ގަތަރު އެއާވޭސްގެ ޕްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު--ފޮޓޯ:މިހާރު
09 ޖެނުއަރީ 2020 - 15:11
ގަތަރު އެއާވޭސް އިން ބޮޑެތި ޑިސްކައުންޓް ލިބޭ ތިން ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށް ވިލާ ޓްރެވެލްސް އިން މިއަދު ބުނެފި އެވެ.
މީގެ ތެރެއިން އެއް ޕްރޮމޯޝަންގައި އިކޮނޮމީ އާއި ބިޒްނަސް ކްލާހުގެ ޓިކެޓުން 30 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ. ދެވަނަ ޕްރޮމޯޝަންގައި 2-8 މީހުން ދަތުރުކުރާ ގްރޫޕުތަަކަށް ހާއްސަ ޑިސްކައުންޓްތައް ލިބޭނެ އެވެ. ތިން ވަނަ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ދުރާލާ ޓިކެޓް ބުކް ކުރާ މީހުންނަށެވެ.
މި ތިން ޕްރޮމޯޝަންގައި ވެސް ބައިވެރިވެވޭނީ، ހާއްސަ ކުރެވިފައިވާ ޑެސްޓިނޭޝަންތަކަށެވެ.
ގަތަރު އެއާވޭސްގެ ރިޒަވޭޝަން ހެދުމާއި ޓިކެޓް ވިއްކުމުގެ ހިދުމަތް ދޭ ވިލާ ޓްރެވެލްސްގެ ސޭލްސް މެނޭޖާ އައިމިނަތު އަޒްމީލާ ވިދާޅުވީ، ވިލާ ޓްރެވެލްސް އިން މި ހާއްސަ ޕްރޮމޯޝަންތަކުގެ ދަށުން ޓިކެޓް ލިބޭނެ ކަމަށެވެ. ޕްރޮމޯޝަން ހިނގާ މަންޒިލްތަކުގެ މައުލޫމާތު ވިލާ ޓްވެރެލްސް އިން ލިބޭނެ އެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހުގެ 6 އިން 12 ގެ ނިޔަލަށެވެ. މި މުއްދަތުގައި، އަންނަ ޑިސެމްބަރު މަހުގެ 10 ގެ ކުރިން ދަތުރުކުރާ މީހުންނަށް ޓިކެޓް ނެގޭނެ އެވެ.
ގަތަރު އެއާވޭސްގެ ޓިކެޓުގެ އިތުރުން އެއާ އިންޑިއާ، ސްރީ ލަންކަން، ޗައިނާ އީސްޓާން، ޗައިނާ ސަދަން، ޝަންހާއީ އެއާލައިންސް، ހޮންގް ކޮންގް އެއާލައިން އަދި މެލޭޝިއާ އެއާލައިން ފަދަ ބޮޑެތި އެއާލައިންތަކުގެ ޓިކެޓް ޓިކެޓް ވިލާ ޓްރެވެލްސް އިން ގަނެވޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިރު
09 January 2020
މިޔަދު ވިލާ ޓްރެވެލްސް އަށް ވަދެ ޗެކްކޮއްލިން ބުނީ ފެޔާ ޓިކެޓް ހުސްވެފައޭ ފުރަތަމަ ގަތަރު އެއާވޭސް ގެ ނަންބޯޑުވެސް ނެތް