މިއަހަރުގެ ފިތުރު އީދު ދުވަހު ރައީސް ޔާމީން ބޭއްވެވި އީދު ސަލާމް ކުރެއްވުމުގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމްއާ ދެބޭފުޅުން ވާހަކަފުޅު ދައްކާލައްވަނީ: ކާޑޫގެ އަގު ބޮޑުކުރުމުން ޖޭޕީން ވެސް ވަނީ ކަންބޮޑުވުންފާޅުކޮށްފައި. ---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
03 އޮކްޓޯބަރ 2016 - 14:24
ސަރުކާރުގެ ބޭކާރު ހަރަދުތައް ހުއްޓާލައި ކާޑުގެ އަގު ހެޔޮކުރަން ޖުމްހޫރީ ޕާޓީން މިއަދު ގޮވާލައިފި އެވެ.
އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކާޑުގެ ބާވަތްތައް، އޭރެއްގައި އޮންނަ ސަރުކާރަކުން އެންމެ ލުއި އަގެއްގައި ރައްޔިތުންނަށް އަބަދުވެސް ފޯރުކޮށްދޭ ކަމަށެވެ. އެކަމަކު ސަބްސިޑީ ކަނޑާލައި ކާޑުގެ އަގަށް މި ސަރުކާރުން ގެނައި ކުއްލި ބަދަލުން ކަންބޮޑުވާ ކަމަށް ޖޭޕީން ބުންޏެވެ.
އެ ޕާޓީން ބުނިގޮތުގައި މި ނިންމުމުން، ރައްޔިތުންނަށް ވަރަށް ބޮޑު ނިކަމެތި ކަމެއް ވަނީ ކުރިމަތިވެފަ އެވެ.
"އަދި މި ދުވަސްވަރަކީ މަސްވެރިކަން ވެސް ނުހަނު ދަށް ދުވަސްވަރަކަށް ވެފައި ހާއްސަކޮށް އަތޮޅުތަކުގެ ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ގަންނަން ލިބޭ އަގުތަކަކީ މިއިން ޒަމާނެއްގައި ވެސް ބޮޑުނުވާވަރުގެ އަގުތަކަކަށްވާތީވެ، އެކަމާ މި ޕާޓީން އިންތިހާ އަށް ކަންބޮޑުވުމަށެވެ،" ބަޔާނުގައިވެ އެވެ.
ޖުމްހޫރީ ޕާޓީން ބުނީ ކާޑުގެ އަގަށް ގެނައި ބަދަލާ މެދު އަލުން ވިސްނައި، ކުރިއެކޭ އެއްގޮތަށް ރައްޔިތުންނަށް ދަތިނުވާނެ ގޮތަށް ހަދަން ޖެހޭ ކަމަށެވެ.
ސަރުކާރުން ކާޑަށް ދޭ ސަބްސިޑީ ކުއްލިއަކަށް ކަނޑާލައި ހަމައެކަނި ފަގީރުންނަށް ދޭ އެއްޗެއްގެ ގޮތުގައި ހަމަޖެއްސުމާ އެކު ކާޑުގެ ބާވަތްތަކުގެ އަގު ވަނީ ބޮޑުވެފަ އެވެ.
މާލޭގައި ކުރިން 3.98ރ. އަށް ލިބުނު ހަނޑޫ ކިލޯއެއް މިހާރު ގަންނަން ލިބޭނީ 7.96ރ. އަށެވެ. ކުރިން ހަތަރު ރުފިޔާ އަށް ވިއްކި ހަކުރު ކިލޯގެ އަގު ދެ ގުނަވެ އަށް ރުފިޔާ އަށް ވަނީ އަރައިފަ އެވެ. ފުށް ކިލޯއެއްގެ އަގު ވަނީ 2.96ރ. އިން 5.96ރ. އަށް ބޮޑުވެފަ އެވެ. މި އަގުތަކަށް ވުރެ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުވާނެ އެވެ. ސަރުކާރުގެ އާ ކޮންޓްރޯލް އަގު އެކޮނޮމިކް މިނިސްޓްރީން ހުކުރުދުވަހު ވަނީ އާންމުކޮށްފަ އެވެ.
ކާޑުގެ ސަބްސިޑީ ކަނޑާލަން ޖެހުނީ ސަރުކާރުން ބުނެފައިވާ ގޮތުގައި، ރާއްޖެ އަށް ބޭރުގެ ފަރާތްތަކުން މާލީ އެހީ ހޯދަން އުނދަގޫވެފައި ވާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
GAN Island
03 October 2016
މި ސައުދާގަރަކީ ވެސް ދައުލަތަށް އޭނާގެ ވިޔަފާރީގެ ފައިދާއިން ކޮންމެ 100ރ އަކުން އެންމެ ރުފިޔާ އެއް އިންކަމް ޓެކްސް ގެ ގޮތުގައި ދައްކަން ދެކޮޅުހެދި އެކަކު. ކޮންމެހެން ރައްޔިތުން ނަށް މާ ހެޔޮއެދޭ މީހެއްކަމަށް ހެދެން އުޅޭނެ ކަމެއްނެތް. ތިއީ ހަމަ ޓެކްސް ދައްކަން ދެކޮޅުހަދާ މީހެއް.
ތޮޅިއައްޔަ
03 October 2016
ބަރާބަރު ގާސި،މް އަހަރެމެން ޤާސިމާއެކު.. މުޅިކިހާދޫ ގާސިމާއެކު
ގޮވާލަމޯ
03 October 2016
ކޮން ގޮވުމެއް ގޮވާކައް ތީ މިކަމުގެ ޒިންމާ ނަގަންޖެހޭ ބައެއް
ހާސަރު
03 October 2016
ބްރިޖް ބަލަންހަދާ ފްލެޓްފޯމް ހުއްޓާލާ އެފައިސާވެސް ކާޑުގަންނަން ދޭންވީ
ދޮންދޫނި
03 October 2016
ކޯލިޝަން ހަދައިގެން އުޅޭއިރު ކަންކަމަށް ގޮވާލަންޖެހޭތަ. އެހެންނޫނަސް ތިގޮތަށް މީޑިޔާގަ ބުނާވާހަކަ ޔާމީންއޮތީ ނާހާނަމޭ ބުނެފާނު. އޭނަކައިރީ ބުނަންވާނީ ކަންފަތްދޮށު އެހެން މީހަކަށް ނޭނގޭގޮތަށް. ސިޓީވެސް ސީދާ ރައީސް އަތްޕުޅަށް ނޫނީ އަމަލެއް ނުކުރައްވާނެ. ގާސިމްވެސް ތިކަމު ބައިވެރިވާތީ މީޑިޔާގަ ތިބުނީ ކާޑުގެ އަގު ހެޔޮނުކުރަންވެގެން.
ޒަރޫރަތު
03 October 2016
ޢޮރަބްލް ގާސިމް އިބްރާހީމަށް ތިހެންވާނެކަން ގަބޫލް ކުރެވޭ ގައުމަށް އިސްލާހް ގެންނެވުމަށް ގާސިމް ރިޔާސަތުގަ އިންނަވައިގެން ގެނެސްދެއްވާފަވާ ގާނޫނު އަސާސީން ލިބިދޭ އާއްމު އަސާސީ ހައްގުތައް ކަށަވަރުވޭތޯ މުހިންމު އިސްލާހީ މަސައްކަތް ކުރައްވަން ޖެހޭ އެއްފަރާތަކީ ގާސިމް އިބްރާހީމް ސަބަބެއް ނެތި އެއްނޫން އެންމެ ފުރަތަމަ ކަމަކީ ގާސިމް އަކީ ރައްޔިތުންނާ ވަރަށް ކައިރި ބޭފުޅެއް ރައްޔިތުންގެ އަޑު އައްސަވާ އެހީތެރިވެ ދެއްވާ ބޭފުޅެއް ރައްޔިތުން ގާސިމަށް ކުރާ އިތުބާރަށްޓަކާވެސްމެ އެހެން ނޫނަސް ގާސިމް ގެ ރައީސް ކަމުގެ ފެނިފަސްޓޯ ގައި ވެސް ކޮންމެ އަތޮޅުވެރިކަންކުރާ ރަށެއްގަ ކާޑުބާވަތްތައް ވިއްކުމަށް ޙާއްޞަކޮން އެސްޓީއޯ ފިހާރައެއް ހައްދަވަން×އޮތް އޮތުން އެއީ މާކުރިން ވެސް މިފަދަ ކަންތަކާ ވިސްނާ ވަޑައިގަންނަވާ ކަމުގެ ހެކި ގާސިމްގެ މަގްބޫލް ކަން ކާލާމަންނައަށް ވުރެ މާކުރީގަ އުޅެނި
ޙހަބީބު މީދޫ
03 October 2016
ޙ ރާއްޖޭގެ މީހުން ދިރިއުޅެންވީ ރައްތައް މަދުކުރަންވީ ބޮޑެތި ފަޅުތައް ހިއްކާފަ ދައުލަތުން މިބަދަލު ގެންނަންވީ ވަސީލަތް ގާއިމު ކޮއްދީފަ ގަދަކަމުން ވިޔަސް ބަަދަލުކުރަންޖެހޭ ދަރިންގެ ދަރިން މިކަމާ އުފާކުރާނެ އޭރުން މިރާއްޖެ ޔަކީ މިދުނިޔޭގަވާ އެންމެ މުއްސަނދި ގައުމައް ވާނެ ކޮސްއަނގަ ތަޅައިގެން ދާއިމީ ހައްލެއް ނުލިބޭނެ ދައުލަތުން ހުރިހާކަމެއް ނުކޮއްދިނަސް ފުދިގެން އުޅެވޭނެ
ޙާފިޒު ޝަންކަރު ސޭނާ
03 October 2016
ހުކުރު ދުވަހު ހުރިހާ ރައްޔިިިިތުން ނިކުމެ އިންތިޤާލީ ސަުކާރެއް ޤާއިމް ކުރަންވީ! އެހެން ނޫނީ ސަލާމަތެއް ނެތް!
ނުބުނާނަން
03 October 2016
ސާބަހޭ!!!! ޤާސިމާ....
ސާކު
03 October 2016
ޖޕ ލީޑަރު އަތުން އިންކަމް ޓެކުސް ނެގުމަށް ގޮވަަލަން