ބީއެމްއެލުން އަލަށް އައްޔަން ކުރި އިސްލާމިކް ބޭންކިން ޑައިރެކްޓަރު (ކ) ސޫރީ އާއި ޗީފް ރިސްކް އޮފިސަރު ގެރީ
12 ޖެނުއަރީ 2020 - 12:53
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗީފް ރިސްކް އޮފިސަރުގެ މަގާމަށާއި އިސްލާމިކް ބޭންކިން ޑައިރެކްޓަރުގެ މަގާމަށް ދެ ބޭފުޅަކު ހަމަޖައްސައިފި އެވެ.
ބީއެމްއެލުން ޗީފް ރިސްކް އޮފިސަރުގެ މަގާމަށް އައްޔަންކުރީ ބޭންކިން އާއި ރިސްކް މެނޭޖްމަންތުގެ ދާއިރާ އިން 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ގެރީ ލޯޓަން އެވެ. އޭނާ އެންމެ ފަހުން ހުންނެވީ ލަންޑަނުގެ އިންވެސްޓެކް ބޭންކްގެ ޗީފް ކްރެޑިޓް އޮފިސަރުގެ މަގާމުގަ އެވެ. އޭނާ ވަނީ ޔޫކޭ އާއި ސައުތު އެފްރިކާގެ އިންވެސްޓެކް ބޭންކުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.
އިސްލާމިކް ބޭންކިން ޑައިރެކްޓަރަކަށް ހަމަޖެއްސީ މެލޭޝިއާގެ ސޫރީ ހާނިމް މުހައްމަދެވެ.
ބީއެމްއެލުން ބުނީ ސޫރީ ވަނީ އިސްލާމިކް ބޭންކިން ދާއިރާގައި މިހާތަނަށް 19 އަހަރު މަސައްކަތް ކުރައްވާފައި ކަމަށެވެ. މެލޭޝިއާގެ އެސޯސިއޭޝަން އޮފް އިސްލާމިކް އެންޑް ފައިނޭންޝަލް އިންސްޓިޓިއުޝަންސްގެ ސީއީއޯ އާއި އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމު ވެސް އޭނާ އަދާކުރެއްވި އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔާ ވިދާޅުވީ ބައިނަލްއަގުވާމީ އުސޫލްތަކާ އެއްގޮތަށް ރިސްކް ބެލެހެއްޓުމަށް ގިނަ ފިޔަވަޅުތަކެއް އެ ބޭންކުން އަޅާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އިސްލާމިކް ބޭންކިންގެ ހިދުމަތް ވެސް އިތުރަށް ފުޅާކުރަން މަސައްކަތް ކުރައްވާނެ ކަމަށާއި ގެރީ އާއި ސޫރީގެ ސަބަބުން އެކަންކަން އިތުރަށް ފުރިހަމަވާނެ ކަމަށް ވެސް ޓިމް ވިދާޅުވި އެވެ.
"ހަރުދަނާކޮށް ރިސްކް ބެލެހެއްޓުމަށް ބޭންކުން ވަރަށް މުހިންމު އިސްކަމެއްދެން. މިވޭތުވެދިޔަ އަހަރުތަކުގައި ބައިނަލްއަގްވާމީ އުސޫލުތަކާ އެއްގޮތަށް ރިސްކް ބެލެހެއްޓުމަށް މުހިންމު ފިޔަވަޅުތަކެއް މިވަނީ އެޅިފައި،" އޭނާ ވިދާޅުވި އެވެ.
"ގެރީ ފަދަ ތަޖުރިބާކާރު ބޭފުޅަކާ އެކު އަޅުގަނޑުމެންގެ ރިސްކް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރެވިގެންދާނެ. މިއަހަރު ތެރޭ އިސްލާމިކް ބޭންކިންގެ ހިދުމަތް އިތުރަށް ފުޅާކުރުމަކީ ވެސް އަޅުގަނޑުމެންގެ ވަރަށް މުހިންމު އަމާޒެއް. އަޅުގަނޑުގެ އުއްމީދަކީ ސޫރީގެ ބައިނަލްއަގްވާމީ ތަޖުރިބާއާ އެކު ކުރިއަރަމުންދާ އިސްލާމިކް ބޭންކިން ހިދުމަތް އިތުރު ހަރުފަތަކަށް ދިއުން."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާލަތުހުރިގޮތް
13 January 2020
ދޮންބުޅަލަކާ ބޭރުބުޅަލެއްލީމަ ވަރަށް މޮޅުވާނެ. ގިނަފަހަރަށް ދަނީ، ދިވެހިން އަޑީގަ ތިބެގެން މިވެރިންލައްވާފަ ޖަރީމާ ހިންގާފަ. އޭރުން ފޮރުވަން ފަސޭހަވާނެ. ޒަމާނުއްސުރެ މިކަންކުރެވެމުން އަންނަގޮތްމީ.
ރިސްކުމެނޭޖްކުރުން
13 January 2020
ބޭންކަށް އޮތް އެންމެ ބޮޑު 2 ރިސްކަކީ އެތާއުޅޭ ދެމީހެކެވެ. އެކަކީ އެމްއެމްޕީރާސީ މައްސަލާގައި މަޖިލީހަށް ހާޒިރުކުރުމުން ދޮގުހެދި ކަމަށް ބުނާ މީހާއެވެ. ދެވަނަމީހަކީ އެތާއުޅޭ މާބާރުގަދަ އަންހެނެކެވެ. ސުވާަލަކީ ރިސްކު މެނޭޖުކުރަންވެއްދި މީހާއަށް މިދެމީހުން އެބަހީ ބޭންކުގެ އެންމެބޮޑު ދެ ރިސްކު މެނޭޖް ކުރެނޭނެ ހެއްޔެވެ؟
ހަލަނި
13 January 2020
އަޅެކޮބާތަ މިގައުމުގެ ކިޔަވައިގެންތިބި ދިވެހިން.
އެމީހުން
02 February 2020
އެމީހުން ކިތައް ބޭކުގެ ރިސްކު މެނޭޖު ކޮށްފި. އުގައިލުވެސް ކިޔަވާފަ އައިސް ރާއްޖޭގަ އޮތްނަމަކާ އުގައިލް އަކަށް ނުވާނެ. މިކޮޅުގަ ފުރުސަތެއް ނެތް. ރިސާޗު ކުރެވޭކަށް ނެތް. ކުރިއަތް އޮތްތާ މިކަން ބަދަލު ވެދާނެ އެކަމަކު ކިޔަވައިގެން ފަންނުން ރިސާޗުކޮށް ކުރި އެރުމުގެ މަގު އަދި ރާއްޖެއަކު ހުޅުވިފައެއް ނެތް
އޮނަރަބްލް އަފީފު ދީދީ
13 January 2020
މިތަނުގައިވެސް ވަކިހިއްޕާލައިގެންތިބީ އެއްކަލަ ގަމާއި ހުޅުލޭ އެއަރޕޯޓް ބޯޑްގައި ތިބި ހުޅުލޭ އެއަރޕޯޓް ސީޕްލޭން ޓާމިނަލް ނަގާންއުޅޭ މީހުން. # ދެރަކަމަކީ ދައުލަތާއި ރައްޔަށް ހިއްސާވާ ޕަބްލިކް ބޭންކްގެ ބޯޑްގައި އިންނަ މީހާގެ އާއިލީ މަސްލަހަތު އޮންނަ ބޭންކެއް ހުންނައިރު ބީއެމްއެލް ބޯޑަށާއި ސަރުކާރަށް މިކަން ބޮޑުކަމަކަށް ނުވާކަން. # ދިވެއްސަކަށް ސީއީއޯކަން ނުދެނީ މިމީހުން އަބުރާ ގޭސްގަނޑު ފަޅާޢަރާފާނެތީ.
ދެރަށޮރު
12 January 2020
ނޭޝަނަލް ބޭންކްގެ ބޮޑެތި މަގާމުތަކަށް ބޭރުމީހުން ގެނެވޭ އެކަމަކު ގެސްޓްހައުސް ހޮޓާ ފަދަތަނަކަށް މެނޭޖަރަކަށްވެސް ދިވެހި ދެރަށޮރަކަށް މީހަކު ނުގެނެވޭ ސާބަހޭ މިއޮތީވާ ސަރުކާރެއް
ހަމޫދު
12 January 2020
ބޭނުންވަނީ ބޭންކު ކޮންޓުރޯލް ކުރާ މަހުޖަނުން އަދި ސިޔާސީ މީހުންގެ ކޮންޓުރޯލް ބޭއްވުން. ދިވެއްސެއް ކަމަކު ނުދާނެ! ބޯހަލާކު!
ޝެލަރީ
12 January 2020
މީކިހާވަރެއްގެ އެންޑުރޫ އެއްބާ؟
ގަމީރު
12 January 2020
މިގައުމުގެ ރައީސް ކަން ކުރަން، މާލީ ވަޒީރުކަން ކުރަން، އަދި އެނޫންވެސް މުހިއްމު ޓެކްނިކަލް އިލްމު ބޭނުންތެރި ދިވެހިން ކުރޭ! އެކަމަކު ބީއެމްއެލް ގެ އިސް ވެރިޔާ ކަން ކުރަން ދޮން ފަރަންޖީއެއް ނޫނީ ރަނގަޅެއްނޫން. ބޯ ހަލާކު!
އަނބިމީހާގެފިރިމީހާ
12 January 2020
އެންޑުރޫ ހީލީ ޒަމާނުގައި އެމްއެމްއޭއާއި ގުޅިގެން ހިންގާލި ކަރޮޕްޝަންތައް ކޮންއިރަކުންނޯބަލަނީ
ލައްޗޭ
12 January 2020
ހުސް ބޭރު މީހުންދޯ މަގާމް ތަކަށް މިލަނީ. ތި މަގާމްތައް ދިވެހިންނަށް ވެސް އަދާކުރެވޭނެ ދޯ. މަތިބަރު ބެންކް.