11 ނޮވެމްބަރ 2025 - 21:07
ގައުމީ ބޭންކް، ބީއެމްއެލްގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ޓްރާންސްފާކުރަން ކިއުއާރް ކޯޑް ބޭނުންކުރެވޭ ގޮތް މިއަދު ހަދައިފި އެވެ.
ބީއެމްއެލް އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ފަސޭހަ އަދި އަވަހަށް ޓްރާންސްފާ ކުރެވޭ ގޮތަށް "ޕޭއެމްވީ ކިއުއާރު"ގެ ހިދުމަތް މިހާރު ފަށާފައިވާ ކަމަށެވެ.
އެ ފީޗާއިން، ބޭންކުގެ މޯބައިލް ބޭންކިން އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއި ރައްކާތެރިކަމާ އެކު، ފައިސާ ފޮނުވަން ބޭނުންވާ ފަރާތުގެ ކިއުއާރު ކޯޑް ސްކޭން ކޮށްގެން ފައިސާ ފޮނުވައި އަދި ފައިސާ ބަލައިގަނެވޭނެ ކަމަށް ބީއެމްއެލްގެ ބަޔާނުގައި ބުންޏެވެ.
މި ހިދުމަތް ފެށުމާ އެކު، ފައިސާ ޓްރާންސްފާ ކުރަން ދެން އެކައުންޓް ނަންބަރު ކޮންމެހެން ބޭނުމެއް ނުވާނެ އެވެ.
ބީއެމްއެލް އިން ބުނީ މި އަޕްޑޭޓް ފޯނުތަކަށް ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ.
ބީއެމްއެލް އިން ބުނީ މި ހިދުމަތް ތައާރަފުކުރުމާ އެކު، އެ ބޭންކަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް (އެމްޕީއެސްޑީ) މަޝްރޫއުގެ ދަށުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަކުރި ފުރަތަމަ ބޭންކް ކަމަށެވެ.
މި މުހިންމު ކާމިޔާބީ އިން، ރާއްޖޭގެ ޕޭމަންޓް ޓެކްނޮލޮޖީ ކުރިއަރުވައި، ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަވާ ކަމަށް ވެސް އެ ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ޕޭމަންޓް ހިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް، އާ ޕޭމަންޓް ސްޓޭންޑަޑާ އެއްގޮތަށް ހިދުމަތް ފޯރުކޮށްދިނުމަށް މަރުކަޒީ ބޭންކުން އިރުޝާދު ދީފައިވާ ކަމަށެވެ.
"ރާއްޖޭގައި ޕޭމަންޓް ހިދުމަތް ފޯރުކޮށްދޭ ރާއްޖޭގެ އެންމެ އިސް މާލީ އިދާރާގެ ހައިސިއްޔަތުން، މި މަޝްރޫއަށް އަމަލުކުރަން ފެށުމުގެ ފުރަތަމަ ފިޔަވަޅު ބޭންކުން އެޅުމަކީ އަޅުގަނޑުމެން އުފާކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
"މިއަދުން ފެށިގެން ކިއުއާރު ކޯޑް ސްކޭން ކޮށްގެން އެކައުންޓުތަކުން ފައިސާ ފޮނުވައި، އަދި ކިއުއާރު ކޯޑް ޖެނެރޭޓް ކޮށްގެން ފައިސާ ބަލައިގަނެވޭނެ. މި އާ ފީޗާއާ އެކު އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ލިބޭ ބޭންކިން އެކްސްޕީރިއެންސް އިތުރަށް ފުރިހަމަވެގެންދާނެ."
ބީއެމްއެލް އިން ބުނީ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާ އެކު، އެ ބޭންކުގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
ބީއެމްއެލްއިން އެގޮތަށް ހަމަޖެއްސިއިރު، ބީއެމްއެލް މެދުވެރިކޮށް ރައްޔިތުންނަށް ލުއި ފަސޭހަވާނެ ފަދަ ބަދަލުތައް ގެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން އޮތީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަން..
12 November 2025
ނޫހުގަ އޮތް ކަންނޭގެ ފަވަރަ އިން ޔުނިފައިޑް ކިއުއާރ އިމްޕިލިމަންޓް ކުރާވާހަކަ. އެއައުމުގެ ކުރިން ކުދިން ކޮޅު ބީއެމްއެލް ކާޑްފީއަށް މާޗަންޓްއިން ޗާޖް ކޮއް ފައިނަލް އަގު ކަސްޓަމަރ އިން ދައްކާ ގޮތަށް ހުރި ކިއުއަރ ކޯޑް މީހުން ފަރިތަ ކުރަނީ ދޯ؟ ދިވެހިން ނިދާފައޮންނަތީ ބޭންކުން ކާޑަކާ ބައިންޑްވެފަ ކިއުއަރ ކޯޑް މި ހާނުއްވަނީ މާޗަންޓް ކޮމިޝަން ކާން.
ކުދުބެއްޔާ
12 November 2025
ބީއެމްއެލްގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ޓްރާންސްފާކުރަން ކިއުއާރް ކޯޑް ބޭނުންކުރުމުން ފައިސާ ލިބޭމީހާގެއަތުން ނުވަތަ ފައިސާ ދައްކާ މީހާގެއަތުން އެއްވެސް އެއްޗެއް ޗާޖް ކުރާނެތޯ؟؟؟؟ ނޫސްވެރިން މިކަން ސާފުވާވަރަށް ލިޔެބަލަ!!!!
ޢަރުތަ
12 November 2025
ތަންކޮޅެއް ފަހުން ތިކަންތައް ޖެހޭނެ ކަމަށް ލަފާކުރެވެނީ.
މީހަލަތު
12 November 2025
20 އަހަރު ފަހުން، ދުނިޔެއަށް އަންނަ ތަރައްގީކެތްނުކުރެވިގެން ކުރީ. ކުރަން ބޭނުންވެގެންނެއްނޫން. ވާނުވާ ނޭގޭ ޓްރާންސެކްޝަން ފީން، ބިލިއަނުން އެތައް އަހަރުތަކެއްވަންދެން ފައިދާނަގާފަ. ތިޔަބޭންކަކީ ގައުމުގެ ތަރައްގީއަށް ހުރި ހުރަހެއް
އަހަންމަދާ
12 November 2025
މިހެންވެ މި ބުނަނީ މި ބޭންކު ގެ ބޮޑު މީހާ ރަނގަޅުވީމަ. އިނގޭނު މި ބުނަނީ ކާކު އެ ހުރިހާަ އޭޓީއެމެއް ހުޅުވި މީހާ. އަދި އޭޓީއެމް ތައް ބޭކާރު އެވީދެން.
ސައީދުއަހްމަދު
12 November 2025
އެކަމަކު އަދިވެސް ފިހާރަތަކަށް ސްލިޕުކޮޅު ވައިބަރ ނުކޮށް ވާނެ ގޮތެއް ނޯންނާނެދޯ؟ ބޮޑު އުނދަގުލެއް ކޮންމެ ފަހަރަކު ވައިބަރ ކުރަން އޭތި!
ޖހުި
12 November 2025
ވައިބަރ ކުރުމަކީ ކޮބާ؟ ވައިބަރއިން ވީޑީޔޯ ކޯލް ކުރުންތަ؟ ވައިބާ ގުރޫޕުނަން ބަދަލުކުރުންތަ؟؟ އަހަރެމެން ހަދާ ގޮތަކީ ބީއެމްއެލް ކޮށްފަ ސެމްސަންގ ކުރަނީ..ކަޑަ/؟؟
ޢަރުތަ
12 November 2025
ވައިބަރ ނުކޮށް ފައިބަރ ކޮށްލާ
ކަކަކަކަިސިސިސި
13 November 2025
އަރުތަ މީ މަޖާ ކޮމެންޓު ކުރާ މީހެއް. މަ ތި ކޮމެންޓު ކިޔާފަ މަޖާ ކަމުން އަވަށު އެންމެންނަށް ކޮމެންޓުގެ ސްކްރީންޝޮޓު ފޮނުވައިފިން
ގޔވހޔ
12 November 2025
އެހެން ޑީވައިސް އަކުން ލޮގިން ވީމާ ޓްރާންސެކްޝަން ނުހެދޭ ގޮތަށް ހަދަން ޖެހޭ، މިސާލަކަށަ 12 ގަޑިއިރު ވަންދެން
މާނިއުބެ
12 November 2025
ޝުކުރިއްޔާ ރައީސް ޑރ މުއިއްޒު. ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި އަދިވެސް އިތުރު ހަދިޔާތައް ލިބެމުންދާނެ.
ޢަރުތަ
12 November 2025
މިސާލަކަށް ޑޮލަރުގެ އަގުވެސް 15.42 އަށް ވުރެވެސް ތިރި ކޮށްލި ގޮތަށް އުތަ.
ޕިސް
12 November 2025
ސުކޭމަރުން މިހާރުން ފެށިގެން ދާނީ މީތި އެކްސްޕްލޮއިޓް ކުރެވޭނެ ގޮތްތައް ރާވަމުން ކަން ޔަގީން!!
އަމާ
12 November 2025
އެޕް މިހާރު ސްޓޭބަލް އެއްނޫން.
ޕަކަޗޭ
12 November 2025
ކަލޯގެޔާ ތިއޮތީ އެއްފަހަރާ 12 ކޮމްޕެނީގެ ސެއަރ ހޯލްޑަރއަކަށް ވެވިފައެއްނު.
ޗަޕްނު
11 November 2025
ކިޔުއާރު ކޯޑުން ނުބައި މީހެއްގެ އެކައުންޓަށް ފައިސާ ނުދާނެކަން ޔަގީންތަ؟.
ބީއެމްއެލް
12 November 2025
ހިނގައިދާނެ. އޭރުން މާފަށް އެދި ނޫސް ބަޔާނެއް ނެރެލީމަ ނިމުނީ
ސްޓެބިލައިޒަރ
12 November 2025
ކަސްޓަމަރުގެ ޒިންމާ އަކީ އޮންނަ އެއްޗެއް. ބީއެމްއެލް އިން ކިއުއާރު ކޯޑޭ ކިޔަސް އެ ކުރާ ކަމަކީ ކުރީގައި މެނުއަލްކޮށް ޖަހަމުން އަންނަ އެކައުންޓު ނަމްބަރު އެޕްގައި ޖެހުމުގެ ޕްރޮސެސް އޮޓޮމޭޓް ކުރުން. އަދިވެސް ޓްރާންސްފާ ކުރެވޭ ފަރާތަކީ ރަނގަޅު ފަރާތްތޯ ވެރިފައި ކުރަން ޖެހެނީ ކަސްޓަމަރު. ތަނަކުން ކިއުއާރު ކޯޑެއް ފެނުމުން ޓްރާންސްފަރ ކުރަންޏާ އެއީ ކަސްޓަމަރުގެ ކޮސް ކަން.
މހއމ
12 November 2025
@ބީއެމްއެލް: އެވެސް މިހާރު ގިނަ ފަހަރު ނުނެރޭ. ބަޔަކު ސޯޝަލް މީޑިއާގައި އެވާހަކަ ގޮވީމަ ބުނާނެ ޑީޓެއިލްސް އިންބޮކްސް ކޮށްލާށޭ. އެ ނިމުނީ. ބޮޑު ވަރަކަށް ވެސް ވަނީ އެވަރު ގިނަ ފަހަރަށް.