11 ނޮވެމްބަރ 2025 - 22:06
ގައުމީ ބޭންކް، ބީއެމްއެލްގެ އޯޓީޕީ ކޯޑް ވަޓްސްއެޕް މެދުވެރިކޮށް ލިބޭނެ ގޮތް މިއަދު ހަދައިފި އެވެ.
ބީއެމްއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ބޭންކުގެ އޮންލައިން ޓްރާންސެކްޝަންތަކަށް ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) ލިބޭ ރަސްމީ ޗެނަލެއްގެ ގޮތުގައި ވަޓްސްއެޕް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.
އެއާ އެކު، ކަސްޓަމަރުން ބޭންކުގައި ރަޖިސްޓާކޮށްފައިވާ ނަންބަރަށް ވަޓްސްއެޕް މެދުވެރިކޮށް ފަސޭހަމަކާ އެކު އޯޓީޕީ ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބޭންކުގެ ރަސްމީ އޯޓީޕީ ޗެނަލެއްގެ ގޮތުގައި މިހާތަނަށް ހިމެނޭ އެސްއެމްއެސް އާއި އީ-މެއިލް އަދި އޮތެންޓިކޭޓަރުގެ އިތުރުން ވަޓްސްއެޕް ހިމެނުމާ އެކު، ކަސްޓަމަރުންނަށް މުއާމަލާތްތައް ހިންގަން އިތުރަށް ފަސޭހަ ވާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ޑިޖިޓަލް ބޭންކިންގެ ބޭނުންތައް އިތުރުވަމުންދާ އިރު، އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އީޖާދީ އަދި ރައްކާތެރިކަމާ އެކު، ފައިސާ ދެއްކޭނެ މަގުތައް ފޯރުކޮށްދިނުމަށް ކަމަށެވެ.
"އޯޓީޕީ ލިބޭ ވަސީލަތެއްގެ ގޮތުގައި ވަޓްސްއެޕް ބޭނުންކުރެވޭނެ ގޮތް ހެދުމަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ބޭންކިންގެ ހިދުމަތްތައް ރައްކާތެރިކަމާއެކު އަދި ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދޭނެ ކަމެއް،" ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލް އިން ބުނީ ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިން ނުވަތަ މޯބައިލް ބޭންކިން އެޕް މެދުވެރިކޮށް އޯޓީޕީ ލިބެން އިހުތިޔާރުކުރާ ގޮތް ބަދަލު ކުރެވޭނެ ކަމަށެވެ.
އޯޓީޕީ ޗެނަލް ވަޓްސްއެޕަށް ބަދަލު ކުރުމުގެ މަރުހަލާގައި ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަސްޓަމަރުން މިހާރު ބޭނުންކުރާ އޯޓީޕީ ޗެނަލްއެއް ބޭނުންކުރަން ޖެހޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން މިއަދު ވަނީ އެ ބޭންކުގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ޓްރާންސްފާކުރަން ކިއުއާރް ކޯޑް ބޭނުން ކުރެވޭ ގޮތް ވެސް ހަދައިފަ އެވެ.
ބީއެމްއެލްއިން އެގޮތަށް ހަމަޖެއްސިއިރު، ބީއެމްއެލް މެދުވެރިކޮށް ރައްޔިތުންނަށް ލުއި ފަސޭހަވާނެ ފަދަ ބަދަލުތައް ގެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން އޮތީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަނީސައިޑްބޮންޑް
13 November 2025
މިކަމުގަ ރާއްޖޭގެ ޓެލެކޮމް އަދި ފައިނޭންޝަލް ރެގިއުލޭޓަރސް ބުނަނީކީކޭބާ؟ ޢެވެރިންނަށް މިކަންރޭކާލިބާ؟
raajje
12 November 2025
ވަޓްސްއެޕަކީ އޮތޮންޓިކޭޓަރއަށްވުރެން ސެކިއުރިޓީދަށް، ސުކޭމަރުންނަށް ނުވަތަ ހެކަރުންނަށް ފަސޭހަކަމާއެކު އެކުސަސްވެވިދާނެ އެއްޗެއް، ވީމާ ވަޓްސްއެޕްމެދުވެރުކޮށް އޯޓީޕީ ލިބޭގޮތަށްހަދަންވީސަބަބެއްނެތް، އޮޕުޝަންތައްގިނަކުރުން މުހިންމުވަނީތަ ސެކިއުރިޓީއަށްވުރެން، "ފޭސްބުކު އޯޓީޕީ ނުވަތަ ވެރިފިކޭޝަންކޯޑް ވަޓްސްއެޕުން ލިބޭތީއެކަންމޮޅުވީތަ؟ ވަޓްސްއެޕަކީ ފޭސްބުކުއިންގަނެފައިވާ އެމީހުންގެ ޕުލެޓުފޯމެއް، ފޭސްބުކުކޯޑް ވަޓްސްއެޕަށް ދާގޮތައްހަދާފައިވަނީ އެހެންވެ
ޞަލަމް
12 November 2025
ހޫމ ކަލޭ އެކަންޔަށް ތިކަންކަން އެނގެނީ
raajje
12 November 2025
ޞަލަމް: ހަހަ މޮޅަށްއެނގޭމީހާ މޮޅަށްބުނެދޭނަމަދޯ އެންމެނަށްވެސް ކޮމެންޓުކުރުމުގެ ފުރުސަތުއެބައޮތެއްނުން، ނަމަވެސްތިކުރެވޭކަމަކީ އެހެންމީހުންކުރާކޮމެންޓުތަކަށް ބޭކާރު ރިޕުލައިކުރުންވިއްޔަދޯ
2 ފެކްޓަރ
12 November 2025
އެންމެހާ ބޭފުޅުން ވަޓްސް އެޕް ގައި 2 ފެކްޓާ އޮތެންޓިކޭޝަން އެޑް ކޮށް ޕީސީ ތަކުން ވަނުން ހުއްޓާލާ. ޢެހެން ނޫނީ ގެއްލުން ވެދާނެ.
ޕިސް
12 November 2025
ސުކޭމަރުން ވަރަހަ އުފާވާނެ habareh މީ!!
ނަރޫޓޯ
12 November 2025
އަސްލުވެސް.. މާފަސޭހައިން ވަޓްސްއެޕް ހެކްކޮއްލާނެ.. ގުޅިގެން ހިންގާ ކަންތައްތައް
ޏަން
11 November 2025
އެސް.އެމް.އެސް ދާ ޚަރަދު ކުޑަ ކުރުމަށް ކުންފުނިތަކުން ކުރަމުން އަންނަ ކަމެއް
ކޭމް
12 November 2025
އެހެނެއް ނޫން. އެސް އެމް އެސް އަށް ވުރެން (ކުޑަކޮށް) ވަޓްސްއެޕް ސެކިޔަރ. ކޯޑު ޑެލިވަރީވެސް އަވަސް ވާނެ ކަމަށް މިބަލަނީ. ސުކުރިއްޔާ ބޭންކް.
ކާމް
12 November 2025
ކޭމް، ނުވިސްނުނު.. ސެކިޔަރ ގޮތެއް.. ހައު؟ ކޮމްޕޮމައިޒްޑް ރައުޓަރުކުންވެސް ވަޓްސްއެޕް އިންޓަސެޕްޓްކުރެވިދާނެ. ފްރީ ވައިފައި ބޭނުންކުރުންވަރަށް އާއްމު. އެސް އެމް އެސް އިންޓަސެޕްޓްކުރެވެނީ އެންމެ ކުޑަވެގެން ޑިވައިސް ނުނީ ބޭސްސްޓޭޝަނެއް ކޮމްޕޮމައިޒް ކޮށްގެން.