ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު
10 ޖެނުއަރީ 2020 - 09:20
ގޮތް ނޭނގޭ ގަތުލުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ތަހުގީގުކުރަން ރައީސް އުފައްދަވަފައިވާ ކޮމިޝަންގެ މެމްބަރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ކަމަށް ވިދާޅުވެ، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ނުރުހުން ފާޅުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅިގެން ރިޔާސީ ކޮމިޝަނަށް ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ދައުވާކޮށްދިނުމަށް އެދި ކޮމިޝަނުން ޕްރޮސިކިއުޓާ ޖެނެރަލަށް ފޮނުވުމުން ތަހުގީގު ފުރިހަމަކުރުމަށް އެ މައްސަލަ ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. ކޮމިޝަނުން ވަނީ ތަހުގީގުކުރަން ފުލުސް އޮފީހަށް މައްސަލަ ފޮނުވައިފަ އެވެ.
މަރުގެ މައްސަލަތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަންގެ މެމްބަރު ފަރީޝާ އަބްދުﷲ "މިހާރު" އަށް އިއްޔެ ވިދާޅުވީ ޝަހީމްގެ މައްސަލަ ފުލުހަށް ހުށަހެޅީ ޕީޖީގެ ލަފައަކަަށް ކަމަށެވެ.
ޝަހީމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަރުކޮމިޝަނުގެ ރިޕޯޓްގެ މައްޗަށް ބިނާކޮށް އޭނާ އަށް ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުން ބާތިލުވާނެ ކަމަށް މިހާރު ދެކެވަޑައިގަންނަވާ ކަމަށެވެ.
"އެއީ އެއްވެސް އަގެއް ހުރި އެއްޗެއްް ނޫނެވެ،" ޓްވީޓްގައި ޝަހީމް ވިދާޅުވި އެވެ.
Maru commission in fonuvi dhauvaa thah PG anburaa fonuvaalumun dheyha vanee soodhu kulhunee siyaasee kulhieh kan. Soodhu SC in azulu kuran jehey. Eynaa aki nazaahaytherikan gellifaivaa meeheh. Thahqeeq furihama nukoh report nerunu massalayga qaanooni fiyavalhu alhan jehey.
— Mohamed Shaheem Ali Saeed (@Mohamedshaheem1) January 9, 2020
ކޮމިޝަނަށް ކުރިއްސުރެ ޝަހީމް ކުރައްވާ ތުހުމަތު ތަކުރާރު ކުރައްވަމުން އޭނާ ވިދާޅުވީ އަފްރާޝީމްގެ މަރުގެ މިސްރާބު ދީނީ މީހުންގެ ބޮލަށް ބިންދާލަން މަަސައްކަތް ކުރަނީ ހަގީގީ ގާތިލުން ފޮރުވަން ވެގެން ކަމަށާއި ކޮމިޝަންގެ މެމްބަރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ކަމަށެވެ. ޑރ. އަފްރާޝީމްގެ މަރާއި އެހެން މައްސަލަތައް ވެސް ތަހުގީގު ކުރި އިރު ކޮމިޝަންގެ ރައީސަކަށް ހުންނެވި، މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދަށް ޝަހީމް ވަކިން ބޮޑަށް ފާޑުވިދާޅުވި އެވެ.
"ސުއޫދު އެސްސީން އަޒުލުކުރަން ޖެހޭ. އޭނާ އަކީ ނަޒާހަތްތެރިކަން ގެއްލިފައިވާ މީހެއް، ތަހުގީގު ފުރިހަމަ ނުކޮށް ރިޕޯޓް ނެރުނު މައްސަލައިގައި ގާނޫނީ ފިޔަވަޅު އަޅަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ޝަހީމްގެ މައްސަލަ އިތުރަށް ތަހުގީގުކުރަން ފުލުހަށް ހުށަހެޅި ތާރީހެއް ނޭނގެ އެވެ.
އަފްރާޝީމްގެ ރިޕޯޓު އާއްމުވުމާ އެކު، އޭނާގެ މަރާ ގުޅިގެން އެންމެ ބޮޑު ތުހުމަތެއް އެޅުނު އެއް ބޭފުޅަކީ ޝަހީމެވެ. ސަބަބަކީ އަފްރާޝީމް، އަވަހާރަކޮށްލި ރޭ ޓީވީއެމްގެ ޕްރޮގްރާމަށް އަރާވަޑައިގަތުމާ ގުޅޭ ގޮތުން ޝަހީމް ދެއްވި ބަޔާނާއި ހެކީގެ ގޮތުގައި ހޯދި މެސެޖްތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރުމުންނެވެ.
އެކަމަކު މި ތުހުމަތު ދޮގުކުރައްވައި ޝަހީމް ވިދާޅުވެފައި ވަނީ ކޮމިޝަނަށް އޭނާ ދެއްވީ ތެދު މައުލޫމާތު ކަމަށެވެ. އަފްރާޝީމަށް، އިލްމުވެރިންނާ އެއް މޭޒަކުން ބައްދަލުވެވޭ ގޮތާއި ޓީވީ ޕްރޮގްރާމުން ފުރުސަތު ހޯއްދެއްވީ އޭނާ އެދިވަޑައިގަތުމުން ކަމަށް ޝަހީމް ވިދާޅުވެފައިވެ އެވެ. އަދި ދައުވާކުރަން ފޮނުވީ ސިޔާސީ މުސްތަގުބަލް ދުއްވާލަން ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަން.
11 January 2020
ސުއޫދު ލައްވާ އަންނި ބޭނުންވި ކަންތައް ވެއްޖެ. ސުޕުރީމް ކޯޓް އަށް ވަދެވިއްޖެ.
ފޫހި
11 January 2020
އަމަލީގޮތުން ބައިވެރިވި ޕާޓީމީހާ އޯކޭދޯ. މިއީ ނަޝީދު ބުނެގެން ބަދަލުހިފުމެއް.
ގޮއިދޫހަސަނު
11 January 2020
މަރުކޮމިޝަންގެމައްޗަށް ތަޙުޤީޤު ހިންގާނަމަ، 2012އިގެ ފެބުރުވަރީ 7ގެ ކަންތައް ބަލަންހޮވި ކޮމިޝަންގެކަންތައްވެސް ހުޅުވާލައި ތަޙުޤީޤަށްފޮނުވަންޖެހޭނެ. 21ރެޔާއި 21ދުވަހު ޝަހީމް އިސްސަފުގައިހުރެ ދީނަށްޓަކާ ޤައުމަށްޓަކާކުރިކަންތައް އޮއްބާލި ކޮމިޓީގެމަސައްކަތްވެސް ތަޙުޤީޤުކުރަންޖެހޭނެ. އެރިޕޯޓު އެކުލަވާލިގޮތާއި ނިންމާލިގޮތާއިމެދު ވަރަށްގިނަ ސުވާލު އުފެދިފައިވޭ. މަރުކޮމިޝަންގެ ތަޙުޤީޤާއިއެކު އެކޮމިޝަންގެ ތަޙުޤީޤުވެސް ފަށާ. ޝެއިޚަށް އޯކޭނަމަ މަށްވެސްއޯކޭ
ބޮނެކުވާ
11 January 2020
ޝަހީމުގެ މައްޗައް ތަހުގީގު ހިންގާތީ ހާ ދަވަރެއްތިވަނީ ރުޅިއަޔަސް މިސަރުކާރުން އެތަހުގީގު ކުރާނެ ދެން އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް ކުރާނެ ކަމެއްނެތް
އަބްދުއްالله
11 January 2020
ކޮންމެ ކުށްވެރިއަކުވެސް ބުނަނީ ހަމަ ތިޔަހެން.
ބޭރު
10 January 2020
ޝަހީމް ހާދަ ވަރަކަށޭ މި ތެޅެނީ!؟ ޝަހީމް ދިން ބަޔާނާ ފޯނުގެ ލޮގްތަކާ ދިމާ ނުވާތީ އެއީ ގަސްދުގައި އޮޅުވާލުމުގެ ނިޔަތުގައި ދިން ބަޔާނެއްކަމަށް ޝައްކު ކުރެވޭތީ އެކަން ބަލާ ވާހަކަ މިދައްކަނީ. ދެން އެކަމާ ތިހާވަރަށް ވަށްވަށް ޖައްސާކަށް ނުވެއެވެ. ޝަހީމް އެބަޔާން އެގޮތަށް ދިން ސަބަބު ސާފުކޮށްދިނުން މާ ބުއްދިވެރިއެވެ. ހަދާން ނެތިންގެންވިއްޔާ އެހެންވެސް ބުނެލަބަލާށެވެ.
އައިޖޭ
10 January 2020
ޑރޝަހީމު މަރު ކޮމިޝަން އަށް ބަޔާން ދިްނއިރު، ޓެކްސްޓް މެސެޖް ތައް ހުންނާނެ ކަން ނޭނގުނީ ތޯ..މެސެޖް ތަކުން ރީއްޗަށް އެނގޭ ދރ އަފްރާޝިަމ ލައްވާ ޕަބްލިކް އަށް މެސެޖެއް ދޭން މަސައްކަތަ ކުރިކަން، އެކަމު ބަޔާން ދީފަ އޮތީ އިދިކޮޅަށް،، އެހެންވީމަ އެ މައްސަލަ ބަލަން ޖެހޭ. ޑރ ޝަހީމު މި އުޅޭނީ ކޮންކަމެއް ސިއްރު ކުރަންތޯ ބަލަން ޖެހޭ..ޑޜ އަފްރާޝިމް އަވަހާރަ ކޮށްލި ދުހުޝަހީމް ފުރައިގެންދިޔަ ސަބަބު ބަލަން ޖެހޭ، ޕްލޭންޑް ދަތުރެއްތޯ ކުއްލި ދަތުރެއްތޯބަލަން ޖެހޭ
ެަސައީދު
10 January 2020
ފަތިސް ނަމާދުގަ ގުނޫތު ކިޔުން ހުއްޓުވާލިގޮތާމެދު ވިސްނަންވީ. އެއީވެސް ޝިރުކެއް؟
އަމީތާބު
10 January 2020
އަފްރާޝީމް މަރާލުމުގައި އަމަލީކޮށް ބައިވެރިވި މީހާ ދޫކޮށްލީމާ ތި މަރުކޮމިޝަ ނާ މިސަރުކާރުގެ އިޚްލާސްތެރިކަމެއް ނެތްކަ ން ފާޅުވީ..
މޮހޮންމާ
10 January 2020
ވަރަށްބޮޑު ކަމެއް ފޮރުވާކަން ވަރަށްރަނގަޅަށް އެގޭ. ޢެކަން ފަޅާއަރުވާލީމަ ރުޅިއައިސްގެން މިހަޅޭލަވަނީ. ކުރިންވެސް ތިބޭފުޅާޢާއި ގުޅޭ ބަދުއަޚުލާޤީ ޢަމަލުތަކެއްގެ ވީޑިއޯވެސް ލީކްވެފަ އެބަހުރި. ޢަންހެނުންގެ ނަމުގައި ހިންގަންއުޅުނު ކޮރަޕްޝަންވެސް ހުރިހާ ދިވެހިންނަށް އެގޭ. ހުދު ކާފޫރުކަމަށް ދެއްކެން އުޅުނަސް އެކަންްޤަބޫލު ކުރާނެ މީހެއްނެތް. ސޮރީ!