ބަސް ދަތުރުތަކަށް ކާނިވާ ސަރަހައްދު ތަރައްގީ ކުރަނީ: އަންނަ މަހު ދަތުރުތައް ފަށަން ވަނީ ނިންމާފައި-- ފޮޓޯ: ނިޝާން އަލީ/މިހާރު
12 ޖެނުއަރީ 2020 - 15:25
ކާނިވާ ސަރަހައްދުގައި އާ ބަސް ސްޓޮޕްތަކެއް ހަދައި އަންނަ މަހު ދަތުރުތައް ފަށާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނެފި އެވެ.
ބަސް ދަތުރު ފެށުމަށްޓަކައި ކާނިވާ ސަރަހައްދު އަންނަނީ އެކަމަށް ތައްޔާރުކުރަމުންނެވެ. ބަސް އަނބުރާނެ ޖާގަ ހެދުމަށް، ކުރިން ލައިސަންސް ނަގަން ވެހިކަލް ދުއްވި ބިން ވަނީ ހުސްކޮށްފަ އެވެ. އަދި އެ ސަރަހައްދަށް އަންނަނީ ބަދަލުތަކެއް ގެންނަމުންނެވެ.
ކާނިވާ ސަރަހައްދު ހުސްކޮށްފައި: އަންނަ މަހު ބަސް ދަތުރުތައް ފަށަން ވަނީ ނިންމާފައި-- ފޮޓޯ: ނިޝާން އަލީ/މިހާރު
އެމްޕީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކާނިވާ ސަރަހައްދު ތަރައްގީކޮށް ނިމޭހާ އަވަހަކަށް އެ ސަރަހައްދުން ބަސް ދަތުރުތައް ފަށާނެ ކަމަށެވެ. މިހާރު ލަފާކުރެވޭ ގޮތުގައި އަންނަ މަހު ދަތުރުތައް ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިތުރު ބަސް ސްޓޮޕްތަކެއް ވެސް އަންނާނެ. ފަހަރެއްގައި ސެނަހިޔާ ކައިރި ނޫނީ ބޮޑުތަކުރުފާނު މަގުގެ އެހެން ހިސާބުތަކުގައި. އަދި ބަސް ސްޓޮޕްތައް ހުންނާނެ ތަންތަން ފައިނަލެއް ނުވޭ،" އޮފިޝަލް ވިދާޅުވި އެވެ.
Ferry terminal aai senahiyaa kairee gai bus stop hadhanee
The most trusted news source in the Maldives
Mihaaru
އިތުރު ބަސް ސްޓޮޕްތަކެއް ހަދަން ނިންމުން---
ކާނިވާ ސަރަހައްދަށް ބަސް ދަތުރުތައް ފަށަން އެންމެ ފުރަތަމަ ނިންމީ މިދިޔަ ރޯދަ މަހުގެ ކުރިންނެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ އެކަން އޮތީ ނުވެ އެވެ.
އެމްޕީއެލްގެ ބަސް ދަތުރުތައް މިހާރު ހަމަޖައްސާފައި ވަނީ ހުޅުމާލެއިން ފެށިގެން މާލޭގެ އިންޑަސްޓްރިއަލް ޒޯނުގައި ހަދާފައިވާ ބަސް ޓާމިނަލާއި ބަސް ސްޓޮޕްތަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެއްޔާބެ
13 January 2020
އައިޖީއެމްއެޗް އަދި ވެލާނާގެ ކައިރި އަށް ބަހުގައި ދެވޭނެ ގޮތެއް ވެއްޖެ ނަމަ ވަރަށް ގިނަ ބަޔަކަށް ފަސޭހަވާނެ ކަމަށް ބެލެވޭ. އެފަދަ އިންތިޒާމެއް ހަމަޖައްސައިފި ނަމަ ހުޅުމާލެ އިން އޮފީސްތަކަށް އަންނަ ނޫނީ އައިޖީއެމްއެޗް އަށް އަންނަ ފަރާތްތަކަށް ވެސް ވަރަށް ފަސޭހަ ވާނެ.. ހާއްސަކޮށް އަންހެން ކަނބަލުންނަށް. ބައެއް އަންހެން ކަނބަލުންގެ ސައިކަލްގައި އަންނަ އިރު ހެލްމެޓް އަޅަންޖެހޭތީ ދިމާވާ ދަތިތަކަށް ވެސް މީގެ ސަބަބުން ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ.
2020
13 January 2020
ވޯޓްމަޅި ?
އެހެން
13 January 2020
ރޯދައަށް ނުވިކަމެއްވެސް ވޯޓަށްވެފަ އޮންނާނީ
ބޮލުރޮދި
13 January 2020
ބޮޑެތި މަގުތަކާ ބޮޑެތި އިމާރާތްތައް ކުރެއްވި ރައީސަށް ވަރަށް ވެދުން
އޮނަރަބްލް އަފީފު ދީދީ
13 January 2020
ހުރިހާފޮނިމީރެއް މާލޭގެބިންވެރިންނަށް. މާލޭގައި އުޅޭ އެހެންރަށެއްގެ މީހަކަށް ކާރެއް ޓެކްސީއެއް ރެޖިސްޓްރީކުރެވޭކަށްނެތް. # މާލޭ މީހާ ދަތުރުކުރަން 300މ ޑޮލަރުގެ ބުރިޖްއަޅާފައި 140މ ރުފިޔާގެ ޑަބަލްޑެކަރ ބަސް ގެނެސްފަ އަދި އަރާނެ މީހަކު ނެތަސް ޝެޑިއުލްއަށް ފެރީވެސް އޮންނާންޖެހޭ. # އައްޑުއާއި ލާމް ގައި ބިންއޮތަސް މާލޭގައި ޖާގަ ނެތިގެން %/200 ޓެކްސް ނަގާތީ އެމީހުންނަށް އެތަނުގައިވެސް ކާރެއް ދުއްވޭކަށްނެތް. ތިއީ ބޮޑު ނޮފުރުއްޕާނެއްފަދަ ރަށަކަށްވެއްޖެ.
ޖޮންގޯ
12 January 2020
ތިޖެހުނީ އަނެއްކަންތަ! މިހާރުވެސް މިއުޅެނީ ތިބަހަށް އަރައިގެން މާލެދާން 45ވަރަކަށް މިނެޓް ނަގާތީ! ދެން ތިޖެހުނީ ދޮޅުގަޑިއިރު ކުރިން އޮފީހަށް ދާން ބަހަށް އަރަން! ކުރީގައި ބަސް އޮތްގޮތް މާ ރަނގަޅުވެފައި ފައްސޭހަ. ޓަމިނަލުން 12 މިނެޓުން މާލެ ދެވޭ ވިއްޔާ! ކިޔަވާއިގެން ހުރި މޮޅު މީހަކު ޓްރާންސްޕޯޓް މިނިސްޓަރަކަށް ލީމަ ހުރިހާކަމެއްލީ ބޮއްސުން! މީވަރަށް ވާހަކަ!
ބޮންގޯ
12 January 2020
! ދެކޮޅަށް ދެ ބަސް ދާނެ. ކާނިވާ ރޫޓަށް އެކަތި، އިންޑަަސްޓްރިއަލް ޒޯނަށް އަނެކަތި. ބޮޑުތަނުން އާންމު ރައްޔިތުންނަށް ފަސޭހަވެގެންދާނެ. ޔާމީނު ހަމަ ހުންނާނީ ގޮޅީގަ. ތެޅިތެޅި ތިބޭ ކޮމެންޓް ކޮށްލަ ކޮށްލާ.
ހިޔަފިކުރު
13 January 2020
ތިޔަށް ކިޔަނީ ޒާތީ ހަސަދަ. ހުޅުމާލެއިން އަންނަ ބަސް މިހާރު މަޑުކުރަނީ ޢާއްމު ބޭނުންތަކުގަ އެއްވެސް ވަރަކަށް ދާން ނުޖެހޭ ހިސާބަކަށް. ކާނިވާ ސަރަޙައްދަށް ބަސް މަޑުކުރަން ނިންމީމަ އެތައް ބަޔަކަށް ވަރަށްބޮޑަށް ލުއިފަސޭހަ ވާނެ. މުޅި މުޖުތަމަޢުގެ ހެވާ ލާބަޔަށް ކުރާ ކަންކަން ބަލައިގަންނަން ޖެހޭނީ ހަމައެކަނި ތިމާއަށް ފަހި ވިސްނުމަކުން ނޫން.
ހޯރަފުށި ޝާކިރު
13 January 2020
ތިކަންވެސް ކުރާންވާނީ ޙަރަދު އެންމެ ބޮޑޫ ގޮތަކަށް. ހުޅުމާލެ އިން މާލެއަށް ވަކި ބަހއެއް ބާއްވާފައި މާލެ ވަށައިގެން ޕޮއިންޓް ތަކަށް މަޑުކުރަމުން ދުއްވަން އެތެރޭގެ ބަހއެއް ބާއްވަބަލަ. އޭރުން މާލޭގައި އުޅޭ މީހުނަށްވެްސް ހެންވޭރުން މާފަންނަށް ދިއުމަށްވެސް ބަސް ދަތުރު ނެގޭނެ. ހުލުމާލެއިން އަންނަ ބަސްތައް މާލޭގެ އެތަންމިތަނަށް ދިއުމުގެ ބަދަލުގައި އަބަދުވެސް މަޑުކުރާނީ މިހާރުގެ ބަސް ސްޓޭށަނަށް.
ނަން
12 January 2020
ފުރަތަމަ މަގުމަތިން ސައިކަލް ހުސްކުރޭ!
އަހުމަދުބޭ
12 January 2020
އައިޖީ އެމް އެޗް ކައިރި، އަދި މާލޭގެ ބޮޑުފާލަން ކަސްޓަމް ސަރަހައްދު މިއީ ވަރަށް މުހިއްމު ތަންތަން މިހިސާބަށް މިހާރު ދުައްވާ ބަސްތަށް ބޮޑެތިނަމަ އެންމެ ރަނގަޅުގޮތަކީ މިނީބަސްތަށް ބޭނުން ކޮއްގެންވެސް މިކަން ކުރުމުން މާލޭ ހުޅުމާލެ އެއްކޮންހެން ބަހުގެ ޚިދުމަތުން އެގުޅައިލެވުނީ،
ހިޔަ ފިކުރު
13 January 2020
ވަރަށް ރަނގަޅު ޚިޔާލެއް. ? ޕަސެންޓް ތާޢީދު.
އަލީބެ
13 January 2020
މާލެވަށައިގެންއޮތް މަގު ފުޅާކޮށް ވަށައިގެން ބޮޑުބަސްދުއްވޭގޮތް އަވަސްމުއްދަތެއްގައި ސަރުކާރުން ހަދާނެކަމަށް އުންމީދުުކުރަން. އޭރުން ގިނަބަޔަކަށް ބަހުގެ ފަސޭހަކަން ލިބޭނެ
ޒުވާނާ.
12 January 2020
އަދިވެސް މާލެފުޅު ސަރަހައްދު އިތުރައް ތޮއްޖެއްސުންނޫ ކަ މެއް އެއްވެސް ސަރުކާރަކުން ނުކުރޭ 5 ސަރަހައްދު ހުރިހާ ހިދު މަތެއް ދީފަ ތައްގީ ކޮއްބަލަ މާލެޔައް ބައްނުކޮއް ކޮނއއިތުރު މަދަރުސާއެއް އަޅާކައް ކިހާބޮޑު މުސީބާތެއްތީ
ސޮބުރީ
12 January 2020
ބޮޑެތި މަގުތަށް ހަދާ ބަސްތަށް ގެނައި މީހާއަށް ސަލާން
ކޮވެލި
12 January 2020
އައިޖީއެމްއެޗް ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލާއި ހިސާބަށް ބަސްދާނެ ގޮތެއް ނުވާނެތަ؟
ނަށީރު
12 January 2020
އަމީނީ މަގު އިސްލާހު ކުރަން ފުރަތަމަ ޖެހޭނީ