އައްސަދު އަލީ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ: އޭނާ މިފަހަރު ސްކޮޑްގައި ނުހިމެނީ ފިޓްނަސް ދަށްވުމުން ކަމަށް ގައުމީ ޓީމުން ބުނޭ --ފޮޓޯ/މިހާރު
03 އޮކްޓޯބަރ 2016 - 20:46
އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ ހަފުތާގައި ލާއޯސްއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން އައްސަދު އަލީ (އަޑުބަރޭ) ބާކީ ކުރީ ސަރުކާރުން އަންގައިގެން ކަމަށް އެމްޑީޕީން މިރޭ ތުހުމަތުކޮށްފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ވެސް ހުރި އަޑުބަރޭ ސްކޮޑުގައި ނުހިމެނީ ދާދިފަހުން ކުރި މުޒާހަރާއެއްގައި އޭނާ ހައްޔަރުކޮށް، ދުވަސްތަކެއް ވަންދެން ބަންދުގައި ހުރުމުން ފިޓްނަސް ދަށްވެފައިވާތީ ކަމަށް ގައުމީ ޓީމުން ބުނެ އެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ވަނީ އަޑުބަރޭ ސްކޮޑުން ބާކީ ކުރީ ސަރުކާރުގެ ނުފޫޒުން ކަމަށާއި އެއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. ފުޓްބޯޅައިގެ ރާއްޖޭގެ މައި އިދާރާ ކަމަށްވާ އެފްއޭއެމް ދުވަހަކު ވެސް ސިޔާސީ ނުވާ މިންވަރަށް ސިޔާސީ ކޮށްފައިވާ ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ އެންގެވުމަށް މިހާތަނަށް އެފްއޭއެމްގެ ދެ ރައީސަކު މަގާމުން ދުރުކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ކުޅިވަރު އެސޯސިއޭޝަންތަކަށް ނުފޫޒު ނުފޯރުވުމަށާއި ކުޅުންތެރިންނަށް ބިރު ނުދެއްކުމަށް ވެސް އެމްޑީޕީން ގޮވައިލި އެވެ.
އަޑުބަރޭ ހައްޔަރުކުރީ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއްގައި އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ދުވަސްތަކެއް ވަންދެން އޭނާ އާއި އިތުރު ބަޔަކު ބަންދުގައި ބޭތިއްބި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަގް
04 October 2016
އަޑޫބަރޭ ފްޓުބޯޅަ ކުޅޭކަށް ނުޖެހެ އެވެ.ސީޔާސީ ހާޑް އެކްޓްވިސްޓުން ނަކީ ސްޕޯޓުސް ގައި އުޅެން ޖެހޭ ބައެއް ނޫނެވެ. ޢެކަހަލަ މީހުނަ ސުޕޯޓުސް ގައި އުޅުމަކީ ކުޅިވަރު ހަލާކުވާ ކަމެކެވެ.ޚާއްސަ ކޮށް ޓީމު ކުޅިވަރު ތަކެވެ.
ދޮން އާމިރު
04 October 2016
ރާއްޖެފުޓްބޯޅަ ހަލާކުވެ ނިމިއްޖެ....އިންޑިޔާ ހަބޭހަށް ކުރިޔަށް ދެމިއްޖެ.
ސަމާލު
04 October 2016
އޭނަ ކަމަކު ނުދޭ މިހާރު ޓީމަށް ނަގާވަރެއްނޫން. ދެން އެޕާޓީން ދައްކާނެ އަބަދުވެސް އެކަހަލަ ދެކޮޅު ނުޖެހޭ ވާހަކަތައް؟ އަޑުބަރޭވެސް މިހާރު ބޭނުމެއްނުވޭ އެޓީމަށް އަރާކަށް. ދެން ކީއްކުރަން އޭނަ ކުޅެން އެއުޅެނީކީވެސް. ދެން ސުޖާގެ ޕަޕެޓަކަށް ހެދިގެން ހުރީމަ ހުރީމަ ނިމުނީއެއްނު. އޭނަޔަށް ގައުމީ ޓީމަށް ކުޅެވިއްޖެކަމަށް ގަބޫލުކުރޭ؟ ސިޔާސީވީ އެފްއޭއެމެއްނޫން. ސިޔާސީވީ އަޑުބަރޭ. އޭނަ ޕްރޮމޯޓުކުރަނީ ތިޔަ ޕާޓީން. ސަރުކާރާ ހަވާލުވެފަ އޭނަގާތު ބުނެފަ އެބައޮތް ރައީސްކަން ދޭނަމޭ.
ނަވަތަ
04 October 2016
އެމްޑީޕީ އިންތިކިރާކަމަކީ އަސްލު ކުޅިވަރު ސިޔާސީ ކުރަނީ. ހަމަހޭގަ ހުރިކޮންމެ މީހަކަށް އެނގޭނެ ބަންދުގައި ހުރެފަ އަންނަގޮތައް ސްކޮޑަކަށް ނުނަގާނެކަން. ފިޓްނަސް ދަށްވާނެކަން. ސަރުކާރުން އަންގާކަށްނުޖެހޭ. މިހާރު މޮޅުބަޔާން ނެރެގެން ތި ސިޔާސީ ކޮށް ހަމަ ކޮންމެ ގޮތަކަށްވެސް ސަރުކާރަށް ބަޔަކު ނަފްރަތުކުރާނޭހާ ކަމެއްކުރަނީ. ތިހެން ހަދަން ހަދައިގެން އެންމެފަހުން ވެރިކަމަށްއައިސްވެސް ސަލާމަތް ނުވެވި އޮޅުންބޮޅުންވެ ވެއްޓުނީ.
ބޯޅަގެ
03 October 2016
އަޑުބަރޭ ގައުމީ ޓީމަށް ނަގާކަށް މިހާރަކު ނުފެނޭ! ދުނިޔޭގެ ބައެއް ގައުމުތަކުގައި އެބަހުރި ބިޓުންގެ މައްސަލަ ތަކުގައިވެސް ކުޅުންތެރިން ގައުމީ ޓީމުން ބާކީ ކޯށްލާފައި. މިސާލަކަށް އިންގުލެންޑުގެ ކުރީގެ ޑިފެންފަޑަރު ޖޯން ޓެރީ ވެސް މިސާލަކަށް ފުދޭ. ޙަމަ އެއާއި އެކު އަޑުބަރޭ މާޒިޔާ ފަހުން ކުޅުނު އެއްވެސް މެޗެއްގައި ޖާގަ ލިބިފައެއް ނެތް. ސިޔާސީ ވެގެން މަގުމަތީގައި ދެކޮޅަށް ދުވާ މިހުން ކީއްކުރަން ގައުމީ ޓީމަށް ނަގަންވީ؟ ދެން ބުނާނޭ ތިމަންނަމެން ނަމޫނާ އަކަށް ބަލަނީ މެސީ އާއި ރޮނާލްޑޯއޭ!! ބަލަގަ އެމީހުން އެންމެ ކުޑަ މިނުން ސިގިރޭޓެއްވެސް ނޮބޮވެއޭ. ނުވިތާކަށް ސިޔާސީ ވެގެން މަގުމަތީގައި ގިނަވެގެން ވެސް ނޫޅެނެ. ÷ރާއްޖޭގެ ކުޅުންތެރިން ޕޮރޮފެސަނަލް ނުވާނީސް ތިކަހަލަ ތާކުން ތާކު ނުޖެހޭ ސިޔާސީ ނޫސްބަޔާން އެމް.ޑީ.ޕީ އިން ނެރޭތީ ވެސް ވަރަށްވެސް ޖޯކު.
ަައަސޭލާ
03 October 2016
އެއީ އަހަރެން ބުނެގެން
ބޭޅާ
03 October 2016
ނުބެހޭކަށްވަކި ކަމެއް ނޯވެޔޭދޯ
މުގާބޭ
03 October 2016
މީމަބުނާ ވާހަކަޔަކީ. ކުޅިވަރު ސިޔާސީ ނުކުރަންއުޅޭ ދަނޑިވަޅެއްގާވެސް އޭއްޗެކޭ މީއްޗެކޭކިޔައިގެން ސިޔާސީކޮށް ދަނޑުމައްޗަށް ދަނޑިބާނާތީ މައްސަލައަކީ....އަޑުބަރަސް އަޑު ހިމަޔަސް ކުޅެން މޮޅިއްޔާ ދަނޑަށް މެރޭނެ.
މެންޓަލިސްޓް
03 October 2016
އެއީ އެންޑީޕީއާއި ބެހޭކަމެށްނޫންތާ !! ކުޅިވަރު ތެރެއަށް ސިޔާސީ ނުފޫޒްއާޢި ކަލަވަރު ގެނެވިގެންނުވާނެ ، ކުޅުންތެރިންވެސް ތިބެންވާނީ ސިޔާސީ ޕާޓީތަކުން އެއްކިބާވެގެން ،،، އެސޯސިއޭޝަންވެސް އޮންނަންވާނީ ސިޔާސީ ނުފޫޒުން އެއްކިބާވެގެން ، ޕީޕީއެމްއެއް އެމްޑީޕީއެއް އޮވެގެން ނުވާނެ ކުޅިވަރުގެ ތެރޭގައެއް ،، އޭރުން އެކަންކުރިއަރައިގެން ދާނީވެސް ،،،
ބަލްކް
03 October 2016
މިހާރު އެމްޑީޕީއަށްތަ އެނގެނީ ގައުމީޓީމަށް ނަގަންވާ ކުޅުންތެރިންވެސް؟
ބޮޑުބަލްކް
03 October 2016
ނޫން. ޔާމީނުއަށް އިނގޭނީ...ދޯ
ބަފާ ބަލަކް
04 October 2016
ޔާމީނަށް ނޭންގޭތީ ދޯ ޔާމީނު ތިކަމާ ނުބެހި ހުރީ. އެމްޑީޕީގެ އެއްވެސް ހައިސިއްޔަތެއް ނެތް ތިކަހަލަ ކަންކަމަށް ފާޑުކިޔާކަށް. ބައިބައިވެ ފުނޑުފުނޑު ވެފައި އޮތް ޕާޓީގަނޑެއް.
ބަލްކު އެންޑް ބަލަކް
04 October 2016
ދުވަސްކޮޅަޅަކުން މިމީހުން ބެހެންފަށާފާނެ ފީފާއާވެސް. ޔޫރަޕުން މިގައުމަށް ހަދަންޖެހޭގޮތްވެސް އިނގެނީ ހަމަ މިމީހުންނަށް ވިއްޔަ.