ދުނިޔެ / އީރާން

ބޯޓު ވައްޓާލުމާ ގުޅިގެން އީރާނުން ބައެއް މީހުން ހައްޔަރުކޮށްފި

އީރާނުން ފުރަތަމަ ވަނީ ބޯޓު ވައްޓާލި ކަމަށް ދެކޮޅު ހަދާފައި. --ފޮޓޯ:އޭއެފްޕީ

ތެހެރާން (ޖެނުއަރީ 14) - އެކްސިޑެންޓަކުން ނަމަވެސް މިސައިލެއް އަރައިގެން ޔުކްރޭނުގެ މަތިންދާ ބޯޓު ވައްޓާލުމާ ގުޅިގެން އީރާނުން އެތައް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ޖުޑިޝަރީން ބުނެފި އެވެ.

ތަރުޖަމާން ޣުލާމް ހުސައިން އިސްމާއިލް ވިދާޅުވީ ބޯޓު ވައްޓާލި ހާދިސާގެ ތަހުގީގު ފަށާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރީ ކިތައް މީހުން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. ރައީސް ހަސަން ރޫހާނީ ވިދާޅުވީ ބޯޓު ވައްޓާލި ހާދިސާގެ ތަހުގީގު ކުރިއަށްދާ ގޮތް "ޚާއްސަ ކޯޓަކުން" ބަލާނެ ކަމަށެވެ.

ޔޫކްރޭން އެއާލައިންސްގެ ފްލައިޓް ޕީއެސް752 ވެއްޓުމާ ގުޅިގެން އެ ބޯޓުން ދަތުރުކުރި 176 މީހުން މަރުވި އެވެ. ގިނައިން މަރުވީ އީރާނާއި ކެނެޑާ މީހުންނެވެ. ފުރަތަމަ ތިން ދުވަހު އީރާނުން ދިޔައީ ބޯޓު ވެއްޓުނީ އެ ގައުމުގެ މިސައިލް ހަމަލާއަކުން ނޫން ކަމަށް ބުނަމުންނެވެ. ނަމަވެސް އެކި ފަރާތްތަކުން ހެކިތައް ހާމަކުރަން ފެށުމުން ރިވޮލިއުޝަނަރީ ގާޑުން އެންމެ ފަހުން ވަނީ ބޯޓު ވެއްޓުނީ މިސައިލެއް އަރައިގެން ކަމަށް އެއްބަސްވެފަ އެވެ.

ރައީސް ރޫހާނީ ވިދާޅުވީ ބޯޓު ވައްޓާލި މައްސަލާގައި މިސައިލް އުދުއްސާލަން ބަޓަނަށް ފިއްތާލި މީހާ އެކަނި ކުށްވެރިކޮށްގެން ނުވާނެ ކަމަށެވެ. އަދި އެ ހާދިސާގައި ޒިންމާ އުފުލަން ޖެހޭ އެންމެންނަށް ހައްގު އަދަބު ދެއްވާނެ ކަމަށް ރޫހާނީ ވިދާޅުވި އެވެ.

3 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 69%
icon sad icon sad 13%
icon angry icon angry 19%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

‫ހަސަނު

14 January 2020

‫ބަޔަކު އަމިއްލައަށް ފަޟީހަތްވާނީ މިހާކަންހާވަރަށެވެ. ﷲ ގެ ކުޅަދުންވަންތަކަމުގެ ބޮޑުކަމާއެވެ. މީހާދަ ދޮގުހަދާ މަކަރުވެރި ނުލަފާ ބަޔެކެވެ.

The name is already taken The name is available. Register?

އަނބިމީހާގެފިރިމީހާ

14 January 2020

މީ ހާދަހެއްވާކަމެކޭ. އިރާނުން ހަދާނެނަހަދާނެ އެއްޗެއް ނޭންގިގެންއުޅޭ ވައްތަރުޖަހަނީ.

The name is already taken The name is available. Register?

މުރާސިލް

14 January 2020

ބަރަށްބޭއިންސާފު ހަމަ ގައިމުވެސް ގަސްތުގަ އެވަރުކަމެއް ނުކުރާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454