ނައުފަލް
07 January 2020
ދަތިވުންބާ ނޫނީ ރިކޯޑެއްބާ؟
ދޮންމަނިކު
07 January 2020
ސުކުރިއްޔާ ރއސ ޔ މނ.... އެއްކަލަ ޗައިނާ މީހުން ގެ ފައިބުޑައް ވެއްޓި އާދޭސް ކުރަނީޔޯ ... ސުޓޭޑިޔަ މެއް އަޅާދޭށޯ.!!!!!!!!!!!
ގިޔާސް
08 January 2020
އެއީ މިހާރު ބޮޑު ގައިދީއެއް ދެއްތޮ.........
އޮނަރަބްލް އަފީފު ދީދީ
07 January 2020
އަނިޔާވެރިވެ ވެލްތް ޑިސްޓްރިބިއުޓްކުރަމަށް ހުރަސް އެޅުމުގެ ރެކޯޑްވެސް މާލޭ އެއަރޕޯޓަށް ދޭންޖެހޭ. # ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގައި ބައިނަލް އަޤުވާމީ 3 އެއަރޕޯޓް އޮވެ މައިސަރުކާރުގެ ނުފޫޒުން 2 އެއަރޕޯޓް ފަޅުކޮށް ބާއްވާފައި އެ ޤައުމަށް އަންނަ މީހުންގެ %99 އެންމެ އެއަރޕޯޓަކަށް އައުމަށް މަޖުބޫރުކޮށްފައިނުވާނެ. މި ރެކޯޑްވެސް އޮތީ ތިތަނުގައި. # ތައިލެންޑަށް ދުވާލަކު 1500000 މީހުން އަންނައިރު އެއެންމެން އަންނަނީ ސުވަނަބޫމް އެއަރޕޯޓަކަށްނޫން.
ލޮނުމެދުފަޓާސް
08 January 2020
އެންމެ އެއަރޕޯޓަކަށް އައުމަށް މަޖުބޫރުކޮށްފައިތަ އޮންނަނީ!؟ އަހުންނަށް ހާދަ އެއްޗެއް އެހްނވީމަ ނޭގުނޭ